ސައިކަލުން ޖެހި އަލީ ހަފީޒް އެކްސިޑެންޓުވުމުން އޭނާ ނަގައިގެން ގެންދަނީ
05 ޖުލައި 2023 - 06:28
ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއް ކަމަށްވާ އަލީ ހަފީޒް މަގު ހުރަސްކުރައްވަނިކޮށް، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެކްސިޑެންޓުވީ އެ ސައިކަލު އަންނަތަން ފެނިގެން "ޕެނިކްވެ ސައިކަލާ ދިމާލަށް ދުއްވައިގަނެވުމުން" ކަމަށް ސައިކަލް ދުއްވި މީހާގެ ފަރާތުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ފަތިސް ނަމާދުން ފައިބައިގެން ވަޑައިގަންނަވަނިކޮށް ހަފީޒްގެ ގައިގައި ސައިކަލުން ޖެހި ސީރިއަސް އަނިޔާތަކެއްވި އެކްސިޑެންޓުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ޝަމްއާން އަބްދުއްޝަކޫރު، 22، ގެ ބަންދުގެ މުއްދަތު އިއްޔެ ވަނީ 15 ދުވަހަށް އިތުރުކޮށްފަ އެވެ. ބަންދު އިތުރުކޮށް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ޝަމްއާންގެ ގާނޫނީ ވަކީލާ ހަވާލާދީ ބުނެފައިވަނީ ހާދިސާ ހިނގިކަމާއި މީހަކަށް އަނިޔާވިކަމާ މެދު ޝަމްއާން އިއުތިރާޒް ނުކުރާ ކަމަށެވެ.
"ތުހުމަތުކުރެވޭ ފަރާތުން ސައިކަލުގައި ދަނިކޮށް، އަނިޔާ ލިބުނު ފަރާތް މަގު ހުރަސްކުރަމުން، ސައިކަލް އަންނަތަން ފެނިގެން ޕެނިކްވެގެން ސައިކަލާ ދިމާލަށް ދުއްވައިގަނެވުމުން ސައިކަލުގައި ލައިގަނެ އެކްސިޑެންޓުވީ" ކަމަށް ވަކީލް ވިދާޅުވި ކަމަށް އަމުރުގައިވެ އެވެ.
ރ. އިނގުރައިދޫ މީހެއް ކަމަށްވާ ޝަމްއާންގެ ވަކީލް ކޯޓުގައި ވިދާޅުވީ ހާދިސާ ހިނގިކަމާ މެދު އެއްބަސްވިޔަސް، އެކްސިޑެންޓުވީ މަގު ހުރަސްކުރަން ކަނޑައަޅާފައިވާ ކަފިހިހުރަސް މަތިން ދަނިކޮށް ޖެހިގެން ނޫން ކަމަށެވެ. އަދި ތުހުމަތުކުރާ ގާނޫނީ މާއްދާތަކަށް ބަލާއިރު ތުހުމަތަކީ ގާނޫނީ ބޮޑު ކުށެއް ނޫން ކަމަށާއި އެހެންވެ ޝަމްއާން ކަފާލާތުގެ ދަށުން ދޫކޮށްދޭން ވަކީލް އެދިވަޑައިގަތެވެ.
ނަމަވެސް ޝަމްއާނަކީ ކުށުގެ ރެކޯޑް އޮތް މީހަކަށް ވުމާއި އޭނާގެ އަތުގައި ވެހިކަލް ދުއްވުމުގެ ލައިސަންސް ނެތް އިރު ވެސް ބާރު ސްޕީޑްގައި ސައިކަލް ދުއްވި ކަމަށް އެއްބަސްވެފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ. އެހެންވެ އިސްގާޒީ އާދަމް މުހައްމަދު ނިންމެވީ ކަފާލާތު ނުދީ 15 ދުވަހަށް ބަންދުކުރުމަށެވެ.
މި އެކްސިޑެންޓުގައި ހަފީޒަށް ލިބުނު ސީރިއަސް އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އިއްޔެ ވަނީ އެއާ އެމްބިއުލާންސެއްގައި އިންޑިއާގެ ކޮޗިން އަށް ގެންގޮސްފަ އެވެ. ތައުލީމީ ދާއިރާގައި 18 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައި ގިނަ ބަޔަކު އިހްތިރާމްކުރާ ހަފީޒަށް އަނިޔާވި އެކްސިޑެންޓަކީ ހަމައެއްލަމައެއް ނެތި ދުއްވާ މީހުންނާ މެދު ފިޔަވަޅު ނޭޅުމުގެ ނަތީޖާ ކަމަށް ބުނެ ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓަތޫރަ
06 July 2023
އެ ސައިކަލްގަ 3 މީހުން އެރުންވެސް ގޯހެއް ނުން
ާާަރޓ މީހާ
06 July 2023
މާލަެ މަގު ތަކުގައި ބާރައް ދުވްވާމީހުން ހުުއްޓުވޭނީ އެމީހެއްގެ ސައިކަލް އާައެެއްކޮއް އެމީހެއްގެ ރަށައް ފޮނުވާލެވިގެން. ރައްރަށު ކުދިން .
ޓެރޭ
05 July 2023
އިރުއެރުމުގެ ކުރިން ހަކުރުކޮޅު ޑެލިވަރ ކޮށްލަންދެން މީހުން މަގުތަކަށް ނުނުކުމެ ތިބޭށޭ ބުނެލިނަމަ.
ހަސަންފުތާ
05 July 2023
މި އުޅޭ ގައުމުގެ ނޯ ޖަވާނުންތައް ތިއްތި ދެއްކެންވެގެން އެންމެ ކަޑަ އަގު ހެޔޮ ޗައިނާގަ ހަދާ ޖީއެން ސައިކު އިންސްޓޯލްމަންޓަށް ދައްކާ ގޮތަށް ގަނެގެން ބާރުބާރަށް ދެކޮޅަށް ދުއްވާ އިރު ހީވަނީ އެހެން ފަދަ ކަމެއްހެން! ހަމަ އެންމެ ހަރުކަށި ފިޔަވަޅު އަޅަންވީ ގަވާއިދާ ޚިލާފަށް ދުއްވާ މީހުންނާ ދޭތެރޭ އެނގިއްޖެ!
ފިނރުޓޭ
05 July 2023
މި ހުރިހާ ޖީއެން ބުރޯ ތަކާ މެދު ހަމަ ހަރުކަށި ފިޔަވަޅު އަޅަންވީ އެނގިއްޖެ!
އެނީ
05 July 2023
ޖީ އެން ދުއްވާ އެންމެންނަކީ ތިޔަފާޑަށް ދުއްވާ މީހުންނެއްނޫން
އަންދަލޫސިޔާ
05 July 2023
ލައިސަންސްނެތި ދުއްވާފަ ދިޔަގޮތަށް މީހެއްގެ ފުރާނަ ދުއްވާލަން ސައިކަލުން ޖައްސާފަ ފާޑުފާޑަށް ވާހަކަ ދައްކާނެކަމެއްނެތް. ކުރަންވީ ދަޢުވާ އަކީ ޓެރަރިޒަމް އަދި މީހަމު ގަސްތުގައި މަރަން އުޅުން. ޢުމުރަށް ޖަލަށް ލާންވީ!
ސަރީފުއަލީ
05 July 2023
15 ދުވަސްވާއިރު ހުންނާނީ އަނެއްކާވެސް ސައިކަލެއްގެ މަތީގައި...މިގައުމަކީ 5ލައްކަ މީހުން ނުބެހެއްޓޭ ގައުމެއް! ކުއްވެރިން އުޅެނީ ހަމަ މިނިވަންކަންމަތީގައި!
ގުދޯގުދޯ
05 July 2023
ކޮމަންޓު ސެކްޝަންގަ މޮޅެތި vaahaka ދައްކާފަ ނިކުމެ މަގުމަތީ މިދަމާލަނީ ފަންސާހަށް.. ހަމަ ޔަގީން މިތާ އުޅޭ ދިހަ ޕަސެންޓުވެސް ގަވައިދާ އެއްގޮތަށް ނުދުއްވާކަން..ސޮރު އަތުން މިހެންވީމަ ގޯސްވީ.. ކިތައް ފަހަރު ކިރިޔާ ނޫނީ ނަސީބަކުން މީހުން ސަލާމަތްވަނީ.. މައްޝޫރު ނޫން މީހެއްނަމަ މިވާހަކަވެސް ބޮޑުވެގެން ނޫޅުނީސް
ކަޑަ
05 July 2023
ނުޖެހޭނެ ސައިކަލްހުޓިނަމަ ނުހުޓާ ކަޓުވަން އުޅުނީމަތިހެން ތިވީ ކަފިހުރަގަހުރިއަސް އެތާޖެހެނީ ކަފިހުރަސް ހުނަނީ ދުރުދުރުގާ ގޯަޅިލަބާލާތާ ކަފިހުރަސް ގިނަކޮފަ ކާރީގާ ސްޕީޑް ބްރޭކާ ބަހަޓާ
މިއޮތީވާގައުމެއް
05 July 2023
ހަފީޒު ގޭގަ އޮތްނަމަ އެކްސިޑެންޓެއް ނުވީހޭދޯ ވެސް ބުނެލިނަމަ