ޚިޔާލު

ޓްރާންސްޕޭރެންސީ ހޭލާ ވަގުތު ޖެހުނީ!

ޓްރާންޕޭރެންސީގެ ފަރާތުން ބައްދަލުވުމެއްގައި ޕްރެޒެންޓޭޝަނެއް ދެނީ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފުވައްމުލަކުގައި ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވެވި ކެމްޕެއިން ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވި ވާހަކައާ އެކު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުއްލި ޓްވީޓެއް ކުރި އެވެ. ރައީސްގެ ކެމްޕެއިނަށް ހުރަސްއަޅާ ނަމަ އިދިކޮޅުގެ ކެމްޕޭނަށް ވެސް ފުރުސަތު ނުދޭނެ ކަމުގެ އިންޒާރަށް ނުސީދާ ރައްދެއް ދީފައި އަނެއްކާ "ނިދީ" އެވެ.

މިހެން މި ބުނީ އެ ޖަމިއްޔާ އަށް މީހުން އަބަދުވެސް ކުރާ ތުހުމަތާ މި ޓްވީޓް އައި ގޮތް ދިމާވާތީ އެވެ. ބައެއް ފަހަރު ނިދާ ގޮތަށް، ކިތަންމެ ވަރަކަށް ގައުމު ގުޑިޔަސް ހެޔެއް ނުލަ އެވެ. އެކަމަކު ދެން ފެންނަނީ ހޭލައި އޮވެ ހުރިހާ ކަމަކާ ބެހޭތީ އެވެ.

ފައްޔާޒުގެ އެ ވާހަކަ އައުމުން އަނެއް ދުވަހުގެ މެންދުރު ކުރި ޓުވިޓުން ފެނުނީ އެއް ފަރާތެވެ. ފައްޔާޒުގެ ނަން ނުގެނެސް ކުއްލިއަކަށް ކުރި ޓުވީޓުގައި ޓްރާންސްޕޭރެންސީން ހަނދާން ކޮށްދިނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 28 ވަނަ މާއްދާ (ހ) އެވެ.

އެ ޖަމިއްޔާ އިން އެދުނީ އެ މާއްދާގައި ވާ ގޮތުގެ މަތިން އިންތިހާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކަށް ވެސް އިންތިހާބުގައި ވޯޓު ލާ މީހުންގެ ތާއީދު ހޯދުމަށް ކެމްޕޭން ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. ރަނގަޅު ވާހަކައެކެވެ. އެ ހައްގު އޮންނަން ޖެހެ އެވެ. ހުރަސް އަޅައިގެން ނުވާނެ އެވެ. އެ ހައްގު ހަނިކުރުމަށް އިންޒާރު ދިނުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އެކަމަކު އެ މާއްދާގެ އެހެން އަކުރުތައް ޓްރާންސްޕޭރެންސީއަށް ފެނުނު ކަމަކަށް ނުވެ އެވެ. ހާއްސަކޮށް އެ ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) އެވެ. އަޅުގަނޑަށް މައްސަލައަކީ އެއީ އެވެ.

އެ ދާއިރާއެއްގެ މީހުންނާ ބައްދަލުކޮށް ވާހަކަ ދެއްކުމާއި ސުލްހަވެރިކަމާ އެކު އެއްވުންތައް ބޭއްވުމުގެ ވާހަކަ ވެސް އެ މާއްދާގައި އޮވެ އެވެ. ސުލްހަވެރިކަމާ އެކު އެއްވުންތައް ބާއްވަން އެކި ރަށްރަށުން ހުރަސް އަޅާ ތަނެއް ޓްރާންސްޕޭރެންސީއަކަށް ނުފެނުނެވެ. އެތައް ރަށަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ހުރަސް އަޅަން މަސައްކަތް ކޮށްފި އެވެ. ބައެއް ރަށްރަށުން އިދިކޮޅު މީހުން އަޑުގަދަކުރާ ބޭނުންކޮށްގެން ކެމްޕެއިން ޖަލްސާ އަށް ހުރަސް އަޅަން މަސައްކަތް ކޮށްފައި ވެސް އެބަހުއްޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަޕޯޓަރުންނާ ސަލާމް ކުރައްވަނިކޮށް، ކިއޫ ފަޅާލާފައި ވަދެ ސީދާ އެ މަނިކުފާނާ ދިމާކުރަން އުޅުމުން ހުއްޓުވާފައި ވަނީ ފުލުހުން ނުކުމެ އެވެ. ނަތީޖާއަކީ ކުރިމަތިލުން ހިނގުމެވެ. ސިފައިން ނެރެން ޖެހުމެވެ.

ފައްޔާޒުގެ އެ ވާހަކަ އައީ ވެސް އެހެންވެ ކަމަށް ބެލެވެ އެވެ. އާދިއްތަ ދުވަހުގެ ރޭ ފުވައްމުލަކުގައި އޮތް ޖަލްސާގައި އޭނާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ހުރަސް އަޅާ ނަމަ ރާއްޖޭގެ އެއްވެސް ރަށެއްގައި އިދިކޮޅުގެ ކެމްޕެއިން ކުރުމުގެ ފުރުސަތު ނުދޭނެ ކަމުގެ އިންޒާރެވެ.

"އަޅުގަނޑުމެންގެ ކެމްޕެއިނަށް އެ ގޮތަށް ތާ އަބަދު ހުރަސް އަޅާ ކަމަށް ވަންޏާމު ދިވެހިރާއްޖޭގެ އެއްވެސް ރަށެެއްގައި ވެސް އެ ބޭފުޅުންނަކަށް ކެމްޕެއިނެއް ނުކުރެއްވޭނެ. އެހެންވީމާ އެކަން ހުއްޓާލަން މިހާރުން މިހާރަށް މި ގޮވާލަނީ،" ފައްޔާޒް ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގާ ކޮރަޕްޝަނާއި ނޭއްގާނީ ކަންތައްތައް ބަލައި މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އުފައްދާފައި އޮތަސް އެއީ އެކި އިރަށް ފޮޅޭ ފަދަ ޖަމިއްޔާއެކެވެ. ހަމަހަމަކަމާ އެކު ކަންކަން ނުފެންނަ ވާހަކަ އެތައް ބަޔަކު ދައްކަ އެވެ. ނިދިން ހޭލެވެނީ ވެރިކަމުގައި ނުވަތަ އިދިކޮޅުގައި ތިބޭ ބައެއްގެ "މޫނު" ސާފުކޮށް ފެނުމުންނެވެ.

ފުވައްމުލަކުގެ ޖަލްސާ ނިމުނު ފަހުން ފުލުހުންނާ ދިމާލަށް އިދިކޮޅު ބަޔަކު ގާ އުކައި ހަތަރު ފުލުހަކު އަނިޔާވި އެވެ. ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނެވެ. ފުލުހުންނާ ދިމާލަށް ގާ އުކީ ފުލުހުން މީހަކު ހިފެހެއްޓުމުން ކަމަށް ވެ އެވެ. އެކަމަކު، ގާނޫނު ތަންފީޒު ކުރަން ތިބޭ ބަޔަކު މީހަކު ހިފެހެއްޓިއޭ ބުނެ ފުލުހުންނާ ދިމާލަށް ގާ އުކައި އާންމުންގެ ތެރެއިން ބަޔަކު ބޮޑު ހަމަނުޖެހުމެއް ހިންގުމަކީ ސުލްހަ ނަގާލުން ކަަމަކަށް ޓްރާންސްޕޭރެންސީއަކަށް ނުފެނުނެވެ. އެކަން ކުށްވެރިއެއް ވެސް ނުކުރެވުނު ތާނގައި ނަސޭހަތެއް ވެސް ނުދެވުނެވެ. އެއްކަލަ ގާނޫނުގައި ބުނާ މާއްދާއާ ހަވާލާދީ، ސުލްހަވެރިކަމާ އެކު އެއްވުންތައް ބޭއްވުމަށް ވެސް ހަނދާން ކޮށެއް ނުދެވުނެވެ.

ހިޔާލުފާޅުކުރުމުގެ ހައްގު އޮންނަން ޖެހޭނެ އެވެ. އެ އަށް އެއްވެސް ބަޔަކު ހުރަސްއަޅައިގެން ނުވާނެ އެވެ. އެއީ ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހައްގެކެވެ. އެއްވެ އުޅެވެން ޖެހޭނެ އެވެ. އެކަމަކު، ބޮޑު ހަމަނުޖެހުމަކަށް މެދުވެރިވާ ގޮތަށް ނުވަތަ އަނެއްކޮޅުން ކެމްޕެއިން ކުރާ މީހާގެ ހައްގަށް އެރޭ ގޮތަށް އެކަން ކުރާ ނަމަ އެއީ މައްސަލައެކެވެ. އިދިކޮޅުން ބެނާތައް ދަމަން ޖެހޭނެ އެވެ. އެއީ ހައްގުތަކެވެ. އެކަމަކު ބެނާތަކުގައި ހަޑިހުތުރު ބަހުން، އާންމު މިންގަނޑާ ހިލާފަށް ލިޔާ ނަމަ އެއީ ވެސް ގޯހެކެވެ.

ރާއްޖޭގައި ހިންގާ ކޮރަޕްޝަނާއި ނޭއްގާނީ ކަންތައްތައް ބަލައި މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އުފައްދާފައި އޮތަސް އެއީ އެކި އިރަށް ފޮޅޭ ފަދަ ޖަމިއްޔާއެކެވެ. ހަމަހަމަކަމާ އެކު ކަންކަން ނުފެންނަ ވާހަކަ އެތައް ބަޔަކު ދައްކަ އެވެ. ނިދިން ހޭލެވެނީ ވެރިކަމުގައި ނުވަތަ އިދިކޮޅުގައި ތިބޭ ބައެއްގެ "މޫނު" ސާފުކޮށް ފެނުމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރަށް ބަލާލަމާ ހިނގާށެވެ. ޓްރާސްޕޭރެންސީ އަށް އޭރަކު ނުނިދުނެވެ. ބައެއް ފަހަރު ހީވަނީ އެ ފަސް އަހަރު 24 ގަޑިއިރުގެ ނިދި ގެއްލިފައި ތިބޭ ބައެއް ހެންނެވެ. އެހާ ވެސް ފާރަވެރި އެވެ. ބަޔާންތައް އެހާ ވަރަށް ނެރެލަ އެވެ. ޔާމީންގެ ސަރުކާރުން ބައެއް ރަށްރަށް "ވިއްކާލަން" އުޅޭ ކަމަށް ބުނެ އަޑު އެރުމުން އެކަމުގެ ތެރެއަށް ވެސް އެންމެ ކުޑަމިނުން ވަދެގަތެވެ. ކަމުގެ ދެކޮޅު އޭރު ވެސް ނުބަލަ އެވެ.

ޓްރާންސްޕޭރެންސީން ބޭނުންވީމާ ވަކި ބަޔަކަށް ދައުވާ ކޮށްގެން ނުވާނެ ކަމަށް ބުނެ ވެސް އޭރު ބަޔާން ނެރެ ކަންބޮޑުވުން ފާޅުކުރި އެވެ. ކުންފުންޏެއްގެ ހައްގަކަށް ނުވަތަ އެތައް ބައެއްގެ ހައްގަކަށް އެ މީހަކު އެރި ކަމުގެ ތުހުމަތު ކުރެވުނަސް ހެވެ. އެހާ ވެސް ޔާމީންގެ ވެރިކަމުގައި ޓްރާންސްޕޭރެންސީ ހަރަކާތްތެރި އެވެ.

މި ފަސް އަހަރު ކަންތައް ނުހިނގަނީ ހެއްޔެވެ؟ ޓްރާންސްޕޭރެންސީން ބަޔާން ނެރެނީ ސާބިތުވާ ކަންކަމަށް ބަލައިގެނެއް ނޫނެވެ. ކިހާ ތުހުމަތެއް މި ފަސް އަހަރު ކޮށްފި ހެއްޔެވެ؟ ކިތައް ބަޔާން އެ ޖަމިއްޔާ އިން ނެރެފި ހެއްޔެވެ؟ ފަސް އަހަރުގެ ބޮޑު ބައި އެ ދިޔައީ ޓްރާންޕޭރެންސީ އަކީ އޮތް ތަނެއްކަން ވެސް ނޭނގި އެވެ.

އެއްވެ އުޅުމުގެ ހައްގު ގެއްލޭ ވާހަކަ އިދިކޮޅުން ކިހާވަރަކަށް ދައްކައިފި ހެއްޔެވެ؟ ކިތައް އެއްވުން ރޫޅާލައިގެން، މީހުންތައް ހައްޔަރު ކުރުމުން ކިހާ ވަރަކަށް އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. ކަންކަން ރަނގަޅު ކުރަން ގޮވާލައި ޓްރާންޕޭރެންސީން ކުރި ކަމެއް ފެންނާކަށް ނެތެވެ. ފުލުހުންނާ އެކު ކިހާ ބައްދަލުވުމެއް ބާއްވައިފި ހެއްޔެވެ؟ ކިތައް ބަޔާން ނެރެފި ހެއްޔެވެ؟ ޝަރުއީ ދާއިރާ އަށް ކިހާ އިނގިއްޔެއް ދިއްކޮށްފި ހެެއްޔެވެ؟

ޓްރާންސްޕޭރެންސީން ބޭއްވި ސެޝަނެއްގައި އެ ޖަމިއްޔާގެ ދެ އޮފިޝަލަކު ބައިވެރިވަނީ.

އަޅުގަނޑަށް ފެންނަ ފެނުމުގައި މި އުޅެނީ އިންތިހާބާ ކައިރިވުމުން "ކޮޅު ބަދަލުކުރުމުގެ" ސިލްސިލާއެކެވެ. ސިޔާސީ އޮއިވަރަށް އައި ބަދަލެކެވެ. ދެން ޓްރާންސްޕޭރެންސީ މޯލްޑިވްސް ފެންނާނެ އެވެ. ވަރަށް އަޑު ގަދަވާނެ އެވެ. ޕާޓީތަކުގެ އެތެރޭގައި ފެކްޝަން ހެދި "ރޫޅެމުން" ދާއިރު ޓްރާންސްޕޭރެންސީން ވެސް ކޮންމެވެސް ކޮޅެއް ނަގަން ޖެހޭނެތާ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް ބޭނުންވާ ކޮންމެ ކަމެއްގައި އެ ޖަމިއްޔާ ނުކުންނަ ތަން ފެނުމަކީ އާ ކަމެއް ނޫނެވެ. ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއެއްގެ ތެރެއަށް ވެސް ވަދެފާނެ އެވެ. އެކަމަކު، މީހުންގެ ހައްގު ގެއްލޭ އެތައް ކަމެއް ތަކުރާރުވާއިރު ވެސް މިއަދުގެ ހަގީގަތަކީ މުޅިން އެހެން ކަމެކެވެ. އިންތިހާބުގެ ސިޔާސީ ބަދަލަށް ފަރިތަ ޓްރާންސްޕޭރެންސީ މި ދެތިން މަހަށް އަޑުގަދަވިޔަސް އަޅާނުލާށެވެ. އެއީ އާންމު ކަމެކެވެ. އެކަމަކު ދެން އަނެއްކާ ވެސް ނިދާނީ އެވެ.

25 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 6%
icon angry icon angry 32%
icon wow icon wow 0%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިލްމީގެ ބްރޯ

07 August 2023

އެންމެ ވާތް ފަރާތުގަ އިން ސޮރު ފެންނަ ފެނުމަށް ހާދަ 'އެހެންކަހަލަ' އޭ. މާ ގިނަދުވަހެއް ނުވެ މިސޮރު ވެސް ރާއްޖެ ދޫކޮށ ދާނެ ކަމަށް ބެލެވޭ. މިޒާތުގެ ހުރިހާ ކަމެއްގަ އުލޭނީ ހަމަ އެ 'ވައްތަރު' ގެ ބޭފުޅުން...

The name is already taken The name is available. Register?

އަލިފުޅު3

07 August 2023

ތިޔައީ އުވާލަން ޖެހޭ ޖަމްއިއްޔާ އެއް! އިބްރާހީމް ހުސެއިން ޒަކީ ކެނެރީގެ މުޙައްމަދު ނަޝީދަށް ދެއްވި 'ހަދިޔާ' އެއް!

The name is already taken The name is available. Register?

މަކުނު

04 August 2023

ވެސްޓެން ފަންޑެޑް އެން.ޖީ.އޯސް ތަކަކީ ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ ބައެއް.

The name is already taken The name is available. Register?

ޓިންޓިން2020

04 August 2023

ވައިކަރަދޫ މުޙައްމަދުކޮއިބޭގެއި އައްޒަ ތިޔަ ޕެނަލުންފެނުނީމަ ވަރަށް އުފާވޭ.

The name is already taken The name is available. Register?

ޕިޔޯނު

04 August 2023

ޢަވަހަށް ބަޔާން ނެރެންފަށާ، މަސްއަިނުތައް ފުރާލައިފި، އެންއެޅި ވަރެއް އޮންނާނީ!

The name is already taken The name is available. Register?

‫ނޮޓް ސޯ ދަ ޑިމޮކްރެޓްސް ޕާރޓީ

04 August 2023

2008 އިން ފެށިގެން ތިޔަ ޓަރާންސްޕޭރެންސީ މޯލްޑިވްސް އަޅުގަނޑަށްފެނޭ. ތިޔައީ އެތަނުގައި ތިބޭ މީހުން ތާއީދުކުރާ ބަޔަކަށް ފަހިވާގޮތަށް ވާހަކަދައްކާ ވަރަށް ޕާރޓިޒާން ބައެއް.

The name is already taken The name is available. Register?

މަނިކުބޭގެކުރުސީ

04 August 2023

ޓްރާންސްޕާރެންސީ އަކީ ކޮންކަމަކު ކޮންތާކު ކީއްކުރަން ގެންގުޅޭ ކޮންއެއްޗެއްބާ. ސައިބޯނި ބޮއްކެއްހެން ދޭތެރެއަކުން މިއެއްޗެއް ފެނިލާއެބަގެއްލޭ.

The name is already taken The name is available. Register?

އޮޅުވާލާ. ގެރި ދުއްވާ!

04 August 2023

ރަގަޅު! 5 ބޯގެރި ދުއްވާ! ޓްރާންސްޕޭރެންސީ އަކީ ކައްވަޅުގަ ނޫނީ ތާއަބަދު ނާޗަރަނގީގަ އުޅުނަސް ގިނަ ދިވެހިން ތިބޭނީ ނިދާފަ. ދިވެހިން ވައްކަން ކުރަނީ. ދިވެހިން ގައުމު ލޫޓު އަރުވާލަނީ. ދިވެހިންގެ ކުރިމަތީގަ ފާޅުގަ އެހެރަ ގައުމު ވިއްކާލަނީ. ދިވެހިން ހާމަކޮއް ދެފުއްކެހެރި ގޭމް ކުޅެނީ! ޑިމޮކްރަސީ މަސައްކަތް ކުރާނީ ގިނަ ބަޔަކު އުޅެންބޭނުން ވާ ގޮތަކައް. ޓްރާންސްޕޭރެންސީ މަތި ކޮއްލާފަ އާންމު ދިވެހިންގެ ގަސްދުކަ ލޯކަނުކަން އޮއްބާލާ! ގެރި ދުއްވާ!

The name is already taken The name is available. Register?

‫މަގޭ / މަތިއުތުރު

03 August 2023

‫ނުވިސްނާލާ އޮތް ވަރަށް ބޮޑު ތެދުފުޅެއް

The name is already taken The name is available. Register?

ހައްގުބަސް.

03 August 2023

ޕީޕީއެމްގެ ބެނާތަކާ ކެމްޕޭން ކުރުން މި ސަރުކާރުން ވަނީ ހުއްޓުވާފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454