ކުރެއްދޫގައި ކުޅުނު މެޗަށް ފަހު އެފްއޭއެމްގެ ރައީސްގެ ބައްސާމް (ވ) ގެ ފަރާތުން އުއްޗު (ކ) އަށް ޖޯޒީއެއް ހަވާލު ކޮށްދެއްވަނީ: އެ މެޗުން ލިބުނު ފައިސާ އެފްއޭއެއެމުން ކުޅުންތެރިންނަށް ނުދޭތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފަ --- ފައިލް ފޮޓޯ: އެފްއޭއެމް
20 ޖުލައި 2023 - 12:08
މަޝްހޫރު ވިޔާފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ކުރެއްދޫ ރިސޯޓްގައި ކުޅުނު މެޗުން ލިބުނު ފައިސާ، ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދިނުން ލަސްވީ އެ ފައިސާ އެފްއޭއެމްގެ އެހެން ކަންކަމަށް ބޭނުން ކުރުމުން ކަމަށް އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
އުއްޗު ދެއްވި ފައިސާ އާ މެދު އެފްއޭއެމުން ކުރިން ބުނި ވާހަކަ އާއި އަންގާރަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައްސާމް ދެއްކި ވާހަކަ ތަފާތެވެ.
ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދިނުމަށް، އޮކްޓޯބަރު 2021 ގައި އުއްޗު މެދުވެރިވެގެން ހޯދައިދިން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް ކުޅުންތެރިންނަށް ނުދީ ހުރި މައްސަލަ ފެންމަތިވުމުން، މިދިޔަ އަހަރު އޮކްޓޯބަރު މަހު އެފްއޭއެމުން ބުނީ އުއްޗު ދެއްވި ފައިސާ އެބަހުރި ކަމަށާއި އެ ފައިސާ ނުގެއްލޭ ކަމަށެވެ.
ކުރެއްދޫގައި 2021 ގެ އޮކްޓޯބަރު މަހު ގައުމީ ޓީމުން ކުޅުނު މެޗަށް ފަހު ގައުމީ ކެޕްޓަން އަކުރަމް (ކ) ގެ ފަރާތުން އުއްޗު އަށް ޖޯޒީއެއް ހަވާލުކޮށް ދެއްވަނީ
އޭގެތެރޭގައި ހިމެނެނީ އުއްޗު ސީދާ ދެއްވި 500،000ރ. އާއި އެސްޓީއޯ އިން ދިން 500،000ރ. އާއި ދިރާގުން ދިން 100،000ރ. އަދި ވިލާ ޓްރެވަލްސް އިން ދޭން ބުނި 100،000ރ. އެވެ.
ވިލާއިން ދޭން ޖެހޭ ފައިސާ އަދި ވެސް ދީފައި ނުވާކަމަށް ބައްސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުއްޗުގެ ކުރެއްދޫގައި ކުޅުނު މެޗުން އެފްއޭއެމަށް އޭރު 1.1 މިލިއަން ރުފިޔާ ލިބުނު އިރު އެ އެސޯސިއޭޝަނަށް މާލީ ގޮތުން ދަށް ހާލަތެއް ކުރިމަތިވެފައިވުމުން އެ ފައިސާ އެހެން ކަންކަމަށް ބޭނުން ކުރި ކަމަށެވެ.
"އެ ފައިސާ އައިއިރު (ޖަމާވިއިރު) އަޅުގަނޑުމެންގެ ފައިނޭންޝިއަލް ޑިފިކަލްޓީސްތަކެއް ހުރުމުން އެ ފައިސާ ހުންނާނެ އެފްއޭއެމްގެ ހަރަދުތަކަށް ވެސް ބޭނުންކޮށްފަ. އަޅުގަނޑުމެން ކޮންމެހެން ފޮރުވާކަށް ވެސް ނެތިން،" ބައްސާމް ވިދާޅުވި އެވެ.
"އުއްޗުގެ އެ ރަށުގައި ކުޅުނު މެޗަށް ފަހު [އުއްޗު] ވިދާޅުވީ މިފައިސާއަކީ އެފްއޭއެމަށް ދެއްވި އެއްޗެކޭ. އެފްއޭއެމުން ނިންމާށޭ އެ ފައިސާ އަށް ކަންތައް ކުރަންވީ ގޮތެއް."
ކުރެއްދޫގައި ކުޅުނު މެޗަށް ފަހު، ކުރެއްދޫ ޓީމުގެ ކުޅުންތެރިންނާއި އެ ރިސޯޓްގެ ވެރިން އަދި ގައުމީ ޓީމުގެ ކުޅުންތެރިންނާއި އެފްއޭއެމްގެ ވެރިން ފޮޓޯ އަކަށް ހުއްޓިލައިގެން
ބައްސާމް ވިދާޅުވީ އެ ދުވަހު އޭނާ ނިންމީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެ ފައިސާ ދިނުމަށް ކަމަށެވެ. ނަމަވެސް އެ ފައިސާ ދިނުން ލަސްވީ، އެ މެޗުން ލިބޭނެ ކަމަށް ބުނި ޖުމުލަ ފައިސާ ލިބުން ލަސްވުމުގެ އިތުރަށް، އެފްއޭއެމްގެ މާލީ ހާލަތު ހުރި ގޮތުން އެ ފައިސާ އެހެން ހަރަދުތައް ކުރުމުން ކަމަށެވެ.
މިހާރު އޭގެއިން ބޮޑު ބައެއް ކުޅުންތެރިންނަށް ޖަމާކޮށްފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ. އެގޮތުން މާޗް މަހު ޕާކިސްތާނާ ދެކޮޅަށް ލ. ގަމުގައި ކުޅުނު މެޗުގައި ކުޅުނު ބައެއް ކުޅުންތެރިންނަށް ވަނީ އެ ފައިސާ ދީފަ އެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިންނަށް އެ ފައިސާއެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަކޮއި
20 July 2023
ދެން ބައްސާމުވެސް އަބުރުގެ ދައުވާ މިހާރު ނޫހަށް ކޮށްލާ.. “މިސްޓަރ ޕެޓީކޭޝް” ހެދިހެން. (https://mihaaru.com/news/123619) ލޮލް… މިބައްސާމު މީއަޅެ ދިވެހި ފުޓުބޯޅައަށް ޖެހިފައި އޮތް ބޮޑު މުސީބާތެއްނުން.. މީނާ ބޭރުކިރެވޭނެ އަދި މީނާގެ މަައްސަލަ ބެލޭނެ ފެންވަރެއްގެ އިދަރާއެއް ކޯޓެއްވެސް ނެތީތަ އަޅެ މި ގައުމުގައި؟؟ މިއީކީ ޚިޔާނާތެއްނޫންތަ؟
އުއްޗު ފައިސާ ދެއްވިގޮތް ކަމަކުނުދޭ
20 July 2023
ފައިސާ ފޮއްޗެއް އަތުޖެހިއްޖިއްޔާ ދަތް ހީލިކަރުވާ މީހުން ގިނަވީމައި، އެއްވެސް ބޭފުޅަކު، ކާމިޔާބު ޙާޞިލްކުރާ މީހަކަށް ހިތްވަރުދެއްވުމުގެ ގޮތުން ފައިސާގެ އިނާމެއް ދެއްވަންޏާ، ދެވަނަ ފަރާތެއް މެދުވެރިނުކޮށް ފައިސާ ޙަވާލު ކުރަންވާނީ ސީދާ އެމީހަކަށެވެ.
ހިބިރިންބެއްޔާގެ ކުޑަސޮރު
20 July 2023
ލިބެންޖެހޭ ހައްގުވެރިންގެ އިޒުނައެއްނެތި ހަމަ ތިހެން ހަރަދުކޮށްލެވޭތަ؟ އެއީ ކިތަންމެ ބޮޑުކަމެއްކަމަަށް ވިޔަސް.
ާާއަލިބެ
20 July 2023
މިއަށް ކިޔަނީ ހިޔާނާތް. ޏުޖެހޭ އެހެން ކަމަކަށް ބޭނުންކުރާކަށް. ހީވަނީތަ އެއީ ވަރަށް އައިދައިގެ ކަމެކޭ އެލާރި އެހެންކަމަކަށް ބޭނުންކުރުން އެއީ. މިކަހަލަ ތަންދޮރު ނުދަންނަ މީހުން ހެޔޮނުވާނެ މިކަހަލަ މަޤާމުތަކަށް ކުރިމަތިލައިގެން އުޅެން. ބައްސު އައުޓް
ސޮޑުބައްސާމު
20 July 2023
ކޯންޗެއް ތި ކިޔަނީ ދިވެހިން ވެއްޖެ އެއްނު މިނޫން މީހަކު ހޯދަން ހީވަނީ މީނަ އަމިއްލަ ތަނެއް ހެން އެފްއޭ އެމް މީ . އަލީ އުމަރު މެން ލައިގެން ފުޓްބޯޅައެއްވެސް ނޫން ދިރުވޭނީ. އުއްޗު ދިނީ އެފައިސާ ބައްސާމު ކުންފުނި ދިރުވަން
ވޯލް
20 July 2023
މުޅިތަން ބޮށްސުންލާގެން ދާއިރުވެސް ނުބެލެހެއްޓޭ ދޯ.
މާޒިޔާ ކޮކީ
20 July 2023
ޤައުމީ ޓީމުގެ ވަކިވަކި ކުޅުންތެރިންނަށް ދެއްވި ފައިސާއެއް ނަމަ އުއްޗު އެ ފައިސާ ދެއްވާނީ ސީދާ ކުޅުންތެރިންގެ އަތަށް.. އެފައިސާ އެފްއޭ މޯލްޑިސްއާ ހަވާލުކުރުމުން އެފައިސާ އެސޯސިއޭޝަންގެ އެހެން ކަންކަމަށްވެސް ހަރަދު ކުރެވިދާނެ. އެއީ މައްސަލައެއްނޫން.. އައު ކުލަބުތަށް އައިސް ދިވެހި ފުޓުބޯޅައިގަ ރަސްކަންކުރަމުން އަންނާތީ ނިއުރޭޑިއަން، ވިކްޓުރީގެ ނޫސްވެރިން ފައިހިރުވަނީ ހަމަ
ސާދާގަރު
20 July 2023
އިއްޒަތްތެރި ރިޔާސީކެނޑިޑޭޓު. ވިލާޓްރެވަލްސުން ދޭންބުނި އެއްލައްކަރުފިޔާ އަދިވެސް ނުލިބެޔޯ؟؟ އިންތިހާބަށް ތިވާވައުދުތަކަށް މިހެން ނުވާނެބާ؟
މިގުލް
20 July 2023
އެއްމެ ލައްކަ އެއް ދޯ ރިޔާސީ ކެންޑިޑޭޓަ ނުދެވުނު ވެރިކަން ލިބިއްޖެއާ އަމިއްލަ ވިޔަފާރި މެޖުހައް ޖަހާނެ ޖާސިމް
އުއްޗު
20 July 2023
ހަބަރުދާރު! ހަމަ މިހާރު ލާރިލޮޅު ޓީމަށްދީ ބޭނުން ކޮއްފީމޭ!!!!
ސަސި
20 July 2023
ހިޔާނަތްތެރި ނުވާކަމަށް ވިދާޅުވަނީ