ހުސެން އަލީ (ކ) އަދި އޭނާގެ "އަ ސީކްރެޓް ވީ ޝެއާ" ފޮތުގެ ބޭރުގަނޑު
09 ފެބުރުއަރީ 2017 - 10:09
ކިތަންމެ ހަގު އުމުރެއްގައި ވެސް ހުވަފެނެއް ހަގީގަތަކަށް ހެދިދާނެ އެވެ. ޒުވާން ނޫސްވެރިޔާ ހުސެން އަލީ އޭނާގެ ޅެންވެރިކަމުގެ ހުނަރު ހާމަކޮށްދެމުން ފޮތެއް ނެރެން އެ އުޅެނީ އުމުރުން 20 އަހަރުގަ އެވެ.
މާދަމާ ވިއްކަން ފަށާ "އަ ސީކްރެޓް ވީ ޝެއާ"ގައި ހުސެން ހިމަނާފައިވާ 120 ޅެމަކީ އޭނާގެ އެންމެ ފުން އިހުސާސްތަކެވެ. ފުރާވަރުގައި ކުރި ތަޖުރިބާތަކަށް ބިނާކޮށް އެކި ދުވަސްތައް މަތިން ލިޔުނު ޅެންތައް އެއްކޮށްލައިގެން ހުސެން ކިޔައިދެނީ އޭނާގެ ހަޔާތުގެ ސިއްރުތަކެވެ. އެއީ އިބްރަތްތެރި ވާހަކަތަކެކެވެ.
އިނގިރޭސި ބަހުން ލިޔެފައިވާ ޅެންތައް ފޮތެއްގެ ގޮތުގައި ނެރެން ހުސެން މަސައްކަތް ފެށީ މީގެ ހައެއްކަ މަސް ކުރިންނެވެ.
"މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ދިރިއުޅުމަށް އައި ބަނަ ދުވަސްތަކެއްގައި ދެތިން ޅެމެއް ލިޔުނީ. ދެން އިތުރު ޅެންތައް ލިޔަމުން އައިސް ހިތަށް އެރީ އެ ހުރިހާ އެއްޗެހި އެއްކޮށްލާނީއޭ. އެއްކޮށްލީމާ ޚިޔާލު އައީ ފޮތެއް ނެރެން،" ޕީއެސްއެމްގެ މަޖައްލާ "މާލްދީބު"ގެ ލިޔުންތެރިޔާ ކިޔައިދިނެވެ.
ހަތަރު ބާބެއްގެ މައްޗަށް އެކުލެވޭ ފޮތުގައި ހިމެނޭ ޅެންތަކުން ހުސެން ފުރަތަމަ ކިޔައިދެނީ ގާތް މީހަކު މަރުވެގެން ކުރިމަތިވި ހިތާމައިގެ ވާހަކަ އެވެ. އެއަށް ފަހު ހުށަހަޅައިދީފައިވާ "ލަވް އެންޑް ބިޓްރޭޔަލް"ގައި، ލޯބީގެ ހިތި ތަޖުރިބާއެއް ހިއްސާކުރެ އެވެ. ތިންވަނަ ބާބަކީ "ބްރޭކްއަޕްސް އެންޑް ހާޓްއޭކްސް" އެވެ. ފަހު ބާބު "ޓްރަޔަމްފްސް އެންޑް ވިކްޓްރީ"ގައި ހުސެން ކިޔައިދެނީ ދިމާވި ހުރިހާ ހިތްދަތިކަމަކުން އަރައިގަނެ ހިތްވަރާއި އުއްމީދު އާވެގެން ދިޔަ ގޮތެވެ.
"ޅެންތައް ގެނެސްދީފައި ހުންނާނީ ވަކި ތަރުތީބަކުން، ވާހަކައެއް ނިއުޅެމުންދާ ގޮތަށް،" ހުސެން ބުންޏެވެ.
އޭނާ ބުނީ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މާދަމާ ހަވީރު ބާއްވާ ހަފްލާއެއްގައި ފޮތް ނެރޭ އިރު ފޮތާ ގުޅުން ހުރި "ވަރަށް ބޮޑު ސަޕްރައިޒެއް" ވެސް އެބައޮތް ކަމަށެވެ. ފޮތުގައި ހިމެނޭ ބައެއް ޅެންތައް އެ ހަފްލާގައި ހުށަހަޅައިދޭން ވަނީ ނިންމައިފަ އެވެ.
"އަ ސީކްރެޓް ވީ ޝެއާ" ޕްރީއޯޑާ ކުރުމުގެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލައިފަ އެވެ. އެމެޒޮން ކިންޑްލް އިން ވެސް ފޮތް ލިބެން ހުރި އިރު ކޮންމެ ގައުމެއްގައި ހުރެގެން ވެސް ފޮތަށް އޯޑަރު ދެވިދާނެ ކަމަށް ހުސެން ބުންޏެވެ. ފޮތެއްގެ އަގަކީ 350 ރުފިޔާ އެވެ.
"އަ ސީކްރެޓް ވީ ޝެއާ" ޕްރީ އޯޑާކުރެވޭނެ ގޮތް ފޭސްބުކް ޕޯސްޓެއްގައި
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒޫޝަނިސްޓުން
30 December 2020
ތިބުނާ ސިއްރަކީ ކޮބާކަމާ، ގާތްކޮށްގެން ދިފާއުކޮއްދީ ހިއްވަރުދެނީ ކޮންކަހަލަ ބައެއްކަން މިރާއްޖޭ ސޯޝަލްމީޑިއާ ކުދިންނައް އެނގޭ. ތަރުހީބެއް ނެތް.
ޒަގަބާގުގެ މާމަ
10 February 2017
އެއްފަހަރާ މުއްސަނދި ވާންތަ ތިއުޅެނީ....
ކ
10 February 2017
އެއީ އިނގިރޭސި މީހެއް
ޝެއަރ
10 February 2017
ކީއްކުރަން ގަންނަނީ؟ ދުވަސްކޮޅަކުން ފޭސްބުކް އިން ތި ކިޔާލަފާނަން
އާއިތެރި
10 February 2017
މިއީ ޝުންބާގެ ތިމާގެ މީހެއްތަ؟
މާމަ
09 February 2017
ތި އަގުގަ ކިތައް ފޮތް ވިކޭނެބާ؟؟
ފޮތް އަލަމާރި
09 February 2017
ގަންނަން ބޭނުމަސް ނުގަނެވޭނެ. ވަރަށް ގިނަ ފޮތް ގަންނަން ބޭނުން އެކަމަކު ނުގަނެވޭ، އެހާ ބަގެއް ނެތް
އަލީ
09 February 2017
ނިކަން އިންގްލިޝް ވެގެން އުޅޭ މީހުން ގަންނާނެ. ގަނެފަ ފޮޓޯވެސް ޝެއަރ ކުރާނެ. އެކަމަކު ނުއެއްކިޔާނެ!
ވަހީދު
09 February 2017
ޖާހިލުންނާއި ޖާހިލުންގެ ގޮތްތައް ރީތިވެގެން އުޅޭ މުރަނގަ ގަސްދޮށު މާލިމީންނަށް ފޮތެއް ގަންނާކަށް ފައިސާއެއް ނުހުންނާނެ. އެކަމަކު އެހެންވެސް ޒާތެއްގެ ކުޅޭ އެއްޗެއް ދަޅެއް ގަންނަން ކިތަންމެ ވަރަކަށް ވެސް ފައިސާ ހުންނާނެ.
ހާމް
09 February 2017
އިނގިރޭސި ބަހުން ޅެން ލިޔުމަށް ވުރެ ދިވެހި ބަހުން ޅެން ފޮތެއްގައި ނެރުން މާ ރަނގަޅުވީސް
ކުބޭ
10 February 2017
އޭނާ ބޭނުންވަނީ އޭނާގެ ހަޔާތް އިނގިރޭސިންނަށް އަންގަން.