ކ. ގުރައިދޫގައި ބޭއްވި ކެމްޕޭނު ހަރަކާތުގައި ރައީސް ވާހަކަ ދައްކަވަނީ. --ފޮޓޯ: އެމްޑީޕީ
13 ޖުލައި 2023 - 19:22
އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީއިން ވޯޓުލާން ފަށާނީ އެއް ލައްކަ ވޯޓާ އެކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ކ.ގުރައިދޫގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ރައީސް ވިދާޅުވީ، އެމްޑީޕީ އަކީ އެންމެ ބޮޑު ކޯލިޝަން ކަމަށާއި އިންތިހާބު ކާމިޔާބު ކުރަން ހަމަކޮށްލަން އޮތީ ކުޑަ ކުޑަ މިންވަރެއް ކަމަށެވެ.
"މާލެ އަތޮޅުން އެކަނި ވެސް އިރާދަކުރެއްވިއްޔާ ނިންމޭނެ. ރާއްޖެއަށް ބޭނުންވަނީ ތަރައްގީ. ތަރައްގީއަކީ ހިތަށް ފިނިކަން ލިބުން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ-- ފޮޓޯ: އެމްޑީޕީ
ރައީސް ވިދާޅުވީ، އުފާވެރި ދިރިއުޅެއް ހޯދުމަށް ބޭނުންވާ ތަރައްގީ ގެނެސްދެނީ އެމްޑީޕީއިން ކަމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ތަރައްގީ ގެނެސްދިނުމަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ގުރައިދޫ ދާއިރާގެ މެޖޯރިޓީ އަންނަ ރިޔާސީ އިންތިހާބުގައި ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ގުރައިދޫއަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، އެރަށުގެ ބިން ހިއްކީ ރައްޔިތުންނަށް ގޯތި ދެވޭނެ ގޮތް ހެދުމަށް ކަމަށެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްރަށުގެ ގޯތި ދިނުމުގެ ކަންކަން ކުރަން ޖެހެނީ ކައުންސިލުން ކަމަށާއި އެކަން ނުކޮށް އޮތުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.
"ސަރުކާރުން އެ އޮތީ ބޮޑު ބިމެއް ހިއްކާދީފައި. ރައްޔިތުން މިރަށުން ބޯހިޔާވަހިކަން ބޭނުން. ގޯތި ނުދެވެންވީ އެއްވެސް ސަބަބެއް މިރަށަކު ނެތް. އެކަން ކައުންސިލަށް ނުކުރޭ ކަމަށް ވަންޏާ ގެންނަން ޖެހޭ ބަދަލެއް ގާނޫނަށް ގެންނަން ޖެހެން ބަދަލެއް ގެނެސްގެން ވެސް މިރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ކައުންސިލަށް ފާޑުވިދާޅުވެ ރައީސް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ނުކޮށްދީ، އެކަން ހުއްޓުވަން ޖާގަ ނުދެއްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުދިކުދި 20 ރާއްޖެއަށް ނޯ
14 July 2023
ލޯކަލް ގަވަނޭންސް އޭ ކިޔާގެން މާލެއަށް ހުރިހާ ވަސީލަތްތަށް ލިބި މުއްސަނދިވީމާ އެކި ވަރުގެ ފާގީރު ކުދި އަތޮޅުތައް ތިބި ހާލަށް އެކަނިކޮށްލަނީ އަމިއްލަ ފައިނޭންސްއިން އަމިއްލަ ހިޔުމަން ރިސޯސްއިން އަމިއްލައަށް ޕްލޭންކޮށް ތަރައްގީވާށޭ ކިޔާފަ.
ވިނީ މަންޑޭލާ
14 July 2023
ތީ އެމެރިކާގަ އަޅާ ވައްތަރުގެ ޕޯސްޓުން ފޮނުވާ ވޯޓެއްތަ ކުރިއާލާ ފިލްކޮށްލީ އެއްލައްކަ؟ ސިއްރަކަށްވުރެ ފާޅުކަން ބޮޑު ވޯޓެއްތާތީ! ނޫ ގާނޫނު އަސާސީ ވޯޓެއްދޯ؟ ނޫ ގާނޫނަށް އަޅާ ވޯޓަކީ ބާތިލް ވޯޓެކޭ ރައީސް! ފެހި ގާނޫނުގަ އޮންނަނީ ސިއްރުން ވޯޓު އަޅަން ފާޅަކު ނޫން. ވޯޓު އަޅާ މީހުންގެ ގާނޫނީ ހައްގު ސިއްރު ގެއްލުވާލީމަ އެވާނީ ބާތިލް ވޯޓަކަށް. ޑިކްޓޭޓަރުން ތިފަދަ ގޮތްގޮތައް އުޅުއްވަނީ.
ވޯޓު
14 July 2023
އެއްލައްކަ ވޯޓުއަޅާފަ ދޯ ވޯޓު ފަށަނީ. މާތްކަލާނގެއަށް ބިރުވެތުވާ އާދަމުގެ ދަރިއަކު އެބައުޅޭތަ ތިޔަތަނުގަ.
ޒަންމި
14 July 2023
ރާއްޖެތެރެ ކޮންމެ ފެމިލައުން އެކަކު ނަމަވެސް މާލޭ ބޭޅުންގެ ކުލީގެ އަޅުންގެ ގޮތުގައި އުޅޭން ކަލޭ ފަހިކޮށްދޭތީ ދޮ 1 ލައްކަ ވޯޓު ލިބެނީ؟ ބުރާންތި!!!!
ރިއަލިޓީ ޗެކް
14 July 2023
ރާއްޖެތެރެ މީހުން މި ސޯލިހަށް ދެން ވޯޓު ދޭނީ ލައްކަ ގަޅި ވީމަ. ބޭސްފަރުވާއަކަސް ވަޒީފާއަކަސް މާލެއަށް ރަށްރަށު މީހުން އަންނަން މަޖުބޫރުކޮއްފަ ހިދުމަތްތައް މާލެއަށް ތޮއްޖައްސާފަ ރާއްޖެތެރެ މީހުން ކުލީގެ އަޅުންގެ ގޮތުގައި ގެންގުޅޭ ސިޔާސަތު އިތުރު ދުވެއްޔަކަަށް ލައިފި މިސޯލިހު ހަމައެކަނި މާލެ މީހުންނަށް ގޯތި ދީގެން. މިއަދުވެސް މާދަމާވެސް ރާއްޖެތެރެމީހުން މާލޭގައި ތެޅޭނީ ގަނަ. ދައްކާނީ ޖިޒީ. ބޭހަކަށް އަޔަސް މާލެ މީހުންނަށް ކުލި ދައްކަ ދައްކާ.
1 ލައްކަ މައި ފޫޓް
14 July 2023
މީނަ ހެލޫސިނޭޓު ވެފަތަ އަޅެ؟ ބޯ ހަލާކު.
ވެރިންގެ ވެރިކަން ސިއްކަގެ ވެރިކަން
14 July 2023
މިހާރު ގޯތި ދީފަ ތިބި އެންމެންނަށް ގޯތި ހަވާލު ކުރާ ދުވަސް އެއީ އެންމެންގެ ވޯޓު ސޯލިހުއަށް ލިބޭނެ ދުވަސް
ޑައިވަރު
14 July 2023
ކާފު ގުރައިދޫ މީހުންނަށް ވެސް ކަނޑުއަޑިން ގޯތި ދީބަލަ އެއް ލައްކަ ވޯޓޭ ބަތާނައޭ ނުކިޔާ. ގުރައިދު މީހުންނަށް ކީއްވެތަ ހުޅުމާލެން ގޯތި ހައްގު ނުވަނީ؟ އެވެސް ކާފު އަތޮޅު. މިވެސް ކާފު އަތޮޅު. ހުޅުމާލެއިން ކ.މާލެ މީހުންނަށް ގޯތި ދޭ ގޮތަށް އެމީހުންނަށް ވެސް ، ކާފު އަތޮޅު އެހެން މީހުންނަށް ވެސް ދޭން ޖެހޭނެ އެހެންވީމަ! ތި ރޭސިސްޓު ސިޔާސަތާ އެކު 1 ލައްކަ ވޯޓު ކަނޑުއަޑިން ކަލޭ ހޯދަންޖެހޭނީ އިގިއްޖޭ
ނޯ ގޯތި ނޯ ވޯޓު
14 July 2023
އޭނަ ފޮނުވަނވީ ގުރައިދު މީހުންނާ އެއްކޮށް ފީނަން
ނިއުރޯން
14 July 2023
ނެކްސް ޖޯޖު ޕުލިޒް ބެއްޔާ
ކަލްކިއުލޭޝަން
14 July 2023
ޕްރައިމަރީގަ ލިބުނު 25 ހާސް ވޯޓާއި ރައީސް ކަމުގަ ހުރީތީ ލިބޭ 10 ހާސް ވޯޓު ދެން އަދާލަތުގެ 1 ހާސް ވޯޓާއި ސިޔާމުގެ 5 ހާސް ވޯޓު ޖާބިރުގެ 1 ހާސް ވޯޓު އަދި ވެރިކަމަށް އައުމަށްފަހު ތާއީދު ލިބިފައިވާ 2 ހާސް މީހުންގެ ވޯޓު. މިއީ ޖުމްލަ ގާތްގަނޑަކަށް 45 ޙާސް ވޯޓު އެންމެ ގިނައިންވެސް. ދެން 1 ލައްކަ ހަމަ ކުރަން ވިސްނާނަމަވެސް 2 ވަނަ ބުރަކަށް ދާން ޖެހޭނީ. ޔާމީނު އަށް ކުރިމަތި ލެވޭނަމަ އެއްވަނަ ޔާމީނަށް ލިބޭނީ. ދެން ނެތް ޖުމަލް 20 ހާސް ހަމަވާ އެކަކުވެސް.
މަތާރަން
14 July 2023
އެހެންވީމާ ގޯތި ލިބުނު މާލޭ ބޭޅުން ވޯޓްލާ. އަނެއްކާ އެއްލައްކަ މީހުނަށް ގޯތި ލިބުންތަ