ireporter banner
images
images
images
images

ރިޔާސީ އިންތިހާބު ޑރ.މުހައްމަދު މުއިޒު ކާމިޔާބު ކުރުމާ ގުޅިގެން ކ.ތުލުސްދޫގައި ސައިކަލް ރެލީއެއް ބާއްވައިފިއެވެ .ޕީ.ޕީ.އެމް , ޕީ.އެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި މި ރެލީގައި ގިނަ އަދަދެއްގެ ޒުވާނުންވެސް ވަނީ ވައިވެރިވެފައެވެ.މިރެލީ ބަލާލުމައްޓަކާ ރަށުގެ ކުދި ބޮޑު ގިނަ ފަރާތްތަކުން ވަނީ މަގުތަކައް ނުކުމެފައެވެ. އަދި މިރޭ ރަށުގެ ހުރިހާ ރައްޔިތުންނަށް ބާއްވާ ޚާއްސަ ކެއުމެއް ކ.ތުލުސްދޫ ޕީ.ޕީ.އެމް ޖަގަހަ ކުރިމަތީ އޮންނާނެ ކަމަށް މި އިވެންޓު ހިންގާ ފަރާއްތަކުން ވިދާޅުވިއެވެ.

Flag this post

15

ކ.ތުލުސްދޫގައި ވޯޓްލުން ކުރިޔަށްދަނީ

images
images

ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓުލުން ހެނދުނު 08:00އިން ކ.ތުލުސްދޫގައިކުރިއަށްދަނީއެވެ. ކ.ތުލުސްދޫގައި ވޯޓް ލުމަށްޓަކާ 2 ފޮއްޓެއް ބަހައްޓާފަވެއެވެ.އެއީ ފޮށި ނަންބަރ H02.04.1 އަދި H02.04.2 އެވެ.ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 828އެވެ.

Flag this post

0
images
images
images
images

ކ.ތުލުސްދޫގައި ވޯޓްލުން ނިމި ވަގުތީ ނަތީޖާ އިޢުލާންކޮށްފިއެވެ. ކ.ތުލުސްދޫއިން ބޮޑު ތަފާތަކުން ޕީޕީއެމް،ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢީޒް ވަނީ ކާމިޔާބު ހޯއްދަވާފައެވެ. .ޑރ.މުޙައްމަދު މުޢިޒްއަށް މުޅިޖުމުލަ 423 ވޯޓް ލިބިފައި ވާއިރު،އެމް.ޑީ.ޕީ ކެންޑިޑޭޓް ރައީސް ޞޯލިހުއަށްލިބިފައި ވަނީ 174 ވޯޓެވެ. ދަ ޑިމޮކްރެޓްސް އިން ވާދަ ކުރައްވާ އިލިޔާސް ލަބީބަށް ލިބިފައި ވަނީ 25 ވޯޓްއެވެ. އަމިއްލަގޮތުން ކުރިމަތިލައްވައިފައިވާ އުމަރު ނަސީރުއަށް ލިބިފައިވަނީ 14 ވޯޓް އަދި ފާރިޝް މައުމޫންއަށް 7 ވޯޓް ލިބިފައިވެއެވެ.ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަށް 3 ވޯޓް ލިބިފައިވާއިރު،އަމިއްލަ ކެންޑިޑޭޓް ޒަމީލްއަށް 1 ވޯޓް އަދި އެމްއެންޕީ ކެންޑިޑޭޓްއަށް 2 ވޯޓް ލިބިފައިވެއެވެ. ބާތިލް ވޯޓް ގޮތުގައި 7 ވޯޓް ގުނިފައިވެ.

Flag this post

15
images

ރިޔާސީ އިންތިހާބުގެ ވޯޓްލުން މިއަދު ކުރިއަށްދާއިރު ކ.ތުލުސްދޫގައި ވެސް ވޯޓުލުން ހެނދުނު 8:00 ގައި ފެށިގެން އެބަދެއެވެ. ވޯޓުލުމަށް ކ.ތުލުސްދޫގައި 2 ވޯޓް ފޮށި ބަހައްޓައިފައިވެއެވެ. 13:30 ހަމައަށް 2 ފޮޓައް ވޯޓްލައިފައިވަނީ 458 މީހުންނެވެ. ވޯޓްލުން ހަވީރު 16:00 އާ ހަމައައް ކުރިއައްދާއިރު ވޯޓްލާ މަރުކަޒު ފެެންނަމުންދަނީ ވަރަށް ހަމަހިމޭންކޮށެވެ.

Flag this post

6

"ނީނާ" ކ.ތުލުސްދޫއަށް

images
images
images

އައި ފިލްމްސްގެ އުފެއްދުމެއް ކަމަށްވާ ދިވެހި ފިލްމް "ނީނާ" ކ.ތުލުސްދޫގައި އެޅުވުމަށް ތައްޔާރުވަނީ. މިފިލްމަކީ އާސިމް އަލީ ޕުރޮޑިއުސް ކޮށް އަދި އިލްޔާސް ވަހީދު ޑައިރެކުޓް ކޮށްފައިވާ ފިލްމެކެވެ. ނުޒްހަތު ޝުއައިބު(ނުޒޫ) ގެ މޮޅު އެކްޓިންއެއް ފެނިގެންދާ މިފިލްމް ކ.ތުލުސްދޫގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަމަހު އެއްވަނަ ދުވަހުގެރޭ 21:00 ގައި ކ.އ.ތ.މަރުކަޒު (ސުކޫލް ހޯލް) ގައެވެ. އަންނަމަހު އެއްވަނަ ދުވަހު އެޅުވުމަށް ހަމަޖެހިފައިވާ މިފިލްމްގެ ޓިކެޓް މިހާރު ދަނީ ވިކެމުންނެވެ. މިފިލްމަކީ 18+ ފިލްމެކެވެ.

Flag this post

2
images
images

އަންނަ މަހު 9 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެންޕެެއިން ހަރަކާތްތައް ފޯރިއާއެކު މާލެ އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ދެއެވެ. މިގޮތުން މާލޭގެ އެކިމަގުތަކުގައި އެކި ޕާޓީތަކަށް ނިސްބަތްވާ ދިދަތަކާއި ދިދަފަތިތައް ވަނީ ދެމިފައެވެ. މީގެ އިތުރުން ކެންޑިޑޭޓުންގެ މެނިފެސްޓޯގައިވާ ވަޢުދުތައް ހިމެނޭ ބެނާތައް މާލޭއާއި އަތޮޅުތަކުގެ އެކި ސަރަހައްދު ތަކުގައި ވަނީ ހަރުކޮށްފައެވެ..

Flag this post

4