ireporter banner

އދ.ދަނގެތީގައި ވޯޓު ފޮށި ބަންދުކޮއްފި

images

މިޔަދު ކުރިޔަށް ގެންދެވުނު ރިޔާސީ އިންތި ހާބުގައި އދ.ދަނގެތީ ފޮށި ނަންބަރު 103-06-01 ފޮށި ވަނީ ވޯޓުލާން ކަޑައެޅިފައިވާ ވަގުތު ހަމަވުމުން ބަންދު ކުރެވިފައެވެ. މި ފޮއްޓަށް ވޯޓުލުމަށް ހަމަޖެހިފައިވަނީ 538. ނަމަވެސް ވޯޓުލާފަައިވަނީ 424. އެއީ އަންހެން 207 . ފިރިހެން 217.

Flag this post

4

އދ.ދަނގެތީގައި ވޯޓުލުން ފަށައިފި

images
images
images

އދ.ދަނގެތީ ފޮށި ނަންބރު 103-06-1 ނަންބަރު ފޮށީގެ ވޯޓުލުން ފަށައިފިއެވެ. މިފޮއްޓަށް 538 މީހުނަށް ވޯޓުލާން ރަޖިސްޓުރީ ކޮއްފައި ވެއެވެ. މިއީ ދަނގެތީގެ ރައްޔިތުން ވޯޓުލުމަށް ހާއްސަކޮއްގެން ބެހެއްޓިފައިވާ ފޮއްޓެކެވެ.

Flag this post

2

ދަނގެތީގެ އުފާވެރި އަމާން ރާއްޖެ ކެންޕެއިން ނިންމުން

images
images

އދ.ދަނގެތީގައި އުފާވެރި އަމާންރާއްޖެ ކެންޕެއިން މިއަދު ހަވީރު ވަނީ ނިންމާލާފައެވެ. މި ހަރަކާތް ނިންމުމުގެ ގޮތުން ސައިކަލު ބުރެއްވަނީ ރަށުތެރޭގައި ކުރިޔަށް ގެންދެވިފައެވެ. އަދި ހަވީރުގެ ސައިވެސްވަނީ އެމްޑީޕީގެ ފަރާތުން ކުރިޔަށް ގެންދެވިފައެވެ.

Flag this post

2

ގާސިމް އިބްރާހީމްގެ އަނބިކަބަލުން އދ.ދަނގެއްޗަށް

images
images
images
images
images

ގާސިމް އިބްރާހީމްގެ ހަގު އަނބިކަބަލުން ރާނިޔާ އަދި ގާސިމް އިބްރާހީމްގެ ޓީމެއް ވަނީ އިއްޔެގެ ވަގުތެއްގައި އދ.ދަނގެއްޗަށް ވަޑައިގަންނަވާފައެވެ. ގާސިމް އިބްރާހީމް އަށް ތާއީދު ކުރައްވާ ފަރާތްތަކުން މި ޓީމަށް މަރުހަބާކިޔުމަށް ވަނީ ޖަމާވެފައެވެ. ގާސިމް އިބްރާހީމް އަކީ މިފަހަރު ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓްގައި ވެރިކަމަށް ކުރިމަތި ލައްވާފައިވާ ކެޑިޑޭޓެކެވެ.

Flag this post

2

ދަނގެތީގެ ވޮލީއަށް އާ ކުރިޔެއް

images
images
images
images
images
images
images
images

މިއަދު އުމުރުން އެންމެ 17 އަހަރު ފުރުނު އަހުމަދު މާއީ މުހައްމަދަކީ ވޮލީގެ ދާއިރާއިން އދ.ދަނގެތީ ރައްޔިތުން ފަހުރުވެރިވާ ދަރިއެކެވ. މާއީ ހޯދާފައިވާ މޮޅު ކާމިޔާބީގެ ތެރޭގައި އދ.އަތޮޅު ޒުވާނުންގެ 9 ވަނަ ވޮލީބޯޅަ މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެމަގާމާއި ވިލަމަންދޫ ރިސޯޓުގެ އިންޓަރޑިޕާޓްމަންޓް ވޮލީ މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވެއެވެ. އަދި ވަކި މެޗްތަކުން އެންމެ މޮޅުކުޅުންތެރިޔާގެ މަގާމުވެސް ލިބިފައި ވެއެވެ. އަމިއްލަ މަސައްކަތުންނާއި މައިންބަފައިގެންގެ ހިތްވަރުން މިއަދު މާއީ މިވަނީ ދަނގެތީގެ އެންމެ މޮޅު ކުޅުންތެރިންނާ ފައިހަމަކޮށްފައެވެ. އުމުރުން 15 އަހަރުގައި މާއީ ވަނީ ދަނގެތީގެ ރަސްމީޓީމަށް ވޮލީކުޅެ އަދި ވޮލީއަށްއޮތް އުންމީދު އާކޮށްދީފައެވެ.

Flag this post

37

ސިޔާސީ ހަރަކާތް ސުކޫލު ދޮރުމައްޗަށް - ބެލެނިވެރިންގެ ކަންބޮޑުވުން

images
images
images
images

އދ.ދަނގެތީ ސުކޫލުގެ މައިގޭޓް ދޮރުމަތީގައި ޖުމްހޫރީ ޕާޓީގެ ރިޔާސީކެޑިޑޭޓުގެ ޕޯސްޓަރު އަދި ދިދަ ހަރޮކޮށްފިއެވެ. ޖުމްހޫރީ ޕާޓީގެ ދަނގެތީގެ އިސްފަރާތަކުން ބުނީ މިކަން ކުރީ ޖަގަހައިން ފެށިގެން 100 ފޫޓަށް ބެނާ ޕޯސްޓަރު ހަރުކުރުމުގެ ހުއްދަ ކައުންސިލުން ދީފައިވާތީ ކަމަށެވެ.

Flag this post

12