ރިޕޯޓް / ބޯހިޔާވަހިކަން

"ބިންވެރިޔާ" އަށް ލިބޭނީ ކަނޑުން ދަމާލާ ރޮނގެއްބާ؟

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު އިފްތިހާހު ކުރުމުގެ ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު--ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމެން ކައިރިވެފައި ވަނިކޮށް ބޯހިޔާވަހިކަމުގެ މައްސަލަ އަށް އެމަނިކުފާނު ހުށަހެޅުއްވި އެއް ހައްލަކީ ފުށިދިއްގަރު ފަޅު ހިއްކައިގެން 18 އަހަރުން މަތީގެ އެންމެންނަށް ގޯތި ދިނުމެވެ.

އެ ވައުދާ އެކު، ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަށް ވެފައި އޮއްވައި ގިނަ ބަޔަކަށް ފުށިދިއްގަރު ފަޅުން ގޯތި ލިބުނު ކަމުގެ ލިޔުންތައް ބެހި އެވެ. އަދި އަޅަން ނުފަށާ ހުރި ފްލެޓްތަކެއް ލިބުނު ކަމުގެ ލިޔުން ވެސް ހަވާލު ކުރި އެވެ.

އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ވެރިކަމާ ހަވާލުވީ އެ ނޫން ގޮތެއް ހޯދައިދޭނެ ކަމުގެ ވައުދާ އެކު އެވެ.

އިންތިހާބު ކައިރިވެފައި ވަނިކޮށް ފްލެޓާއި ގޯތި ދޭނެ ކަމުގެ ވައުދު ވަނީ ނުފޫޒު ފޯރުވަން ކަމަށާއި އެއީ "ދައްކާ ދަޅައެއް" ކަމަށާއި "ހުވަފެނެއް" ކަމަށް އެ ޕާޓީން ބުނަމުން އައެވެ. ވުޖޫދުގައި ނެތް ފްލެޓުތައް ބަހާލާ ކަމަށް ބުނެ އެ ސިޔާސަތުތަަކަށް ވަރަށް ބޮޑަށް ފާޑުކިޔެވެ.

އެހެން ނަމަވެސް ރިޔާސީ އިންތިހާބަށް ދެ މަހަށް ވެފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި ވަނީ މާލެ ރައްޔިތުން ބިންވެރި ކުރަން "ބިންވެރިޔާ" ގެ ނަމުގައި މަޝްރޫއެއް ފަށައި 6000 އަށް ވުރެ ގިނަ މީހުންނަށް ގޯތި ދޭން ނިންމައިފަ އެވެ.

ކ. ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޕްލޭނިން މިނިސްޓަރު އަހްމަދު އަސްލަމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ ޝަކުވާ އާއި ސުވާލު ފުރިބާރުވެފައިވާ ބޮޑު ލިސްޓެއް ނެރެފައިވާ އިރު އޭގައި ހިމެނޭ ޝަރުތު ހަމަވާ 9000 އަށް ވުރެ ގިނަ މީހުންނަށް ވެސް ގޯތި ދޭން ރައީސް ނިންމާފައިވާ ކަމަށް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ގޯތި ލިބޭ ލިސްޓެއް ނެރުން ފިޔަވައި އެހެން މާ ގިނަ ވާހަކަތަކެއް ސަރުކާރުން ތިލަ ނުކުރާތީ ގިނަ ބައެއްގެ ޝަކުވާ އެބައޮތެވެ. ގިނަ ގޯތިތަކެއް ކަނޑައަޅާ ސަރަހައްދުތައް ހިއްކުމުގެ މަސައްކަތް ފެށިތާ ގިނަ ދުވަސްތަކެއް ނުވާއިރު މިއީ އަނެއްކާވެސް ކަނޑުގައި އަޅާލާ ރޮނގެއް ނޫންތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. ނޫނީ ރަނގަޅަށް ގޯތި ނުދެވި އުޅެނިކޮށް ވެރިކަން ބަދަލުވެ ބިންވެރިން އަތަށް އަރާނީ ބުރަދަނެއް ނެތް ލިޔުމެއްތޯ ސުވާލު އުފައްދާލައި، މައްސަލައިގެ ފުނަށް ފީނާލަން ޖެހެ އެވެ!

67 ދުވަސް؛ ފަޅުތައް ހިއްކައި ގޯތި ކެނޑޭނެ؟

ގުޅިފަޅުގައި ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހު ކުރީ އިއްޔެ އެވެ. ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިޔަށް ދާތާ ދުވަސްކޮޅެއް ވެފައިވާ އިރު އެ ތަންތަން ނިމެން ކިހާ ދުވަހެއް ނަގާނެތޯ ބަލަން ޖެހެ އެވެ.

އެތަން ތަން ހިއްކައި، މީހުންނަށް ގޯތީގެ އިިން ވަކިކޮށް، އޮގަސްޓު މަހުގެ ތެރޭގައި ދޭނެ ކަމަށް ރައީސް އިއްޔެ ވިދާޅުވި އިރު ސެޕްޓެމްބަރު 9 އަށް ނުވަތަ ވޯޓާ ހަމައަށް ބާކީ އޮތް 67 ދުވަސް ތެރޭގައި އެކަން ކުރެވިދާނެތޯ ސުވާލު އުފެދެ އެވެ.

އެކަމާ ގުޅޭ ގޮތުން އެ ދާއިރާގެ ތަޖުރިބާކާރަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ގުޅިފަޅަކީ ސަރުކާރުން އާންމުކޮށް ހިއްކާ ފަޅުތަކަށް ވުރެ ފުން ފަޅެކެވެ. އާންމު ގޮތެއްގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތަކުގައި ހިއްކަން ޖެހޭނީ ދެ މީޓަރެއް ނުވަތަ އެއް މީޓަރު ފުން މިނުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ގުޅިފަޅުގެ ފުންމިނުގައި 20 މީޓަރު ހުންނަ ކަމަށާއި އެއީ ވަރަށް ގިނަ ދުވަހުގެ އަދި ވަރަށް ގިނަ ވެލި އަޅައިގެން ވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ 150 ހެކްޓަރޭ ވިދާޅުވިޔަސް ފުންމިނަށް ބަލާއިރު އެ ގާތްގަނޑަކަށް ފަސް ގުނަ ވޮލިއުމް ދާނެ އާންމުކޮށް ހިއްކާ ތަންތަނަށް ވުރެ. އެހެންވެ އެންމެ އަވަސް ވެގެން ދެ މަސް ދުވަސް ވަރު ނަގާނެ ހިއްކަން،" ނަން ނުޖަހަން ޝަރުތުކޮށް މިހާރު އާ ވާހަކަ ދެއްކި ތަޖުރިބާކާރު ވިދާޅުވި އެވެ.

އެ މަސައްކަތް އެންމެ އަވަހަށް ވެސް ކުރެވޭނެ ގޮތެއް ކަމަށް އޭނާ އަށް ގަބޫލު ކުރެއްވެނީ ދެ ޑްރެޖަރު އެއްފަހަރާ ބޭނުން ކުރުމެވެ. ބިން ހިއްކަން ހަވާލު ކޮށްފައިވާ ބޮސްކާލިސް ކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރު ގެންގުޅޭ ކުންފުންޏެއް ކަމަށާއި އޭގެ ދެ ޑްރެޖަރު ރާއްޖެ ގެނެސް ބޭނުން ކުރަން ފަށައިފި ނަމަ ސްޕީޑް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ވިޔަސް ވަރަށް އަންލައިކްލީ މިހާ ބޮޑު ތަނެއް މަހެއް ހާ ދުވަހުން ނިންމާލަން." އޭނާ ވިދާޅުވި އެވެ.

ވަރަށް އަންލައިކްލީ މިހާ ބޮޑު ތަނެއް މަހެއް ހާ ދުވަހުން ނިންމާލަން -- ތަޖުރިބާކާރެއް

އޭނާ ވިދާޅުވި ގޮތުގައި ގިރާވަރުފަޅު ހިއްކަން ފަށާފައިވާ އިރު އެތަން މަހެއްހާ ދުވަސް ތެރޭ ހިއްކާ ނިންމާލެވޭނެ އެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހިން ފަޅެއް ހިއްކައިގެން ގޯތި ދޭން ނިންމާފައިވާ އިރު އެތަނަކީ ވެސް އާންމުކޮށް ހުންނަ ފަޅުތަކަށް ވުރެ ދެތިން މީޓަރު ފުން ފަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސެޕްޓެމްބަރު މަހުގެ ކުރިން ގޯތި ހިއްކާފައި ދިނުން ނާދިރު ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރާ އެހެން ސަބަބުތައް ވެސް އެބަހުއްޓެވެ.

އެއް ކަމަކީ ބިން ހިއްކުމަށް ފަހު ފަސްގަނޑު ހިކި ވަރުގަދަ ވާން ނަގާ މުއްދަތެވެ. އަދި އެއްގަމާއި ކަނޑުތޮށި ލުމަކީ ވެސް ހުސް މަސައްކަތެވެ.

މާހިރުން ލަފާ ކުރާ ގޮތުގައި ބިން ހިއްކާ ނިމިެގެން މަދުވެގެން 4-6 ހަފްތާ ދޭން ޖެހޭނެ އެވެ. އަދި އެއަށް ފަހު ފަސްގަނޑުގައި ބޮޑެތި މޫތައް އުފެދޭ ފަދަ ގަސްތައް ޖަހައި ބިން ވަރުގަދަ ކުރަން ޖެހެ އެވެ. އެ ނޫނީ ރޮނގެއް ދަމާލައި ގޯތި ކެނޑިޔަސް އެ ތަންތަނުގައި އިމާރާތް ކުރުމުގެ މަސައްކަތެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ގޯތިތައް ދޭއިރު މަގު ހެދުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ދެކެ އެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަގުތައް ހަދާފައި އޮތަސް ގިނަ ގޯތި އަލަށް ހިއްކާ ބިންތަކުން ދޭތީ ވަރަށް ޕްލޭން ކޮށްގެން ރައްޔިތުންނަށް ފަސޭހާ ވާނެ އިންތިޒާމްތައް ހަމަނުޖައްސައި ދިނުން ރަނގަޅު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވަރަށް ގޯތި އެބައޮތްތަ؟ ލިބެނީ ކޮންތަނަކުން؟

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު އިފްތިތާހު ކުރައްވަމުން ރައީސް އިއްޔެ ދެއްވި މައުލޫމާތުތަކުން އެނގޭ ގޮތުގައި ސަރުކާރުގެ އަމާޒަކީ ހުޅުމާލެއިން 2200 ގޯތި ދޫކުރުމެވެ. އަދި ގުޅިފަޅުން 2000 ގޯއްޗާއި ގިރާވަރު ފަޅުން ވެސް 2000 ގޯތި ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަކިވަކި ގޯތިތައް ކަނޑައަޅާފައި ހުރި ތަންތަނާއި ދޭން ނިންމާ ގޮތުގެ މާ ބޮޑު ތަފްސީލެއް ސަރުކާރުން ހާމަ ނުކުރިޔަސް މީގެ ފުނަށް ފީނާލުމުން ފެންނަން އޮތީ މުޅިން އެހެން މަންޒަރެކެވެ.

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު އިފްތިހާހު ކުރުމުގެ ހަފްލާގައި ރައީސް އާއި ހައުސިން މިނިސްޓްރީގެ އިސް ބޭފުޅުން--ފޮޓޯ: ރައީސް އޮފީސް

އާބަންކޯ އިން ހަދާފައިވާ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ލޭޑް ޔޫޒް ޕްލޭންގައިވާ ގޮތުން ހުޅުމާޅޭގައި ބާކީ ހުރި ބިންތަކުގެ ތެރެއިން "ޕިއޯ ރެޒިޑެންޝިއަލް" ގެ ގޮތުގައި 1000 ގޯތި ދެވޭނެ ޖާގަ އެބައޮތެވެ. އެހެން ނަމަވެސް އެ އަދަދު ހަމަވަނީ ސަރުކާރުން ގޯތި ދޭ އެންމެ ކުޑަ އަކަފޫޓު ކަމަށްވާ އާއިލާއަކަށް 1250 ގެ ރޭޓުން ބަހައިފި ނަމަ އެވެ.

ނަމަވެސް ގިނަ ބަޔަކު ގުޅިގެން ހުށަހަޅާ އެޕްލިކޭޝަންތަކަށް ސަރުކާރުން އިސްކަން ދޭތީ އެ ތަންތަނުން 2000-3000 އަކަފޫޓުގެ ގޯތި ދިނުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން މިހާރު ހިއްކާފައި ހުރި ބިމުން ސަރުކާރަށް ދެވެން އޮތީ 700 އެއްހާ ގޯތި ކަމަށް އެ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

އެނގިފައިވާ ގޮތުގައި ހުޅުމާލެއިން ބާކީ 1200 އަށް ވުރެ ގިނަ ގޯތި ދޭން ނިންމާފައި ވަނީ ދެވަނަ ފިޔަވަހީގައި ކްރޫޒްލައިން ޓާމިނަލް އަޅާ ސަރަހައްދު ހިއްކައިގެންނެވެ. އެ ސަރަހައްދު އެކީ ހާއްސަ ކުރަން ސަރުކާރުން ގަސްތު ކުރަނީ މާލެ މީހުންނަށް ދޭ ގޯއްޗަށެވެ.

ހިއްކާ ބިމުގެ ކުރެހުންތައް ވެސް ކުރަހާފައި ވަނީ އިގްތިސާދީ މަސައްކަތްތައް މަދުކޮށް ވީހާ ވެސް ގިނަ ގޯތިތައް ކަނޑައެޅޭ ގޮތަށް ކަން ކަމުގެ މައުލޫމާތު އެނގޭ ފަރާތްތަކުން "މިހާރު" އަށް ވިދާޅުވި އެވެ. އަދި ސިނާއީ ސަރަހައްދާއި ހުޅުމާލޭގެ ހުސްކޮށް އޮތް ހުރިހާ ސަރަހައްދެއް ހިމަނައިގެން 2200 ހަމަ ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކައިގެން ވެސް އިތުރު 4000 ގޯއްޗާއެކު ޖުމްލަ 6200 އެއްހާ ގޯތި ސަރުކާޜުން ދޭން ނިންމާފައިވާ އިރު މި ހުރިހާ ކަމެއް ނިމިގެން މި އަންނަ ގޮތުން ރައްޔިތުންނަށް މުހިންމީ އެންމެ ސުވާލެކެވެ.

ހުޅުމާލޭގައި މިހާރު ވެސް އެވެއިލަބަލް ކޮށް ހުރި ހުސް ބިންތައް ބަހާލަނީ ކޮން ބަޔަކަށް ހެއްޔެވެ؟ ގޯތި ލިބޭނީ އެތަނުންތޯ ނުވަތަ އަވަހަށް ނިމޭނެ ކަމަށް ލަފާ ނުކުރެވޭ ގުޅިފަޅާއި ގިރާވަރުންތޯ މީހުން އެނގެން ބޭނުންވެ އެވެ.

"ބިމުގެ އަގާއި ޑިމާންޑަށް ބަލާއިރު އެންމެ މުހިންމީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ބިންތައް. އެ ތަންތަން ބަހަން ޖެހޭނީ ދެ ފުށް ފެންނަ އުސޫލަކުން. ގޯތި ބަހައިލި ގޮތަށް އެކަން ކޮށްފި ނަމަ ވަރަށް ގޯސްވާނެ،" މި މައްސަލާގައި "މިހާރު" އާ ވާހަކަ ދެއްކެވި ސަރުކާރުގެ ކުރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެއް ބަޔަކަށް ގޯތި ދިނުން އީދަކަށް ވި ނަމަވެސް މާލޭގެ އަގު ބޮޑު ގޯތިތަކެއް ހިލޭ ބަހައިލުމުން ޝަކުވާ ކުރާ ފަރާތްތަތައް ވެސް މަަދެއް ނޫނެވެ. މީގެ އިތުރުން ވެރިކަން ބަދަލުވުމުގެ ކުރިން ސަރުކާރުން މި އުންމީދު ކުރާ ސްޕީޑް މި ފަހު ދެ މަސް ތެރޭގައި ނުގެނެވިއްޖެ ނަމަ ގޯތީގެ ބަދަލުގައި އަނެއްކާވެސް ލިބޭނީ ލިޔުމެއްތޯ ވެސް މީހުން ސުވާލު އުފައްދަ އެވެ.

79 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 9%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަނުސް

19 July 2023

މި އިބޫއަކީ ރައީސްކަން ކުރެވޭ ވަރުގެ އެއްވެސް ގާބިލް ކަމެއް ނެތް މީހެއް. މީނަ ކަންތައްކުރަނީ އިންޑިޔާ ސަފީރު ބުނާގޮތަށް މިބޭ ދެވަނަ ދައުރަކަށް ހޮވަން ހެޔޮނުވާނެ ވިސްނާ މީހަކަށް މިކަން ގަބޫލުކުރެވޭނެ

The name is already taken The name is available. Register?

ކުޑަ ކުރިސީ

04 July 2023

ބިމަށް ކުރިމަތުލި އެންމެންނަށް ބިންދެންޔާ.ފުލެޓަށް ކުރިމަތުލި މާލޭ މީހުންނަށް ފެލެޓް ދެނެބާ؟ވަކި ބަޔަކަން މޮޅުވާގޮތަށް ސޯލިހް ލޮޖިކް.

The name is already taken The name is available. Register?

އައްލާގެ ދޭސީޚިޔާލު

04 July 2023

އަހަރުމެން މާލޭ މީހުން މިހާރުއެވަނީ ދަފްތަރު މާލޭން ބޭރުކޮއްލާފައި! ރަށުގައި އުޅޭއިރު ރަށުމީހެއް؟ މާލެ އައީމާ މާލޭ މީހެއް؟ މިއީ ކޮންފަދަ ނުހޮރުއްޕާނެއްތަ؟ މިހާރު މާލޭ މީހުންނަކީ އެއްވެސް ރަށެއްގައި ނުޖެހި ހަމައެކަނި މާލޭގައި އުފަން މާލޭގައި ޖެހިފައިވާ މީހާ!

The name is already taken The name is available. Register?

އެލްވިސް ބުރުސްލީ

03 July 2023

ރާއްޖެ މިއޮތީ ނަސްލީ ތަފާތުކުރުމުގެ ހުރިހާ އިމެއް ފަހަނައަޅާފަ، ދައުލަތުގެ ހުރިހާ މުއްސަނދިކަމެއް އެއްރަށެއްގެ މީހުނަށް ރޯމާދުވާލު ވެދުންކޮށްފި.

The name is already taken The name is available. Register?

ޑުރެކިއުލާ

03 July 2023

ތިތަން ހިއްކިއަސް ދެންޖެހޭ މުސީބާތް ކުޑައެއްނުވާނެ. ރާއްޖޭގެ އެހެން ރަށްރަށުގަ ބިންކޮޅެއް ހިއްކާފަ ބިންގަނޑު ރަނގަޅަށް އެއްވަރު ނުކުރިއަސް ހައެއްކަގޯތި ދޫކޮށްލީމަ އެހިސާބުން އެނިމުނީ. އެކަމަކު ކ.މާލޭމީހާވީމަ ގޯތިދޭއިރު ގޯތީގެ ހަފަރާތުގަ ތާރުއަޅާފަ ފެނާނަރުދަމާ އަޅާ، ޝޮޕިންމޯލުތަކާ ރެސްޓޯރަންޓުތަކާ ޕިކުނިކު އޭރިއާތަކާ ޕާކުތަކާ ސުވިމިންޕޫލާ ޓެނިސްކޯޓާ މިހުރިހާކަމެއް ހުންނަންޖެހެނީ ފުރާފުރިހަމަވެފަ. ނުވިތާކަށް ގެދޮރުއަޅަން ލާރިދޭންޖެހެނީ ބެންކުން.

The name is already taken The name is available. Register?

މޫޒިން

03 July 2023

މާލެ މީހުނަށަ ގޯތި ނުލިބެންވީ ކީއްވެ. ރަށްރަށު މީހުންގެ ބޮޑެތި ގޯތި ރަށުގަ އޮވޭ. ދެ ގޯތި ތިން ގޯތި. ޢެވަރުން ނުވެގެން ބިން ހިއްކާފަ އެތަނުންވެސް ގޯތި ހިލޭ ދޭ. ޢަމިއްލަ ގޯތީގަ ގެސްޓްހައުސް އަޅާފަ.ދެން މާލެ މީހުނަށް ގޯތި ލިބޭތީ އެހާ ހަސަދަ ވެގެން މިއުޅެނީ ކީއްވެބާ.

The name is already taken The name is available. Register?

ރަށު މީހ

03 July 2023

މާލެއަކީ ރާއްޖެތެރޭ ރަށެއްނޫނެވެ. މާލޭ މީހުން ރާއްޖެ ތެރޭ ރަށްރަށަށް ވަޑައިގެން ކުލީ ކޮޓަރީގައި ދިރިއުޅުއްވަން ފައްޓަވަންވީނޫންތޯ؟ މާލޭ ތަރައްގީ ކުރެވިފައި މިއޮތީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ބުރަ މަސައްކަތުން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މާލޭ މީހާއަށް ލިބޭ ނަސީބު ލިބެންވާނެ.

The name is already taken The name is available. Register?

ކެކުރި

03 July 2023

މާލޭމީހުނަށް ރަށުން ގޯތިދީގެން އެކަކުވެސް މައްސަލަޖައްސާތައެބަ.

The name is already taken The name is available. Register?

ވޯލް

04 July 2023

ރަށްރަށުން ގޯތި ދޫކުރާއިރު މާލޭ ރަށްވެިހިންނަށް ލިބޭނެހެން ދޫކުރާނަމަ ތިޔަ މައްސަލަ ޖައްސަން ރަގަޅު.

The name is already taken The name is available. Register?

އުއްމީދެއް

03 July 2023

ރައީސް ސޯލިހް ދެވަނަ ދައުރެއް ލިބިއްޖެއްޔާމު އަވަސް ކުރަންވީ، ކޮންމެ އަތޮޅެއްގަ ވެސް ސަރުކާރުން ހުޅުމާލެ ގޮތަށް މާސްޓަރ ޕްލޭންހަދައިގެން ޑިވެލޮޕްކޮށް، އެންމެން ވެސް އެބޭނުންވާ ގޯތި ދީ، ފުދުންތެރި ބަޔަކަށް ދިވެހިން ހެދޭނެ ގޮތެއް ބެލުން، އިންޝާﷲ. ރައީސް ސޯލިހް އަށް ވާނެ، އިންޝާﷲ

The name is already taken The name is available. Register?

ނައީމް.

03 July 2023

ދެވަނަ ދައުރަކަށް ހޮވިއްޖެއްޔާމުއޭ..؟ އޭނާ ހޮވޭނީ ދެން އެމެރިކާގެ ރައީސް ކަމަށް. ކަލޭމެން މާލޭ މީހުން ކަލޭމެންގެ ކަންކަމާއިގެން އުލޭ ކޮންމެހެން އަހަރުމެން ރާއްޖެތެރޭ މީހުންނަށް މާ ހެޔޮއެދޭ ބައެއްކަމަށް ހެދެން އުލޭނެ ކަމެއްނެތް. އަދިވެސް ހަޒާނާގައި ލާރިކޮޅެއް އޮތް ނަމަ އެލާރިކޮޅުތިރަށަށް ކަހާލާ. ގޮތްފޮތް ނެތް ބައެއް.

The name is already taken The name is available. Register?

ދަގަތްފާނު

03 July 2023

ތިޔައީ ރާއްޖޭގެ ކޮންމެ ރަށެއްގަ ކުރެވޭނެކަމެއްނޫން، މިހުރިހާދުވަހު ވިޔަފާރިއުސޫލޭ ކިޔައިގެން ޒާތެއްގެ ކުންފުންޏެއްގެ ނަމުގަ ހިތުހުރިވަރަކަށް ދަރަނިނަގައިގެން އެތައް ބިލިއަނެއްގެ ދަރަންޏެއް ބޮލުގައަޅައިގެންތިބެ ސިޓީހަދާފަ ފަހުވަގުތު ގަބީލާގަނޑަށް ބިންތައް އެބަހާލީ ހިލޭ.

The name is already taken The name is available. Register?

ޢަހްސަން ފަރީދު

03 July 2023

ރައިޔަތުންގެ އެއްމެދު މުދަލުން މުގާއި، ލޮބްސްޓާ-ބިރިޔާނީ ކައްކާފަ، މުގުފަޑަދިން ރައިޔަތުންގެ އަތުން ބޮޑުއަގު އަތުލާފަ، ލޮބްސްޓާ ބިރިޔާނީ ދިން މަދުރައިޔަތުންނަށް ހިލޭ. ގިނަ ނިކަމެތި ރައިޔަތުންނައް ޑިސްޕޯސަބަލް ފްލެޓް އިމާރާތްތަައް އަޅާފަ އެތަންކޮޅަށް 2.7މިލިިޔަން ދަރަނި ބޮލުގަ އަޅުވާފަ، ކެޕިޓަލްސިޓީ 20މިލިޔަންގެ އަގުބޮޑު ބިން ހިލޭ. އާދައިގެ ފްލެޓް ދަރަނި ބޮލުގައެޅުވި ނިކަމެތި ރައިޔަތުން ކުރިމަތިން ވަކިބަޔަކަށް އަގުބޮޑުބިން ހިލޭ.

The name is already taken The name is available. Register?

މީމްމް

14 August 2023

މޮޔަނުވޭ. ފްލެޓް ދިނީ އިމާރާތް ކޮށްދީފަ . އެކަމަށް ދިޔަ ހަރަދު އެޖެހެނީ ދައްކަން. އެކަމަކު ބިން ހިލޭ ދިނަސް އެތަން މަރާމާތުކުރަން އެމީހުން އަތުން ކިހާ ބޮޑު ހަރަދެއް ހަމަ ދާނެ. ކިތަންމެ ނެގި ނެގިފަ ޖެހުނަސް އެމީހަކަށް ﷲ ދެއްވަން ހުރި އެއްޗެއް ދެއްވާނެ. ހަސަދަވެރި ނުވޭ

The name is already taken The name is available. Register?

ބަރާކް އޮބާމާ

03 July 2023

ބިންވެރިޔާ ދުވަސްކޮޅަކުން ވާނީ އެންވެރިޔާއަށް.

The name is already taken The name is available. Register?

ފިތުނަ

03 July 2023

މައުމޫން ހޭވި ހަޑި މީ، ހުޅުމާލެ އިން، އޭރު މާލޭ މިހުނަށް ދޭން ޖެހޭ ގޯތި ދިންނަމަ، މިކަންމިހިސާބަށް ނުދިޔައީސް، ބިން ޑިވެލެޕް ކުރީ އެހެނޭ ކިޔާފަ، އެތަނުގެ ވެލިޔު މިހާރު އެހާ މައްޗަށް ދިޔައީމަ އުދަގޫވާނެ ބޭނުން އެއްޗެއް ހަދަން، މާލޭ މީހުނަށް ދޭތީ އޭކިޔާފަ އަޑު އަރުވަނީ، މަދު މީހަކަށް އެކަނި ނަފްސަށް ލިބެނީ، ދެން ގިނައީ ޖޮއިންޓް ވެގެން. ރަށުގެ އަސްލު ރަށްވެހިންގެ ހައްގެއް ވެސް އޮންނާނެ.

The name is already taken The name is available. Register?

ދޯޕައްޓާ

03 July 2023

ރަށުގެއޭ؟ ކޮންރަށެއްގެ ވާހަކައެއްތަ ތިދައްކަނީ، ކ.ހުޅުލޭ ބޭރުގަ އޮތް ފަޅަކާ ކަލޭނަކާ ކީކީތް؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454