ireporter banner

ސައިބާސޭފް: ސަމާލުވާންވީ އަމިއްލައަށް

images

އޮކްޓޯބަރު މަހަކީ ސައިބާސޭފް މަހުގެގޮތުގައި ރާއްޖޭގައިވެސް ދަނީ ފުޅާކޮށް މިއަހަރު ފާހަގަކުރަމުން. ސައިބާއެޓޭކްތައް ރާއްޖޭގައިވެސް އާންމުވަމުން އަންނައިރު، މިކަމުން ސަލާމަތްވުމަށް ފަރުދީގޮތުން ގެންނަންޖެހޭ ބަދަލުތައް ވަރަށްގިނަ.

އައިޑީ ކާޑު ކޮޕީއެއްނަގާފައި، އެކޮޕީނަގާތަނެއްގައި ބާއްވާކަށް ބައެއްމީހުނަށް ބޮޑުކަމަކަށް ނުވޭ. ކޮޕީ އޮންނަގޮތަށް ޑަސްބިންއަށްލާކަށް ޖެހިލުމެއްނުވޭ. ޕިކްޕޯސްޓުން ޕެކޭޖެއްނަގާފައި ފޯނުނަންބަރާއި އެޑްރެހާއެކު މަގުމަށްޗަށް އެއްލާލަފާނެ. އީމެއިލް އެޑްރެސްގައި ޖަހާ ޕާސްވޯޑް ދިގުކަމުން ފޮތެއްގައި ނޯޓުކޮށްފާނެ. އޮފީސް ލެޕްޓޮޕް ގެންގޮސް ގޭގައި އުޅޭމީހުނަށް ދީފައި ބާއްވަފާނެ.

ސައިބަރ ކުރައިމްތައް މަދުކުރެވޭނީ ފަރުދީގޮތުންވެސް އަމިއްލަ މައުލޫމާތަށް ރައްކާތެރިކަން ދީގެން.

Flag this post

9
images

ވިލިމާލޭގައި މުހިއްޔުއްދީން ސުކޫލުގައި ބަހައްޓާފައި ހުރި 3 ފޮށީގެ ކިޔުތައް އޮޅި، ކިޔުގައިތިބި ގިނަބަޔަކަށް ވޯޓު ނުލެވޭނެ ކަމަށް ދަނީ އަންގަމުން. މިހެންދިމާވީ 3 ފޮއްޓަށްވެސް އެއްކިޔު ހަދާފައިވާ އޮއްވާ، 4 ޖެހުމުން ދެން ހުރި ދެފޮށި ބަންދު ކޮށްލުމުން.

4 ޖެހުމުން މަރުކަޒު ގޭޓްބަންދުކޮށްފައި ވިޔަސް، މަރުކަޒުތެރޭގައި މިކިޔު ހަދާފައިވަނީ 3.30 ގެވެސް ކުރިން.

Flag this post

1
images

ރިޔާސީ އިންތިހާބު 2023 ގެ ކެމްޕެއިން ބެނަރތައް މާލޭގެ ބޮޑުތަކުރުފާނުމަގުގައި އިންދާފައި ހުރި ކަދުރު ރުއްތަކަށް ވައު ޖަހައި، ދަމަމުން ގެންދާތީ، އެކަމާއި ކަންބޮޑުކޮށް ފާޅުކޮށް މާލޭ ސިޓީ ކައުންސިލުން މިއަދު އާއްމު އެންގުމެއް ނެރެފިއެވެ.

މިއެންގުމުގައި ކެންޕޭނުގައި ބޭނުންކުރެވޭ ދިދަ، ބެނާ ނޫނީ އެހެނިހެން ލިޔުމެއްވެސް ހޮޅިދަނޑި ނޫނީ މަގުމަތީގައި ހަރުކުރެވޭނީ ކަނޑައެޅިގައިވާ އުސޫލުގެ ތެރެއިން ހުއްދަ ނަގައިގެންނެވެ.

މިހާރުވެސް ވަރަށް ގިނަ އަދަދެއްގެ ބެނާތައް ކަދުރު ރުއްތަކުގައި ދަމާފައި އެބަހުއްޓެވެ.

Flag this post

22

ވިލިމާލެ - ޕްލޭނެއްނެތި، ތަރައްޤީނުވެ، މެދުގައި

images

ރިޔާސީ އިންތިޙާބުގެ މެނިފެސްޓޯތަކަށް ބަލާއިރު، މާލޭ ސަރަހައްދަށް ބޮޑުކުރިއެރުންތަކެއް ޕްލޭން ކުރެވެމުންދާއިރުވެސް ވިލިމާލެ ފެންނަނީ އެކަށީގެންވާ ވަރަށް އަޅާނުލެވި އޮއްވައެވެ. އަދި ފެނުނު އެއްވެސް ރިޔާސީ މެނިފެސްޓޯގައި ބުރިޖްގެ ވާހަކަ ނޫން ވިލިމާލެއާއި ސީދާގުޅޭ ވާހަކައެއް ނެތެވެ. ވިލިމާލެއަށް ކޮށްފައިވާ އެއްވެސް އުމްރާނީ ޕްލޭނެއްގެ ވާހަކައެއް އަޑެއްނާހަމެވެ. ބުރިޖު ނިމުނަސް ވިލިމާލެއަށް ހަދާނެގޮތުގެ ޕްލޭނެއް ނުދެކެމެވެ. އެންމެބޮޑު އިދިކޮޅުޕާޓީ އިން 65 ހާސް ހައުސިން ޔުނިޓާއި، 7 ހަބުގެ ވާހަކަދެއްކި އިރުވެސް ވިލިމާލެ އޮތީ ވާންވީގޮތް ނޭނގިފައެވެ. އުޖާލާ ޒަމާނުގެ މެނިފެސްޓޯގައި ބޮޑެތި މޯލް އަދި ޕާކުތައް ޕްލޭންކުރިއިރު، މުޅިންވެސް ދެއްކީ ވިލިމާލެ ވަށައިގެން އޮތް، ހުޅުމާލެ، ގުޅީފަޅު ވާހަކައެެވެ.

Flag this post

41

މިލިއަން ރުފިޔާގެ އަސާސީ ޙައްޤު

ރިޔާސީ ރޭހުގައި ފައިހަމަ ކުރަންނުކުތް ހުރިހާ ފަރާތްތަކުންވެސް، އެންމެ ދައްކާހިތްވާ، އަދި އެންމެ ދަންކަންބޭނުންނުވާ ވާހަކައަކީ ވެސް މާލޭ ރަށްވެހިނަށް ލިބުނު ގޯތީގެ ހައްޤުގެ ވާހަކަ އެވެ. ކޮންމެ ކެންޑިޑޭޓަކު ވެސް ބަލަމުން ދަނީ އަނެއްމީހާއަށް ވުރެ މޮޅު ޕޮލިސީއެއް ގޯތިޕްލޭނަށް ހެދޭތޯއެވެ.

ވިސްނާލަން ޖެހޭ ކަމަކީ، އެންމެންގެވެސް ފޯކަސް މާލެ ސަރަހައްދަށް ހަނިވެ، މިސަރަހައްދުން އެންމެ ވޯޓެއްވެސް ގެއްލިދާނެކަމުގެ ބިރުވެރިކަމުގައި ބަހުރުވަ ބަހައްޓަމުން ދިޔުމެވެ. އެތައްބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވެން އޮތް ބިމެއްގައި، ސިޔާސީބޭނުމަަކަށް ވިޔަސް، ވަކިބަޔަކަށް ލިބިގެންދިޔަ މިލިއަން ރުފިޔާގެ އަސާސީ ޙައްޤަކީ އިންސާފުވެރި ޙައްޤެއްތޯ ކުރެވޭނެ ބަހުސް އަދިވެސް އޮތީ ކުރިޔަށެވެ.

Flag this post

17

މެޓާ ބަހާނަން. އެކަމަކު މެޓާހޯދާނީ ކިހިނެތް؟

ރާއްޖޭގެ ރިޔާސީ އިންތިޙާބު ބޯމަތިވެފައިވާއިރު، ކުރިމަތިލާފައިވާ ހުރިހާ ފަރާތްތަކުންވެސް ދަނީ އެކިއެކި ވަޢުދުތައްވެ، ބޮޑެތިކަންކަން އެފަރާތްތަކުގެ މެނިފެސްޓޯ ތަކުގައި ހިމަނަމުންނެވެ.

ނަމަވެސް ހުރިހާފަރާތްތަކަށްވެސް މުހިއްމުކަން ނުދެވިއޮތީ މިހުރިހާކަމެއް ކުރާނެ ގޮތަކަށެވެ. ރާއްޖެ މިއޮތީ ލޯނަށް ބަރޯސާވެ، ރިޒާވްއޮތީ ކިރިޔާ 'ކަންކަތި' ނުވެއެވެ. ވަޢުދުތައް ކުރާނަމަ، އެކަންކުރާނެ ފައިނޭސް ހޯދާނެ ގޮތަކާއި، އޭގެން ނުކުންނާނެ ބަދަލުތަކާއި، ރާއްޖޭގެ ރިޒާވަށް ކުރާނެ އަސަރު އޮންނަނީ މެނިފެސްޓޯގެ އަނެއްފުށުގައި ހާމަ ނުކޮށެވެ.

ކޮންމެ މީހަކަށްވެސް މެޓާބަހާނަމޭ ބުނެވިދާނެ، އެކަމަކު މެޓާހޯދާނީ ކިހިނެތްކަން ތަފްސީލްކޮށް ހާމަކުރަން އެންމެންވެސް ޖެހިލުންވަނީ ކީއްވެކަމެއް ނޭނގެ؟

Flag this post

27