ޓެކްސް އިދާރާ މީރާގެ އޮފީސް. ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ މަހު ވެސް ދަށަށް-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
18 ޖުލައި 2023 - 12:57
ޓެކްސް ދައްކަން އިތުރު މުއްދަތެއް ދިނުމުން، މިދިޔަ ޖޫން މަހުގެ ޓެކްސް އާމްދަނީ ދަށް ވެއްޖެ އެވެ.
މިދިޔަ މަހު ޓެކްސްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނެވެ. އެއީ މިދިޔަ އަހަރުގެ ޖޫންމަހާ އަޅާބަލާއިރު 400 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. މިދިޔަ އަހަރު ޖޫން މަހު ދައުލަތަށް ވަނީ 1.6 ބިލިއަން ރުފިޔާ ލިބުނެވެ.
ޓެކްސްގެ އާމްދަނީ 30 ޕަސެންޓު ދަށްވީ، އިންކަމް ޓެކްސް އާއި ޓޫރިޒަމް ލޭންޑް ރެންޓުން ލިބުނު އާމްދަނީ ދަށްވުމުން ކަމަށް މީރާއިން ބުންޏެވެ. އެއީ ޓެކްސް ދައްކަން އޮތް މުއްދަތުތައް އިތުރު ކުރުމުންނެވެ.
މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ޓީޖީއެސްޓީން ލިބުނީ 266 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހަށް ވުރެ 100 މިލިއަން ރުފިޔާ މަދު އަދަދެކެވެ. އަދި އާންމުންގެ އަތުން ނެގި ޖީއެސްޓީގެ ގޮތުގައި ލިބުނީ 207 މިލިއަން ރުފިޔާ އެވެ.
ޖޫން މަހު ލިބުނު ޓެކްސްގެ އަދަދު ދަށްވި އިރު މިދިޔަ މެއި މަހު 1.7 ބިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ލިބުނެވެ.
މިދިޔަ މަހު ޖެނުއަރީން ފެށިގެން އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ އަށް ޕަސެންޓަށް، އަދި ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކްސް 16 ޕަސެންޓަށް ވަނީ ބޮޑުކޮށްފަ އެވެ. އޭގެ ކުރިން ޓީޖީއެސްޓީގެ ގޮތުގައި ނެގީ 12 ޕަސެންޓް އަދި ޖީއެސްޓީ ގޮތުގައި ނެގީ ހަ ޕަސެންޓެވެ.
ޖީއެސްޓީ ބޮޑުކުރި ފުރަތަމަ މަހު ޓެކްސްގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ލިބުނެވެ. އޭގެ ފަހުން ހުރިހާ މަހަކު ވެސް ޓެކްސް އާމްދަނީ ދިޔައީ ދަށްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޣަނިއަ
18 July 2023
ޓެކްސް ދައްކަން އިތުރު މުއްދަތެއް ދިނުމުންވީކަމެއް ނޫންތި މި އޮފްސީޒަން އެހެންވެ ދައްވާނެ އަދި ކުރީ އަހަރައްވުރެ މިއަހަރު ޖޫން މަހު ގެސްޓުން އާލެއްމަދު