ireporter banner

އުލިގަމުގެ ޔޮޓް މޫސުން ފެށެނީ

ރާއްޖޭގައި އެންމެ ގިނަ ޔޮޓު ބަނދަރުކުރާ ހއ އުލިގަމަށް މި އަހަރުގެ ޔޮޓް މޫސުން ފެށި، މިދިޔަ ދެތިން ދުވަހުގެ ތެރޭގައި އުލިގަމުގެ ބަނދަރުގައި ދެ ޔޮޓު މިހާރު ވަނީ ބަނދަރުކޮށްފަ އެވެ.

އުލިގަމަކީ އާއްމުކޮށް ޔޮޓު ބަނދަރު ކުރާ، ކްރޫޒްކުރާ ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލެކެވެ.

އުލިގަމަކީ ކުރިން ގިނަ އަދަދެއްގެ ޔޮޓް ބަނދަރުކުރާ ރަށެކެވެ. އެގޮތުން 2012 އާ ހަމައަށް އަހަރަކު 120 އާއި 150 އާ ދޭތެރޭ އަދަދަކަށް ޔޮޓް ބަނދަރު ކުރެ އެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުން ފެށިގެން އޭޕްރީލް މަހާ ދޭތެރޭ އެގޮތަށް ޔޮޓްތައް ބަނދަރު ކުރެ އެވެ. އެއީ ދުނިޔެ ވަށާ ދުއްވާ ޔޮޓުތައް އޭޝިއާގައި އުޅެފައި ޔޫރަޕަށް ދިއުމަށް ދަތުރު ފަށާ މޫސުމެވެ.

Flag this post

28