ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ކިޔުމަށް ނިކުއިން ބަޔަކާއެކު ފޮޓޯ ނަގަނީ: އީދާއި ގުޅިގެން މިއަދާއި މިރޭވެސް ތޮއްޑޫގައި ކުރިއަށްދަ ހަރަކާތްތަކުގައި ރައީސްގެ ދެ ކަނބަލުން ބައިވެރިވާނެ.-- ފޮޓޯ: ރައީސް އޮފީސް
28 ޖޫން 2023 - 13:20
އީދު ފާހަގަ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އއ. ތޮއްޑޫއަށް މިއަދު ވަޑައިގެންފި އެވެ.
ރައީސްގެ ދެކަނބަލުން ތޮއްޑޫއަށް ވަޑައިގެންނެވުމުން އެރަށުގެ ކުދި ބޮޑު ރައްޔިތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
ތޮއްޑޫގައި އީދަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު، މިއަދު މެންދުރު ބޮޑު ޖާފަތެއް އޮންނާނެ އެވެ. އެ ޖާފަތުގައި ރައީސްގެ ދެކަނބަލުންނާއި ރަށުގެ ރައްޔިތުން ބައިވެރިވާނެ އެވެ.
ރައީސަށް މަރުހަބާ ކިޔުމަށް ނިކުއިން ކުއްޖަކާ އެކު.-- ފޮޓޯ: ރައީސް އޮފީސް
އީދާ ގުޅިގެން މިއަދާއި މިރޭވެސް ތޮއްޑޫގައި ކުރިއަށްދާ ހަރަކާތްތަކުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އީދު ދުވަހާ ގުޅިގެން ރައީސް ފޮނުއްވި ހިތޯބުގައި ވަނީ އެއްބަނޑުއެއްބަފާކަން އާލާކުރުމާއި، އާއިލީ ގުޅުންތައް ބަދަހިކުރުމަށް ބާރު އެޅުމަށް އަލިއަޅުއްވާލައްވާފަ އެވެ.
ރައީސްގެ ދެކަނބަލުން ތޮއްޑޫއަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ކިއުމަށް ނިކުއިން ޒުވާނަކު ރައީސަށް މާބޮނޑިއެއް ދެނީ.-- ފޮޓޯ: ރައީސް އޮފީސް
އެކަކު އަނެކަކަށް މައާފްކޮށް ހިތްހެޔޮކުރުންކަމަށާއި، ޒާތީ ހަސަދަ އާއި ނަފްރަތުން އެއްކިބާވެ، އަހުވަންތަކަމުގައި ދެމިތިބުމަށާއި ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވެ، ރަޙްމަތްތެރިކަމާއި އޯގާތެރިކަމާއެކު، އެންމެން ގުޅިގެން ދިރިއުޅުމުގެ ހިތްހަމަޖެހުން ހޯދުންކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަރިން ގެ ގުޅުން
29 June 2023
ތޮއްޑޫ އިން ދެކަނބަލުން ގަޔައް ކުލަ ނުޖަހާތޯ . އެންމެން ހަމަ ހަމަ ވާން ޖެހޭނެ އެއްނު ދޯ
ކަންވާރު އިބްރާހީމް
28 June 2023
އީދު ފާހަނގަކުރަން ތޮއްޑުއަށް ދިޔައީއެވެ. ނަމަވެސް ފޮރިވިފައިވާ ހަޤީގަތަކީ ކެމްޕޭނަށް ކުރެވުނުކަމެއް ކުރުމާއެވެ. މަނިކުފާނު ފާއިތުވި 5 އަހަރުގައި ވަކި ތަރުތީބަކުން ތިޔަ ކަހަލަކަންކަން ކުރަމުން ވަޑައިގެންނެވިނަމަ މިއަދު ބަޔަކުދައްކާނެ ވާހަކައެއް ނޯންނާނެއެވެ.
ގުދުގުދާބެއްޔާ
28 June 2023
ތޮއްޑޫ މީހުން އިބޫ ފަހާލައިފި ހުޅުމާލެއިން ގޯތި ނުދިނީމައި!
ރަމަ
28 June 2023
ރައީސް ޞޯލިޙައް ޢީދުމުބާރިކު ތިވަރުގެ ރައީސެއް އަދި މިްައުމުގައި ވެރިކަންނުކުރޭ ވެރިކަމުގައި ކޮންމެ މީހަކު ހުއްޓަސް އެމީހަކު ދެކެ ރުޅިއަންނަ މީހުން ގިނަވާނެ ޖުމްލަކޮށް ރައީސް ޞޯލިހުރަގަޅޭ ބުނެވޭނީ!
ތޮއްޑޫބެ
28 June 2023
ތޮއްޑޫ ދާއިރާގެ މެމްބަރު މިހާރުހުރީ އަންނި ފަޅީގަ. ތޮއްޑޫގަ އިބޫ އަށް ސަޕޯޓު ކުޑަވީމާ ކޮންމެހެންވެސް އެބަޖެހޭ ސަޕޯޓް ހޯދަން. އެގޮތުން ކުރި ކެމްޕޭން ދަތުރެއް.
އިންނަމާދުކޮއި
28 June 2023
އިބޫ ތޮއްޑޫއަށް ދިއުމުގެކުރިން ސަރުކާރު މުވައްޒަފުން އެމީހުންގެ ދަރިންގޮވައިގެން ތޮއްޑޫއަށް ފޮނުވާ އެ ދަރިންލައްވާ މާބޮޑި ހަވާލުކުރުވުމަކީ ތޮއްޑުގަ އެވަރުކޮށްލާނެ މީހެއް ހުރިކަމުގެ ޔަޤީންކަން ނެތީމައި ކުރިން ފްލޭންކޮށްގެން އެއައިޓަމް ފުރާނެ ކުއްޖަކު ހަމަޖެއްސީބާ؟
ވަރަބިންދާލި
28 June 2023
އަމިއްލަ ރަށަށް ވަޑާނުގެންނެވީ ކީއްވެގެން ؟ އާއިލީގާތް ކަމުން ފަށާންޖެހޭއިރު . މަރަށަށް ނުދަނީ ރައީސްގެ އައުވާނުން ގެ ބަލާބޮޑުކަމާހެދި .
ކުލީގެ އަޅުން
28 June 2023
އާ މީނަ ގޮސް ހިންނަވަރުގަ ހުންނަންވީ ހިންނަވަރު މާލޭ ދަރިކޮޅު މީހުންނަށް މިކަލޭގެ ދިނޭ ގޯތި. ކީއްކޔރަން ރާއްޖެތެރެ އެހެން ރަށްރަށަށް އަންނަނީ ކީ؟
މާގޯތި
28 June 2023
އީދު ކެއުން ކާން ރަށްރަށަށް ދަނީ ކީއްކުރަން... ނިކަމެތި ރާއްޖެތެރޭ މީހުން ފެންނާނީ މިކަހަލަ ކަމެއް ކުރަންވީމަ.
ސިޓީމީހާ
29 June 2023
އަމިއްލަޔަށް ނިކަމެތިވެ ނުގަންނާށޭ ކޮންރާއްޖެތެރެއެއްހޭ މީ މުސްލިމުންނޭ ދިވެހިންނޭ ހަމަހަމަ އޭ .
ބޭއިންސާފު
28 June 2023
ރާއްޖެތެރޭ މީހުންގެ ކުށަކީ ހަމައެކަނި މާލެއަށް އުފަން ނުވުމެވެ. އެހެންވީމާ ކެޕިޓަލް އޭރިއާގައި މުޅި އުމުރު އުޅެން ޖެހޭނީ ބޮޑު ކުއްޔަށެވެ. ގޯއްޗެެއް ބިމެއް ނުލިބޭނެއެވެ. ގަނަ ތެޅިގެން ގަނެވެންޔަ ގަންނާށެވެ. ކެޕިޓަލު އޭޜީޢާގެ ބަންޑާރަ ގޯތި ލިބޭނީ މާލޭ ބޭފުޅުންނަށެވެ . ސޯލިހުއަ ފަޒުނާމެން އަޗާ ތަޅަން ވީމާ ރާއްޖެތެރެ ފެންނާނެއެވެ. އެޑްވާންޓޭޖުނަގާ ގުބޯ ހައްދައިގެން ވޯޓު ހޯދަން ދާނެއެވެ.
ޢިންސާރފް ބޭ
28 June 2023
ބްރޯ ރަށުން މަށަށްވެސް ގޯތި ދޭންވީނު އެހެންވިއްޔާ.
ބޭއިންސަަފު
28 June 2023
ޢިންސާރފް ބޭ، ކަލެއަށް ހުޅުމާލެ މާލެ ގޮތަށް ފެނުމަކީ މަގޭ މައްސަލައެއް ނޫން އަދި އެތަން ހިއްކީ ކަލޯ މެންގެ އެކަނި ފައިސާން ކަމަަށް ހީވުމަކީ ކައެގެ ގަމާރުކަން
އިންސް
28 June 2023
ކަލޭ ރަށު ފަޅު ފުންކުރީ ކަލޭގެ ލާރިންތަ؟ ބަނދަރު ހެދީ ތިރަށު ބޮޑު ކަތީބުގޭ އައިމިނާދީގެ ލާރިންތަ؟ ގަމާރު ވާހަކަ ނުދައްކާ ވާނުވާ ނޭންގެންޏާ.
ޖެކް
28 June 2023
ބްރޯ ތިބުނާ ގޮތުން އެއްވެސް ރަށެއްގަ ހިއްކިތަނުން ބިން ލިބެންޖެހޭ ރާއްޖެ ހުރިހާ ރައްޔިތުންނަށް.. ހަމައެކަނި ހުޅުމާލެއެއް ނޫން. ދުވާފަރުން ހިއްކިތަނުން ތ.ކިނބިދޫ މީހުންނަށް ގޯތި ދޭންވީނު. ޢައްޑޫ ހިއްކިތަނުން މާރަންދޫ މީހުންނަށް ގޯތި ދޭންވީނު.
ގުދުގުދާބެއްޔާ
29 June 2023
ބޭއިންސާފު! ކަލެއަށް މާލެ/ހުޅުމާލެ އެއީ މާލޭގެ އަވަށެއް ކަމައް ނުފެނުނީ މަގޭ ކުށަކުންނޫ! އައިކެއަރ އަށް ގޮސް ބޮޑުވާ ބިއްލޫރިން އައިނެއް ހަދާފައި، ބޮލަށް ބޭސް ކުރަން މާޔޯ ކުލިނިކައް ދާން ވީނު!
ޖަރީމާ ސޯލިހު
28 June 2023
ރާއްޖެތެރޭ ކިތައް ރަށުގައިތަ މީނަ ފައުންޑޭޝަނުން ފެޑިގެން އަޅާ ނިންމި ފުލެޓެއް ރޯހައުސް ގަނޑެއް ހުރީ؟ އެވަރު ނުވި 5 އަހަރު ނިންމާ އެލަނީ ހުޅުމާލޭން މާލޭގެ ބިންވެރިންގެ ޖީބު އިތުރަށް މުއްސަދިކޮއްހަ ރާއްޖެތެރޭ މީހުން އިތުރަށް ކުލީގެ އަޅުންނަށް ހަދަން އެވެރިންނަށް މަގުފަހި ކޮށްދީފަ. އެހެންވީމަ ކަލޭ އީދު ފާހަގަ ކުރޭ މާލެ މީހުންނާ އެކީ. މިގޯތި ދޮށަށް މިރަށަށް އައިސްގެން ނުވޭނެ
ނިގާރޒްއިންޕެރިސް
28 June 2023
ކަލޭ ކައިރިއަށް ނުދެވިގެނެއް ރައީސް ނޫޅޭ.
ހެހޭ
28 June 2023
ތުޅާދޫގައި ރޯހަައުސް އަޅާ އެޔޮށް ނިންމާލި
ޢަލީޢަލީ
28 June 2023
ނައިފަރު ފްލެޓްތައް. މިސަރުކާރުން ފަށާފަ ނިންމާފަ ހަވާލުކޮއްފަ.