މައުމޫން: އެމަނިކުފާނު އިސްވެ ހުންނަވާ އުފެއްދި އެމްއާރުއެމްއިން ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ވަނީ ހުޅުވާލާފައި --- ފޮޓޯ/މިހާރު
25 ޖުލައި 2023 - 19:31
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ.
އެމްއާރުއެމްއިން ބުނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެމްބަރުންނަށް އެ ފުރުސަތު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އެ ޕްރައިމަރީގައި ވާދަކުރެވޭނީ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަތާ އެއް އަހަރު ވެފައިވާނަމަ ކަމަށް އެމްއާރުއެމްއިން ބުންޏެވެ.
އެމްއާރުއެމްއިން ބުނިގޮތުގައި ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އަންނަ މަހުގެ ފުރަތަމަ ދުވަހު ބާއްވާނެ އެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އެމްއާރުއެމްއިން އިއުލާން ކުރިއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ވަނީ އިންތިހާބުގައި ވާދަކުރައްވަން ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތް ފަށްޓަވައިފަ އެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއާރުއެމްއާ އެކު ޖުމްހޫރީ ޕާޓީން އެކުގައި ވާދަކުރަން މަޝްވަރާތަކެއް ވެސް މިހާރު ދަނީ ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސްނުހީނާ
26 July 2023
ކީކޭ ދެންކިޔާނީ؟ ކޮންމެވެސް ދިމާލަކުން ކޭކުކޮޅެއްލިބޭތޯ! އޮޔާގޮސްފައޮތް ޕާޓީގަނޑެއް! ގާނޫނީ އަދަދުވެސް ހަމަނުވޭ!
ފަހުލަވާން
26 July 2023
މެލޭޝިޔާގެ އިދިކޮޅު ޕާރޓީތައް ގުޅިގެން، ގައުމުގެ ކަންކަން ހަމަ މަގަށް އަޅުވައި އަލުން މިނިވަން އިންތިޚާބަކަށް ފުރުސަތު ހޯދުމަށްޓަކައި ތަޖްރިބާކާރު ޑރ. މަހާތީރު ވެރިކަމަށް ގެނައި ފަދައިން ، ރާއްޖޭގެ އިދި ކޮޅު ފަރާތްތަކުންވެސް ރައީސް މައުމޫނު ވެރިކަމަށް ގެނެސް ރާއްޖޭގެ މުއައްސަސާތައް ހަރުދަނާކޮށްގެން އަލުން އިންތިޚާބަކަށް މަގު ކޮށަން ފެނޭ!
ރާޒުވާ
26 July 2023
މައުމޫނު އެހުންނަނީ ދަރިން ދެ ކޮޅަކަށް ލައިގެން. ސޯލިހު ކައިރި ޔުމްނާ، ޔާމީނު ކައިރި ގައްސާނު. ފާރިސް އާ ޔުމްނާ އާ ވެސް ކޮޅުކޮޅަށް ލައިގެން. ބޭނުންވަނީ އެއާއިލާ އަށް ވެރިކަން ގެންދަން އޭގެ މީހަކު ވެރިކަން ކުރަން. އިދިކޮޅު ކޯލިޝަނެއް ހަދައްވެސް އެއްބަސް ނުވަނީ މައުމޫނާ ޔާމީނާ ނު. މިވާ ގޮތް އެބަ ވިސްނޭތަ؟
ސުންދުސް
26 July 2023
އެ ޕާރޓީ މަރެއްނުވޭ. ފާރިސް އެބަ ހަނާއަޅާ!
އަލީރާޖާ
26 July 2023
ތިޔަ އާއިލާއަށް ވެރިކަން ކުރެވުނު ވަރު އަދިވެސް މަދީތޯ؟ ދެން ތިނޫން ކަމަކާ އުޅުއްވަބަލަ! މިހާރު ޕާޓީގައި 3000 މީހުންވެސް ހަމަ ނުވޭ!
ނަސޭހަތް
26 July 2023
އަލީރާޖާ ވޯޓްނުދިނީމާ ރަނގަޅުވާނެ. ރިޔާސީ ނިޒާމުގައި ވެރިކަމަކަށް އާއިލާއެއް ނުހޮވާނެ.
ސާބަސ
26 July 2023
ވެރިކަމާހެދި މޮޔަވެފަ
ވަރަށްސަލާމ
26 July 2023
3000 މީހުން ހަމަނުވާ ޕާޓީއެއްދޯ އަދިވެސް ވެރިކަމާއިގެން
ނާކީ
26 July 2023
އެންމެ ރަނގަޅު ވާނީ ފާރިސް އާއި ޒައީމް މައުމޫން އާއި ދެބޭފުޅުން ވާދަ ކުރެއްވުން ކަމަށް ފެނޭ.. ދެން ގިނަ ވޯޓް ލިބިވަޑައިގަންނަވާ ބޭފުޅަކަށް ޓިކެޓް އަރުވާނީ..
ފުވާދު ދޮންބޭ
25 July 2023
މި ޕުރައި މަރީ ގައި ލެސްދެން ތިރީ ތައުޒަން ހަމަ ނުވާ ކުދި ސްމޯލް ޕާޓީ ތަކުގެ ބޭފުޅުންނަށް ވެސް ބޭނުމިއްޔާ ވޯޓު ލެވިދާނެ!!!
ކުރިޔަށް ދިވެހި ގައުމު
25 July 2023
ރައީސް މައުމޫނު ވަރުގެ ވެރިޔަކު އަދިވެސް ނުފެނޭ