މިއަދުގެ ހާދިސާ ހިނގި "ކްރިސްޓަލް ސްޕީޑް" ލޯންޗު. --
05 ޖުލައި 2023 - 17:15
ރ. އަނގޮޅިތީމުން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ލޯންޗެއްގެ ބެޓެރި ގޮވައި، ހަ މީހަކު ޒަހަމްވެއްޖެ އެވެ.
ކޯސްޓުގާޑުން ބުނީ "ކްރިސްޓަލް ސްޕީޑް" ނަމަކަށް ކިޔާ އެ ލޯންޗުގައި އެ ހާދިސާ ހިނގިކަމުގެ މައުލޫމާތު މިއަދު ހަވީރު 4:00 ހާއިރު ލިބިގެން ކޯސްޓުގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަދި އެ ހާދިސާގައި ޒަހަމްވި މީހުން، އެރިޔަދޫ ރިސޯޓަށް ގެންގޮސް، އެ ރަށުގެ ކްލިނިކުން ފަރުވާދެމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެކަމަކު އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.
އެމްއެންޑީއެފުން ބުނީ މިހާރު އެ ލޯންޗު މިހާރު އޮތީ އެރިޔަދޫ ރިސޯޓުގައި މަޑުކޮށްގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިސްމަތު
05 July 2023
ތި ވެދާނެ ހަމަ ސެމްސަންގް ބެޓެރިއަކަށް ވެސް. އެ ވެސް ވަރަށް ދަތުރު ފަތުރު ކުރާ އުޅަނދު ތަކަށް އެރުވީމާ ގޮވާ ބެޓެރިއެއް.
ގުދުގުދާބެއްޔާ
05 July 2023
ތިޔަވާނީ ނަގޯވާ ބެޓެރީއެއްކަމަށް! ފާޑުފާޑުގެ ފޭކް ބެޓެރީ ގެނެސްގެން މޮޅު އިސްތިހާރު ޖަހައިގެން ފޭކް ބެޓެރީ ވިއްކަމުން ދަނީ!
ރަދީފްއޮފިޝަލް
05 July 2023
ނަގޯވާ؟؟ ނަގޯޔާ !!
އަހުމިއްޓޭ
05 July 2023
ބަލަގަ ރަދީފޫ، އޭނާބުނެފަ އެއޮތީ ނަގޯވާ ބެޓެރީއެކޭ. އޭނަ އެބުނަނީ ފާޑުފާޑުގެ ނަންތައް ޖަހައިގެން ފޭކުއެއްޗެހި މިރާއްޖޭގަ ވިއްކަމުން ދިޔުމުން ދިމާވާ މައްސަލަތައް. ހަމަ ކޮންމެތަނަކަށް ކޮށްޕިގަނެގެންވެސް ކޮމެންޓެއް ކޮށްލެވޭތޯ ބަލާތި ބޮލުގަ ތެތްކަމެއްނެތަސް.
ރަދީފްއޮފިޝަލް
05 July 2023
މުދިމިއްޓޭ ކަލޭ ތީ ތަކުރާރުކޮށް އަހަރެން ކުރާ ކޮމެންޓްތަކަށް ތިފާޑަށް ރައްދުދޭ ވަލްރަސްއެއް.ތިހެން ބުލީކޮށްގެން އަހަރެން ކޯނާ ކުރެވިދާނެ ކަމަށް ހީވާނަމަ އެއީ ކުށް ހީއެއް.ވ.ވެދުން
ވާންޗޯސް
05 July 2023
ރަދީފް ބްރޯ ހަމަޖެހިބަ!
ޒަދީފްއޮފިޟަލް
05 July 2023
ރަދީފަކާ ނުކުޅެވޭނެ.ރަދީފް އެއީ ބްރޭންޑެއް.އަހަރެންގެ ތާއީދު ރަދީފަށް.
އަހުމިއްޓޭ
06 July 2023
ބަލަގަ މިކަހަލަ ޙައްސާސް މައްސަލައެއްގައިވެސް ގުދުގުދުބެއްޔާ ބުނެފައޮތް އެެއްޗެއް ރަނގަޅަށް ފަހުމްނުވެ، ކަލެއަށް މާބޮޑަށް އެއްޗެހީގެ ނަންއެނގޭ ކަމަށްހަދައި މީހުން ނިކަމެތިކޮށްލުން މައްސަލައަކީ.
ގުދުގުދާބެއްޔާ
06 July 2023
ރަދީފްއޮފިޝަލް ބޭނުމެއްނޫން ބައެއްގެ ޕުރޮޑަކްޓް ހަލާކު ކުރާކަށް! މިވަރުން ރަދީފްއޮފިޝަލް އަށް އިގިއްޖެ ނޫންތަ؟
ރަދީފްއޮފިޝަލް
06 July 2023
މުދިމިއްޓޭ ކަލޭ ޖެހޭނީ މަހަށް ދާން.
އަހުމިއްޓޭ
07 July 2023
ރަދީފު ރުޅިދުރުވެއްޖެ. އޯނޯ ބޯގޮވައިފި. މީހުންލިޔާ ނަންތައްވެސް ބަދަލުކޮށް ލިޔަނީ. ދެން އަދި ބުނެލަން، މަހަށް ދިއުމަކީ ދެރަކަމެއްނޫން. ކަލޯ ތިކަނީ އަހަރެމެން ބާނާ މަސް.