ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ފަޅައި ކެއްކި ވެލާތަކުގެ ބައިތައް: ވެލާ ފެޅުމުގައި ބައިވެރިވި ކޮންމެ މީހަކު 198،000ރ. އިން ވަނީ ޖޫރިމަނާކޮށްފައި -- ފޮޓޯ: ޕޮލިސް
30 ޖުލައި 2023 - 13:15
ބ. އަތޮޅު ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި، އެ އަތޮޅުގެ ކެންދޫގެ ހަތް މީހަކަށް ކޮށްފައިވާ ޖޫރިމަނާގެ މުއްދަތު ހަމަވިއިރު ވެސް އެ ފައިސާ ނުދައްކާ ކަމަށް އީޕީއޭ އިން ބުނެފި އެވެ.
ވެލާ ފެޅުމުގައި ބައިވެރިވި ކޮންމެ މީހަކު 198،000ރ. އިން ޖޫރިމަނާކޮށްފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އެއީ 30 ދުވަސް ތެރޭގައި އެ ފައިސާ ދެއްކުމަށެވެ.
އީޕީއޭގެ ޑިރެކްޓަރު އިބްރާހިމް ނައީމް މިއަދު ވިދާޅުވީ، މުއްދަތު ހަމަވެފައި ވާއިރު ވެސް އެ ފައިސާ ދައްކާފައި ނުވާ ކަމަށެވެ.
ކެޔޮދު އަށް ބަޔަކު ގޮސް، އެ ރަށުގައި ވެލާ ފަޅައިގެން އުޅޭ ކަމުގެ މައުލޫމާތެއް ފުލުހުންނަށް ލިބުނީ މިދިޔަ ފެބްރުއަރީ މަހުގެ ތިނެއްގަ އެވެ. އެހެންވެ، އެ ރަށަށް ފުލުހުން ގޮސް އެކަމުގައި ބަލަން ޖެހޭ ކަންކަން ބަލައި އެ މައުލޫމާތު އީޕީއޭއާ ހިއްސާކުރީ އެވެ.
ފުލުހުން އެ އެންމެންގެ ބަޔާން ނެގުމަށް ފަހު ދޫކޮށްލީ އެވެ.
އީޕީއޭ އިން ބުނެފައި ވަނީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ހަ ވެލާ ފެޅި ކަމަށާއި އެ ރަށުގައި އެ މީހުން ވެލާ ފެޅި ކަމުގެ ހެއްކާއި އެހެނިހެން މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.
ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އޭޕްރީލް 4، 2016 އިން ފެށިގެން ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފަ އެވެ.
ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި އެއަށް ގޯނާކުރުމަކީ މަނާކަމެކެވެ. އެއީ ބޮޑު ޖޫރިމަނާއެއް އަންނަ ކުށަކަށް ވިޔަސް އަދިވެސް ދިވެހިންގެ ތެރޭގައި ވެލާ ހިފައި، އެ ކައި ހަދާ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮއް!
31 July 2023
އާދެ! ދެން އަޑު އިވިވަޑައިގަންނަވާނީ، ހެޔޮފުޅުކަމުން ޖުރިމަނާ މައާފު ކޮށްދިން ވާހަކަ؟ޕޮއް!
ނުރަބޯ
31 July 2023
ދެންމެދެންމެ އެފްކޮންސް ޖޫރިމަނާ ކޮށްފާނެހެން ހީވާއިރަށް ނައީމްބެ އިންޑިއާއަށް ގެންގޮސް ބޮލަށް ޗިޕެއް ޖެހުމާއެކު އެ މައްސަލަ ވީތަނެއް ވެސް ނޭނގޭ.
ށަލި
31 July 2023
ދައްކަންޖެހޭ ސަބަބެއް ނެތް. އެފް ކޮންޖޫރިމަނާ ހޯދައިފަ ރައްޔިތުން ފެލާނި
ރެޓޭ
31 July 2023
ތި ފައިސާގެ ވާހަކަ ނުދައްކާ ޝައުނާގެ މޭޒު މަތީ އޮތް ފައިލް ހުޅުވޭތޯ ނައީމްބެ ބަލާބަލަ!
ދޗ
30 July 2023
ހެޔޮވާހަކަ ފުޅެއް
ދޯޕައްޓާ
30 July 2023
ޖޫރިމަނާކުރީމަ ވެލާ ވިހައިގެން ގިނަވޭތަ.
ޔތފދ
30 July 2023
ޖޫރިމަނާ ކުރި ކޮންމެ ރުފިޔާ އަކަށް ގަހެއް އިންދަން އެންގި ނަމަވެސް މާ ރަގަޅު ވީސް. ތިޔަ ރުފިޔާ ދައުލަތަށްދެއްކީމާ އެ ފައިސާ ހަރަދު ކުރާނީ ރުއްގަސް ކަނޑާފަ ތާރު އަޅަން.
ޕެޓީ ކޭސް
31 July 2023
އެފައިސާ މިދުވަސްކޮޅު ތަޅާލާނީ ޕެޓީ ކޭސްގެ ގޮތުގައި ކެމްޕޭނަށް.
ޢަޒްރާ ޢަލީ
30 July 2023
ވެލައެއް ފަޅާލީމަ ޖޫރިމައިނާ ކޮއް އަދަބު ދެވޭ މީހަކު ކަރު ބުރިކޮށް މަރާލިޔަސް ގާނޫނެއް ނުހިނގާ ގާނޫނެއް އޮތަސް އެއަކަށް ޢަމަލެއް ނުކުރޭ ގަވާއިދެއް ހަދައި ފިއްޔާ އެއަށް ބޯލަބަން ޖެހޭ މީ ކޮންފަދަ ބޮޑު މުސީބާތެއްތޯ؟
ޕޫރުބެ
30 July 2023
ރާއްޖޭގެ ގާނޫނު ތަންފީޒު ކުރެވެނީ ފަގާރުންނާއި އިދިކޮު ސިޔާސީ މީހުންގެ މައްޗަށް!
ކިރު ސައި
30 July 2023
މާލޭ މީހުނަށް 18 މިލިއަން ރުފިޔާގެ ގޯތި ހިލޭ ދީފަ ތަނަކުން ވެލައެއް ކާލީމަ ޖޫރިމަނާ ފައިސާދައްކަން ޖެހެނީ ކޮން ހަމައަކުން.