ސުޕްރީމް ކޯޓު: ޗާގޯސް މައްސަލާގައި ރާއްޖެއިން މޮރިޝަސްއަށް ފޮނުއްވި ސިޓީ ބާތިލް ކުރުމުގެ މައްސަލަ ކޯޓުން ވަނީ ބަލައިނުގަތުމަށް ނިންމާފައި --- ފޮޓޯ/މިހާރު
08 މެއި 2023 - 15:12
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު ކަނޑުގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅު ބާތިލްކުރަން ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ.
މޮރިޝަސްގެ ބޮޑުވަޒީރަށް މިދިޔަ އަހަރު ރައީސް ސިޓީފުޅެއް ފޮނުއްވީ އިނގިރޭސި ވިލާތުގެ ދަށުގައި އޮތް ޗާގޯސް، މޮރިޝަސްއާ ހަވާލު ކުރުމުގެ މައްސަލާގައި ރާއްޖެ އިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެ ކަން ހާމަ ކުރުމަށެވެ.
އެ ސިޓީފުޅު ބާތިލް ކުރުމަށާއި ސިޓީފުޅު ހާމަކޮށް އަދި އެއާ ގުޅިގެން ކޮށްފައިވާ ހުރިހާ މުއާމަލާތްތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އިތުރު ދެ ބޭފުޅެއްގެ ފަރާތުންނެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވިކަން އެ ކޯޓުން ކަށަވަރު ކޮށްދިނެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ އެ ގޮތަށް ނިންމިޔަސް، އެ ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލާގައި ބައިނަލްއަގްވާމީ ޓްރައިބިއުނަލުން ނިންމީ ރާއްޖެ އަށް 47،000 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،000 އަކަ ކިލޯމީޓަރު ލިބޭ ގޮތަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
09 May 2023
ބަލައިގަންނާނީތޯ ނުވަތަ ނޫންތޯ ނުނިންމޭ. ކޯޓަކަށް މީހަކު މައްސަލައެއް ހުށަހަޅައިފިނަމަ އެ މައްސަލަ ގާޒީއަކާހަމައަށް ދާންޖެހޭނެ. ބޭޜެއް ނުކޮށްލެވޭނެ. ރަޖިސްޓްރާ އަށް އެބާރު އޮވެގެންވެސްނުވާނެ. ގާޒީ ދެން ނިންމާނެ ކޮޅަކަށް ނިންމުން އެއީ ދެން އެހެންކަމެއް. ބަލައިނުގަތުމުން އިންސާފުން ބޭރުކުރެވުނީ
އަންދަލޫސިޔާ
09 May 2023
ޢުމަރު ކައިރީ ބުނެބަލަ ޕެންޝަން އޮފީހަށް ދައްކަންޖެހޭ އެތައް މިލިޔަން ރުފިޔާއެއް ނުދައްކާތާ 7 އަހަރު. 2016 އިން ފެށިގެން ފައިސާ ނުދައްކާ މާ ތާހިރު މީހަކަށް ހެދިގެން އުޅޭ މީހެއް. ހެކި ބޭނުމިއްޔާ ލިންކް ބަލާލާ!
ސަދޫމް ސިޓީ
09 May 2023
ޕެންޝަން ފަންޑަށް ދައްކާ ފައިސާއަކީ ސަރުކާރުގެ ޖަރީމާ ޖައްސަން ބޭނުންކުރާ ފައިސާ. އާންމު ރައްޔިތުމީހާއަށް ބޭނުމެއް ޖެހިގެން އެފައިސާ ބޭނުމެއް ނުކުރެވޭނެ. ދުވަސްވީ މީހުނަށް ތިދޭ 5000/- އިން ފެތުރެނީ ފިތުނައާއި ހިތާމަ.
ެޒުބޭރު
09 May 2023
އުމަރަކީ ތާކުންތާކުނުޖެހޭ ހުސް އަނގަތަޅަ އެކަނި ހުރިމީހެއް މީނަގެ ސިކުޑީގަ އެކައްޗެއްވެސް ހުރެގެން އުޅޭމީހެއް ނޫން މައުމޫން މޯނަޔައް ވެރިކަންކުރވޭނޭ ބުނެގެން އެހުވަފެނުގަ ޕީ.ޕީ.އެމް ޕްރައިމެރީގަ ފެންދީފަ ކަތިލީ މިއީ ހަޤީގަތަކީ އެހާވެސް ގަބުޅިވިސްނުން
ލޯޝާ
09 May 2023
ޗާގޯސްއަކީ އަހަރެންގެ އަމިއްލަ މިލްކިއްޔާތުގައި އޮންނަންޖެހޭ އަހަރެންގެ އަމިއްލަ ތަނެއް. އެތަނުގެ މިލްކުވެރި ކަމާއި ސިޔާދަތީ ބާރު ލިބެންޖެހޭނީ އަހަރެންގެ މުނިކާފަ ދަރިންނަން.
ސެނެގާލްގެ ރައްޔަތުމީހާ
08 May 2023
ޗާގޯސް އެއީ އައްޑޫގެ ރަށެއް އެރަށުގެ އަސްލު ނަމަކީ އައްޑޫދެކުނު
ސޯއްޓޭ ބުބޫ
08 May 2023
އެއްކަލަ 4 ގަނޑު ދެއްކީމާ ސިޓީތައްވެސް ދެއްކޭނެއެވެ.
އޮނަރަބްލް އަފީފު ދީދީ
08 May 2023
ތިއޮތީ މިކަމުގައި އުމަރަށް އިސް ފަސްކުރެވިފައި ކަމަށްވުން އެކަށީގެންވޭ. # ދައުލަތުގެ 3 ބާރުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރު (އެޑްމިނިސްޓްރޭޓިވް ޕަވަރ) ނުވަތަ ރައީސުލް ޖުމްހޫރީއްޔާގެ މަޤާމާއި ޙަވާލުވެ ހުންނަމީހާއަކީ ޤއ އާއި ޤާނޫޖުތަކުގައި ބުނެފައިވާގޮތަށް އިދާރީ ކަންކަން ބަލަހައްޓާން ހުންނަ ޙާދިމެއް. # އޭނާ މިދެންނެވި ހަމަތަކާއި ޙިލާފަށް ވެރިކަން ކުރާނަމަ މަޖިލީހަށް އަޒުލު ކުރެވޭނެ. އަދި ޤއ އާއި ޙިލާފު ވެއްޖެނަމަ ކޯޓަށްވެސް އެކަން ކުރެވޭނެ.
އޮނަރަބަލް ބިސްބެ
09 May 2023
އާ ރަގަޅު. ކައިގެން ފުރާނީ. ނުކައި ނުފުރާނަން. އެހެން ދެއްތޯ ތިދެންނެވީ؟
ޝޮކްތަރަޕީ
08 May 2023
މި ސަރުކާރު ވައްޓާލަން ޖެހޭ. މާލަސްވެއްޖެ
މުހައްމަދުކަލޭގެފާނުގެ ދަރި
08 May 2023
ޗަ ވަރު ވާނެކަން އެނގޭ ކުރިން ވެސް. ބަލަގަ ސިޓީ ބާޠިލު ކުރިއްޔާ ނުވަތަ ނުކުރިއްޔާ އެއިގެ މައްޗަށް ނިމުނު ކަމަށް އަސަރެއް ކުރާނެއުތަ؟
ސުން
08 May 2023
ބޯގޯސްތަ؟ ސިޓީ ބާތިލްކުރީމާ ރާއްޖެއަށް އޮންނާނެ އެކަމަށް މަސައްކަތް ކުރުމުގެ ފުރުސަތު. މިހާރު އިޓްލޮސް އަކުންވިޔަސް އެހެންތާކުން ވިޔަސް ނިންމާފައި އޮތް ނިންމުން ރިވިޔުކުރުމަށް ހުށަަހެޅޭނެ. ތިހީކުރަނީ ދުނިޔެ އުމުރަށް ވެރިކަމުގައި ހުންނާނީ ހިންނަވަރު އިބްރާހީމްކަމަށް އުތަ؟
ބާތިލްކުރާށޭ
08 May 2023
އެ ސިޓީ އެކަނި ބާތިލްކުރަން ހުށަހަޅައިގެން ކޮންކަމެއްވާނީ. އައިސީޖޭއިން ދިން އިސްތިޝާރީ ލަފާވެސް ބާތިލްކުރަން އދ. އަށް ހުށަހަޅަންޖެހޭނެ. އަދި މޮރިޝަސްއަށް ޗާގޯސްގެ މައްޗަށް ބާރު އޮތްކަމަށް އދ. އިން ނިންމި ސަތޭކައަށްވުރެ ގިނަ ގައުމުގެ ވިސްނުންވެސް ބަދަލުކުރަން އުޅެންޖެހޭނެ. އަދި އެކަމަށް ނެގި ވޯޓްވެސް ބާތިލްކުރަން އުޅެންޖެހޭނެ. އިބޫ ސޯލިހާ އެކަންޏެއްނޫން ލެޑިގަންނަންޖެހޭނީކީ.
ކުޑަސޮރު
08 May 2023
މިިއޮތީ ވާ ކަމެއް!