އަމީނީ މަގުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓް.-- ފޮޓޯ: އެމްވީ ކްރައިސިސް
16 މެއި 2023 - 10:55
އަމީނީ މަގުގައި ތާރު އަޅާފައި އޮތް ސަރަހައްދުގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ހެނދުނު 10 ޖަހާކަށް ހާއިރު އަމީނީ މަގު، ކަލާފާނު ސްކޫލް ކުރިމަތީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން މީހާއަށް ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ އަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
"މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުން،" ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަލަވެލި
17 May 2023
އެކްސިޑެންޓް ނުވިއްޔާދެރަތާދޯ، އަމީނީ އަގު ހެދީ ވެހިކަލްތައް ޕާރކް ކުރަން އެކަނި ކަމަށް ވަނީ، 2 ކޮޅަށް ދުއްވަން ހަމަޖެހިފައިވާ އެމަގުގައި ދެފަރާތުން ވަނީ ބޯކޮށް ކާރު،ވޭން، ލޮރީ، ޕިކަޕް އަދި ސައިކަލްތައް ޕާރކޮށްފައި، ދުއްވާލަން އޮންނަނީ ވަރަށް ހަނި ތަންކޮޅެއް އެވެސް މީހުން އަރުވާ ނުވަތަ ބާލަން ޓެކްސީ އެއް ހުއްޓާފައި ނެތިއްޔާ ނުވަތަ މުދާބާލަން ލޮރީއެއް ވެތިއްޔާ، ދަރިން ބަލާ ސްކޫލް ދޮށަށް ދާއިރު ސަހަރޯއޭ ހިތަށް އަރާ.
2222
16 May 2023
"މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުން،" ފުލުހުން ބުންޏެވެ މިހިސާބުން ނިމުނީ
ރަދީފްއޮފިޝަލް
16 May 2023
"މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުން،" މިއީ ބަޔަކަށް ބުނެވޭނެ އެންމެ މޮޅު ޖުމްލަ..