ނ. އަތޮޅު ފޮއްދޫއަކީ އަބާދީގޮތުން ކުޑަނަމަވެސް, ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ. އުމްރާނީ ގޮތުން މިހާރު ފޮއްދޫއަށް ކޮންމެވެސް ވަރަކަށް ތަރައްޤީގެ ކުލަ އަންނަނީ ޖެހެމުންނެވެ. އެހެންނަމަވެސް ޒަމާނުއްސުރެން ފޮއްދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް އަދިވެސް އެންމެ އެދެވޭ ހައްލުވަނީ ނުލިބިފައެވެ. ރައީސް ޞާލިޙްގެ ސަރުކާރުން 3 ސެޕްޓޭމްބަރ 2023 ގައި އެމް.ޓީ.ސީ.ސީއާއި އެކު ފޮއްދޫ ބަނދަރު ހެދުމަށް ސޮއެކުރެވުންދިޔައީ ފޮއްދޫ އެންމެ ކުޑައިން ފެށިގެން ބޮޑުމީހާ އާއިހަމައަށް އުފާވެރިކަން ގެނުވިކަމަކަށެވެ. ނަމަވެސް އަދިވެސް ކަންބޮޑުވުމަކީ ބަނދަރުގެ އަމަލީ މަސައްކަތް ނުފެށި އޮތުމެވެ.
ނ.ފޮއްދޫގެ ވޯޓް ފޮށީގެ ވޯޓްލުން މިހާރުވަނީ ބަންދުކުރެވިފައެވެ. ވޯޓް ގުނަން ފެށޭނެ ގަޑިއަކީ 17:35 ކަމަށް ފޮއްދޫ އިލެކްޝަން ގެ ފޯކަލް ޕޮއިންޓް ހާމަކުރެއްވިއެވެ.
ނ.ފޮއްދޫގައި ވޯޓްލުން ކުރިއަށްދަނީއެވެ.
ނ. ކުޑަފަރީ 1 ނަމްބަރ ވޯޓްފޮއްޓަށް ( D-01-04-1)12 ޖެހުމާހަމައަށް 171 މީހުން ވަނީ ވޯޓް ލައިފައެވެ. އެއީ ވޯޓްލާ ނިސްބަތުން %39 ޓެވެ. މި ފޮއްޓަށް ވޯޓް ލުމަށް 434 މީހުން ރަޖިސްޓަރީ ކޮއްފައިވެއެވެ. މިހާތަނަށް 112 ފިރިހެނުންނާއި 59 އަންހެނުން ވޯޓް ލައިފައިވެއެވެ.
ނ. ކުޑަފަރީގައި ރިޔާސި އިންތިޚާބު-2023 ދެވަނަ ބުރުގެ ވޯޓުލުން ފެށިއްޖެއެވެ. ވޯޓުލުން ފެށިފައިވަނީ 8 ޖެހިއިރުއެވެ. ވޯޓުލުމަށް ޓަކައި ކުޑަފަރީގައި ބަހައްޓާފައި ވަނީ 1 ފޮއްޓެވެ. މިފޮށި ބަހައްޓާފައިވަނީ ކުޑަފަރީ އިޖުތިމާއީ މަރުކަޒުގައެވެ. މި ފޮއްޓަށް ނ. ކުޑަފަރީގެ 389 މީހުން ވޯޓް ލުމަށް ރަޖިސްޓިރީ ކޮށްފައިވެއެވެ. އަދި އެހެނިހެން ރަށްރަށުން 45 މީހުން ވޯޓް ލުމަށް ރަޖިސްޓުރީ ކޮށްފައިވެއެވެ. މުޅި ޖުމުލަ 434 މީހުން ވޯޓުލުމަށް ރަޖިސްޓިރީ ކޮށްފައިވެއެވެ.
އެމްޑީޕީއާއި ގުޅިފައިވާ އިއްތިހާދުން އާހިތްވަރަކާއެކު ކެމްޕޭން ހަރަކާތްތައް ނ. ކުޑަފަރީގައި ފަށައިފިއެވެ.
ރައީސް އިބުރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ހޮވުމަށް އެމްޑީޕީ އަދި އެމްޑީއޭއާއި ގުޅިގެން ގިނަހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. "ވޯޓްލާ ދުވަހާޖެހެންދެން ކޮންމެ ދުވަހަކު ހެނދުނު 6 ކުން ފެށިގެ ރޭގަނޑު 12 ޖަހަންދެން، ހުއްޓުމެއްނެތި ކޮންމެދުވަހަކު ކެމްޕޭން ހަރަކާތްތައް ކުރިއަށްގެންދެވޭނެ" ކެމްޕޭނުގައި އިސްކޮން އުޅެފަރާތެއް މައުލޫމާތު ދިނެވެ. ރޭ ވަނީ ދެޕާޓީ ގުޅިގެން ކެމްޕެއިން ވޯކްސޮޕެއް ހިންގާފައެވެ. މި ވޯކްސޮޕްގައި ކެމްޕޭން ޓީމުގައި ހިމެނޭ ގިނައަދަދެއްގެ މެމްބަރުން ބައިވެރިވިއެވެ.