ireporter banner

ދަނގެތީގެ ވޮލީއަށް އާ ކުރިޔެއް

images
images
images
images
images
images
images
images

މިއަދު އުމުރުން އެންމެ 17 އަހަރު ފުރުނު އަހުމަދު މާއީ މުހައްމަދަކީ ވޮލީގެ ދާއިރާއިން އދ.ދަނގެތީ ރައްޔިތުން ފަހުރުވެރިވާ ދަރިއެކެވ. މާއީ ހޯދާފައިވާ މޮޅު ކާމިޔާބީގެ ތެރޭގައި އދ.އަތޮޅު ޒުވާނުންގެ 9 ވަނަ ވޮލީބޯޅަ މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެމަގާމާއި ވިލަމަންދޫ ރިސޯޓުގެ އިންޓަރޑިޕާޓްމަންޓް ވޮލީ މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވެއެވެ. އަދި ވަކި މެޗްތަކުން އެންމެ މޮޅުކުޅުންތެރިޔާގެ މަގާމުވެސް ލިބިފައި ވެއެވެ. އަމިއްލަ މަސައްކަތުންނާއި މައިންބަފައިގެންގެ ހިތްވަރުން މިއަދު މާއީ މިވަނީ ދަނގެތީގެ އެންމެ މޮޅު ކުޅުންތެރިންނާ ފައިހަމަކޮށްފައެވެ. އުމުރުން 15 އަހަރުގައި މާއީ ވަނީ ދަނގެތީގެ ރަސްމީޓީމަށް ވޮލީކުޅެ އަދި ވޮލީއަށްއޮތް އުންމީދު އާކޮށްދީފައެވެ.

Flag this post

37

ސިޔާސީ ހަރަކާތް ސުކޫލު ދޮރުމައްޗަށް - ބެލެނިވެރިންގެ ކަންބޮޑުވުން

images
images
images
images

އދ.ދަނގެތީ ސުކޫލުގެ މައިގޭޓް ދޮރުމަތީގައި ޖުމްހޫރީ ޕާޓީގެ ރިޔާސީކެޑިޑޭޓުގެ ޕޯސްޓަރު އަދި ދިދަ ހަރޮކޮށްފިއެވެ. ޖުމްހޫރީ ޕާޓީގެ ދަނގެތީގެ އިސްފަރާތަކުން ބުނީ މިކަން ކުރީ ޖަގަހައިން ފެށިގެން 100 ފޫޓަށް ބެނާ ޕޯސްޓަރު ހަރުކުރުމުގެ ހުއްދަ ކައުންސިލުން ދީފައިވާތީ ކަމަށެވެ.

Flag this post

12

އދ.ދަނގެތީގައި އެމް،ޑީ،ޕީގެ ހަރަކާތްތަށް ފެށިގެން ކުރިޔަށް

images
images
images
images
images
images
images
images

ސެޕްޓެންބަރ 9 ވަނަދުވަހު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީއިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން ސަރުކާރު ހިއްސާވާ ޕާޓީކަމަށްވާ އެމް,ޑީ,ޕީން ވަނީ އދ.ދަނގެތީގައި އެޕާޓީގެ ހަރަކާތްތައް ފަށާފައެވެ. އެގޮތުން އެޕާޓީގެ ދިދަޖެހުމާއި ބެނާދެމުމާއި ޕޯސްޓަރު ހަރުކުރުންވަނީ ކުރިޔަށް ގެންދެވިފައެވެ. މި ހަރަކާތްތަށް ފެށުމުގެ ގޮތުން 8 އޮގަސްޓު 2023 ވީ އަންގާރަ ދުވަހު ވަނީ މިޕާޓީގެ ދަނގެތީ ގޮފީގެ ޖަގަހަކަަމަށްވާ 'ހަނދު ޖަގަހަ' ހުޅުމުގެ ހަރަކާތްތަށް ކުރިޔަށް ގެންދެވިފައެވެ. މި ޖަގަހަ ހުޅުވާ ދެއްވާފައިވަނީ އެމް,ޑީ,ޕީ އިން އދ.އަތޮޅަށް ހުންނެވި ކޯޑިނޭޓަރ އަހުމަދު ޝަރީފާއި އެސިސްޓަންޓު ކޯޑިނޭޓަރ ރުގީ އެވެ. މި ހަރަކާތުގައި މިޕާޓީއަށް ނިސްބަތްވާ ގިނަފަރާތް ތަކަކުން ވަނީ ބައިވެރި ވެގައެވެ.

Flag this post

10

ދަނގެތީ ސުޓެލްކޯގެ މުއައްޒަފުން މިފަހަރު ނިކުތީ މަދިރިކޮންޓްރޯލްކުރުމަށް

images
images
images
images

އދ.ދަނގެތީގައި ހަލުވިކަމާއެކު މަދިރި އުފެދި އާލާވެ މަދިރީގެ ޒަރިއްޔާއިން ޖެހޭ ޑެންގޫހުން ފެތުރެމުން ދާތީ ކައުންސިލާއި އަންހެނުންގެ ކޮމިޓީގުޅިގެން އަދި ރަށުގެ މުއައްސަސާ ތަކާއި މަދަނީ ޖަމިއްޔާތަށް ގުޅިގެން މަދިރިކޮންޓްރޯލް ކުރުމުގެ ގޮތުން ރަށުތެރެ ސާފުކުރުމުގެ ޕޮރޮގުރާމުގައި ދަނގެތީ އިންޖީނުގޭގެ ގިނަމުއައްޒަފުން ވަނީ ބައިވެރި ވެފައެވެ. މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ 25 އޮގަސްޓް 2023 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ރަށުގެ ހުރިހާ ސަރަހައްދަކަށް ބަހާލައިގެންނެވެ.

މިނޫނަސް ދަނގެތީ އިންޖީނުގޭގެ މުއައްޒަފުންނަކީ ރަށުގައި އިޖުތިމާއީގޮތުން ކުރިޔަށްގެންދާ ގިނަ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވާ މުރާލި ހީވާގި ކެރޭ މުއައްޒަފުންތަކެއް މަސައްކަތް ކުރަމުން ގެންދާ މުއައްސަސާއެކެވެ.

Flag this post

7

އދ.ދަނގެތީގައި ވޯޓު ފޮށި ބަންދުކޮއްފި

images

މިޔަދު ކުރިޔަށް ގެންދެވުނު ރިޔާސީ އިންތި ހާބުގައި އދ.ދަނގެތީ ފޮށި ނަންބަރު 103-06-01 ފޮށި ވަނީ ވޯޓުލާން ކަޑައެޅިފައިވާ ވަގުތު ހަމަވުމުން ބަންދު ކުރެވިފައެވެ. މި ފޮއްޓަށް ވޯޓުލުމަށް ހަމަޖެހިފައިވަނީ 538. ނަމަވެސް ވޯޓުލާފަައިވަނީ 424. އެއީ އަންހެން 207 . ފިރިހެން 217.

Flag this post

4

ގާސިމް އިބްރާހީމްގެ އަނބިކަބަލުން އދ.ދަނގެއްޗަށް

images
images
images
images
images

ގާސިމް އިބްރާހީމްގެ ހަގު އަނބިކަބަލުން ރާނިޔާ އަދި ގާސިމް އިބްރާހީމްގެ ޓީމެއް ވަނީ އިއްޔެގެ ވަގުތެއްގައި އދ.ދަނގެއްޗަށް ވަޑައިގަންނަވާފައެވެ. ގާސިމް އިބްރާހީމް އަށް ތާއީދު ކުރައްވާ ފަރާތްތަކުން މި ޓީމަށް މަރުހަބާކިޔުމަށް ވަނީ ޖަމާވެފައެވެ. ގާސިމް އިބްރާހީމް އަކީ މިފަހަރު ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓްގައި ވެރިކަމަށް ކުރިމަތި ލައްވާފައިވާ ކެޑިޑޭޓެކެވެ.

Flag this post

2