ހުޅުމާލޭގައި ހަދަމުން އަންނަ އިމާރާތެއް: ހުޅުމާލޭގައި ލަގްޒަރީ ރެސިޑެންޝިއަލް އިމާރާތްތަކެއް ހަދަން ފަސް ބިމެއް ވިއްކަން އާބަންކޯ އިން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: މިހާރު
17 ޖުލައި 2023 - 11:45
ހުޅުމާލެ 1 ގައި ލަގްޒަރީ ރެސިޑެންޝަލް އިމާރާތްތަކެއް ހަދަން ފަސް ބިމެއް ވިއްކަން ނިންމައި ބީލަން ހުށަހެޅުމުގެ ފުރުސަތު އާބަންކޯ އިން އިއްޔެ ހުޅުވާލައިފި އެވެ.
އެ ކުންފުނީގެ އިއުލާނެއްގައި ބުނީ، އެ ބިންތައް ގަންނަން ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު 17 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ބީލަން ހުޅުވާލުން ވެސް އޮންނާނީ ހަމަ އެ ދުވަހު ކަމަށް އެ ކުންފުނިން ބުންޏެވެ.
ލަގްޒަރީ ރެސިޑެންޝަލް އިމާރާތްތަކެއް ހަދަން ވިއްކަނީ ހުޅުމާލެ ފެރީ ޓާމިނަލް ކުރިމަތީގައި އޮންނަ ދެ ބިމަކާއި ދިރާގު ހުޅުމާލެ އޮފީސް ކުރިމަތީގައި އޮންނަ ތިން ބިމެކެވެ. އެއީ؛
• ލޮޓް 10322 - 25،660 އަކަފޫޓުގެ ބިމެއް
• ލޮޓް 11808 - 24،961 އަކަފޫޓުގެ ބިމެއް
• ލޮޓް 11809 - 24،652 އަކަފޫޓުގެ ބިމެއް
• ލޮޓް 11828 - 20،727 އަކަފޫޓުގެ ބިމެއް
• ލޮޓް 11829 - 23،229 އަކަފޫޓުގެ ބިމެއް
އިއުލާނާ އެކު އާންމުކުރި މައުލޫމާތު ކަރުދާހުގައިވާ ގޮތުގައި، މި ބިންތަކުގައި ހަދަން ޖެހެނީ 2+1 (1،000 އަކަފޫޓް) އާއި 3+1 (1،300 އަކަފޫޓް) ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. ކޮންމެ އެޕާޓްމަންޓެއްގައި ސިޓިންރޫމަކާއި ބަދިގެ/ކާގެ އަކާއި ލޯންޑަރީ އަދި ބެލްކަންޏެއް ވެސް ހުންނަން ޖެހޭނެ އެވެ.
އެ ބިންތައް ގަންނަން ހުށަހަޅާ ޕްރޮޕޯސަލާ އެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000ރ. ވެސް ހުށަހަޅަން ޖެހެ އެވެ.
އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން އާބަންކޯ އިން މިހާރު ވެސް އަންނަނީ ހުޅުމާލޭގެ އެކި ތަންތަނުގައި ރެސިޑެންޝަލް އިމާރާތްތައް ހަދަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެކެއްޓެރީ
18 July 2023
5ލައްކައެއްހާ މީހުންނަށް ރާއްޖެ މާ ބޮޑީ. ހުޅުމާލެ އެކަނިން ފުދޭ. އެހެންވެ ގައުމު މި ވިއްކާ ހުސް ކޮށްލީ.
ވަން ސެންޓުރަލް ޕާކު ބިން ހިލޭ!!
17 July 2023
ކިހާބޮޑު ޖޯކެއް.. އިންޑިޔާ ކުންފުންޔަކުން އިހަށްދުވަހު މެޑަލްޖަހާ ނިންމާފަ ހަވާލު ކުރި ހުތުރު އެޕާޓުމެންޓު، ( ވަން ސެންޓުރަލް ޕާކު) ގެ ބިމަކީ ސީދާ ހިލޭދިން ބިމެއް.. އަދި ރިސޯޓުހަދަން ރަށެއްވެސް ދިން… ބޮޑެތި ނޫސްތަކުން މިކަންތަށް ރަނގަޅަށް އެބަބެލޭތަ؟.. އެހެންމީހުން ޖެހެނީ ގަންނަން… އިންޑިޔާ މީހުންނަށް ހިލޭ!!!.. އެވެސް އެންމެ ޕުރައިމް ލޮކޭޝަން އިން…!! މިވާއެތި އެބަ އިންގޭ؟؟؟
މެނޭޖަރު
17 July 2023
ކެމްޕޭނައް ލާރި ހޯދަން ބަޔަކައް ނުއަގުގަ ބިންތައް ބަހާލަން ތިޔަ ތެޅެނީ ޖީބަައް ވަންނަބައި ބޮޑުވާނެކަމައް މިބަލަނީ
އޮނަރަބްލް އަފީފު ދީދީ
17 July 2023
ލަންޑަނާއި، ނިއުޔޯކް، ކެމްބަރާ އާއި މޮސްކޯ ފަދަ ބިމުގެ އަގުބޮޑު ތަންތަނުގައި ލަޤްޒަރީ ކޮންޑޯރ ހަދާފައި ވިއްކާއިރު ކޮންޑީ ތަކުގެ ވަޑައިގެން ހުންނަ ބިންތައް މެދުފަންތީގެ އެތައް ހާސް މީހުނަށް ހިލޭ ބިންދީ އެބިންތައް "ކުލީ އަޅުން ޖަމާކޮށް ފުރާލާފައި" ކިތަންމެ އަގުބޮޑު ލަޤްޒަރީ އެޕާޓްމަންޓް ހަދާ ވިއްކާން އުޅުނުކަމަށް ވިޔަސް "ސްލަމް އެއްގެ މެދުގައި" ހަދާ ލަޤްޒަރީ އެޕާޓްމަންޓް ހަމަހޭގައި ހުރި އިންސާނަކު ނުގަންނާނެ. ތިއުޅެނީ ބިން ކޮންމެވެސް މީހަކަށް ދޭން.
އޮނަރަބްލް އަފީފު ދީދީ
17 July 2023
ބާޒާރުގެ އަގަށް ފުލެޓްތައް ވިއްކުމަށްޓަކާ ތަނުގައި ނެތް ފެންވަރެއްގެ ނަން ތަނަށްދީގެން "ލަޤްޒަރީ އެޕާޓްމަންޓް ނުވަތަ ވިލާ ތަކުގެ ނަމުގައި" މެދުފަންތީގެ ފެންވަރުވެސް ނެތް ތަންތަން ވިއްކުމަކީ މަކަރުވެރި އޮޅުވާލުމެއް. # އެކޮމަޑޭޝަން ތަކަށާއި ހޮޓާ ފަދަ ތަންތަނުގައި ބޭނުންކުރާ "ތަރި" ނުވަތަ ސްޓާރ އާއި ލަޤްޒަރީ ފަދަ ޓާމްސް ތަކަކީ ވަކިދަތަޖަ ތަކެއް (ތަން ހަދާން ބޭނުންކޮށްފައި ހުންނަ ތަކެއްޗާއި އިންޓީރިއާ އަދި ތަނުގެ ސައިޒް ފަދަ) ހުރިމުން ކިޔާ ނަންނަން.
ކުނި
17 July 2023
މާލޭ-ރާއްޖެތެރެ ކިޔާލަ ކިޔާލާ ތިބޭ ކަލޭމެން. ތިތަންތަން ނަގާނީ "އަވައްޓެރި'" ގައުމެއްގެ ކުންފުނި ތަކަކުން. ތަންހަދާފަ ނަގާނީވެސް އެގައުމުގެ ފަރުދުން. މިހާރުވެސް އޭގެ ގާނޫނީ ކަންތައްތައް ދިރާސާއެބަ ކުރޭ. ބޮޑުމީހާ ކެންޕޭން ލާރިކޮޅު ހޯދަނީ. ވެރިކަމުގަ ބާރެއްނެތް. ރައްޔިތުން އެހާ ޖާހިލު. ދިވެހިރާއްޖެ ގެއްލެނީ. މާކަދުވަހެއްނެތް.
އައްޑޫ ކަލޯ.
17 July 2023
އަހަރުމެންނަށް ރަނގަޅީވެސް ތިގޮތް. އަހަރުމެން ނުޖެހޭ އަހަރުމެން ބާކީކޮށްފައި އޮތް ތަނެއްގެ ކަންކަން ރަނގަޅުކޮށް ތިރަށުމީހުންނަށް ބިމާއި ފުލެޓް ހޯދަން އަހަރުމެން މަސައްކަތް ކުރާކަށް ނުޖެހޭ. އިންޑިޔާ މީހުން ތިތަނުގައި ތިއްބަސް އެމީހުންވެސް ލާރިދޭ ބަޔަކަށް ތަންތަން ކުއްޔަށް ދޭނެ.
ކޮރަލް
17 July 2023
ގަންނާނެ ބަޔަކު ވީމަ އިއުލާން ކުރީ އެވެ.
ރާއްޖެ
17 July 2023
މަހީކުރީ މިއީ 3 ވަނަ ދުނިޔޭގެ ގައުމެއް ކަމަށް. މި ފަސް އަހަރު މިތާ މި އަޅަން ފެއްޓީ މުޅިންހެން ލަގްޒަރީ ފްލެޓް.
ގައުމީދޫ:)
17 July 2023
ތި ބިންތައްވެސް ދޫކުރާނީ "އަވައްޓެރި" ގައުމެެއްގެ ކަރުދާސްކުންފުނިތަކަކަށް، ތިތަން ހަދާނީ ދިވެހިންނަށް އެޕާރޓްމަންޓްތަށް އެޑްވާންސްކޮށް ވިއްކައިގެން ލިބޭ ފައިސާއިން ، އަމަލީ މަސައްކަތްކުރާނީ ދިވެހި ކުންފުނިތަކުން. ފައިދާ "އަވައްޓެރި" ގައުމުގެ ކުންފުނިތަކަށް!
ނަމެއްނެތި
17 July 2023
އިބޫގެ ކެންޕެއިންއަށް ފައިނޭންސްކޮށްދޭން ޝަރުތުކޮށް އިންޑިޔާގެ ކުންފުނިތަކަށް ދޭން ކަނޑައަޅާ ބިންތަކެއް. ދިވެހި ރައްޔިތުންގެ ހަރުމުދާ ވިއްކާ ހުސްކުރަނީ.