ގއ. ދާންދޫ: އެ މީހާ ހައްޔަރު ކުރީ ރޭ ދަންވަރު ކަމަށް ފުލުހުން ބުނޭ.--
22 މެއި 2023 - 09:35
ގއ. ދާންދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުރި މީހަކު ފިލާފައި ވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި އެ މީހާ ހައްޔަރުކުރީ ރޭ ދަންވަރު ކަމަށެވެ.
ދާންދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުއްޓާ އޭނާ ފިލުމުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ އާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ މަސްތުވާ ތަކެއްޗާ ވެސް އެކުގަ އެވެ.
މި މަހުގެ ހަ ވަނަ ދުވަހު އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓާ ވެސް މީހަކު ފިލި އެވެ، އެ މީހާ ފެނުނީ ރަސްދޫ ކައިރީގައި އޮންނަ ރަށެއްގެ ފަޅުތެރެއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިއީ މަށޭ
22 May 2023
އޭ ފިލީ މަށޭ އެބަ ކިޔާތަ؟
ޢަދުނާނު
22 May 2023
މިފެންނަނީ "އަމިއްލަ ދޯދިޔާކަން"
އިޙްސާސް..
22 May 2023
ފުލުސް އިދާރާއެއްގައި ހައްޔަރުކޮށްފަ އޭނާ ބޭންދީ ސޯފާއެއްގައި ފުލުހުންނަށް ނާނާ ކިޔައިދޭންތޯ "ހަމީދޫ"؟ އޭނާގެ ނާނާ އަޑުއިވިފަ ފުލުހުންނަށް ނިދުނީމަތޯ އޭނާ ފިލީ؟ ފުލުހުންގެ އިހުމާލުވެފަ އޮންކަމަށް ބެލެވެނީ. ތަހުޤީގުކޮށް ފުލުހުންނަށްވެސް އަދަބު ދޭންޖެހޭނެ.
ޕޮލިހޭ
22 May 2023
ޕޮލިހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިލުން ހާދަ ގިނަވެއްޖެއޭ މިހާރު. ކަމެއް ގޯސްވާން އުޅެނީނޫންބާ. ޕޮލިހުންގެ ބެލުމުގެ ދަށުގައި ހުޓާ ފިލާ މީހާ ނޫނީ ގެއްލޭ މީހާ ނޫނީ ދޫކޮއްލާ މީހާ އެބަފެނޭ ޖަލާ ދިމާކުން މޫދުގައި މަރުވެފާ އޮއްވާވެސް މިއީ މިގައުމުގާ ފަހުގެ ތާރޫހުތަކުގައި ހިގާފަހުރި ކަންތަށް. ބޮޑު މުސާރަދީފަ ފުލުހުން ތިބެނީ ކީއްކުރަން ބާއޭ މަގޭ ހިތަށް އަރަނީ
ސަސި.
22 May 2023
ކޮންކަމެއް ޕޮލިހަށް ނުވެގެންބާ މިޒާތުގެ ކަންކަން އެހާ ދޯދިޔާކޮށް މިދަނީ. ކުޅުދުއްފުށީގަ ބަންދަުގަ ހުރި މީހަކު ދަން ޖެހިގެން މަރުވެއްޖެ. 2 މަރުކަޒުން 2 މީހަކު ފިލައިފި. ޓު ޕުރޮޓެކްޓްގަ އެބަ އުޅޭ މައްސަލައެއް