ރާއްޖޭގެ އެއްވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގުގައި އުމުރުން ހަގު ޒުވާން ކުޅުންތެރިންތަކެއް ރެކޯޑް ހަދަމުން އަންނަ ސީޒަނެއްގައި އަނެއްކާ ވެސް މިވަނީ ރެކޯޑެއް މުގުރާލާފައި
ބާޒާރުމަތީ ޕާކިން ޖާގަތައް ބިޔަ ޕިކަޕްތަކުން ނަގާތީ ސައިކަލް މި ހުރީ ނުގެންދެވޭ ގޮތަށް ހަދާފައި. މުޅި ސަރަހައްދު ހިސާރުކޮށްފައި އޮންނަނީ މުދާ އުފުލާ ޕިކަޕްތަކުން އަޅާފައި ހުންނަ ޕެލެޓްތަކުން.
ރާއްޖޭގެ ޑިމޮކްރެސީ އާއި ހައްގުތަކަށް ވަކާލާތު ކުރެއްވި އަހުމަދު އިބްރާހިމް ދީދީ (ސަންދާނު އަހައްމައިދީ) ރޭ ދަންވަރު
ނިޔާވެއްޖެ
. އުމުރުން 72 އަހަރުގައި އޭނާ ނިޔާވީ ބަލިވެ އުޅޭތާ ދުވަސްކޮޅެއް ފަހުން. އަހައްމައިދީގެ ޖަނާޒާ އޮންނާނީ މިއަދުގެ އަސުރުނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި.
ޕީޕީއެމް/ޕީއެންސީގައި އޮތީ ބިޔަ ލަޝްކަރެއް ކަމަށާއި އެ ލަޝްކަރު ބަލި ކުރެވޭނެ ބަޔަކު މި ރާއްޖޭގައި ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރޭ ވިދާޅުވެއްޖެ. އޭނާ އެހެން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އިއްޔެ އައްޑު އަށް ވަޑައިގެން ހިތަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި.
ކުރީ ސަރުކާރުން ފްލެޓާއި ގޯތި ލިބުނު ކަމުގެ ލިޔުން ހަވާލު ކުރި ފަރާތްތަކަށް ގޮތްތަކެއް ހަމަޖައްސައިދޭން ކުއްލި ގޮތަކަށް ނިންމައި، އެފަރާތްތަކަށް ދޫކޮށްފައިވާ ލިޔުން ހުށަހެޅުމަށް ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ .
މުސާރަ އެއްހަމަކުރާއިރު ދައުލަތުގެ ހުރިހާ އިދާރާއެއްގައި މަސައްކަތްކުރާ 44،280 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ރައީސް ވިދާޅުވި. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ބ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގައި، ތުޅާދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މި އަހަރު ފާސްކުރާ ބަޖެޓާ އެކު، ފުލުހުންނާއި ސިފައިންނާއި ކަސްޓަމާއި އިމިގްރޭޝަން އަދި ކަރެކްޝަންސްގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތައް އަންނާނެ ކަމަށް.