ޚަބަރު / ޕްރޮސެކިއުޓާ ޖެނެރަލް

ދުވާފަރު ކައުންސިލަރުންނަށް ދައުވާ ނުކޮށް ނަސޭހަތުގެ އެއްބަސްވުން ހަދައިފި

ދުވާފަރު ކައުންސިލްގެ ބައެއް މެމްބަރުން ފޮޓޯއަކަށް ހުއްޓިލައިގެން: އެ އެއްބަސްވުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރުމަށް ޕީޖީން ޝަރުތުކޮށްފައިވޭ.-- ފޮޓޯ: ދުވާފަރު ކައުންސިލް ފޭސްބުކް

ކޮރަޕްޝަނަށް ތުހުމަތުވި ރ. ދުވާފަރު ކައުންސިލްގެ މެމްބަރުން ކުށަށް އިއުތިރާފުވުމުން އެ މީހުންނަށް ދައުވާ ނުކޮށް ނަސޭހަތުގެ އެއްބަސްވުން ހަދަން ނިންމައި އެގޮތަށް ނިންމި ސަބަބު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކޮށްފި އެވެ.

ކައުންސިލަރުންނަށް ތުހުމަތުވާ ބޮޑު ހިޔާނާތުގެ މައްސަލާގައި މިދިޔަ ނޮވެމްބަރު 28 ގައި އެންމެން ސަސްޕެންޑުކުރި އެވެ. ކައުންސިލް ހިންގަން ހަވާލުކުރި، ސެކްރެޓަރީ ޖެނެރަލަށް ވެސް ތުހުމަތު ކުރެވުމުން އޭނާއަށް ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެތަނުން ބައެއް މީހުން ސަސްޕެންޝަންގެ މުއްދަތު ހަމަވެގެން މިހާރު ވަޒީފާއަށް ވެސް ނުކުމެ އެވެ.

އެ މައްސަލައިގައި އެ ކައުންސިލްގެ ހުރިހާ މެމްބަރުންނާއި އެސްޖީގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވީ މިދިޔަ މާޗު މަހު އެވެ.

މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ހިލާފަށް ކައުންސިލްގެ މެންބަރުންގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރުމާއި ނަގުދު ފައިސާއިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނަށާއި އަންހެނުން ކޮމިޓީގެ މެމްބަރުންނަށާއި މުވައްޒަފުންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލާގައި،ދައުވާކުރުމުގެ ބަދަލުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ނަސޭހަތުގެ އެއްބަސްވުމެއް ހަދައިފައިވާ ކަމަށް ޕީޖީން މިއަދު ބުންޏެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން

1. ކަނދޮޅުދޫ، ދޯރެންސީވިލާ، ހަސަން ހަކީމް

2. ދުވާފަރު، ޒަމާނީގެ، އިޒްމީލް އަހްމަދު

3. ކަނދޮޅުދޫ، ނިޔާމަ، ޒުހުދާ އާދަމް

4. ކަނދޮޅުދޫ، ދިލްސާދުގެ، އާމިނަތު ސަލާހު

5. ދުވާފަރު، ވިލެޖް، މުހައްމަދު ޝާމް

6. ކަނދޮޅުދޫ، ހުސްނުހީނާގެ، މުހައްމަދު ނާސިހް

7. ކަނދޮޅުދޫ، ރިހިތަޅާގެ، މުހައްމަދު އަލީފުޅު

މި އެންމެން ތަހުގީގުގައި އިއުތިރާފުވެ، ޕީޖީއާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް އެދުމުން އެކަމުގައި ޕީޖީން ރިއާޔަތްކުރި ކަންކަމުގެ ތެރޭގައި:

- ތުހުމަތުކުރެވޭ މީހުންގެ ކުށުގެ ރެކޯޑު

- މައްސަލާގައި ކަން ހިނގާފައިވާ ގޮތް

- ކުށުގެ އަމަލުގައި ބައިވެރިވުން އޮތް މިންވަރު

- ތުހުމަތުކުރެވޭ ފަރާތްތަކުން އަދާކުރަމުންދާ ޒިންމާތައް

މީގެ އިތުރުން ދައުލަތަށް ހިދުމަތް ކޮށްދީފައިވާ މުއްދަތާއި ދައުލަތަށް ބަދަލު ލިބިފައިވުމާއި މައްސަލާގައި ދައުވާއެއްކޮށް ކުރިއަށް ގެންގޮސްފި ނަމަ ކަނޑައެޅިދާނެ އަދަބަށް ރިއާޔަތްކޮށްފައިވާނެ ކަމަށް ވެސް ޕީޖީން ބުންޏެވެ.

މި މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އަމިއްލަ އެކައުންޓްތަކަށް ފައިސާ ޖަމާކުރި ކަމުގައި ވިޔަސް އެ ފައިސާ ބޭނުންކޮށްފައިވަނީ ކައުންސިލުން ކަނޑައެޅި ކަންކަމަށެވެ.

ޕީޖީން ބުނީ އެ އެއްބަސްވުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެއްބަސްވުމުގެ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ އެއްބަސްވުން ނިމުމަކަށް ގެނެސް ކުށުގެ ދައުވާ އުފުލާނެ ކަމަށް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

18 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 4%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިސްޓަރ ޓިނޭ

23 June 2023

އަހަރުމެންގެ ޔާމީން ސޯ އަށް ވެސް ތިކަހަލަ ގޮތެއްހަދާ ދެން ދައުލަތުގެ ބަޖެޓުން އަމިއްލަ އެކައުންޓަށް މިލިޔަނުން ޑޮލަރު ނާޅާ، ބަސް އަހައިގެން ރީތިކޮށް އުޅެން އެއްބަސްވުމެއްގައި ސޮއިކޮށް ހަދާފަ ، ޖަލު ހުކުމް ބާތިލްކޮށް ދިނުމަށް އެދި ދަންނަވަމެވެ

The name is already taken The name is available. Register?

ޢިހްސާސް

23 June 2023

ދައުވާ ނުކުރިޔަސް ވަޒީފާއިން ވަކި ކުރަންޖެހޭ. ނޫނީ ތިކަން ފެޝަނަކަށްވެގެން ގިނގައިދާނެ.

The name is already taken The name is available. Register?

ހަސަނު23

23 June 2023

އަމިއްލައަށް އިސްތިއުފާ ދިނުން ރީތިގޮތަކީ. އެރަށުރައްޔިތުން އޯކޭވީމަ ކަންނޭންގެ އެތިބެނީ

The name is already taken The name is available. Register?

ސައުދީ އަށް އަރުވާލުން

23 June 2023

މަށަށް ފެންނަނީ ރައީސް ޔާމިނު ވަކި މުއްދަތަކަށް ރާއްޖެ ނާދެވޭނެގޮތަށް ސައުދީ އަރަބިއްޔާ އަށް އަރުވާލަން. ޖަލުގައި ބާއްވާ އަދަބު ދީ ފުލުފުލުގައި ދައުވާ ކުރުމުގެ ބޭނުމެއް ނެތް. އިސްލާހުވާން މަގެއް އެދެއްކުނީ. މިދުނިޔެ އެކަންޏެއް ނޫން އޮތީކީ ދައުލަތުގެ ޕަވަރު ދައްކާކަށެއް.

The name is already taken The name is available. Register?

ޞިފާދަތު ހިދާޔަތު

23 June 2023

އަލަމްގިރި މައްސަލައިފައި ހިމެނުނު 250 މީހުންގެ ތެރެއިން ދައުވާކުރީ ނާޒިމާ، ނަޝީދާ، ކަސްޓަމް މީހާއާއި ދޮންދިގަށް އެކަނި. 38 މީހަކަށް އިއުތިރާފްގެ އެއްބަސްވުމާއެކު މައްސަލަ ވަނީ ފައިލް ކޮށްދީފައި. 208 މީހުންގެ މައްސަލަ އޮއްބާލީ. ޢެމްއެމްޕީއާރުސީގެ މައްސަލައިގައި ހަމައެކަނި ހުކުމްކުރީ ޔާމިނާއި ޔޫސުފް ނަޢީމަަށް. ޙައްތަހާވެސް ސިލެކްޓިވް ޖަސްޓިސް.

The name is already taken The name is available. Register?

ޢުއްތަމަ އުސްތާޛް

23 June 2023

ރަނގަޅު ނިންމުމެއް. ތިކަމުގައި ހިޔާނާތަކަށްވުރެ ބޮޑަށް އޮތީ ސަރަުކާރުގެ މުދާ ހޭދަކުރާނެ ގޮތް ނޭގުން. ޢަމިއްލަ އެކައުންޓަށް ޓުރާންފަރ ކޮށްލާފައިވެސް ހޭދަކޮށްފައި އޮތީ ކައުންސިލްގެ ކަންކަމުގައި. މިއީ ގަވަރނަންސް ނޭގޭތީ ވީކަމެއް.

The name is already taken The name is available. Register?

1206

23 June 2023

އެލް.ޖީ.އޭ އިން ކުރި ތަހުގީގުން ފާހަގަވެފައި ހުރި ކަންކަމަށް ބަލައި މި ނިންމުމަށް ނޫސްވެރިންގެ ހައިސިއްޔަތުން ފާޑު ނުކީ ސަބަބު މިހާރު ނޫހުން އޮޅުން ފިލުވައިދޭންވީ ނޫންތޯ؟ ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވެފައިވާ ކަން ވަރަށް ސާފު. އެލް.ޖީ.އޭ އަށް ނުފެނުނު ލިޔެކިޔުން ކުއްލިޔަކަށް ފާޅުވި ގޮތެއް ވެސް ބުނެދޭންވާނެ. https://mihaaru.com/news/121528

The name is already taken The name is available. Register?

ވަކީލްް

22 June 2023

އެމީހުން ކުށަށް އިއުތިރާފުވުމުން ދައުވާނުކޮށް ނަސޭހަތުގެ އެއްބަސްވުން ހެދުމަކުން މައްސަލައެއްނެވެ. މިހާރުގެ ގާނޫނު އެކަމަށް ތަންދެއެވެ. އަދި ގާނޫނުގެ ރޫހަކީވެސް އެއީއެވެ. ޕީޖީގެ ޒިންމާ ޕީޖީ އަދާކޮށްފިއެވެ. އެކަމަކު އެމީހުން ވަޒީފާތަކުގައި ބޭތިއްބުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. ވަޒީފާތަކުން ދުރޮކޮށް އާބަޔަކަށް ފުރުސަތު ދޭންޖެހެއެވެ.

The name is already taken The name is available. Register?

ޔާމީނުއަށް

22 June 2023

ޔާމީނުއަށްވެސް ތިހެން ހަދާލަން ފެނޭ. ޔާމީނުވެސް ރަގަޅަށް ކުރިކަންތައް ވަކި މަދެއްނުވާނެ. ދެން ދުވަހަކުވެސް ވެރިކަމަށް ނާންނާނެ ކަމަށް ސޮއިކުރުމުން އަވަހަށް ދޫކޮށްލަންވީ

The name is already taken The name is available. Register?

ބޮޑުމީހާ

22 June 2023

4 ބިލިއަން ވަގަށް ނެގި މީހުންވެސް ތިބީ އަމީން އެވެނިއު އެޕާޓްމަންޓްތަކުގަ، ދެން ކައުންސިލަރުންނަށް ދައުވާ ނުކުރުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން. މިވެރިކަމުގަ އޮތީ ސެލެކްޓިވް އިންސާފު

The name is already taken The name is available. Register?

ބބ

22 June 2023

ސިލެކްޓިވް އިންސާފުނޫން އިންސާފެއް ދުވަހަކުވެސް މިރާއްޖޭގައި ނުހިނގާނެ. ތަސްބީހައިގެ މަލިމުގައިހިފާފަ ފޫކޮޅުގައިޖެހީމައި އެޖެހުނީ 100 އެތިފަހަރުން ހައްދުކަމުގައިވާތަނެއްގައި ހިނގާނީ ކޮންއިންސާފެއް؟ %100 އިސްލާމް ޤައުމެއް. ވައްކަންކުރީމައި ގުނަވަންކަނޑާކަށް ނުކެރޭ. މަރަށް މަރު ހިފާކަށްނުކެރޭ. އިންސާފުގެވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ. ޒައްރެއްގެ މިންވަރުވެސް އުނިނުވެ އެލިބޭނެދުވަކަށް އިންތިޒާރުކޮށްލީމަ ރަނގަލުވާނެ.

The name is already taken The name is available. Register?

ސާންތި

22 June 2023

ތިއަށްކިޔަނީ ސިޔާސީގޮތުން އެމީހުން މަރުތަޅުއަޅުވައި ބުލެކްމެއިލްކުރުން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454