ޚަބަރު / ރިޔާސީ އިންތިޚާބު 2023

ނަޝީދަށް ގިނަ ވޯޓު ލިބުމަކީ ޕީޕީއެމް ވެރިކަމަށް އަންނަން ފަސޭހަ ވާނެ ގޮތް: އާދަމް ޝަރީފް

މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާދަމް ޝަރީފް ވާހަކަ ދައްކަވަނީ--ފައިލް ފޮޓޯ: މިހާރު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދަށް ތާއީދު ކުރައްވާ މެންބަރުން އެމްޑީޕީން ވަކިވެ، އުފައްދަން މަސައްކަތްކުރާ "ދަ ޑިމޮކްރެޓްސް" އަށް ރިޔާސީ އިންތިހާބުގައި ގިނަ އަދަދެއްގެ ވޯޓު ލިބިއްޖެ ނަމަ ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އަންނަން ފަސޭހަ ވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި ގަރާރަކަށް ބަހުސް ކުރައްވަމުން، މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، މިހާރު ކުރަން އޮތް އެންމެ ރަނގަޅު މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލު ކުރުން ކަމަށެވެ.

ކޮންމެ ނަމެއްގައި ގަރާރުތަކާއި މައްސަލަތައް މަޖިލީހަށް ހުށަހެޅިޔަސް އެ މައްސަލަތަކުގައި އޮންނަނީ "އިބޫ ނޫން ގޮތެއް" ހޯދަން މަސައްކަތް ކުރުން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބަށް ނުކުންނަވާނެ ކަމަށް ބެލެެވެނީ އެމްޑީޕީގެ ރައީސްގެ މަގާމުގައި މި ވަގުތު ހުންނެވި ނަޝީދެވެ.

[ނަޝީދަށް] މަދުވެގެން 30،000 ވޯޓު ނެގި ކަމުގައިވިޔަސް އެއީ ޕީޕީއެމް އަށް ލިބޭ ޕްލަސްއެއް. އަޅުގަނޑުމެން ވެރިކަމަށް އަންނަން ފަސޭހަ ވާނެ ކަމެއް -- އާދަމް ޝަރީފް

ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް އެންމެ މަދުވެގެން 30،000 ވޯޓު ހޯދުނަސް އޭގެ ސަބަބުން ޕީޕީއެމަށް ފައިދާ ވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"މަދުވެގެން 30،000 ވޯޓު ނެގި ކަމުގައިވިޔަސް އެއީ ޕީޕީއެމް އަށް ލިބޭ ޕްލަސްއެއް. އަޅުގަނޑުމެން ވެރިކަމަށް އަންނަން ފަސޭހަ ވާނެ ކަމެއް. އެހެންވެ އަޅުގަނޑުމެން މި ބަލަނީ ރައީސް ޔާމީނަށް ވެރިކަމަށް ވަޑައިގަނެވޭނެ މަގު ފަހިވެގެން ދާ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލުމުން ސަރުކާރަށް ފަނޑިޔާރުންނަށް އުނދަގޫ ނުކުރެވޭނެ ކަމަށާއި އިންސާފުވެރިކަމާ އެކީ ޝަރީއަތް ހިނގައިފި ނަމަ ޔާމީން މިނިވަންވެ، މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު ބަދަލުވަމުން ދާ ގޮތުން ދެ ޕާޓީއެއް ފިޔަވައި ސިޔާސީ ހުރިހާ ޕާޓީއެއް އޮތީ މިހާރުގެ ވެރިކަން ބަދަލު ކުރުމަށް އެއްބަސްވެގެން ކަމަށާއި ސިޔާސީ ދާއިރާގައި އުޅުއްވާ ފުންނާބު އުސް އެތައް ބަޔަކު ގުޅިގެން މަސައްކަތް ކުރާ ތަން ފެންނަ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބުތަކުގެ ނަތީޖާ އަށް ބަލާއިރު އެންމެ ގިނަ ވޯޓު ހޯދަނީ ޕީޕީއެމާއި އެމްޑީޕީ އެވެ. ނަމަވެސް މިހާރު އެމްޑީޕީ ދެބައިވެފައި އޮތުމާ ގުޅިގެން މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެއް ޕާޓީއަކަށް އެންމެ ގިނަ ވޯޓު ލިބޭނެ ކަމަށް ބައެއް ސިޔާސީ ތަޖުރިބާކާރުން ލަފާ ކުރަނީ ޕީޕީއެމަށެވެ.

ޕީޕީއެމް/ޕީއެންސީ އާއި ނަޝީދުގެ ދަ ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީން ގުޅިގެން މަސައްކަތް ކުރަމުން އައި ނަމަވެސް އެ ފަރާތްތައް ރަސްމީކޮށް އުފައްދާފައި ވަނީ ރާއްޖެ-މޮރިޝަސް މައްސަލާގައި "ކަނޑު ވިއްކާލުމާ ދެކޮޅު" މަސައްކަތް ކުރާ ކޯލިޝަނެކެވެ.

އެއީ ސިޔާސީ މަސައްކަތް ކުރާ ކޯލިޝަނެއް ނޫން ކަމަށް އެ ޕާޓީތަކުން ބުންޏަސް މި ފަހަކަށް އައިސް މި ސަރުކާރާ ދެކޮޅަށް ގުޅިގެން އެ ޕާޓީތަކުން މަޝްވަރާ ކުރަމުން އަންނަ ވާހަކަ ޓުވިޓާ އާއި އެކި ތަންތަނުގައި އަންނަނީ ދައްކަމުންނެވެ.

39 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 0%
icon angry icon angry 87%
icon wow icon wow 7%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލިރާރު ބިން ޖަގިޔާ

23 May 2023

އެންޑީޕީން ކަނޑާލިކަމަށް އެބުނާ 39 ހާސް މެމްބަރުންނާ، ޕްރައިމަރީގަ ނަޝީދާސް ވޯޓްދިން އެންމެންގެ ވޯޓް ލިބޭނެކަމަށް ބަލަމާ. ހީވަނީ ފުރަތަމަބުރުން ނަގާނެހެން. އަދަމް ޝަރީފްގެ ހިސާބުޖެހުން ގޯސް. ޕީޕީއެމަށް ޗާންސެއް ނެތް.

The name is already taken The name is available. Register?

20237474774

23 May 2023

ކެނޑިޑޭޓާއިއެކު ކެންޕެއިން ޖައްސަނީ ކޮން އިރަކުތޯ؟

The name is already taken The name is available. Register?

ތަމަޅަ

23 May 2023

ނަޝީދު ފޭވީމާ އިބޫއަށް އިތުރަށް ލިބޭނެ ވޯޓްތަކެއްވެސް ހުންނާނެ. އެބައި ގިނަވުމަކީވެސް ވެދާނެކަމެއް . އެހެންވެއްޖެނަމަ ޝަރީފުމެން ދާނީ ޗޮކުން

The name is already taken The name is available. Register?

އީސީ

23 May 2023

ރިޔާސީ އިންތިހާބުގެ އަންދާސީ: އިބޫ 255000 ނަޝީދު5000 ގާސިމު3500 ޕީޕީއެމ125 އުމަރު50

The name is already taken The name is available. Register?

ރައްޔިތުންގެ ނިންމުން ބޭނުންވަނީ

23 May 2023

"ސިޔާސީ ހުރިހާ ޕާޓީއެއް އޮތީ މިހާރުގެ ވެރިކަން ބަދަލު ކުރުމަށް އެއްބަސްވެގެން ކަމަށާއި..." ވެރިކަމެއް ބަދަލުވުމައް އަދި ދެމެހެއްޓުމައްވެސް ބޭނުންވަނީ ވަކިޕާޓިއެއްގެ ތާއީދެއްނޫން ރައްޔިތުންގެ ތާއީދު.

The name is already taken The name is available. Register?

ރަކަރަކަ

23 May 2023

މަރުމޯލު! މިދެން ތަސައްރަފު ފުދިފަތިބި ފިރިހެނުން ދައްކާކަހަލަ ވާހަކަ؟

The name is already taken The name is available. Register?

ޢަލީ ކުރުސީ

23 May 2023

ޕޕޕ ކުދިންނަށް ވޯޓުން އެއްޗެއް ނުވާނެކަން އެނގުނީދޯ؟ ކޮބާ ޔާމީނު އެއްބުރުން ނަގާ ވާހަކަ މިހާރު. މުޅި ޕާޓީ ޚަރާބު ކޮށްލަނީ ޔާމީނު ސަލާމަތް ކުރެވޭތޯ! މިހާރު އަންނިއަށް ސަނާކިޔަން ޖެހުނީ! މަޑިސީލަ ކުދިން ލަދެއް ނުގަނޭ؟ ކޮބާ ހަދައިގެން ގެނެސްދިން ވީޑިއޯ ތަކާ ލަވަތަށް؟އަދި ބުނާނެ އަންނިއަށް ވެރިކަން ލިބުނަސް އެއީ ރަގަޅެކޭ!

The name is already taken The name is available. Register?

ޥެލްޖް

23 May 2023

މަރުހަބާ . ޕީޕީއެމް - ދަ ޑިމޮކްރޭޓްސް 2023

The name is already taken The name is available. Register?

އައްދުބެ

23 May 2023

ގާސިމަށްވުރެ ގިނަ ވޯޓް "ދަ ޑިމޮކްރެޓްސް" އިން ނަގާނެ. ސަބަބަކީ ރަޢީސް ނަޝިދުގެ ސަޕޯޓަރުން މާގިނަވާނެ ޤާސިމުގެ ސަޕޯޓަރުންނަށްވުރެ. ގާސިމު ކައިރީގަ ތިބޭ މުސާރަވެރިން ގާސިމު ހައްދައިގެން އުޅެގެން ދާނީ ފުލަށް. އެކެއް ދޭތް ތިނެއްގަ އުޅޭނީ އެމްޑީޕީ، ޕީޕީއެމް، ދަ ޑިމޮކްރެޓްސް. ޖުމްހޫރީ ޕާޓީ ދާނީ ހަތަރު ވަނައަށް. ދެވަނަ ބުރުގަ ޕީޕީއެމް އާއި ދަ ޑިމޮކްރެޓްސް ކޯލިޝަން ހަދައިގެން 2023 ގަ ރައީސްކަމުގެ ހުވާކުރާނީ

The name is already taken The name is available. Register?

އަލީހަމީދު

23 May 2023

ހިޔެއްނުވޭ ދަ ރެޓްސް އަށް ގާސިމަށްވުރެ ކުރި ހޯދިދާނެހެނެއް. ނަޝީދުގެ ތަރި އޮއްސިއްޖެ.

The name is already taken The name is available. Register?

ބޮޑުރިޔާ

23 May 2023

މިމީހުން ރީތި ހުވަފެންވސް ދެކެޔޭ ދެއްތޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454