ފިނޭންސް މިނިސްޓްރީ އޮފީސް. ބަދަލުގެ ގޮތުގައި ކުރި ހޭދަ ވަނީ ކަނޑައެޅި ބަޖެޓަށް ވުރެ އިތުރުވެ، 230 މިލިއަން ރުފިޔާ ހޭދަކޮށްފި-- ފޮޓޯ: މިހާރު
19 ޖޫން 2023 - 11:32
ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި، ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ ދެ ގުނަ އަށް ހޭދަކޮށްފި އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ބަދަލު ދިނުމަށް ކަނޑައަޅާފައިވަނީ 101 މިލިއަން ރުފިޔާ އެވެ.
އެކަމަކު، ފިނޭންސް މިނިސްޓްރިގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް އެކި ފަރާތްތަކަށް ދައުލަތުން ވަނީ ބަދަލަށް 230 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އެހެންވެ، މިއީ ބަޖެޓަށް ވުރެ 127 ޕަސެންޓު އިތުރު އަދަދެކެވެ.
މި އަހަރުގެ ފުރަތަމަ ހަ މަހުން، ގެއްލުމުގެ ބަދަލަށް ކަނޑައެޅި ބަޖެޓް ހުސްވި އިރު މި އަހަރުގެ މިހާތަނަށް ދައުލަތުން ވަނީ 21 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މިއީ ގާތްގަނޑަކަށް މި އަހަރަށް ކަނޑައެޅި ބަޖެޓުގެ 50 ޕަސެންޓެވެ.
މިދިޔަ މޭ މަހުގެ ނިޔަލަށް ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ހޭދަކުރީ 102 މިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތައް ހާމަކޮށްފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންވެ، މި މަހުގެ ފުރަތަމަ 8 ދުވަހުގެ ތެރޭގައި ބަދަލުގެ ގޮތުގައި އިތުރު 127 މިލިއަން ވަނީ ހޭދަކޮށްފަ އެވެ.
ވޭތުވެދިޔަ ހަތަރު އަހަރު ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް 1.6 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އެ ބަދަލުތައް ދޭން ޖެހެނީ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ގާނޫނާއި ގަވާއިދާ ހިލާފަށް ބާތިލުކުރަން ޖެހުމުގެ ސަބަބުންނެވެ. މިދިޔަ ހަތަރު އަހަރު ވެސް ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ބަޖެޓުކުރި އަދަދަށް ވުރެ އިތުރަށް ސަރުކާރުން ހޭދަކޮށްފަ އެވެ.
ބަދަލުގެ ގޮތުގައި ބޮޑު ހޭދައެއް ކޮށްފައިވާ އިރު، މި އަހަރުގެ ފުރަތަމަ ދެ މަހު ބަދަލުގެ ގޮތުގައި ހޭދަކޮށްފައިވަނީ އެންމެ ކުންފުންޏަކަށެވެ. އެއީ ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ އެވެ.
މިދިޔަ ފެބްރުއަރީ މަހު ބަދަލު ދިން އެ ކުންފުނީގެ ނަން ހާމަކޮށްދޭން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން އެދުމުން ފިނޭންސް މިނިސްޓްރީން ބުނީ ބަދަލު ދިން ކުންފުނިތަކުގެ މައުލޫމާތު ހާމަނުކުރެވެނީ، އެ ފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެހެން ފަރާތަކާ ހިއްސާ ނުކުރަން އެއްބަސްވެފައި އޮތުމުން ކަމަށެވެ. އެ ކުންފުންޏަށް ބަދަލު ދިނީ އާބިޓްރޭޝަންގެ ނިންމުމަކާ ގުޅިގެން ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު އިންފޮމޭޝަން ކޮމިޝަނުން ވަނީ ކުންފުނީގެ ނަން ހާމަކުރަން ފިނޭންސް މިނިސްޓްރީ އަށް އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަރާމީ.
19 June 2023
ވަގަ އިބިރިހިމާ. ތައް ސާބަސް. ތައް ތެއުތީ ވެރިކަން ވެފެއި. އަދި އެކަމަކި 1 ދައުރު ދޭއްކެން ތެބެކޭއި ނުނީ. މަ ހެޑް ހަލާކި.
ކޮރަލް
19 June 2023
ސަރުކާރަށް ބަދަލު ދޭން ޖެހޭ ކުންފުނި ތަކަކަށް ސަރުކާރުން ބަދަލު ދެނީ އެވެ. ބަދަލު ދޭ ކުންފުނި ތަކުގެ މައުލޫމާތު ތައް މިނިވަން ފަރާތަކުން ބަލާލީމަ އެކަން އެނގޭނެ އެވެ.
ބޮޑުމީހާ
19 June 2023
ނަންވާނީ އެމްއެމްޕީއާރުސީ. ސަރުކާރުން ހިތުހުރިހާ ގޮތަކަށް ބަަދަލުދެވެންޏާ ޝަރުއީ ދާއިރާއެއް އޮތުމުގެ ބޭނުމެއް ނެތް. ކޯޓުތަކުގައި ޗެލެންޖްނުކޮށް ބަަދަލުދިނުމަކީ ކޮރަޕްޝަން ނޫން ވަކިކޮންކަމެއް.
ބަޑިތަކުރު
19 June 2023
ދައުލަތުގެ ނުފޫޒުހުރި މަގާމުތަކުގައި ތިބެގެން ކޮށްފައި ހުންނަ ކަންކަމުން އެކި ފަރާތްތަކަށް މިލިޔަނުން ބަދަލުދިނުމުގެ ސިލްސިލާ ކޮޅުންލާގޮތެއް ނުވެއެވެ. އެކަމަކު އެކަމެއް ގޯސްކޮށް ނިންމި ބަޔަކަށްވާ އެއްކަމެއްވެސް ނެތެވެ. ހުރިހާ ގެއްލުމެއް ލިބެނީ ދައުލަތަށެވެ. އެހެންކަމުން މިއީ ރޭވުމެއްގެ ތެރެއިން ސަރުކާރު ބަދަލުވާހިނދު ބަދަލުހޯދުމުގެ ބޭނުމުގައި ގަސްތުގައި ކޮށްފައިވާކަންކަމަށް ވުމަކީ ވަރަށް ގާތްކަމެކެވެ. އަދި މިކަން މިއަށްވުރެ ފުޅާވެގެންހިނގައިދާނެއ
ހިމާރުލްގައުމު
19 June 2023
އޯކޭވާނެ. ކާޓްރިޖުގަ ދެލި ހުރިއްޔާ ފައިސާ ޗާޕުކޮށްގެން އިގްތިސާދު ހިންގާނެ ހިންނަވަރު އިބުރާހީމު.
ޙިނި
19 June 2023
އިބުރޭޔައް މަރުހަބާ، އަދި ކުރިޔައް އޮތް 3 މަހުގަ ސަރުކާރުން ބަދަލު ދިނުން އިތުރުވެ އުސް ހަރުފަތް ތަކަކައްދާނެ.
އާގިސާ ހަލީލް
19 June 2023
މީގެއިން މިއެނގެނީ ދައުލަތާއި ހަވާލުވެގެން ތިބީ ދައުލަތް ހިންގަން ނޭނގޭ ހިސާބު ޖަހަން ނުދަންނަ ބައެއްކަން. ހުރިހާ ގެއްލުމެއް އާއްމު ރައްޔިތުންނަށް. ދައުލަތާއި ހަވާލުވެ ތިބި މީހުންގެ ޖީބުތައް ފުރި ބާރުވެފަ. ދިވެހިންނަށް ވިސްނޭނީ ކޮންދުވަހުންބާ
ބަޑިތަކުރު
19 June 2023
އިވިފައިވާ ވާހަކަތަކަށް ބަލާއިރު ބަދަލުދެމުން އަންނަނީ ކުރީގެ ސަރުކާރަކުން ގަވާއިދާ ޚިލާފަށް އެއްބަސްވުން ބާތިލު ކުރުމުން ހިނގަމުން އަންނަ ސަރުކާރުންނެވެ. އެހެންކަމުން މިސަރުކާރުން އެގޮތަށް ކޮށްފައިހުރި ކަންކަން އެނގޭނީ އެހެން ސަރުކާރެއް ފެށުމުންކަމަށް ފެނެއެވެ.