ޚަބަރު / ރިޔާސީ އިންތިޚާބު 2023

ޑރ. ވަހީދަކީ ރިޔާސީ ޓިކެޓަށް ތިރިކޮށްލި "ބާޒެއް" ކަމަށް އަދުރޭ ސިފަކުރައްވައިފި

ޕީޕީއެމްގެ ސީނިއާ އެޑްވައިޒަރުކަން ކުރީގެ ރައީސް ވަހީދާ ހަވާލު ކުރުމަށް ޖޫން 2020 ގައި ބޭއްވި ހަފުލާގައި އެ މަނިކުފާނުގެ ވާހަކަ ދައްކަވާއިރު އޭނާގެ އަރިހުގައި އަދުރޭ.---ފައިލް ފޮޓޯ: މިހާރު

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިނުގަތުމުން އެ ޕާޓީން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަކީ އެ ޓިކެޓަށް ތިރިކޮށްލެއްވި "ބާޒެއް" ގެ ގޮތަށް ޕީޕީއެމް/ޕީއެންސީ ހިންގުމާ ވަގުުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ސިފަކުރައްވައިފި އެވެ.

އޭނާ އެހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕެއިންގައި އުޅުއްވަމުން ވަހީދު މިއަދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ޔާމީންގެ ސީދާ އެންގެވުމާ ހިލާފަށް، ޕީޕީއެމުން ކެންޑިޑޭޓެއް ނުނެރުމަކީ އިހުތިރާމް ކުޑަ އަމަލެއް ކަމަށެވެ.

ޕީޕީއެމުން މި ފަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނުނެރުމުން ޓިކެޓްގެ ދޮރު ބަންދުވުމުގެ އުދާސްކަމުގައި އެ ޕާޓީ ދޫކުރައްވައި މިދިޔަ ހަފުތާގައި ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވި ވަހީދު ރޭ ވިދާޅުވީ، ޕީޕީއެމްގެ ޕްލޭން އޭ ގެ ގޮތުގައި އޮތީ ޔާމީން ޖަލުން މިނިވަންވެ، އިންތިހާބަށް ވާދަކުރެއްވުމެވެ. ޕްލޭން ބީ ގެ ގޮތުގައި އޮތީ ވަހީދު ވިދާޅުވި ގޮތުގައި ސީދާ ޕީޕީއެމުން ކެންޑިޑޭޓެއް ނެރުމެވެ. ޕީއެންސީން ކެންޑިޑޭޓެއް ނެރެ އެ ކެންޑިޑޭޓަކަށް ތާއީދުކުރުމަކީ އެންމެ ފަހަށް އޮތް ޕްލޭން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ދީފައިވާ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ވ. ފެލިދު އަށް ވަޑައިގެން އެ ރަށުގައި އޮތް ޖަލްސާގައި އަދުރޭ ވިދާޅުވީ، ޔާމީން ޖަލުން މިނިވަން ކުރުމަށް ވަހީދު އެއްވެސް މަސައްކަަތެއް ނުކުރައްވާ ކަމަށާއި ޕާޓީ އަށް "ތިރިކޮށްލެއްވީ" ކުއްލިއަކަށް ރިޔާސީ ޓިކެޓް ހޯއްދެއްވުމަށް ކަމަށެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވ. ފެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަދުރޭ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން އިއްވި ހުކުމާ ގުޅިގެން ޖެހިގެން އައި ދުވަހު ޕާޓީގެ ލީޑަޝިޕުން ބައްދަލުވުން ބޭއްވި ވަގުތު ވަހީދު ވަޑައިގެން އެ ބައްދަލުވުމުގެ "ކޮޅުގޮނޑީގައި" އިންނެވި އެވެ. އެކަމަކު ވަހީދަކީ ޕާޓީގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އެ ދުވަހު [ވަހީދު] ވިދާޅުވީ އަޅުގަނޑު ވެސް އެބަ ހުންނެވީމޭ. އަޅުގަނޑުމެންނަށް ޑރ. ވަހީދު ދުނިޔޭގައި އުޅޭކަން ނޭނގިގެންނެއް ނޫނޭ މި އުޅެނީކީ. ކޮންމެ މީހެއްގެ ވެސް ކޮންމެވެސް ވަރެއްގެ ލަދު ހަޔާތެއް ހުންނަން ވާނެ،" ވަހީދު ކަން ކުރެއްވި ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަށް އެންމެ ބޮޑު ނިކަމެތިކަމާއި ހިތްދަތިކަން ލިބުނީ މިދިޔަ ފަސް އަހަރު ކަމަށެވެ. ޔާމީން ޖަލަށް ލާފައިވާތާ މިއަދަށް 1،007 ދުވަސްވީއިރު، އެހާ ބޮޑު "ކަނެކްޝަންތަކެއް" ވަހީދުގެ އޮތް ކަމަށް ވިދާޅުވާ ނަމަ އެ ކަނެކްޝަންތަކުގެ ބޭނުންކުރައްވައި ޔާމީން މިނިވަންކުރުމަށް މަސައްކަތް ނުކުރެއްވީ ކީއްވެތޯ އަދުރޭ ސުވާލު އުފެއްދެވި އެވެ.

"މީގެން އެއްވެސް ކަމެއް ނުކުރައްވާ ހުންނަވާފައި، ބަން ކިޔާފައި އައިސް ބާޒެއްހެން އަޅުގަނޑުމެންގެ މައްޗަށް ޖެހިގެންފައި ޓިކެޓް ހޯދާށޭ އައީ،" ރައްދު ދެއްވަން ޖެހިވަޑައިގަތީ "ލަދުހަޔާތް ކުޑަކޮށް އެ ވާހަކަ ދައްކަވާތީ ކަމަށް ވިދާޅުވެ އަދުރޭ ފެލިދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

"ބާޒެއް" ހެން ޕީޕީއެމްގެ ޓިކެޓް ހޯއްދަވަން ވަހީދު ތިރިކޮށްލެވި ކަމަށް އަދުރޭ ސިފަ ކުރެއްވިއިރު، ޔާމީން ވަނީ "މިނިކާ ބާޒެއް" ގޮސް ޕާޓީ ޖަހައިގަނެފާނެތީ އެކަމުން ޕާޓީ ސަލާމަތްކޮށް ފާރަވެރިވުމަށް އެ މަނިކުފާނު ޖަލަށް ލުމުގެ ކުރިން މެމްބަރުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.

އެހެންވެ، އެކަމަށް އިޝާރާތް ކުރައްވައި އަދުރޭ ވިދާޅުވީ، ޔާމީން ޖަލަށް ލީ ފަހުން އޭނާގެ މަސައްކަތަކަށް ވީ "އެއްވެސް ބާޒެއް" ޕީޕީއެމް/ ޕީއެންސީގެ މައްޗަށް ގަދަވިޔަ ނުދިނުން ކަމަށެވެ.

"ވަރިހަމަ ކިތަންމެ ރުޅިއަޔަސް. އަޅުގަނޑުމެން މި ތިބީ ޑރ. މުއިއްޒު ހޮވަން ތައްޔާރަށް،" ޕީއެންސީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ އަދުރޭ ވިދާޅުވި އެވެ.

ޔާމީނާ އެކު ސިޔާސީ މަސައްކަތްތަކުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ އަދިވެސް އެ ގޮތުގައި ހުންނެވި އަދުރޭ ވިދާޅުވީ، ޔާމީންގެ ކަންކަން އޭނާ އަށް ވުރެ ބޮޑަށް ވަހީދަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ. ވިދާޅުވީ، ވަހީދަށް ޔާމީނަށް އިހުލާސްތެރި ވެސް ވަޑައިނުގެންނެވޭނެ ކަމަށެވެ. ޔާމީން ބޭނުންފުޅުވާ ގޮތާއި ކަންތައް ކުރައްވާނެ ގޮތާއި އެ މަނިކުފާނުގެ ވިސްނުންފުޅު ހުރި ގޮތް ވެސް ބޮޑަށް އެނގިވަޑައިގަންނަވާނީ އޭނާ އަށް ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ޕީޕީއެމް، ޕީއެންސީއަކުން ރައީސް ޔާމީންގެ ވިސްނުންފުޅާ ދެކޮޅަށް އެއްވެސް މަސައްކަތެއް ނުކުރޭ،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މުއިއްޒުގެ ކެންޑިޑެންސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ލާން ދަރުބާރުގެ އަށް ވަޑައިގެން ހުންނަވަނިކޮށް، ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ގުޅުއްވި ކަމަށާއި މުއިއްޒާ އެކު ކުރިއަށް ވަޑައިގަތުމަށް ޔާމީން އިލްތިމާސް ކުރެއްވި ކަމަށް ވިދާޅުވި ކަމަށެވެ.

"ތިމަން މަނިކުފާނުގެ ފުރިހަމަ ތާއީދާއި ރުހުން ޑރ. މުއިއްޒަށް އެބަ އޮތޭ. އެހިސާބުން ފޯމު ހަވާލުކުރީ،" ޔާމީންގެ އަނބިކަނބަލުންގެ ފޯނުކޯލްގައި ދެއްކެވި ވާހަކައާ ހަވާލާ ދެއްވައި އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވި ގޮތުގައި، ވަހީދު އެ ދުވަހު ވެސް ހުންނެވީ ކެންޑިޑެންސީ ފޯމު ފުރުއްވައިގެން ޔާމީންގެ އިޝާރާތެއްގެ އިންތިޒާތުގަ އެވެ. އޭގެ ފަހުން އެ ދުވަހު ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫނަށް ވެސް ވަހީދު ގުޅުއްވައި، އިންތިހާބުގައި ވާދަކުރައްވަން ޔާމީން އެންގެވި ކަމަށް ވިދާޅުވި ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ޣައްސާން ވިދާޅުވީ އަވަހަށް ކުރިއަށް ދާށޭ. ކުރިއަށް ދާން ކިހިނެއްތޯ ހަދަންވީ އެއްސެވީމަ ޣައްސާން ވިދާޅުވީ އަބްދުއްރަހީމަށް ގުޅާށޭ. އަބްދުއްރަހީމް އެންގެވީމާ ތިމަންނަމެން މި ތިބީ ތި ގޮތަށް ކުރިއަށް ގެންދާށޭ،" ވަހީދާއި ޣައްސާންގެ ކޯލާ ގުޅޭ ގޮތުން އަދުރޭ ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔާމީން އެންގެވީ މުއިއްޒުއާ އެކު ކުރިއަށް ދާން،"

އަދުރޭ ވަނީ ވަހީދު ވަޑައިގެންނެވި ތަނެއްގައި ހުންނެވުމަށާއި އެ މަނިކުފާނުގެ ރިޔާސީ ކެންޑިޑޭޓަށް [ގާސިމް އިބްރާހިމަށް] ތާއީދު ހޯއްދެވުމުގެ މަސައްކަތްޕުޅު ކުރެއްވުމަށް އެދިވަަޑައިގެންފަ އެވެ. އަދި ޕީޕީއެމާއި ޕީއެންސީ ބަދުނާމުކޮށް ޔާމީންގެ ނަން ބޭނުންކޮށްގެން ދޮގު ނުހެއްދެވުމަށް ވެސް އެދިވަޑައިގަތެވެ.

51 ކޮމެންޓް, 46 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 26%
icon wow icon wow 2%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަހަ

20 August 2023

ޕީޕީއެމުން ޕްލޭން ބީ ދޫކޮށްލާފަ ޕްލޭން ސީއަށް ދިއަކަން ނަސީބެއް. ވަހީދުގެ އަސްލު ގޮތް އެ ފާޅުވީ އޭރުން. ޕީޕީއެމުން ފަހު ވަގުތާ ޖެހެންދެން ކަންކަން ނުނިންމާ ތިބީމަ ކިތަންމެ ކަމެއްގެ ހަގީގަތް ފާޅުވެއްޖެ. އަދުރޭއޭ މުއިއްޒުއޭ ކިޔައިގެން ފަނިވައްޓަން އިދިކޮޅު އެންމެން ކުރާހާ މަސައްކަތް އަބަދުވެސް ހަމަ ބޭކާރުވަނީ..

The name is already taken The name is available. Register?

ގެދޮރު ނެތް މާލޭމީހާ

20 August 2023

މި ޤައުމުގެ މައިގަނޑު އެއް މައްސަލަ އަދުރޭ އަށްއެ ބުނެވުނީ. ކަނެކްޝަން މެދުވެރިކޮށް ޔާމީން ސަލާމަތް ކުރުން. ބަލަ ކޯޓު މަރުޙަލާ ފުރިހަމަކޮށްގެން ނޫންތޯ މިކަން ވާނީ. ވެރިކަން ބަދަލުވާއިރަށް ކުރިން ހުރި ވެރިމީހާ ޖަލަށް ލާ އުޞޫލުން މިންޖުވާން ޖެހޭ. އިޚްލާޞްތެރި ވާން ޖެހޭ ވެރިންވެސް އެބަ. އަދުރޭވެސް ހިމެނޭ ގޮތަށް ބުނެލަން. ލަގްޒަރީ ފްލެޓް ތައް އަދުރޭ ހޯދައިފި. ބޮޑެތި ބިން ހުރި މުއްސަނދިންނާއި ކަނެކްޝަން އޮތް މީހުންނަށް ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ހުޅުމާލެއިން ބިން ދީފި. އޭރުވެސް މިހާރުވެސް ނިކަމެތި މީހާ ނިކަމެތި ކޮށްލަނީ. އިޚްލާސްތެރިވޭ

The name is already taken The name is available. Register?

އަދީލް ޢަލީ

20 August 2023

މޮނީރުމިއާ ނާ ދިވެހި އެނގޭކަމަށް ހެދުނަސް އަދުރޭ އާއި ގާތަށްވެސް ދިވަހިބަހަކުން ނާދެވޭނެ. އެހެންވީމަ މަޑުން ހުރިއްޔާ ރަނގަޅުވާނީ.

The name is already taken The name is available. Register?

އެކްސްް

20 August 2023

"ކޮންމެ މީހެއްގެ ވެސް ކޮންމެވެސް ވަރެއްގެ ލަދު ހަޔާތެއް ހުންނަން ވާނެ،" އަދުރޭއަކީ މިވާހަކަ ދައްކަން ހަމަ އެންމެ ރަނގަޅުމީހާ.

The name is already taken The name is available. Register?

ޓިކެޓް

20 August 2023

ވަހީދަކީ ތަބަކަކަށް ލާފައި ރިޔާސީ ޓިކެޓް އަބަދުވެސް ދޭންޖެހޭ މީހެއްތަ! މާލެ ދޫކޮށް ދިޔައީ ބިރުވެރިކަން އެބައޮތޭ ކިޔާފައި ރައީސަކަށް ނުވެވިގެން. އެމްޑީޕީ ސަރުކާރުގައި ނާއިބު ރައީސަކަށް ހުރެފައި އަންނި އަތުން ވެރިކަން ޖަހައިގަތީ ބާޒެއް ޖަހައިގަންނަ ގޮތަށް. ދެން މިދިޔައީ ޕީޕީއެމް އަށް. ނަމަވެސް އެމީހުންގެ ހުށިޔާރުކަމުން ހާލިހަދައިގެން ތިބި ގޮތުން މިފަހަރު ރިޔާސީ ޓިކެޓް ޖަހައެއް ނުގަނެވުނު. މިހެން ނޫންތޯ ތިވީ.

The name is already taken The name is available. Register?

އަޑިކޮންނަ

20 August 2023

އޭނަ އަމިއަލައަށް އެގޮތަށް ވިދާޅުވީ. " އަޅުގަނޑު ހީކޮށްގެން ހުރީ ރިޔާސީ ޓިކެޓް އަޅުގަނޑަށް ލިބޭނެކަމަށް" އެހންވީމާ ޓިކެޓަަށް ތިރިކޮށްލި ބާޒަކީ ކާކުބާ؟

The name is already taken The name is available. Register?

އަހުޝަން

20 August 2023

ޕީޕީއެމް ވެބްސައިޓުގަ އަދިވެސް ބާޒު އިނީ "ސްޕެޝަލް އެޑްވައިޒަރ" މަގާމުގަ. ސައިޓް އެންމެފަހުން އަޕްޑޭޓްވެފަ އިނީ މިދިޔައަރު. ޔާމިނުގެ ހިތާމައިގަ ނިދާފަތަ؟

The name is already taken The name is available. Register?

ފޮނިހުސޭނު

20 August 2023

މަބުނީ ޓކެޓް ލިބޭނެކަމަށް ގެނައި ޖެފްރީ ފުރީހެއްޔޭ.

The name is already taken The name is available. Register?

އަހްމަދ

20 August 2023

އަދުރޭ ޔާމީނަށް ވަފާތެރިވަރު އެނގޭ ޔާމީނު އިންތިހާބު ބޮއިކޮޓް ކުރަން ބުނެފަ އޮށްވަ އެރި އިރާއިއެކު ހެނދުނު ހެނދުނާ މުއިއްޒު ގޮވައިގެން ފޯމުލާން އިލެކްޝަން ކޮމިޝަނަށް ދިޔަ ހިސާބުން.

The name is already taken The name is available. Register?

މޮނީރުމިއާ

20 August 2023

ބާޒަކީ ވަރަށް ހުޝިޔާރުއެއްޗެއް. ބާޒެއްގެ ގޮތުގައި ތިރިކުރެވުނުނަމަ ޓިކެޓުއޮންނާނީ ޖަހައިގަނެވިފަ. އެހެންވީމަ ވަރަށް އަދަބު ވެރިކަމާއިއެކު ދެންނެވޭނީ އަދުރޭގެ ބަސްމަގު މަޖާޒީގޮތުން ވިއަސް ދިވެހިބަހަކާއި ދިމަލެއްނުވެޔޭ. އެކަމަކު ދިވެހި ބަހާއި ވަރަށް ވައްތަރު ފާޑަކަށޭ ތިޔަބުނެވުނީ.

The name is already taken The name is available. Register?

މިހުރޭ

20 August 2023

ކޮންބޮއްތޮރު ދިވެހި ބަސް ކަލެއަށް އިނގެނީ. ތިކަހަލަ މިއާ ތަކަކަށް ނޭނގޭނެ ދިވެހިބަހެއް. ބާޒަކީ ކުއްލިއަކަށް ޝިކާރައަށް ތިރިކޮށްލާ އެއްޗެއް. ކިތައްމެ ހުށިޔާރަސް ބައެއް ފަހަރު އަމާޒުން ކައްސާލާގެންދޭ. މިތާގަ ބޭނުން ކޮށްފަ މިއޮތީ އެންމެ ރަގަޅު މިސާލު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454