ޚަބަރު / އަދާލަތު ޕާޓީ

ބައިވަރު މަސައްކަތް އެބަހުރި، އެކަމަކު އެއްބުރުން ކާމިޔާބުވާނެ: އިމްރާން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން އަދާލަތު ޕާޓީން ބޭއްވި ހަފުލާގައި އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ.-- ފޮޓޯ: އަދާލަތު ޕާޓީ

17 ޖޫން 2023 - 15:39

36 comments

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ކުރަން ޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އަދިވެސް ހުއްޓަސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އާދަލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

އަދާލަތުން މި އަންނަ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީއާއެކު ކޯލިޝަން ހަދައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައީދުކުރަން އޮތީ ނިންމައިފަ އެވެ. އެ ނިންމުމާ އެއްގޮތަށް ކެމްޕޭން ފަށަން ތައްޔާރުވުމުގެ ގޮތުން ޕާޓީގެ މެމްބަރުންނާ އެކު ވަނީ ހަފުލާއެއް ބާއްވައިފަ އެވެ.

މި ހިސާބަކަށް އެހެން އެއްވެސް ކެނޑިޑޭޓެއްގެ ޓީމަކަށް މަސައްކަތެއް އަދި ނުކުރެވޭ ކައިރިއެއް ވެސް ނުކުރެވޭ: އިމްރާން

އެ ހަފުލާގައި އިމްރާން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކޮށްދިނުމަށް އެ ޕާޓީން ވާން ޖެހޭ ތައްޔާރީތައް މިހާރު އޮތީ ނިމުމަކާ ގާތުގައި ކަމަށެވެ. ކެމްޕެއިން ދަތުރުތައް ޝެޑިއުލްކޮށް، ހަރަކާތްތައް ރާވައި މެނިފެސްޓޯގެ މަސައްކަތް ވެސް މިހާރު އޮތީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ. އަދި ރައީސްގެ މުޅި ޓީމު ވެސް އޮތީ ކެމްޕެއިނަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހިސާބަކަށް އެހެން އެއްވެސް ކެނޑިޑޭޓެއްގެ ޓީމަކަށް މަސައްކަތެއް އަދި ނުކުރެވޭ ކައިރިއެއް ވެސް ނުކުރެވޭ،" އިމްރާން ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން އަދާލަތު ޕާޓީން ބޭއްވި ހަފުލާ.-- ފޮޓޯ: އަދާލަތު ޕާޓީ

"މި ކަންކަން މިހެން ހުރީމަ އެހެން ހުރިހާ ކެނޑިޑޭޓުންނަށް ވުރެ ކުރިއަށް ދިއުމުގެ މާ ބޮޑަށް ވެސް އިރާދަކުރެއްވިޔާ ފުރުސަތު ލިބޭ. މިކަން ރަނގަޅަށް ގެންދެވިއްޖެއްޔާ އަޅުގަނޑަށް ޔަގީންކަން އެބައޮތް ﷲގެ ރަހުމަތާއެކު އެއްބުރުން މި އިންތިހާބު ކާމިޔާބުކުރާނަން." އޭނާ ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އަދާލަތު ޕާޓީއަށް 18 އަހަރު ފުރުނުއިރު، އެ ޕާޓީން އަބަދުވެސް ކުރަމުން އައީ ދީނީ އަދި އިސްލާހީ މަސައްކަތްތައް ކަމަށެވެ. މިއަދު ވެސް ދެމިތިބީ އެގޮތުގެ މަތީގައި ކަމަށް ވިދާޅުވި އެވެ.

އެހެންވެ، ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް އެ ޕާޓީގެ ދައުރު މިހާރު ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި އަދާލަތުން އެންމެ ބޮޑު އިސްކަމެއް ދެނީ އިސްލާމީ އުސޫލުތަކުގެ މަތިން ރާއްޖޭގައި ވެރިކަން ކުރެވޭނެ މަގު ކޮށައިދިނުމަށެވެ. އެކަމުގައި ދެން ވެސް ފަސް ނުޖެހޭނެ ކަމަށާއި ދީނީ ގޮތުން މިހާތަނަށް ވަރަށް ގިނަ އިސްލާހީ ބަދަލުތަކެއް، އެ ޕާޓީގެ މަސައްކަތުން ގެނެސްދެވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ވެރިކަން އުފެއްދުމަށް އެމްޑީޕީއާާ އެކު ކޯލިޝަން ހެދި އަދާލަތު ޕާޓީގެ ނިންމުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދައިދޭން އިތުރު ފަސް އަހަރަށް ކޯލިޝަންގައި ދެމިތިބުމެވެ.

36 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުން

18 June 2023

އަދާލަތު ބައްދަލުވުމަކަށް ގޮވާލުމުން 30 މީހުން ނުދޭ

The name is already taken The name is available. Register?

އަދާލަތު ބިން ކަތުރުފަނި!

18 June 2023

އަދާލަތަކީ ކަތުރުފަންޏައް ދޫކުރާ ބައެއްނޫން. މޑޕ މޮޅުވާނެހެން ހީވަންޏާ ތޮރުފޭނެ އެޓީމައް، 5 މިނިސްޓްރީ ބޭނުމޭ ކިޔާފަ! ޑރޕ މޮޅުވަންޏާ ކޮޅު ބަދަލު ކޮއްލާ ކަޑަބޮއްޖަހާފަ! އެކަމު ގޮޑިގަޑެއް ނުލިބޭނެ މަޑުއްވަރި އިންވެސް!!

The name is already taken The name is available. Register?

ހުރަސްތޮށި

18 June 2023

ސިފަކުރެވެނީ ދަނޑި ދޫންޏެއްގެ މިސާލު. ޙަމަ ބިމުން އުދެއްސައިގަނެވޭނީ ތެޅިތެޅި ބަލިވެގެން. އެރުނީމާ ވަރަށް ބާރަށް އުދުހޭނެ އެސޮރު. ދެފިޔަ ބިނދި ވެއްޓިފައިއޮތް ޕާޓީއަކަށް ކޮޅަށް ތެދުވެވެނީވެސް އެމްޑީޕީ އެހީއެއް ދީފިނަމަ. އެހެންނޫނީ ހަމަ ތެޅިތެޅި އޮންނަނީ. އިމްރާނު ތިދައްކާ މަންޒަރަކީ އަދާލަތު މެމްބަރުންވެސް ލަދުގަންނާނެ މަންޒަރެއް. އަދާލަތުގެ މެމްބަރުން ދޭން ބޭނުންވާ މަޤާމު އޮތީ ގެއްލިފައި. ޢިމްރާނުވަނީ ފައިސާއަށް ގެއްލިފައި.

The name is already taken The name is available. Register?

1206

18 June 2023

އަދާލަތު ޕާޓީއަކަށް ކާމިޔާބެއް ނެތް. އެމް.ޑީ.އޭ އަކަސް އެމް.ޑީ.ޕީ އަކަސް ކާމިޔާބެއް ނުވާނެ މި ފަހަރުގެ އިންތިޚާބު އިރާދަ ކުރެއްވިއްޔާ.

The name is already taken The name is available. Register?

ނަމެއްނެތި

18 June 2023

ތެދެއް. އެއްބުރުން ފިސާރި ބަލިވާނެ.

The name is already taken The name is available. Register?

އަހްމަދު ކޮރަޕްޓުﷲ

18 June 2023

ފާގަތި ވަޒީފާ ގަޑެއް ލިބޭނެކަމައް ދުއާކުރަން. އިންޝާﷲ.

The name is already taken The name is available. Register?

ދެނެއް ބޭުމެއް ނޫން. އިއްޔެވެސް ބޭނުމެއް ނޫން. މާދަމާ ވެސް ބޭނުމެއްނޫން!

18 June 2023

މާތްﷲ ގެ ވާގިފުޅާއެކު، އިންޝާﷲ، ބުރުބުރުތަކާ ހަމަޔައް ނުގޮސް މޑޕ އާއި ބައިވެރިވާ ކޯޅުންގަޑު މިފަހަރު ބުރު ބުރު ބުރުއްސާލެވޭނެ ދިވެހި ފަސްގަޑުން!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

18 June 2023

އިސްލާމްދީނުގެ ބައެއް ހަމަތަކުގެ ތައުލީމް އުގެނިހުއްޓެއްކަމަކު ދުނިޔަވީ ކަންކަމުގައި އަހަރުމެނެކޭ ޝޭޙް އެކޭ ތަފާތެއް ހުރިކަމަކަށް ނުދެކެން. # ޝޭޙް ޕާޓީއަށް ކާމިޔާބު ކުރެވުނީ ރައީސުލް ޖުމްހޫރީއްޔާ ހޮވާ އިންތިޙާބާއިއެކު ރާއްޖޭގައި ބާއްވާ 8 އިންތިޙާބުގެ ތެރެއިން 9 ޕާޓީއަކުން ވާދަކުރި ކައުންސިލް އިންތިޙާބުގެ %.07 ގެ ވޯޓާއިއެކު ލިބުނު ކައުންސިލްގެ 13 ގޮނޑި އެކަނި. އެކަމަކު އެވަގުތުވެސް ކަރުދާހުން ދައްކަނީ ޝޭޙް ޕާޓީގައި 10 ހާސް މެންބަރުން ތިހިކަމަށް!!

The name is already taken The name is available. Register?

ނިހާދު22

17 June 2023

ވާހީދު ބެއަށް ވީވަރުވިއަސް އޯކޭ މަޖިލިސް ގޮނޑިގަޑެއްވެސް ކާމިޔާބު ނުކުރެވޭ ޕާޓިއެއްގެ ވެރިއެއް ބުނުއްވާފިޔާމުން ދެން އިބޫ ހޮވޭނެ

The name is already taken The name is available. Register?

ތެދެއްބުނިއްޔާ ވާނީހަމަ ތެދަކަށް

17 June 2023

ރަނގަޅު ވާހަކައެއް. ވަކި އުމުރަކަށް ދިޔައިމަ ބުރުހަމަނުވަނީސް ވާނެ އެކަން. އެމީހެއްގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނީ އެމީހަކަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454