މިނިސްޓަރު އިމްރާން: ޔާމީން ހުންނެވި ތަނުގައި ކެމެރާ ހަރުކޮށްގެން އެމަނިކުފާނުގެ ހުރިހާ "މޫވްމަންޓެއް" އެޕެއް މެދުވެރިކޮށް ބަލާ ކަމަށް ޕީޕީއެމުން މިއަދު ވަނީ ތުހުމަތު ކޮށްފައި..---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
02 މެއި 2023 - 00:59
މާފުށީ ޖަލުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވި ކޮޓަރީގައި ކެމެރާ ހަރުކޮށްގެން އެމަނިކުފާނުގެ ހަރަކާތްތައް އެޕްލިކޭޝަނެއް މެދުވެރިކޮށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައްލަވަމުން ގެންދަވާ ކަމަށް ޕީޕީއެމުން މިރޭ ތުހުމަތުކޮށްފި އެވެ.
ޔާމީން، ޖަލު ހުކުމެއް ތަންފީޒުކުރައްވަނީ ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގަ އެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ހޯމް މިނިސްޓަރު އިމްރާނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.
"ފާހާނާއަށް ދަންދެން ކެމެރާ އަޅަައިގެން، ގޭގައި އިނދެގެން ރައީސް ޔާމީނުގެ ހުރިހާ ހަރަކާތެއް ބެލޭގޮތަށް ހުރިހާ މޫވްމަންޓްސްއެއް ބެލޭގޮތަށް އިމްރާނު ރާވާފައި ހުރި ކަމަށް، މިއީ އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތު،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ޔާމީނަށް އަނިޔާ ކުރަމުންދަނީ މި ސަރުުކާރުުން ރާވައިގެން. މީގެ މުގުލުގައި ހުރީ ހޯމް މިނިސްޓަރު އިމްރާން."
ޔާމީނަށް ޖަލުގައި ދެމުންދާ އަނިޔާގެ ފަހަތުގައި ހުންނެވީ އިމްރާން ކަން އޭނާ މިރޭ ކުރެއްވި ޓުވީޓްތަކުން ވެސް ހާމަވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.
Maaiy Allah ge heyo rahumathun RY ge aniyaaverikama jabbaarukamun dhivehin salaamaiykurevunee May Day gai dhivehin dhekki ehbaivanthakama kuri hiyvaruge mahchah binaakurevunu masahkathun. https://t.co/w9M0BZQzsU
— Imran Abdulla (@ShimranAb) May 1, 2023
ޔާމީންގެ ދިފާއުގައި އެ ކޯލިޝަނުން ކުރަން ޖެހޭ ކޮންމެ ކަމެއް ވެސް ކުރާނެ ކަމަށާއި ބުނަން ޖެހޭ ކޮންމެ އެއްޗެއް ވެސް ބުނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވަނީ ހޯމް މިނިސްޓަރުގެ މަގާމުން އިމްރާން ވަކި ކުރަން ވެސް ގޮވާލައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
02 May 2023
އަލްޕަޗޯ ޖަލުގައި ހުރި އަނެއްކާ ފާޚާނާ ތެރެއިން ކޮނެގެން ހިގައިދާނެ! ރަގަށް ތިޔަހެދީ ވަށައިގެން ކެމެރާ ހަރުކުރަން ޖެހޭނެ!
އަލީހަމީދު
02 May 2023
ރަހީމްބެ ވަރަށް މަޖާވާނެ.
ހަސަނު
02 May 2023
ޖަލުގައި ހުންނަ މީހަކު އުޅޭނޫޅޭ ގޮތް ކެމެރާ ހަރުކޮށްގެންވެސް ބަލާންޖެހޭ.. ދެން މިނިސްޓަރެއް ނޫން އެ ބަލާނީ...
ބަދްލާ
02 May 2023
ޔާމީނު ކުރި ކަމަކީ އިދިކޮޅު އެންމެނާއި، ވެރިކަމާއި ދިމާލަށް ވައްކަޅިން ބެލިހެން ހީވި އެންމެން ޖަލަށް ލައިގެން ގެންގުޅުން. މިހެން އުޅެނިކޮށް ކަންތައް އެކޮޅުކޮޅުން ޖެހި، އޭރު ޖަލަށް ލައިގެން ތެޅުވި މީހުނަށް ވެރިކަން ލިބުނީ. ލިބުނީމާ އެމީހުން ޔާމީނު ދޫކޮށްލާފައި ބަހައްޓާނެކަމުގައި ހީކުރުމަކީ މޮޔަ ކަމެއް. މަނަމަވެސް ހަދާނީ އެހެން. ޔާމީނަކީ ވެރިކަމަށް އަލުން ގެންނަން އެކަށީގެންވާ ވަރަށްވުރެ މާ ނުސިޔާނު، ވިންޑިކްޓިވް ބޭފުޅެއް.
އިމްރާން ހާން
02 May 2023
ބަލާތި ރަނގަޅަށް އިމްރާނުމެން އަދި ޖަލުން ފެނުން އެކަށީގެންވޭ މިދާވަރުން..
ރައްޔިތ
02 May 2023
ކެމެރާ ބަހައްޓައިގެނާއި ފަހަތުން ދުވާގޮތަށް ހަދައިގެންވެސް އުޅޭނޫޅޭ ބަަލަންވީ. ރައްޔިތުންގެ ހަރުމުދާ ވިއްކާލިޔަދީ، ރައްޔިތުންގެ މާލިއްޔަތަށްހަދާގޮތް ބަލަހައްޓަން ކަނޑައަޅާފައިހުރި އޯޑިޓަރ ޖެނެރެލެއްގެ މަޤާމުގެއްލުވާލައި ރަށްތަކަކާއި ފަޅުތަކެއް ވިއްކާލިޔަދީގެން ލިބުނު ލާރިގަނޑުން ބައިއެޅިބައި އަދިވެސް ބޭތުލްމާލަށް ޖަމައެއްނުކުރޭ.
ލޭންޕް
02 May 2023
މުއިއްޒު މުޅި މާލޭގަ ކެމެރާ ހަރުކޮއްގެން އަދުރޭގެ ހުރިހާ ހަރަކާތެއް އެބަ ބަލާ!
ކައިލޭ ޖެނަރޭޓަރު
02 May 2023
ކުރިން އެހެން މީހުންވެސް ލާފަ ހުރި ގޮޅިޔަކަށްދޯ ޔާނުވެސް ލާފަ ހުރީ. އެހެންވީމާ ކުރިންވެސް ހަރުކޮށްފަ ހުރި އެއްޗެއްވިއްޔާ ހުންނާނެ މިހާރުވެސް. އެހެން ނޫނަސް ހިޔެއް ނުވޭ އެއްވެސް މީހަކު ބަލާހިތުން ބަލާނޭހެނެއް އޭގެން ފެންނަ އެއްވެސް މަންޒަރެއް.
އަދުރޭއަށް
02 May 2023
މާފުށީ ޖަލުގައި ޔާމީން ހުންނެވި ކޮޓަރީގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްގެން ބަލަމުން ގެންދަނީ އެތަނުން އެއްޗެއް ވަގަށް ކަޓުވާލާފާނެތީ. އެ ކޮޓަރީގައި ހުންނާނީ ދައުލަތުގެ މުދާ. އެ މުދަލަށް ފާރަވެރި ވުމަކީ ދައުލަތުގެ ޒިންމާއެއް.
ގެދާނޯމޮސް
02 May 2023
މިސަރުކާރުން މީނަ މިނިސްޓަރަކަށް ލީ ގާބިލްކަމަށް ވުރެން ނާގާބިލްކަމުގެ ގޮތުން ބަޔަކަށް ޖެއްސުން ކުރާށެވެ.
ޢަރުތަ
02 May 2023
ޔާމީނަށް ފާރަވެރިވާން މިނިސްޓަރުކަމަށްލީ، ވަގުންނަށް ފާރަވެރި ނުވީމަ ފަސް އަހަރުން ދަމާލިވަރު އަދިވެސް މިއުޅެނީ ސާފު ނުވެގެން.