މާލޭގައި ގެސްޓް ހައުސްއެއްގެ ތެރޭގައި މީހަކު ހިފަހައްޓައި އޭނާގެ އެކައުންޓުން ފައިސާތަކެއް ފޭރިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ގެސްޓް ހައުސްއެއް ތެރޭ ފިރިހެނަކު ރަހީނުކޮށް އޭނާއަށް އަނިޔާކޮށްފައިވާ މައްސަލައެއް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

މިއަދު މެންދުރުފަހު ހިނގި އެ ހާދިސާގައި އެމީހާގެ ބެންކް އެކައުންޓުން ފައިސާ ގަދަކަމުން ޓްރާސްފާކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. މި ހާދިސާ ހިނގި ގޮތެއް އަދި ފޭރުނީ ކިހާ ފައިސާއެއް ކަމެއް ނުބުނެ އެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި މި މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.