ޒުވާނެއްގެ ބޮލަށް ހެރުނު ބުޅިއެއް ނަގަން ދިޔަ މީހާ: އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ހުކުރު ދުވަހު.--
23 މެއި 2023 - 13:09
ބޮލަށް ބުޅިއެއް ހެރިގެން ރަށެއްގެ ސިއްހީ މަރުކަޒުގައި ބާއްވާފައި އޮތް ޒުވާނަކަށް އެހީވާން ބޯލްޓް ކަޓަރެއް ހިފައިގެން މީހަކު ވަދެ ފަސޭހަކަމާ އެކު ބުޅި ބުރިކޮށްލައި ބުޅި ނައްޓާލާ ތަން ފެންނަ ވީޑިއޯއެއް އިއްޔެ ވައިރަލްވި އެވެ.
ބޮޑު އަދި ބަރު ކަޓަރު ކޮނޑަށްލައިގެން "މީގެން ކެނޑޭނެ" ކިޔަމުން އެ މީހާ އެ ވަންނަނީ ބ. ގޮއިދޫ ސިއްހީ މަރުކަޒަށެވެ.
މިކަން ގިނަ މީހުންނަށް ވީ ޖޯކަކަށެވެ. އަދި އަނެއް ބަޔަކު މިއީ ސިއްހީ ދާއިރާގެ ހާލަތު ކަމަށް ބުނެ ފާޑު ވެސް ކިޔާފައިވެ އެވެ.
ނިތްކުރިމަތިން އިސްތަށިގަނޑުގެ ތެރެއަށް، ބޮލަށް ހެރިފައި އިން ތިން ބުޅިލީ "ނަގިލި ބުޅި" ނެގި ގޮތުން ލިބުނު ސަމާލުކަމާ އެކު މިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކި މީހުން ބުނީ މިއީ އަލަށް ކުރާ ކަމެއް ނޫން ކަމަށެވެ.
"އަލަކަށް ނޫން މިއީ. އެކަހަލަ ބުޅި ވަރަށް ވަރުގަދަވާނެ. ބުރިކޮށްނުލެވޭނެ އޭގެ އެއްޗަކުން ނޫނީ. އެހެންވެ އަބަދުވެސް ބުޅި ނަގަން ބޭނުން ކުރޭ އޭގެ ކަޓަރު،" މަސްވެރިކަމުގައި މީގެ ތަޖުރިބާތައް ކޮށްފައިވާ މީހަކު ބުންޏެވެ.
އޭނާ ބުނީ ބުޅި ނައްޓާ ނުލައި މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ގެންދާ ހާލަތުގައި ވެސް މީގެ ކަޓަރު ބޭނުންކުރާ ކަމަށެވެ.
ބުޅި ހެރުނު މީހާ ގޮއިދޫ ސިއްހީ މަރުކަޒުގައި
"މިދިޔަ ހުކުރު ދުވަސް އެއީ. މަސްބާނަން ހުރި ރަށު ކުއްޖެއްގެ ބޮލަށް ބުޅިއެއް ހެރިގެން މަރުކަޒަށް ގެނައީ،" އޭނާ ބުންޏެވެ.
ވައިރަލްވި ވީޑިއޯގައި، ބޮލަށް ބުޅި ހެރިފައި އޮންނަ މީހާ ފެންނަނީ ވަރަށް ހަމަޖެހިލައިގެން އޮއްވަ އެވެ. ދެ ނަރުހަކު އެކި ގޮތްގޮތަށް މަސައްކަތްކުރި ނަމަވެސް ތިން ބުޅީގެ ތެރެއިން ހެރިފައި އިން ބުޅީގެ ކަނިފަތް އަޅައިގަންނާތީ ނުއެއް ނެގެ އެވެ. އެކަމަކު ބޯލްޓް ކަޓަރުން ބުޅި ބުރިކޮށްލުމާ އެކު ކަނިފަތް ނެތްކޮޅުން ބުޅި ދަމައިގަނެ އެވެ.
އޭގެ ކަޓަރުން ވަރުގަދަ ދަގަނޑު ވެސް ވަރަށް ފަސޭހައިން ބުރިކޮށްލެވޭތީ، ގަޔަށް ހެރިފައި ހުންނަ ދަގަނޑު ފަދަ ތަކެތި ނަގަން އެ ބުރިކޮށްލަން މިއީ އަނިޔާވެފައި އޮންނަ މީހާ އަށް ވޭން ކުޑަކޮށް އެކަން ކުރެވޭ ގޮތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމިދު ޝާހިދު
23 May 2023
މިހާރު ތިއީ މާބޮޑު ކަމެއް ނޫންކަމަށް ދައްކަން ތިޔަ އުޅެނީ. ސިއްހީ ފަރުވާދޭތަންތަނުގައި ސާމާނާއި އެއްޗެތި ރަނގަޅަށް ހުންނަނަމަ ތިއީކީ މާކަ ބޮޑު އިޝޫއެއްނޫން. ކޮބައިތޯ، އިންޑިއާ ސަރުކާރުން ހިންގާ ހެލިކޮޕްޓަރާއި ސީ އެމްބިއުލެންސް. ބ. ގޮއިދޫ ސިއްހީ މަރުކަޒުގައި އެކަން ކުރެވޭނެ ވަސީލަތްތައް ނުހުރެދާނެ. އެކަމަކު އޭދަފުއްޓަށް ގެންގޮސްގެން ރަނގަޅު ފަރުވާއެއް ދެވިދާނެ. ކީއްވެބާ އެކަން އެގޮތަށް ނުކުރީ!
ނަފުރުއްﷲ
23 May 2023
އާކަމެއް ބަކަމެއް ނޫން މައްސަލައަކީ، އެ ކަޓަރި ނެރެގެން ގެނައީ ބުޅާ ގުދަނަކުން ކަމެއް ޖަންކްޝަން ވަޅަކުން ކަމެއް ނޭންގެ، އޭތި ސާފުވެސް ކޮށްނުލާ އެކަން ކުރީ، ބުޅި ބުރިކޮށްލި ބައިވެސް ސާފުނުކޮށްލާ ދަމައިގަތީ ބޮލު ތެރެއިން، އިންފެކްޝަނެއް އުފެދި ބޮޑު މައްސަލައަކަށް ވީމަ ބުނަންވީ އިންފެކްޝަން އުފެދުމަކީވެސް އާކަމެއް ނޫންކަމަށް ދޯ
ދޮންކޮއި ހަސަން
23 May 2023
ވަޓް އިޒްދަ ޕާޕަސް އޮފް މި އާޓިކަލްގެ؟ އަސްލު އިޝޫއަކީ ރާއްޖޭގެ ޞިއްޙީ މަރުކަޒެއްގައި މަސްބާނާ ބުޅިއެއް ގަައިގެ ތަނަކަށް ހެރިގެން ދިޔަޔަސް ނެގެން ނެތުމެއް ނު.
ތައްޓޭ
23 May 2023
ބައެއް މީހުންނަށް އާވަނީ....
ނަރުކެނޑި
23 May 2023
ގަދަ ގޮލައެއް
ކަދީދައްތަގެ މުނީރާ
23 May 2023
އެކުއްޖާއަށް ހާދައެބަ ހެވެއޭ.
100ސަތޭކަ
23 May 2023
ގެނައި ހަތިޔާރުގެ ވާހަކަ ދެއްކުން މުހިންމެއް ނޫން، އެކަން އެއޮތީ ވަރަށް ސުމޫތުކޮށް ނިންމާލާފަ
ޢަލީ ކުރުސީ
23 May 2023
ބޮލުގައި ބާރަށް އެއްޗަކުން ޖަހާ ހޭނައްތާލުމަކީވެސް އާކަމެއްނޫން! އޭގެ މާނައަކީ ހޮސްޕިޓަލުގައި ހޭނައްތާ މެޝިނެއް ނުބަހައްޓާށެކޭ ނޫންދޯ؟ ޓްރައުމާ އާއި އެކްސިޑެންޓަލް އިންޖަރީއަށް ބޭންނުވާ އާލާތްތަކުގެ ތެރޭގައި ތިޔަ ބުޅި އަދި ގަޔަށް ހެރޭ ދަނގަޑު ފާޑުގެ ތަކެތި ބުރިކުރެވޭ ކުދި ކަރަންޓް ކަޓަރު ހުންނާނެ! މަސްވެރި ޤައުމެއްގަ އައިސްދާނެ އިންޖަރީ ލިސްޓުގައި މިތަކެތި ހިމަނާލެވުނީސް!
މުހައްމަދުއަޑުގަދަ
23 May 2023
ރާއްޖޭގަ ޢެއްޒަމާނަކު ކުޑަކުއްޖާގެ ފޫޅުކަނޑަން ރޭޒަރު ތިލަބޭނުންކުރި އަދި ހުތާނުކުރާ މީހުން ކަރުދާސް ކަފާ ކަޓަރުވެސް ބޭނުންކުރި.ދެން ހިތާނުކުރާ މީހުން ބުނެފާނެ ހަންކޮޅު ބުރިކުރަން ކަރުދާސް ކަފާ ކަޓަރު ބޭނުން ކުރުމަކި އާކަމެއް ނޫނޭ.
އެޑްމުންޑޯ
23 May 2023
ރަގަޅުވާހަކައެއް ، ކަތުރަކުން އެކަމެއް ނުކުރެވޭނެ . ބުޅިކަފާލަން ބޭނުންކުރަނީ ނަރުކެނޑި ، އެކަމަކު ޖޯކަކަށް މިވީ އާދާގެ މީހަކާ އެއްވަރުގެ ހަތިޔާރެއް ގެނައުމުން ، ހީވީ ، 12 އެމް އެމްގެ ދަގަނޑު ރޮޑެއް ބުރިކޮއްލަން ގެނާ އެއްޗެއްކަމަށް