ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިން ފެށުމަށް ޕީޕީއެމުން ބޭއްވި ހަރަކާތުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ކެމްޕެއިން ޓީމުން މާލޭގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް ސުވާލުކޮށް ބޭނުންވާ މައުލޫމާތު އޮޅުން ފިލުވާނެ ކަމަށް.-- ފޮޓޯ: ޕީޕީއެމް
03 ޖުލައި 2023 - 19:00
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ އެއްބުރުން ކާމިޔާބުކުރައްވާނެ ކަމުގެ އުންމީދާ އެކު އެ މަނިކުފާނުގެ ކެމްޕެއިން ހަރަކާތްތައް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
ކެމްޕެއިން ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން، އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ކެމްޕޭނުގައި މާލޭގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް ބޭނުންވާ މައުލޫމާތުތައް އޮޅުން ފިލުވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޔާމީން ވާދަކުރައްވާ ނަމަ އިންތިހާބުގައި ދެވަނަ ބުރެއް ނޯންނާނެ އެވެ.
"ޔާމީނާ އެއްކޮށް ނުކުމެ މި އިންތިހާބު ކާމިޔާބުކުރާނީ އެއްބުރުން. ދެވަނަ ބުރެއްގެ ވިސްނުމެއް އަޅުގަނޑުމެންގެ ނެތް. ޔާމީނާއެކު ނުކުތީމާ އަޅުގަނޑުމެން ދެވަނަ ބުރަކަށް ދާކަށް ނުޖެހޭނެ. ރާއްޖޭގެ މިއަދުގެ ސިޔާސީ ހަގީގަތަކީ ޔާމީން އިންތިހާބުގައި ވާދަކުރައްވާ ކަމަށް ވަންޏާ ދެ ވަނަ ބުރެއް މި އިންތިހާބުގައެއް ނޯންނާނެ. ފުރަތަމަ ބުރުން ކާމިޔާބު ކުރާނަން،" އެމްޑީޕީ ތެރެއިން އުފެދުނު ޑިމޮކްރެޓްއާ އެކު ދެ ވަނަ ބުރެއްގައި އެއްކޮށް މަސައްކަތްކުރާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިން ފެށުމަށް ބޭއްވި ހަރަކާތުގައި ބައިވެރިވި އެ ޕާޓީގެ މެމްބަރުންތަކެއް.-- ފޮޓޯ: ޕީޕީއެމް
އަބްދުއްރަހީމް ވިދާޅުވީ ކެމްޕެއިންގެ ހަރަކާތްތަކުގައި ޔާމީނަށް ބައިވެރިވެ ވަޑައިގެންނެވޭ ނަމަ އެއީ ހީނުކުރާ ވަރުގެ ކުރިއެރުމަކަށް ވާނެ ކަމަށެވެ. އެކަމަކު އެމަނިކުފާނު ގެންދަވަނީ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
"ރައްޔިތުން ތިބީ ޔާމީން މިވަގުތު އޮތް ތަނެއް ބަލާކަށް ނޫން. ރައްޔިތުން ތިބީ ޔާމީން ވެރިކަމަށް ގެންނަން ކެތްމަދުވެފައި،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިން ފެށުމަށް ބޭއްވި ހަރަކާތުގައި ބައިވެރިވި އެ ޕާޓީގެ މެމްބަރުންތަކެއް: އެ ޕާޓީގެ މެމްބަރުން ގަބޫލުކުރާ ގޮތުގައި އިންތިހާބުގެ ކުރިން ޔާމީން މިނިވަންވާނެ.--- ފޮޓޯ: ޕީޕީއެމް
އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ކެމްޕެއިން ފެށީ މާލޭގެ ގެތަކަށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތަކުން ކަމަށާއި އެއީ ވޯޓު ލެވޭ އާބާދީގެ ދެބައިކުޅައެއްބަޔާ ބައްދަލުވުމަށް ހިންގާ ހަރަކާތެއް ކަމަށެވެ. އޭނާ ވިދާޅުވީ ރަށްރަށަށް ކެމްފެއިން ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެއްވުމުގެ ގާނޫނީ ހައިސިއްޔަތެއް ޖަލު ހުކުމާ ހެދި ޔާމީނަކަށް މި ވަގުތަކު ނެތެވެ. ޕީޕީއެމުން އަދި ޔާމީންގެ ވަކީލުން ވިދާޅުވަމުން ގެންދަވަނީ ހުކުމުގެ އިސްތިއުނާފް ހައި ކޯޓުން ކާމިޔާބުވެ ޔާމީނަށް ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށެވެ. ޔާމީނަށް އޮތް ފުރުސަތަކީ އިސްތިއުނާފީ ހުށަހެޅުންތައް ވެސް އަދި ނުނިމި އޮތް އެ މައްސަލަ ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭ ނިމި ހުކުމް ބާތިލްކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޭވެރިކަން
05 July 2023
ނަން އޮވެއްޖެނަމަ ޔާމީނު ނަގާނެ ސީދާ 1ބުރުން. އެއީ ޝައްކެއްވެސް އޮތް ކަމެއްނޫން. ސަބަބަކީ ބަދަހިކަން.
ރައްޒާގު
04 July 2023
ކެމްޕެއިންކުރާށޭ ކިޔާފަ މިފަހަރު އަދުރޭމެން ޔާމީން އެކައުންޓް ދޮވެލާނެ.
ކަރާސީނު
04 July 2023
އަނެއްކާވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންވީތޯއެވެ؟
އާވަސް
04 July 2023
ވޯޓް ނުލިޔަސް އެހެރީ ހޮވިފަ، ބުނޭ ޖަލުގަ ހުރެގެން ހުވާ ކުރާ ގޮތަށް ހަދަން. އޭރުން ހުވާ ކޮށް ނިމިގެން ޖަލުން ސީދާ ރައީސް އޮފީހަށް.
ކޮން ވައްތަރު ކެމްޕޭން
04 July 2023
ޔާމީނުގެ ކެމްޕޭން ގައި ޔާމީނެއް ނެތް. ދެން ކިހިނެއް ހޭ، ތީ ޔާމީނުގެ ކެމްޕޭނަށް ވާނީ؟
ހާދަވަތަރުނޫނޭ
04 July 2023
އެއްބުރުން ލަކިޖަހަން އުޅުނު ބުރުވެސް ދިޔައީ ޗޮކުން، ދެންވުން ގާތީ އެހެން
ވަގުންނޭވަގުންނޭ
04 July 2023
ޕީޕީއެމް އަށް އޮތް އެންމެ ރަނގަޅު ގޮތަކީ ގާސިމް އިބްރާހިމް އަށް ތާއީދު ކޮށް އަދި އުމަރު ނަސީރު އެއީ ގާސިމްގެ ރަނިންގް މޭޓަކަށް ހަދާ އަދި ދަ ޑިމޮކްރެޓްސް އިން ވެސް ގާސިމަށް ތާއީދު ކޮށް ހަދާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމޭ ރާއްޖޭގެ ރައްޔިތުން ވޯޓް ދެނީ މެނިފެސްޓޯ އަކަށް ނޫނޭ އެއީ ސިޔާސީ ލީޑަރުން ހަދާ ރޯބުހުތާނު ދޮގޭ އެމެން ވޯޓް ދެނީ ފައިސާ އަށޭ ގިނައިން ފައިސާ އާއި ރިޝްވަތު ދޭ މީހަކަށް ދިވެހިން ވޯޓް ދޭނެއޭ އެންމެނަކީ އެއީ ވަގުންނޭ
ނުވާނެނުވާނެ
04 July 2023
މާލޭގެ ގެތަކަށް ދޮރުން ދޮރަށް ދާން ޖެހޭ ސަބަބެއް މަމެންނަށް ނޭގެއޭ ހަމަ ސިޔާސީ ޕާރޓީ ތަކުގެ ބޮޑުންގެ ގޮތުގައި ތިބި ގަމާރުންނަށް ނޭގެނީތޭ މާލޭގައި ހުރި ބޮޑެތި މައްސަލަ ތައް މާލޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން މިނިވަން ކަމާއި އެކު އުޅޭއިރު އެކަން ހައްލު ކުރަނީ ދޮރުން ދޮރަށް ހިނގައިގެންތޭ ދެން މާލޭ ދަފްތަރު މުއިއްޒު އުވާލީ އެއީ އޭނާ އަށް ކޯއްޗެއް ހަނދާން ކުރެވިގެންތޭ ވަގުތީ ގޮތުންނޭ އޭނާ ބުނީ ބަންދުކުރީ އެކަމަކު ދާއިމީވީ ކިއެއްވެތޭ ނުވާނެ
ތުނޑި މަތީގަ.
04 July 2023
ނޫން. އަހަރުމެންގެ ޢުމަރު އެބަހުރި. ހަމަހިލާ އެންމެ ތަންކޮޅެއްވެސް ފަހަތަކައް ނުޖެހޭނެކަންޔަގީން.
ޓިނު
04 July 2023
ތިކަމެއް ދެނެއްނުވާނެ ، ވެރިކަމާއި ހުރިހާ ބާރެއް އަތުއޮވެ އެކަންއޮތީނުވެ. ވެރިކަން ބަދަލުކޮށްގެން ނޫނީ ޔާމީނުވެސް ސަލާމަތެއް ނުކުރެވޭނެ، އެކަންވެސް ކުރެވުނަސް ކުރެވޭނީ ޤާސިމްކަހަލަ މީހެއްގެ ފަތަށްއަރައިގެން؟