ބްރިޖުން ވެހިކަލްތަކެއް ދުއްވާފައި ދަނީ: ބްރިޖުގައި މިރޭ ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި.
06 ޖުލައި 2023 - 22:23
ބްރިޖުގައި މަސައްކަތް ކުރަން ހުރި މީހެއް ގައިގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ ބްރިޖުގައި މަސައްކަތް ކުރަން ހުރި މީހެއް ގައިގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން ފުލުހުން ސީންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވި ދެ މީހުން ވެސް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަންޒަރު ދުށް މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ ހާދިސާގައި އަނިޔާވީ ބްރިޖުގެ މަސައްކަތް ކުރާ ބިދޭސީއަކަށެވެ.
"ބްރިޖުގެ ސީދާ މެދެއްހާ ހިސާބުގަ ވެއްޓިފަ އޮތީ. އެ ތަނުން ދިޔަ ޓްރަކަކަށް އަރުވައިގެން އެކަކު ގެންދިޔައީ. އަނެކަކު ޕޮލިސް ކާރަކަށް ލައިގެން ގެންދިޔައީ،" އޭނާ ބުންޏެވެ.
އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާއުންމީދު
08 July 2023
އަލިކިލެގެފާނުމަގުގެ ހޮޅުއަށި ހޮޓަލާ ހިސާބުގަ ލައިޓްތައް ނުދިއްލޭތާ އެތައް ދުވަހެއް. ގަސްތައް ބޯވެ މަގު އަނދިރިވެގެން ހިނގާ މީހުންނަށް މަގުހިނގަން ނޭގެ. ދުއްވާ އެއްޗަކުން މީހެއްގެ ގައިޖެހި މަރުވީމާ ދެން ދުވާނެ މަގުބައްތިތައް ޗެކްކުރަން. އަޅެ މިކަންކަން ބަލާލާނެ ބަޔަކު ހަމަ ނެތީތަ މި ބޮޑު މާލޭގެ އޮފީސްތަކުގަ.؟
މީވާ ގައުމެއް
08 July 2023
ހަމަ އެއްކަމެއްވެސް ނެތް ރަގަޅަށްދާ ހުރިހާ ދިމާލެއްގެ އިހުމާލު މީވާ ގައުމެއް!!!!
އިބްރާ1
08 July 2023
މިކަމުގަ ވެސް އިހްމާލުވީ ގައުމުގެ ވެރިމީހާ ދޯ؟ ސައިކަލު ދުއްވިމީހާ ގެ މައްސަލައެއް ނެތްދޯ؟ ތިޔަކަހަލަ ސޮހަލުން މިގައުމުގަ ގިނަވީމަ ވާހާގޮތް ތީ!
ސަލާމު އިދުރީސް
07 July 2023
ހައިވޭއެއްގަ މަސަކައް ކުރާބަޔަކުގައިގަ ދުއްވާ އެއްޗަކުން ޖެހޭނެ ގޮތެއް ނުވިސްނުނު! ތިވަރު އާދަޔާ ހިލާފު ކަމެއްގަ ހަބަރުގަ ޥީގޮތް ތަފުސީލު ކުރިނަމަ ކިއުންތެރިންނައް ރައްކަލަކައް ވީސްކަމުގަ ދެކެން މިހެން މިދެއްނެވީ ރާއްޖެތެރެ މީހުނައް ހައިވެނެގޭތި މާލެމީހުން އެއްޗެތި ކިޔާފަ ކޮމެއްޓުކޮއްފަ ހުންނާތި
ވަން
08 July 2023
ހައިވޭ؟ ލޮލް
މަސޮރު
07 July 2023
ބްރިޖުން މާލެއިން ހުޅުމާލެ އަންނަ ފަޅީގެ، ބްރިޖް މެދާ ހިސާބުން ފެށިގެން ޓްރެފިކް ލައިޓާ ހަމައަށް ހުންނަ މަގު ބައްތިތައް ނުދިއްލޭތާ މަސް ދުވަސް ވެދާނެ... ޕްލޭނިންގ މިނިސްޓްރީއިން މިކަން ރަނގަޅު ކުރާނީ އެ އަނދިރީގައި އެކްސިޑެންޓްވެ މީހަކު މަރުވީމަތޯ؟ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފަ ހުންނަ މިފަދަ ކަންކަން ރަނގަޅު ނުކުރަނީ ހަމަ ރައްޔިތުންނަށް ހެޔޮފުޅު ކަމުންތޯ؟
ބުރިޖު
07 July 2023
ބައްތިތައް ނުދިއްލިހުރިކަން އެނގޭނެ މީހަކުނެތް. ލަފާކުރެވެނީ ކަމާ ގުޅުންހުރި އެއްވެސް މުއައްސަސާއެއްގެ މީހަކު މީންދުވަހަކު ބުރިޖަށް ނާރަނީހެން. ގިނަ ރޭރޭ ކިރިޔާ އެކްސިޓެންޓުނުވެ ސަލާމަތްވެވޭނީ.
މަރޭ
07 July 2023
މަންޒަރު ދުއްމީހާ އަށް ދުރުން ފެންނައިރަށް އެގުނީ އެއީ ބިދޭސީއެއްކަން. އޭނައަކަށް މަންޒަރެއް ކިޔައިދޭކައްނޭގުނުދޯ.
ގުދުގުދާބެއްޔާ
07 July 2023
ރަށުން ފުނަމާލާގޮތައް މާލެ އާދެވުނީމާ ހޭބަލިވަނީ! އާކުކުޅަކައް ގާބިހެއް ފެނިގެން އުޅޭގޮތައް!
ޝަރުމީ
07 July 2023
ރަށުން އަންނަން ނުޖެހޭ ގޮތަށް ހަދާބަލަ
ސަލީމު އިދުރީސް
07 July 2023
ބުނައް ގުދުގުދާބެއްޔާ ރަށުންޕުންމާލާގޮތައް މާލެ އާދެވި ހެބަލި ވެގެންވާކަމެއްނޫން! ހިތާދުމީހަކައް ހުދުފޮށައެއް ލިބުނިއޭބުނާ ގޮތައް މާލެމީހުނައް ބުރިޖެއް އަޅައިދީ ތާރުއަޅާ ހަތަރު ކިލޯމީޓަރުވަރު މަގެއް ހެދުނީމަ އެތަނައް ހައިވޭ ކިއައިގެން މާލޭމީހުނައް މަގު ބޭނުން ކުރާގޮތް ނޭގުނީމަ ވެގެން އުޅޭގޮތެއްތީ
ދެވަން ސޫރަ
07 July 2023
ކޮން ދެވަނަ މީހާއެއް މި ފާޅުވީ ކުއްލިއަކަށް ޚަބަރުގެ މެދުތެރޭން؟
ޙެލޯ
07 July 2023
ދުއްވަން އިން މީހާނު؟
އަހުމިއްޓޭ
06 July 2023
ސްޕީޑްލިމިޓް 40އަށް ލޮކްކުރޭ ހުރިހާ ވެހިކަލްތަކެއްގެ.
ސާބަސް 1
07 July 2023
100% ތާއީދު.
އުދުހޭ
06 July 2023
މަސައްކަތް ކުރާކަން އަންގައިދޭން ދުރުގަ ނިޝާން ބަހައްޓަންވާނެދޯ. ރާއްޖޭގާ ކަންކަން މިއޮންނަނީ ވަރަށް ދޯހަޅިކޮށް.
އަޖައިބެ
06 July 2023
ބުރިޖުގަ މަސައްކަތް ކުރަން ހުރި މީހާވެސް ސައިކަލު އަންނަތަން ފެނިގެން ޕެނިކުވެގެން ސައިކަލާއި ދިމާލަށް ދުއްވައިގަތީ - ވަކީލު މީހާ
މުހުޖާޖު
08 July 2023
ޖެއްސި މީހާ ކޯޓަށް ގެން ދިޔައިމަ ބުނާނީ އެހެން. ހިތުން ވަރަސް މޮޅުބައެއް