ޚަބަރު / ފުލުހުން

ފައިސާ ފޭރުނީ ޗެޓުކޮށް "ދައުވަތު ދީގެން" ގެސްޓް ހައުސްއަކަށް ގެންގޮސް

×

މިދިޔަ ހަފްތާގައި ފިރިހެނެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތީ އެހެން ފިރިހެނަކާ އޮންލައިންކޮށް ޗެޓުކުރުމުގެ ތެރޭގައި ދިން "ދައުވަތަކަށް" ގެސްޓް ހައުސްއަކަށް ދިއުމުން އެތަނުގެ ތެރޭގައި ހިފަހައްޓައި ބިރު ދެއްކުމަށް ފަހުގައިކަން އެނގިއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ފުލުހުން ބުނެފައި ވަނީ އެ ދުވަހު މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި މީހަކު ރަހީނުކޮށް އަނިޔާކުރުމަށް ފަހު އެ މީހާގެ ބޭންކް އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވާ ކަމަށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ދެބައި އުމުރުގެ އެ މީހާ ގެސްޓް ހައުސްތެރޭ ހިފަހައްޓައި އަނިޔާކޮށް ބިރު ދެއްކުމަށް ފަހު ދޮޅު ލައްކައެއްހާ ރުފިޔާ ފޭރުނެވެ. މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ އިރު އަދި މި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރެ އެވެ.

ޖިންސީ ކަންކަމަށް ދައުވަތު ދީގެން ގެސްޓް ހައުސްތަކަށް ގެންގޮސް މީހުން ބަރަހަނާކޮށް ފޮޓޯ އާއި ވީޑިއޯ ނަގައި މީހުން ބްލެކްމެއިލްކޮށްގެން ފައިސާ ހޯދުމުގެ އެކި ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވެ އެވެ.

14 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 30%
icon angry icon angry 0%
icon wow icon wow 10%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަސަންތަކުރުބޭ

12 August 2023

ވަރަށް ކުރިޔަށް މިހާރު މިއޮތީ މުޖްތަމަޢު އައިސްފަ. އޮފީސް ނިއްމާފަ ގެސްޓުހައުސް ތަކަށް އަންހެން ކުދީން ނިކުންނަނީ ހަށިވިއްކަން. މިއޮތީ ޤައުމު ކުރިޔަށްޖެހިލާފަ. ގެސްޓް ހައުސް ތަކުގައި ކޮންކަމެއްބާ ނުހިނގަނީ. ގެސްޓުހައުސް ތަކުގެ ވެރިންނަކަށް ނޭގޭނެ. މެނޭޖަރ ދަންނާނެ. ޑޭޔޫޒްރޫމް ހޯދައިގެން މިގަނޑުގަންނަކަން އެގެންޖެހޭ. ޢިރިކޮޅަކާ ކުއްޖަކު ގެއްލިދާނެ. ފެނިދާނެ. މީގެ ޙަޤީޤަތަކީ މިއީ. ކީއްކުރާނީ ބެންކޮކަކީ މިޤައުމަކީ ހަމައެއްގޮތް.

The name is already taken The name is available. Register?

އިބޫ ސޯލިހު

08 August 2023

މިފަސް އަހަރު ފޭރުން ވީ އިތުރު

The name is already taken The name is available. Register?

އެހެންތަ

08 August 2023

އަސްލު ނޫން ދޯ؟ މާލެ މަގުތަކުގަ ގުރޫޕު ހަދައިގެން ތިބޭތަން ވެސް މިހާރު ވަރަށް ނުފެނެ ދޯ؟ އަޅުގަނޑަކީ ވަކި އިބޫ އައް ތާއީދު ކުރާމީހެއްވެސް ނޫން

The name is already taken The name is available. Register?

އަކްމޭ

08 August 2023

އަމައްޔާއި. ފިރިހެނަކު ގެސްޓްހައުސްއަކަށް ދިން ދައުވަތެކޭތަ؟ ???

The name is already taken The name is available. Register?

ރަސްޕަރީ

08 August 2023

"ދަޢުވަތު" ކުރިން އަޑުއަހަނީ ކައިވެނި ޕާޓީތަކަށް، ފަހުން ދަރުސް ތަކުން، އެންމެފަހުން ކަންނޭލެއް އޮތްކޮޓަރިއަކުން ބިޒްނަސް މީޓިންގތަކަށް ދަޢުވަތު އަރުވާ ވާހަކައިވެނީ.

The name is already taken The name is available. Register?

ލޮލަ

08 August 2023

ހާދަ އެހެން ކަހަލަ ދައުވަތެކޭ..

The name is already taken The name is available. Register?

ކޮރަލް

08 August 2023

މިހާރު މާލޭގެ ގެސްޓް ހައުސް އަދި މަސާޖް ޕާލާ ތައް ފިހާރަތަކާ ވާދަކުރަނީ އެވެ. ދުވަސް ކޮޅަކުން ފިހާރަ ތަކަށް ވުރެ ގިނަ ވެދާނެ އެވެ. މަސާޖް ޕާލާ ކިޔަސް އެތަނުގަ އޮންނަނީ ފާހިޝް އަމަލް ތައް ކުރުމެވެ. ބައެއްތަންތަން ޗެކް ކުރަން އަންނަ އިރު އެތަން ހުންނަނީ ޗެކް ކުރަން އަންނަ މީހާ ގެ ނަމުގަ އެވެ

The name is already taken The name is available. Register?

ބުރުމާ

08 August 2023

ހަމަ ދައުވަތެއް ލިބޭއިރަށް އެތަނަކަށް ނައްޓާލަން ވޭތަ؟

The name is already taken The name is available. Register?

އަހައްމަދޫ

08 August 2023

ތިބަންގާލުން ހިންގާ ގިނަ ގެސްޓްހައުސް ގެ ކަންތައްތައް ބަލާކަށް ނުވޭތަ ހޯމް މިނިސްޓަރީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އިން . އެތާ ހިންގާ ކަންތައްތަކާއި ގަވާއިދުން ރެޖިސްޓަރީކޮށްގެންތޯ އާއި ނުގަވާއިދުން އުޅެ ބޮނދުން ހިންގާ ތަނެއްތޯ އާއިމިހުރިހާ ކަމެއް ބަލާ ފިޔަވަޅު އަޅާބަލަ

The name is already taken The name is available. Register?

ތެފައާސާ.

08 August 2023

ފިރިހެނަކު ފިރިހެނަކަށް ދައުވަތެއް ދިނީމާ މި ބަލަނީ ކޮފީއެއް ބޯލަން ނުވަތަ ފުޓުބޯޅަ މެޗެއް ކުޅެލަން ދިން ދައުވަތެއްކަމަށް...!!

The name is already taken The name is available. Register?

ފިތްނަ

08 August 2023

އެކަމަކު ދިޔަރެހުގައި އޮތީ ފަތިސް ނަމާދުން ފައިބައިގެން ދަނިކޮށް ކަމަށް

The name is already taken The name is available. Register?

ފިތުނަ

08 August 2023

ތިބުނާ އެތީގަ ލިޔާއެއްޗެހި ގަބޫލުކުރާމީހުންވެސް އުޅޭތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454