ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީން ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚުތުންނާ ދެކޮޅަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކާއި، ހިންގަމުންގެންދާ އެންމެހާ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް އަޑު އުފުލައިފިއެވެ.
"އިންޓަރނޭޝަނަލް އެއިޑް ކެންޕެއިން"އާއި ގުޅިގެން އއ.ރަސްދޫ ކައުންސިލުން އިސްނަގައިގެން "U2 ވިތު ގާޒާ"ގެ ނަމުގައި ކުރިޔަށްގެންދިޔަ މި ހަރަކާތުގައި މިރަށު ކުދިބޮޑު އެންމެހާ ރައްޔިތުން ވަނީ ބައިވެރި ވެފައެވެ. އަދި ރަސްދޫގައި ވަނީ ފަލަސްޠީނުގެ ދިދަ ވެސް ނަގާފައިއެވެ.
މި ހަރަކާތުގައި ރައްޔިތުންގެ ޝުޢޫރު ފާޅު ކުރުމާއި ފަލަސްޠީނަށް އެހީވުމަށްޓަކައި ފައިސާ ހަދިޔާކުރުންވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
ނ. އަތޮޅު ފޮއްދޫއަކީ އަބާދީގޮތުން ކުޑަނަމަވެސް, ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ. އުމްރާނީ ގޮތުން މިހާރު ފޮއްދޫއަށް ކޮންމެވެސް ވަރަކަށް ތަރައްޤީގެ ކުލަ އަންނަނީ ޖެހެމުންނެވެ. އެހެންނަމަވެސް ޒަމާނުއްސުރެން ފޮއްދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް އަދިވެސް އެންމެ އެދެވޭ ހައްލުވަނީ ނުލިބިފައެވެ. ރައީސް ޞާލިޙްގެ ސަރުކާރުން 3 ސެޕްޓޭމްބަރ 2023 ގައި އެމް.ޓީ.ސީ.ސީއާއި އެކު ފޮއްދޫ ބަނދަރު ހެދުމަށް ސޮއެކުރެވުންދިޔައީ ފޮއްދޫ އެންމެ ކުޑައިން ފެށިގެން ބޮޑުމީހާ އާއިހަމައަށް އުފާވެރިކަން ގެނުވިކަމަކަށެވެ. ނަމަވެސް އަދިވެސް ކަންބޮޑުވުމަކީ ބަނދަރުގެ އަމަލީ މަސައްކަތް ނުފެށި އޮތުމެވެ.
ރިޔާސީ އިންތިހާބު ޑރ.މުހައްމަދު މުއިޒު ކާމިޔާބު ކުރުމާ ގުޅިގެން ކ.ތުލުސްދޫގައި ސައިކަލް ރެލީއެއް ބާއްވައިފިއެވެ .ޕީ.ޕީ.އެމް , ޕީ.އެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި މި ރެލީގައި ގިނަ އަދަދެއްގެ ޒުވާނުންވެސް ވަނީ ވައިވެރިވެފައެވެ.މިރެލީ ބަލާލުމައްޓަކާ ރަށުގެ ކުދި ބޮޑު ގިނަ ފަރާތްތަކުން ވަނީ މަގުތަކައް ނުކުމެފައެވެ. އަދި މިރޭ ރަށުގެ ހުރިހާ ރައްޔިތުންނަށް ބާއްވާ ޚާއްސަ ކެއުމެއް ކ.ތުލުސްދޫ ޕީ.ޕީ.އެމް ޖަގަހަ ކުރިމަތީ އޮންނާނެ ކަމަށް މި އިވެންޓު ހިންގާ ފަރާއްތަކުން ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގެ ތ.ކިނބިދޫ ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ވޯޓުލުމުގެ ހައްގު ލިބިގެންވާ ޖުމްލަ 449 މީހުން. ޖުމްލަ ފޮއްޓަށް ވޯޓުލީ 410 މީހުން..ބާތިލް 19 ވޯޓު. މުޢިއްޒު އަށް 213 ވޯޓު.. އިބްރާހީމް ސޯލިޙް އަށް 213 ވޯޓެވެ..
ނ.ފޮއްދޫގެ ވޯޓް ފޮށީގެ ވޯޓްލުން މިހާރުވަނީ ބަންދުކުރެވިފައެވެ. ވޯޓް ގުނަން ފެށޭނެ ގަޑިއަކީ 17:35 ކަމަށް ފޮއްދޫ އިލެކްޝަން ގެ ފޯކަލް ޕޮއިންޓް ހާމަކުރެއްވިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުލުން ފެލިދޫގައި ކުރިޔަށް ދިޔައީ ވަރަށް އަމާން އޮމާން ކޮށެވެ. މި ފޮށްޓަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 371 މީހުންނަށެވެ. ފޮށި ބަންދުކުރުމާ ހަމަޔަށް ފިރިހެން 172 އަދި އަންހެން 156 މީހުން ހިމެނޭ ގޮތުން މުޅިއެކު 328 މީހުން ވޯޓު ލާފައި ވެއެވެ. ވޯޓު ލާނެ އިތުރު ބަޔަކު ކިއުގައި ނެތި ފޮށި ބަންދު ކުރީ 5:00 ގައެވެ.