ރިޕޯޓް

ކޮންމެ ދުވަހަކު ހުޅުމާލޭން ބައެއް ކައުންސިލަށް!

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހަދާފައިވާ ހައުސިން ޔުނިޓެއްގެ ބެލްކަނީން އެ ސަރަހައްދުގެ އިމާރާތްތައް ފެންނަ ފޮޓޯއެއް: ހުޅުމާލޭގެ މިލްކުވެރިކަމާ މެދު ސިޓީ ކައުންސިލާއި އެޗްޑީސީއާ ކޯޅުން ބޮޑު. -- ފަޔާޒް މޫސާ / މިހާރު

އަރަތެއް ކިޔައިދެންހެއްޔެވެ؟ ހުޅުމާލެ އަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މިލްކެކެވެ. އެކަމަކު ހުޅުމާލޭގެ މަގުތަކަކީ މާލޭ ސިޓީ ކައުންސިލްގެ ތަންތަނެވެ. އެހެން ވަނީ ކީއްވެހެއްޔެވެ؟

އިހަށް ދުވަހު އާބަންކޯގެ ނަމުގައި ބްރޭންޑްވެފައިވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ހުޅުމާލެ 1 އާއި 2 ވެސް ހިމަނައިގެން ރަޖިސްޓްރީއެއް ހަދައިދީފައި އޮންނަނީ ހުޅުމާލޭގެ ބިން ތަރައްގީކުރެވެމުންދާ ވަރަކުން ބައެއް ބިންތައް ރަޖިސްޓްރީން އުނިވަމުންދާ ގޮތަށެވެ. ސްކޫލްތައް ހިމެނޭ ބިންތަކާއި މިސްކިތްތައް ހިމެނޭ ބިންތަކާއި ހަދާ ނިމިފައިވާ މަގުތައް ހިމެނޭ ބިންތަކާއި ހަދާ ނިމިފައިވާ ޕާކުތައް ހިމެނޭ ބިންތަކާއި ސިފައިންނާއި ފުލުހުން ބޭނުންކުރާ ބިންތައް އަދި ހޮސްޕިޓަލް ހިމެނޭ ބިންތައް އެއީ އެޗްޑީސީއަށް ހަދައިދިން ރަޖިސްޓްރީން އުނިވާނެ ތަންތަނެވެ.

އެހެންވެ ކޮންމެ ދުވަހަކު ވެސް މިއިން ކޮންމެވެސް އެއް ކަމެއް ހުޅުމާލޭގައި ހިނގާނެ ކަމަށް ބެލެވޭތީ އެޗްޑީސީގެ ރަޖިސްޓްރީން ބައެއް އުނިވެ ކައުންސިލްގެ ދަށަށް ދާނެ ކަމަށް ބަލަން ޖެހެ އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ރާއްޖޭގެ އިދާރީ ދާއިރާތައް ބެހިފައިވާ ގޮތް ބަޔާންކޮށްފައި ވާއިރު "މާލެ ދާއިރާ" ގެ ގޮތުގައި އޮތީ މާލެ، ވިލިމާލެ އަދި ހުޅުމާލެ ކަމަށް ވާތީ ހުޅުމާލެ އަކީ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަނެއްކަމާ މެދު ސުވާލެއް ނެތެވެ. އެކަމަކު މައްސަލައަކަށް ވެގެން އުޅެނީ ލާމަރުކަޒީ ގާނޫނާއި އެއާ ގުޅުން ހުރި އެހެން ގާނޫނުތައް އައުމުގެ ކުރިން ކޮށްފައި ހުރި ކަންކަމެވެ.

އެންމެ ބޮޑު ސުވާލަކީ ހުޅުމާލެ އަކީ އެޗްޑީސީގެ މިލްކަކަށްވި ސަބަބެވެ.

"އެކަން އެހެންވީ ކުންފުނީގައި ރަހުނުކުރާނެ ރަނގަޅު އެސެޓެއް ނެތުމުން، ވިޔަފާރި އުސޫލުން ކުންފުނި ހިންގުމަށް ބޭނުންވާ ލޯނު ހޯދަން ދަތިވެ ލޯނު ހޯދަން ދަތިވުމުން ކުންފުނީގެ މޯގޭޖެއްގެ ގޮތުގައި ދައްކަން ބިމުގެ ރަޖިސްޓްރީއެއް ހަދަން ޖެހުމުން. ހުޅުމާލެ މޯގޭޖްކޮށްފައި އެކި ދުވަސްވަރު ލޯނުތައް ނެގި. އެންމެ ފަހުން ހުޅުމާލެ 2 ހިއްކީ ވެސް ހުޅުމާލެ 1 މޯގޭޖްކޮށް ލޯނު ނަގައިގެން،" މިކަން ހިނގި ގޮތުގެ މައުލޫމާތު ހުރި ބޭފުޅަކު ވިދާޅުވި އެވެ.

ހުޅުމާލެ ހިންގާ އާބަންކޯގެ އޮފީސް: ހުޅުމާލެ ބެލެހެއްޓުމުގައި ސިޓީ ކައުންސިލްގެ ދައުރެއް ނެތް. -- ފޮޓޯ: މިހާރު

ހުޅުމާލެ 2 ހިއްކައި ނިމުމުން އެ ބައި ވެސް ހިމެނޭ ގޮތަށް ހުޅުމާލޭގެ އާ ރަޖިސްޓްރީއެއް އެޗްޑީސީގެ ނަމުގައި، މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އިރު ވަނީ ހަދައިދީފަ އެވެ.

ގާނޫނީ ބައެއް ބޭފުުޅުން ވިދާޅުވި ގޮތުގައި ހުޅުމާލެ ތަރައްގީކުރުން ވިޔަފާރި އުސޫލުން ކުރިއަށް ގެންދިއުމަށް ކޮންމެެހެން ވެސް ލޯނު ބޭނުންވާތީ ހުޅުމާލޭގެ ބިން އެޗްޑީސީއަށް މިލްކުކޮށްދީފައި ވަނިކޮށް 2019 ވަނަ އަހަރު ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަކާ އެކު މައްސަލަ އިތުރަށް އޮޅުންބޮޅުންވީ އެވެ.

ހުޅުމާލެ 1 އާއި 2 ވެސް އެޗްޑީސީގެ އަމިއްލަ ބިމެއްގެ ގޮތުގައި އޮތީ ރަޖިސްޓްރީކޮށްދީފައި. އެއީ ކުންފުނީގެ މިލްކެއް. ގާނޫނުގައި މި ބުނަނީ ކައުންސިލެއްގެ އިހްތިސާސް ތެރޭގައި އޮތަސް، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މީސްމީހުންނަށް މިލްކުކޮށްދީފައިވާ ތަންތަނުގެ މިލްކުވެރިކަން އޮންނާނީ ހަމަ އެ ބަޔަކަށޭ. ކައުންސިލަކަށް ނޫނޭ

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައި އޮންނަނީ "ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އާންމު ރައްޔިތުންނަށާއި ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލާއި ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށް" ކަމަށެވެ.

"ހުޅުމާލެ 1 އާއި 2 ވެސް އެޗްޑީސީގެ އަމިއްލަ ބިމެއްގެ ގޮތުގައި އޮތީ ރަޖިސްޓްރީކޮށްދީފައި. އެއީ ކުންފުނީގެ މިލްކެއް. ގާނޫނުގައި މި ބުނަނީ ކައުންސިލެއްގެ އިހްތިސާސް ތެރޭގައި އޮތަސް، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މީސްމީހުންނަށް މިލްކުކޮށްދީފައިވާ ތަންތަނުގެ މިލްކުވެރިކަން އޮންނާނީ ހަމަ އެ ބަޔަކަށޭ. ކައުންސިލަކަށް ނޫނޭ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނުގައި އެހެން އޮވެ އަދި ހުޅުމާލެ އަކީ މާލޭގެ ވަކި ދާއިރާއެއް ކަމަށް ކަނޑައަޅައި ކައުންސިލަރަކު ވެސް ހޮވަން ޖެހުމުން ގާނޫނީ ގޮތުން ދެކޮޅުނުޖެހޭ ކިތަންމެ ކަމެއް ދިމާވާނެ ކަމަށެވެ.

"ހުޅުމާލޭގެ ކުރިއެރުމަށް މަސައްކަތްކުރަން އެ ދާއިރާއިން ކައުންސިލަރަކު އިންތިހާބުކުރަނީ. އެކަމަކު އެ ކައުންސިލަރަކީ ހުޅުމާލެ ތަރައްގީކުރުމުގެ ކަންކަމުގައި ބަސް ކިޔޭނެ މީހެއް ނޫން. އެކަން ނިންމާނީ ހުޅުމާލޭގެ މިލްކުވެރި ކުންފުނިން،" ވަކީލް ވިދާޅުވި އެވެ.

ހުޅުމާލޭން އެ ރަށުގެ ފަޅުތެރެ: ފަޅުން ބައެއް ހިއްކަން އުޅޭތީ އަނެއްކާވެސް ވަނީ އިހްތިސާސްގެ ސުވާލު ކުރިމަތިވެފައ. -- ފޮޓޯ/މިހާރު

ހުޅުމާލެ އަކީ ބަންޑާރަ ބިމަކަށް ނުވެފައި އަދި ކުންފުންޏެއްގެ ތަނަކަށް ވުމުން އެ ރަށުގައި ބައެއް ގާނޫނުތައް ތަންފީޒުކުރުމަށް ދައުލަތުގެ އެކި މުއައްސަސާތަކަށް ގާނޫނީ ސުވާލު ވެސް އެބަހުރި ކަމަށް ވަކީލް ވިދާޅުވި އެވެ.

"އެއީ ބައެއްގެ އަމިއްލަ ތަނަކަށް ތަންފީޒީ އިދާރާއަކުން ގޮސް ކުރަންޖެހޭ ބައެއް ކަންކަމަކީ ކޯޓު އަމުރު ލިބިގެން ކުރެވޭނެ ކަންކަން. މިސާލަކަށް ބުނާ ނަމަ، ފުލުހުންނަށް ކޯޓު އަމުރަކާ ނުލައި ހުޅުމާލެއަށް އަރައި އޮޕަރޭޝަންތައް ހިންގޭނެތޯ؟ މި ހުންނަނީ ސީރިއަސް ސުވާލުތައް." އޭނާ ވިދާޅުވި އެވެ.

މައްސަލަތަކާ ގުޅިފައިވާ ތާރީހުތައް

● އޭޕްރީލް 1، 2001: ފަރުކޮޅުފުށި ފަޅުން ބައެއް ހިއްކައިގެން ބިން އުފައްދައި ތަރައްގީކުރަން ހައުސިން އާބަން ޑިވެލޮޕްމަންޓް ބޯޑުގެ ޔުނިޓަކުން ކުރަމުން އައި މަސައްކަތް ވަކި އޮފީހަކުން ކުރުމަށް "ހުޅުމާލެ ތަރައްގީކުރުމާ ބެހޭ ޔުނިޓް" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަކި އޮފީހެއް އުފެއްދެވި.

● 2002: އެ އޮފީހުން ފަރުކޮޅުފުށި ފަޅުން ބައެއް ހިއްކައި އެތަނަށް "ހުޅުމާލެ" ގެ ނަން ދިން

● މާޗް 23، 2005: ހުޅުމާލެ ތަރައްގީކުރުމާ ބެހޭ ޔުނިޓް އުވާލައި، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ކުންފުންޏެއް އުފެއްދި. އަދި ހުޅުމާލެ ތަރައްގީކުރުމާ ބެހޭ ޔުނިޓުން ހިއްކި ބިން މި ކުންފުނީގެ ރައުސުލްމާލެއްގެ ގޮތުގައި ކަނޑައެޅި.

● މާޗް 11، 2009: ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އަސާސީ ގަވައިދަށް ބަދަލު ގެނެސް އެ ކުންފުނީގެ ނަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމަށް ބަދަލުކުރި.

● 2010: ހުޅުމާލެ އަކީ މާލޭގެ ބައެއްގެ ގޮތުގައި ކަނޑައެޅިޔަސް ހުޅުމާލޭގެ ބިމާއި އެ ރަށުގެ ފަޅު އެޗްޑީސީގެ މިލްކެއްގެ ގޮތުގައި އޮންނާތީ މާލޭ މުނިސިޕަލްޓީގެ އިހްތިސާސް ހުޅުމާލޭގެ މައްޗަށް ނުހިނގާ މައްސަލަ ދިމާވެ އެކަން ހައްލުކުރަން މާލޭ ސިޓީ ކައުންސިލުން މުނިސިޕަލްޓީއަށް ހުޅުމާލޭގެ މުޅި ބިމަށް ބޮޑު އެއް ރަޖިސްޓްރީ ހަދައިދިން.

މި ރަޖިސްޓްރީ ހަދައިދިނީ ހުޅުމާލޭގެ ބިން ތަރައްގީކުރެވެމުންދާ ވަރަކުން ބައެއް ބިންތައް ރަޖިސްޓްރީން އުނިވަމުންދާ ގޮތަށެވެ. އެގޮތަށް ރަޖިސްޓްރީން އުނިވެ މުނިސިޕަލްޓީގެ ތަންތަނުގެ ގޮތުގައި ހިމެނެމުން ދާނީ؛

● ސްކޫލްތައް ހިމެނޭ ބިންތައް، މިސްކިތްތައް ހިމެނޭ ބިންތައް، ހަދާ ނިމިފައިވާ މަގުތައް ހިމެނޭ ބިންތައް، ހަދާ ނިމިފައިވާ ޕާކުތައް ހިމެނޭ ބިންތައް، ސިފައިންނާއި ފުލުހުން ބޭނުންކުރާ ބިންތައް އަދި ހޮސްޕިޓަލް ހިމެނޭ ބިން.

މީގެ އިތުރުން އަމިއްލަ މީސްމީހުން ފައިސާ ދައްކައި ނިންމުމުން އެ މީހުންނަށް މިލްކުވާ ބިންތަކަށް ވަކިން ރަޖިސްޓްރީ ހަދައިދީ އަދި ދިގު މުއްދަތުން ފައިސާ ދައްކާ ގޮތަށް ވިއްކާފައި ހުރި ތަންތަނަށް ވަގުތީ ރަޖިސްޓްރީ ހަދައިދީ އެ ތަންތަނަށް ފައިސާ ދައްކައި ނިމުމުން ހުޅުމާލޭގެ ރަޖިސްޓްރީން އެ ބިންތައް އުނިކޮށް އެ ތަނެއްގެ ވެރިޔަކަށް މުނިސިޕަލްޓީން ވަކި ރަޖިސްޓްރީއެއް ހަދައިދޭން ނިންމި އެވެ.

އެހެން ވަކީލަކު ވިދާޅުވި ގޮތުގައި މިއީ އެޗްޑީސީއަށް ބިން ރަޖިސްޓްރީކޮށްދިން ޝަރުތުތައް ކަމަށް ވާތީ، ހުޅުމާލޭގައި މީހަކު ފައިސާ ދައްކާ ނިންމާފައި އޮންނަ ބިމަކަށް އެޗްޑީސީގެ ބާރު ހިނގާނެތޯ ވެސް އެއީ ސުވާލެއް ކަމަށެވެ.

ހުޅުމާލޭގައި ފަހިދިރިއުޅުން ކޯޕަރޭޝަނުން އަޅަމުންދާ ހައުސިން ޔުނިޓްތައް އަޅާ ސަރަހައްދުގައި ބަޔަކު މަސައްކަތް ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

"މީހުން މިލްކުކުރާ ބިންތައް ރަޖިސްޓްރީން އުނިވީމާ މާނަ އަކީ އެއީ އެޗްޑީސީގެ ތަނެއް ނޫނޭ. ދެން އެތަނެއް މި ބަދަލުވަނީ ކައުންސިލްގެ އިހްތިސާސްގެ ތެރެއަށް. އެކަމަކު މިހެން މިކަން އޮވެގެން ކަންކަން ތަންފީޒުރެވޭނެ ގޮތެއް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހުރި ގާނޫނީ ސުވާލުތަކަށް ސާފު ޖަވާބެއް ނުހޯދައި ތިބޭ ނަމަ އަދިވެސް މައްސަލަތައް ވާނީ ގޯސް ކަމަށެވެ. މިސާލެއްގެ ގޮތުގައި ދެއްކެވީ ހުޅުމާލެ ފަޅުން ބައެއް އަނެއްކާވެސް ހިއްކަން އުޅޭ ކަމަށް ބުނާ ވާހަކާ އެކު އޮތް ނުތަނަވަސްކަމެވެ.

"ކައުންސިލުން މި ބުނަނީ ފަޅަށް ހިނގާނީ ކައުންސިލްގެ ބާރު ކަމަށް. ބިމުގެ ރަޖިސްޓްރީގައި ވެސް ނެތް ކަމަށް. އެކަމަކު އެޗްޑީސީއަށް ހަވާލުކުރީ ފަޅު ހިއްކައިގެން ބިން އުފައްދައި ތަރައްގީކުރަން. އެ ފަޅުން ހިއްކާ ކޮންމެ ތަނަކީ އެޗްޑީސީގެ މިލްކަކަށް ވާންޖެހޭނޭ ކަމަށް ކުންފުނިން ދައުވާކުރާނެ. އަނެއްކޮޅުން ކައުންސިލުން ރަޖިސްޓްރީއަށް އެ ބައެއް އިތުރުކޮށްދިނިއްޔާ ނޫނީ ބިމުގެ ރަޖިސްޓްރީއެއް ނޯންނާނެ،" ބިން ހިއްކައިގެން ރަށްތައް ހެދުން އާންމުވަމުން އަންނައިރު ވެސް މިފަދަ ކަންކަމުގައި އަމަލުރާނެ ގާނޫނެއް ގަވައިދެއް ހިސާބު ވެސް ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.

މިހާރު މިކަން މި ހިންގާ ގޮތް ލާމަރުކަޒީ ގާނޫނާ އެބަ ފުށުއަރަ އެވެ. އެކަމަކު އެ ފުށުއެރުމާ ހެދި އަޅާ ކަތި ފިޔަވަޅަކުން ކުންފުނި އިނދަޖެހޭ ވަރުގެ ގެއްލުން ވުމުގެ ފުރުސަތު އެބަ އޮތެވެ.

57 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 7%
icon angry icon angry 29%
icon wow icon wow 14%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހޯމްލެސް

21 May 2023

ދައުލަތުން ބިންތައް ރަހުނުކޮށް ބޮޑެތި ލޯނު ނަގައިގެން ހިއްކާ ބިންތައް ވަކި ބަޔަކަށް ހިލޭ ދެވިގެންނުވާނެ. އެހެން ހިލޭ ދެވެންޏާ ދައުލަތުން ލޯނު ނަގައިގެން ހަދާ ފްލެޓްތައްވެސް ދޭން ޖެހޭނީ ހިލޭ. ތަފާތުކުރުން ނައްތާލަން ގޮވާލަން.

The name is already taken The name is available. Register?

ޢިހްސާސް..

21 May 2023

ޢާބަންކޯ އަކީ މާލެ ސިޓީ ކައުންސިލްގެ ތަނަކަށް ހެދީމަ ނިމުނީނު.

The name is already taken The name is available. Register?

މަ ބުނީ

21 May 2023

ވާނު ވާ ނޭނގެނީ އެ ވެ. ދިރިއިޅުމަށް ވެސް ތަރުޖިބާ މުހިއްމު ވަނީ އެހެއް ވެއެ ވެ. ދައުލަތް ހިތްގުމުގެ ބުއްދިޔާއި ވި ސްނު އް ނެ ތްތާ ލަފާދޭން ހުރި ކުޑައިރުގެ އެކު ވެރިޔާއަށް ވެސް ދިނީ ދޯކާއެ ވެ .

The name is already taken The name is available. Register?

ގިނަކުރޭ

21 May 2023

އަދިވެސް ލާމަރުކަޒުކޮށް ކައުންސިލްތައް އިތުރުކޮށް އެކި ޒާތުގެ މެމްބަރުން އިތުރުކޮށް އެކި ނަން ކިޔާ ކުންފުނިތައް އަލަށް އުފައްދައި އޭގެ ދަށުން އިތުރު ތަންތަން އުފައްދައި އެއްތަނާ އަނެއް ތަނުގެ މަސްއޫލިއްޔަތުތައް ފުށުއަރާ ގޮތަށް ގާނޫނުތައް ހަދައި އަހަރުތައް ބަދަލުވާވަރު ނުބަލާ ތިބެ ގާނޫނުތައް ބަދަލުނުކޮށް ތިބެ އެގަހުކޭލެއް މިގަހުކޭލެއް ނޭގޭވަރު ކޮށްލީމަ ހުރިހާ ކަމެއް ހައްލުވެފަ އޮންނާނީ. ކޮންމެ އިނގިއްޔަކަށް އެބަ ގާނޫނެއް އޮވޭ. ބަލާނެ މީހެއްނެތް

The name is already taken The name is available. Register?

ތ‫ޯއެއްޗެ

21 May 2023

ތ‫ީހުސް ބަންޑާރަ ބިން އެޗްޑީޗީ އަމިއްލަ ފައިސާއިން ތަ ތިތަން ހިއްކީ , ތީރައްޔަތުންގެ ފައިސާއިން ހިއްކާފަ އޮތް ތަނެއް ތިތަން ބަހަން ޖެހޭނީ ހިރިހާ އެންމެންގެ މެދުގައި ހަމަހަމަ އުސޫލުން

The name is already taken The name is available. Register?

ހަތިފުށީ ޒާހިދު

21 May 2023

މާލޭ ރައްޔިތުން ކަމަށް ދައުވާ ކުރާމީހުން ބުނަނީ އެމީހުންގެ ބިމެއް ކަމަށް.

The name is already taken The name is available. Register?

އާދަންކޯ

21 May 2023

ސަރުކާއި މަޖިލިހުގެ ސުޕަރ މެޖޯރިޓީ ދީގެން ތިބޭތާ ފަސް އަހަރުވަނީ. ތިވަރު ކަމެއްވެސް ނުވީމަ ވިސްނާލާ ފެއިލްވެފަ ތިބިވަރު.

The name is already taken The name is available. Register?

އެއީއަދި

21 May 2023

ލާމަރުކަޒީ ކިޔަން ދަސްކޮށްދިން ޕާޓީއަށްވާވަރު އެއީ. ދެން އެހެން މީހުންނަށް ކޮންވަރެއްވާނީ. ލާމަރުކަޒީ ކިޔަން ދަސްކޮށްދިން ޕާޓީއަށްވެސް ޚުދު ނޭނގޭ ކިޔޭ ނުކިޔޭއެއް. ރައްޔިތުން ވާވައްދައި ވޯޓް ހޯދަންވެގެން ތަނެއްގަ އޮންނަ ސިސްޓަމެއް ގެނެސްގެން ވާނުވާ ނޭނގި ތިބެ ވާހަކަތަކެއް ދެއްކުން އޮންނަނީ. ކަމެއް ކުރުމެއް ނޯވޭ. ދެން އޮންނަނީ ސިޔާސީ ކޯޅުމުގަ ބާކީ ތިބި މީހުން އެއްވެސް ކަމަކާ އެއްބަސްނުވުން. ހުރިހާ ގެއްލުމެއް މުޅި ގައުމަށް.

The name is already taken The name is available. Register?

ޢަރުތަ

21 May 2023

"ހުޅުމާލެ މޯގޭޖްކޮށްފައި އެކި ދުވަސްވަރު ލޯނުތައް ނެގި. އެންމެ ފަހުން ހުޅުމާލެ 2 ހިއްކީ ވެސް ހުޅުމާލެ 1 މޯގޭޖްކޮށް ލޯނު ނަގައިގެން،" ރައީސް ޔާމީނުގެ ތޫނުފިލި ވިސްނުންފުޅު ދެއްތޮ. އަހުން ހީކުރީ މިސަރުކާރުން އެކަނިކަމަށް ދައުލަތުރުގެ ތަންތަން ރަހުނުކޮށްފަ ލޯނު ނަގަނީ.

The name is already taken The name is available. Register?

ކަރުތަ

21 May 2023

އަހުން ހީކުރީ ރައީސް ޔާމީނު ކުރި ކަހަލަ ކޮސް ކަންކަން ނުކުރާނެ ސަރުކާރެއް ކަމަށް މިއީ. އެކަމު އެއަށްވުރެ މާ ބޯ ގޯސް ސަރުކާރެއް ކަމަށް އެންމެ ފަހުން ވީ. ގައުމު ދަރާފަ އޮތްވަރު ނޭނގިގެން އަދި އިތުރަށް ދަރުވަން އެރި ސަރުކާރެއް މިއީ. ދެން ކޮންމެ ކަމެއްގަ ޔާމީނޭ ހެދީ މިހެންނޭ ކިޔައިގެން ހިތްހަމަޖައްސާލަންޖެހޭނީ އަރުތަމެން.

The name is already taken The name is available. Register?

މުޖުތާޒު

21 May 2023

ޢެޗްޑީސީ މިހާރުގެ އާބަންކޯ އަކީ ކުންފުނި ހިންގާ އުސޫލުންހިންގާ ކުންފުންޏެއްނޫން އެތަނަ ރަގަޅީ އިދަޖެހުން އެއީ ވަކިމީހަކު ޕްރޮމޯޓްކުރަން ހަދާފައޮތް ކުންފުންޏަކާ ރަރަށްވައްތަރު ގޮތަކަށްހިގާ ކުންފުންޏެށް އެއީ ގާނުނަކަށް ގަވާއިދަޖަށް ބަލާކުންފުންޏެއްނޫން.

The name is already taken The name is available. Register?

އަފްރާސިޔާބު

21 May 2023

ތިޔަ ތަނަކީ ދައުލަތުގެ ކުންފުންޏަކުން ދައުލަތުގެ ތަނެއްގެ ގޮތުގަ ރައްޔިތުންނަށް ގޯތިދިނުމަށް ހިއްކައި ތަރައްގީ ކުރި ފަޅެއް. ޓޫރިޒަމަށް ފަޅުތައް ދޭ އުސޫލުން އެކުންފުންޏަށް ދިންފަޅެއް.ދެން މާލޭ ސިޓީކައުންސިލަކީ މާފަހުން އުފެދުނުތަނެއް. އެތަންއުފެދުނު އިރުގައިވެސް ތިޔަހުޅުމާލެއެއްއޮންނާނެ. އެހެންކަމުން އެގޮތަށް އިދާރީ ދައިރާގެ ގޮތުގައި ލިއުނީ ވޯޓް އަޅާމީހުން ބަޔާންކުރަން ވެގެން. އެތަނުގެ ހައްގުވެރިޔަކީ ސަރުކާރު. ބަންޑާރަ ބިމޭ ބުނީމާ އެބުނަނީދައުލަތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454