26 މެއި

May 26, 2019 91
އަމިއްލަ ޕާޓީގެ މީހާ "ހަވަރަށް"!

ޑިމޮކްރެސީއެއްގައި ބޭނުން ހިޔާލެއް ފާޅުކުރުމުގެ މާނަ އަކީ ވާދަވެރިޔާ "ހަވަރަށް" ދިނުން ހެއްޔެވެ؟ އެ މީހާގެ ފަތިފުށް މި ޒަމާނުގައި ނަމަ ސޯޝަލް މީޑިއާގައި ހާމަކޮށް، "އޮރިޔާން" ކުރުން ހެއްޔެވެ؟ ސިޔާސީ ހަރަކާތެއްގެ ތެރެއިން ތިމާގެ ވާދަވެރިޔާއާ މެދު ޚާއްސަކޮށް މާދަމާ ވެސް އަމިއްލަ ޕާޓީގައި ހުރެ، އެ ޕާޓީގެ އަސާސްތައް ދިފާއު ކުރުމަށް...

20 މާޗް

March 20, 2019 30
ބޯހިޔާވަހިކަމުގެ ޔަގީންކަން، ސަރުކާރު ކޮބާ؟

މިހާރު މި އޮތީ އެ މޫސުން އައިސްފަ އެވެ. ބޯމަތިވެފައި މި އޮތީ ވަރުގަދަ އިންތިޚާބެކެވެ. އެ އިންތިޚާބަށް އަހުދާއި ވައުދުވުން އޮތީ މެކުހަށެވެ. ހާސިލް ކުރެވޭނެ ވައުދެއްތޯ ނުވަތަ ނޫންތޯ ބަލާނެ ކަމެއް ނެތެވެ. ކުރީގެ ސަރުކާރުން ގޯސްކޮށް ކުރި ބައެއް ކަންތައްތައް ވެސް މިއަދު މި އޮތީ ރަނގަޅުވާ ދަރަޖަ އަށް ގޮސްފަ އެވެ. އިންތިޚާބާ ދިމާކޮށް...

20 ފެބުރުއަރީ

February 20, 2019 49
ބަޔަކަށް ހަމަހަމަކަން ގާއިމްކުރެވޭނީ މިވަރަށް!

ހުޅުމާލޭގެ ބީޗް ސަރަހައްދު މިވަގުތު އަޅުގަނޑަށް ސިފަވަނީ މިހެންނެވެ؛ ކޮންމެ މީހަކު ވެސް ގޮސް ބޭނުން ސަރަހައްދެއްގައި ޓެންޓެއް ނުވަތަ މޭޒާއި ގޮނޑި ޖަހައިގެން ކެފޭ/ރެސްޓޯރަންޓެއްގެ ޚިދުމަތް ފަށަންވީ އެވެ. ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހުއްދައެއް ނަގާކަށް ނުޖެހޭނެ އެވެ. ދައުލަތަށް ބިމު ކުލި...

13 ފެބުރުއަރީ

February 13, 2019 54
މާލެ އަށް ސަޅީ ހަރުކަށިވުން!

މާލޭގައި ރޭ ކަފިހި ހުރަސް މަތިން މަގު ހުރަސް ކުރަން އުޅުނު އަންހެނެއްގެ ގައިގައި ކާރަކުން ޖެހި އޭނާގެ ހާލު ސީރިއަސް ވެ ކޯމާއަކަށް ވަނީ ގޮސްފަ އެވެ. މި ހިތާމަވެރި އެކްސިޑެންޓަށް ފަހު، ނަތީޖާ އަކީ ކަފިހި ހުރަސްތައް ކައިރީގައި އެއް ދުވަސް ނުވަތަ ދެ ދުވަސް ވަންދެން ފުލުހުން ޑިއުޓީ އަދާކުރާ ގޮތަށް ނިންމުން ކަމަށް ބުންޏަސް ހައިރާނެއް...

07 އޯގަސްޓް

August 07, 2017 25
މިއީ އަނިޔާގެ ރަނގަޅު މިސާލެއް!

ހާދަ ނުރައްކާތެރި ހަތަރު "ކުށްވެރިއަކު" ޖަލުގައި މި ވަގުތު އެބަތިއްބެވި އެވެ. އެއީ ރައްޔިތުންގެ ބޮޑު އަގުލަބިއްތަކުން ރައްޔިތުންގެ މަޖިލިހަށް ހޮވި ހަތަރު މެމްބަރެކެވެ. އޭގެ ތެރެއިން އެއް މެމްބަރަކީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އެވެ. އޭނާ އަކީ ކިހާ ނުރައްކާތެރި "ކުށްވެރިއެއް" ކަން މި އެނގުނީ އިއްޔެ އެވެ. އޭނާ...

01 އޯގަސްޓް

August 01, 2017 62
ރުޅި ނައިއްޔާ ދެރަ! ފުލުހުން ކޮބައިތަ؟

އާންމުން ރުޅި ގަދަވެގެން ހަފުސް ނުވިއްޔާ ދެރަ އެވެ. ތިން ދުވަހުގެ ތެރޭގައި ވަޅި ޖަހައިގެން މަރުގެ ދެ ހާދިސާ ހިނގައި، ރައްޔިތުން ބިރުން ފިތްކަނޑާލައިފި އެވެ. އެންމެން ވެސް ކުރަނީ އެއް ސުވާލެކެވެ. އަކަ ކިލޯ މީޓަރެއް ހަމަނުވާ ވެރިރަށުގައި ތިބިހާ ފުލުހުން ކޮބައި ހެއްޔެވެ؟

10 ޖުލައި

July 10, 2017 40
ގާރީ އެވެ؛ މި ސުވާލުތަކަށް ޖަވާބު ދެއްވާށެވެ!

މަތީގައި އެވާ ފޮޓޯއާ ގުޅޭ އެތައް ސުވާލަކަށް އިސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް (ގާރީ) ބައިވަރު ސުވާލުތަކަކަށް ޖަވާބު ދެއްވައިގެން ނޫނިއްޔާ، މިހާރު އުފެދިފައިވާ ނުތަނަވަސްކަން ފިލައިގެނެއް ނުދާނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމްގެ 10...

12 ޖޫން

June 12, 2017 72
ހަމަ އެއްވެސް މިސްރާބެއް ނެތް!

ބައެއް ފަހަރު މީޑިއާގައި ހުންނަ ސުރުޚީތައް ފެނިފައި ބޯ އަނބުރައި ގަންނަ ގޮތް ވެ އެވެ. އެފަދަ ސުރުޚީތައް ފެނިފައި ހިތަށްއަރަ އެވެ. މިއީ ކޮން މިސްރާބަކަށް ހިންގާ ސަރުކާރެއް ހެއްޔެވެ؟ ކަމެއް ކުރަން ނިންމާއިރު އެ ކަމެއްގެ ދެކޮޅު ބަލަނީ ކިހާ ވަރަކަށް ހެއްޔެވެ؟ ޕްލޭން ކުރަނީ ކިހިނެއް ހެއްޔެވެ؟ ބޮޑެތި ސިންގާ ކަންކަން އިއުލާން...

07 ޖޫން

June 07, 2017 26
އަޅުގަނޑަށް ނުވިސްނުނު ކަމެއް!

ގަތަރާ އެކު މީގެ 33 އަހަރު ކުރިން ރާއްޖެ އިން ގާއިމްކުރި ސިޔާސީ ގުޅުން މިދިޔަ ހޯމަދުވަހު ކަނޑާލުމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. ރާއްޖެ އާއި އީރާނާ ދެމެދު އޮތް ސިޔާސީ ގުޅުން މިދިޔަ އަހަރުގެ މޭ 17 ގައި ރާއްޖެ އިސްވެ ކަނޑާލާފައިވާއިރު މިފަދަ ކަންކަން މި ސަރުކާރުން ނުކުރާނެ ކަމަށް ބެލުމަކީ މިހާރު ކުށްހީއެކެވެ. އީރާނާ އެކު...

07 މެއި

May 07, 2017 60
އާސަންދަަ ކަނޑާލުން ބަދަލު ހިފުމަކަށް ނުވޭތަ؟

ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން އާސަންދަގެ ޚިދުމަތް ކުއްލި ގޮތަކަށް ރޭ ކަނޑާލުމަކީ ކޮންމެ ގޮތަކަށް ބެލި ކަމުގައި ވިޔަސް ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ޚާއްސަކޮށް ކުއްލި ގޮތަކަށް އަވަސް އަރުވާލައިގެން މިފަދަ ބޮޑު ނިންމުމެއް ނިންމައި ރޭގަނޑު 11:30 ވާން އުޅެނިކޮށް ސާކިއުލާއެއް އަމިއްލަ ތަންތަނަށް އީމެއިލް ކުރުމުން އެނގުނީ...

03 ފެބުރުއަރީ

February 03, 2017 59
އެނގުނީ ދައުލަތުގެ މުސާރަ އޮނިގަނޑުގެ ދޯހަޅިކަން

ފުލުހުންގެ މިދިޔަ މަހުގެ މުސާރައާ މެދު ކަންތައް ވެގެން ދިޔަ ގޮތުން ހާމަވި އެކައްޗަކީ ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކުން ކަންކަން ނިންމުމުގައި ގެންގުޅޭ ދޯހަޅި ސިޔާސަތެވެ. އުސޫލެއް، ރޭވުންތެރިކަން އަދި ހަރުދަނާ ސިޔާސަތެއް ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ ކަންތައްތަކުގައި ނެތްކަން ވަރަށް ސާފުކޮށް އެނގިއްޖެ އެވެ.

17 އޯގަސްޓް

August 17, 2016 8
އަބުރާ ބެހެނީ ވެސް، ކަންބޮޑުވަނީ ވެސް މަޖިލިސް!

ހިޔާލު ފާޅުކުރުން ހުއްޓުވޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން މިދިޔަ ހަފުތާގައި ފާސްކުރި ގާނޫނާ އެކު، ޕޯޑިއަމްތަކާއި އާންމު އެއްވުންތަކާއި ޓީވީތަކުގައި ސިޔާސީ މީހުން، އެހެން މީހުންގެ އަބުރަށް އަރައިގަތުން ހުއްޓިއްޖެ ކަމަށް ވިދާޅުވެ މަޖިލިހުގެ ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން އެ ގާނޫނު ވަރަށް ބޮޑަށް ދިފާއު ކުރައްވަ އެވެ....

10 އޯގަސްޓް

August 10, 2016 34
ހަތް މެމްބަރުންގެ ހިތްވަރަށް ސާބަސް، ޝުކުރިއްޔާ

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވަން ރައްޔިތުންގެ މަޖިލިހުން އިއްޔެ ފާސްކުރި ބިލާ ދެކޮޅަށް ވޯޓު ދެއްވި ހުރިހާ މެމްބަރުންނަށް ޝުކުރިއްޔާ އެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވި 31 މެމްބަރުންނާއި ވޯޓު ގަޑިއަށް މަޖިލިހަށް ވަޑައިނުގެންނެވި ބޭފުޅުން ގައުމަށްޓަކައި އެވީ ގުރުބާނީއެކެވެ. އެކަމަކު އޭގެ ތެރެއިން ރަން އަކުރުން ފަވާލަން...

29 ޖޫން

June 29, 2016 60
ރައީސް ޔާމީނާއި މައުމޫންގެ ކޯޅުން ފޯރިގަދަ ހިސާބެއްގައި

މައުމޫން ފައުންޑޭޝަނުން މިދިޔަ ހަފުތާގެ ބުދަދުވަހުގެ ރޭ ބޭއްވި ރަމަޟާން މަސް އިހުޔާކުރުމުގެ ފޯރަމްގެ ތެރެއިން އެއް ބައެއްގެ ސަމާލުކަން ހުއްޓުނީ އޭގެ ކުރީ ރޭ ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އުމަރު ނަސީރަށެވެ. ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ ޖެހިގެން ވާތް ފަރާތުން ދެ ވަނަ އަށް...

23 ޖޫން

June 23, 2016 25
ކޮލަމް އަސްދަނޑި: ނާޒިމް "ފްރޭމް"ކޮށްފި!

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރުތަކުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ހާމަކުރަން ފުލުހުން އިއްޔެ ރޭ ބޭއްވި ނިއުސް ކޮންފަރެންސް ބަލަން އިނީ ހައިރާންކަމާ އެކުގަ އެވެ. ނިއުސް ކޮންފަރެންސް ނިމުނުއިރު، ސުވާލުގެ އޮއިވަރެއް އުފައްދާލި އެވެ. ނާޒިމަށް ނުހައްގުން...

15 ޖޫން

June 15, 2016 25
ރައީސް ޔާމީނާއި މައުމޫނާ ދެމެދު އަނެއްކާ ކޮން ކަމެއް؟

ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެ ބޭފުޅުންގެ މެދުގައި ސިޔާސީ އެކި ކަންކަމުގައި ހިޔާލު ތަފާތުވެ، ބައެއް ކަންކަން ވަރަށް ގޯސް ހާލަތަކަށް ދާ ވާހަކަ އަބަދުވެސް ދެކެވެ އެވެ. އެއް އިރެއްގައި ރައީސް ޔާމީން އެންމެ އިތުބާރުކުރެއްވި އަހުމަދު އަދީބަށް، ނައިބު...

09 ޖޫން

June 09, 2016 60
އަސްދަނޑި: މާލޭގައި ބޮޑު މިސްކިތެއް! ކީއްކުރަން؟

ރާއްޖޭގައި މިހާތަނަށް އިމާރާތްކުރާ އެންމެ ބޮޑު މިސްކިތަށް މަރުހަބާ ކިޔަމެވެ. ސައުދީ ސަރުކާރުގެ ހިލޭ އެހީގައި މިފަދަ ބޮޑު، ރީތި އަދި ސައުދީގެ ރަސްގެފާނަށް ނިސްބަތްކޮށް ރާއްޖޭގައި މިސްކިތެއް އަޅާތީ އެކަމާ އުފާކުރަމެވެ. މިއީ ރާއްޖެ އަށް ލިބޭނެ ވަރަށް ބޮޑު ޝަރަފަކަށް ވާނެ އެވެ. އެތައް ބަޔަކު އެ މިސްކިތަކަށްޓަކައި ފަހުރުވެރިވާ،...

01 ޖޫން

June 01, 2016 22
އަސްދަނޑި: އިމިގްރޭޝަންގެ އެތެރޭގެ ދޯދިޔާކަން

ކޯޓުތަކުން ނެރޭ އަމުރަށް ތަބާވުމަކީ ކޮންމެ މީހެއްގެ މައްޗަށް ލާޒިމް ކަމަކަށް ވި ނަމަވެސް، ސަރުކާރުގެ ބައެއް މުއައްސަސާތަކުން އެއަށް ދޭ ސަމާލުކަން ކުޑަކަން އެނގެނީ އެއާ ގުޅުން ހުރި ކަމެއް ތަޖުރިބާ ކުރެވުމުންނެވެ. އެ ތަޖުރިބާ މި ފަހުން ކުރަން ޖެހުނީ މޯލްޑިވްސް އިމިގްރޭޝަން ގުޅިފައިވާ ކަމެއްގަ އެވެ.