ޚަބަރު / މިހާރު

"މިހާރު އައިރިޕޯޓާ" ލޯންޗުކޮށްފި: ކޮންމެ މީހަކަށް ވެސް ލިޔެވޭނެ

"މިހާރު އައިރިޕޯޓާ" ޕޯޓަލް ފޯނަކުން ބަލަނީ.

27 އޯގަސްޓް 2023 - 11:41

10 comments

ނޫސްވެރިއެއްގެ ގޮތުގައި ކޮންމެ މީހަކަށް ވެސް މަސައްކަތްކުރެވޭނެ ފުރުސަތު ފަހިކޮށްދޭ "އައިރިޕޯޓާ" ޕްލެޓްފޯމް "މިހާރު" އިން ލޯންޗުކޮށްފި އެވެ.

"މިހާރު" ގައި ޝާއިއުކުރާ ހަބަރުތަކުގެ ބޭރުން، ކިޔުންތެރިންނަށް ވެސް ނިއުސް ކަވަރޭޖްތަކުގައި ބައިވެރިވުމާއި ދިމާވާ އެކި ކަންކަން އެހެން މީހުންނާ ހިއްސާކުރެވޭ މި ޕްލެޓްފޯމްގެ މެންބަރަކަށް ވުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނާނެ އެވެ.

އައިރިޕޯޓާ އަށް ސައިންއަޕްވެގެން، ކުރު ލިޔުންތަކާއި ފޮޓޯ އަދި ވީޑިއޯ "މިހާރު" ގެ އޯޑިއަންސާ ހިއްސާކުރެވޭނެ އެވެ.

"މިހާރު ނޫސްވެރިކަމަކީ އެންމެންގެ ބައިވެރިވުމާ އެކު ކުރާ ކަމެއް. އާންމުންގެ ބައިވެރިވުން ބޮޑުވުން މުހިންމީ ވެސް. މިއީ އެކި ކަންކޮޅުތަކުން ހަބަރާއި މައުލޫމާތު ލިޔުމާއި ފޮޓޯ އަދި ވީޑިއޯގެ ގޮތުގައި އެންމެންނާ ހިއްސާކޮށްލަން ވަރަށް މުހިންމު ޕްލެޓްފޯމަކަށް ވާނެ ކަމަށް އުންމީދުކުރަނީ،" މިހާރު އައިރިޕޯޓާސް ޓީމުގެ އޮފިޝަލަކު ވިދާޅުވި އެވެ.

"އައިރިޕޯޓާ" ގައި ޕޯސްޓްތައް ލިޔުމަށް ހާއްސަކޮށްފައިވާ ބައި

"އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް މި ލޯންޗުކުރި އެއް ސަބަބަކީ މިއީ ރާއްޖޭގައި ވަރަށް ގިނަ ކަންކަން ހިނގާ ދުވަސްވަރަކަށް ވާތީ، އެ ކަންކަން އެހެން މީހުންނަށް ބުނެދިނުމުގެ ފުރުސަތު ވީހާ ވެސް ގިނަ ބަޔަކަށް ދިނުން. އުންމީދުކުރަނީ އިލެކްޝަން ކަވަރޭޖްގައި ވެސް މިއީ މުހިންމު ޕްލެޓްފޯމަކަށް ވާނެ ކަމަށް."

"އެއްވެސް ކަމެއް އާންމުންނާ ހަމައަށް ގެނެސްދެވޭނެ ގޮތެއް ނެތިގެން މިހާރު ތިބޭނެ ކަމެއް ނެތް. އަމިއްލަ އަށް އެކަން ކުރެވޭނެ މަގު މިހާރު މި ފަހިވީ."

އައިރިޕޯޓާސް ޓީމުން ބުނި ގޮތުގައި މި ޕްލެޓްފޯމަކީ ރަށްރަށުގައި ހިނގާ އެކި ކަންކަމާއި ރަށު ކައުންސިލްތަކާއި ޖަމިއްޔާތަކާއި އެކި އިދާރާތަކުން ވެސް އެ ތަންތަނުގެ ހަރަކާތްތަކުގެ ވާހަކަ އާންމުންނާ ހިއްސާކުރުމަށް ބޭނުންކުރެވިދާނެ ޕްލެޓްފޯމެކެވެ.

"އައިރިޕޯޓާ" ގެ ޕޯސްޓެއް

"މިހާރު ކިތަންމެ ކުޑަ ކަމެއްގެ ވާހަކަ ވެސް ބޮޑު އޯޑިއަންސަކާ ހަބަރެއް ގޮތަށް ހިއްސާކޮށްލެވޭނެ. ފޮޓޯތަކާއި ވީޑިއޯތައް ވެސް ހިމެނޭނެ. ރަސްމީ އިދާރާތަކާއި އަމިއްލަ އޮފީސް ފަދަ ތަންތަނުން ވެސް މި ޕްލެޓްފޯމް ބޭނުންކުރަން މީގައި ރަޖިސްޓްރީ ވެވޭނެ."

މިހާރު އައިރިޕޯޓާ" ޕްލެޓްފޯމް

އައިރިޕޯޓާސްގެ ޕޯސްޓުތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަށް ޝެއާ ކުރެވޭނެ އެވެ. އެހެންވެ ކޮންމެ އައިރިޕޯޓާ އަކަށް ވެސް އެ މީހެއްގެ ޕޯސްޓުތައް ވަކިން އަމިއްލަ އެކައުންޓުތަކުގައި ވެސް ޝެއާކުރެވޭނެ އެވެ. މީގެ އިތުރުން "މިހާރު" ގެ ވެބްސައިޓުގެ ހޯމްޕޭޖުން ވެސް ފަހުގެ އަދި މަގުބޫލު ޕޯސްޓުތައް ފެންނަން ހުންނާނެ އެވެ.

iReporter: konmme meehakeeves noosveri eh

iReporter: konmme meehakeeves noosveri eh

Be the news-breaker with Mihaaru iReporter

Mihaaru

"މިހާރު އައިރިޕޯޓާ" ޕްލެޓްފޯމްގެ ލިންކު

އައިރިޕޯޓަރަކަށް ވުމަށް ސައިންއަޕްވުމުން، ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އެ މީހަކަށް އެ ޕްލެޓްފޯމްގެ އެކްސެސް ލިބޭނެ އެވެ.

މި ޕްލެޓްފޯމް ބޭނުންކުރަންވީ ގޮތުގެ އިތުރު މައުލޫމާތާއި އެ ކަމުގައި ކުރިއަށްދާންވީ ގޮތުގެ ލަފާ "މިހާރު" އައިރިޕޯޓާސް ޓީމުން ދޭނެ އެވެ.

10 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބދހދ

28 August 2023

ރެޖިސްޓަރ ކުރެވިއްޖެ. އެކަމަކު ދިވެހި ނަން ލިޔަންޖެހޭ ތާ ނަން ލިޔެގެން ސަބްމިޓް ކުރީމަވެސް އަރަނީ އެބައި ފުރިހަމަ ކުރަން.

The name is already taken The name is available. Register?

ޖިއާ

28 August 2023

ވާހަކަ ލިޔެވޭނެތޯ

The name is already taken The name is available. Register?

ސަޅިއޭ

27 August 2023

ޝުކުރިއްޔާ!

The name is already taken The name is available. Register?

1828

27 August 2023

ސަރުކާރާއި ދެކޮޅަށް ލިޔާ ރިޕޯޓްތައްވެސް މިނޫހުގައި ޝާއިރުކޮށްދޭނެ ތޯ؟

The name is already taken The name is available. Register?

ހަމް77

27 August 2023

ހަބަރު ނޫން އެހެން އެއްޗެއް ފޮނުވިދާނެތޯ؟ މިސާލާކައް ކްރިއޭޓިވް ރައިޓިން، ޅެން، ރައިވަރު ކަހަލަ އެއްޗިސް. ވަކި ކޮލަމަކައް އެފާޑުތަކެތިލާން ކީއްތޯ؟

The name is already taken The name is available. Register?

ގވޔހޔ

27 August 2023

ދިޔަ ރިޕޯރޓަރުން ލިޔާ ލިޔުންތަކުގަ ސުކުން ޗެކު ކުރާތި.. ގިނަ މީހުން އިންފުލުއެންސާރ ވެފަ ތިބެނީ އެމީހުން ލާފަ ހުންނަ ޕޯސްޓު ތަކުގެ 99% ސުކުން މައްސަލަ ހުންނަ އިރުވެސް

The name is already taken The name is available. Register?

ކައިލީ (އައިރިޕޯޓާ ވަރޝަން)

27 August 2023

ލާރި ލިބޭތަ؟

The name is already taken The name is available. Register?

ތަކުރު.

27 August 2023

މިތަނުގައި ކޮމެންޓް ކުރާ އަފީފު ދީދީ ވަރަށް އުފާވާނެ. އޭނާ ކޮންމެހެންވެސް ތިފުރުސަތުގެ ބޭނުން ކުރަންވާނެ.

The name is already taken The name is available. Register?

ނައިސް

27 August 2023

އިނގިރޭސި އާޓިކަލް ލިޔެވޭނެ ތަ

The name is already taken The name is available. Register?

ބިއުޓީ

27 August 2023

ވައި ނޮޓް. މިހާރު އިޒް އެމެއިޒިން. އެނީތިން އެން އެވްރިތިން ޕޮސިބްލް ވިތް މިހާރު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454