ireporter banner

"ޤަރީނާ" ޕްރިމިއަރ ކޮށްފި

images
images
images
images

މީޑިއާނެޓަށް "އެއްކާފު"ން ފުރަތަމަ ފަހަރަށް ހެދި ސީރީޒް "ޤަރީނާ" އޮލިންޕަހުގައި މިރޭ ޕްރިމިއަރ ކޮށްފިއެވެ.

އެއްކާފުން ޕްރޮޑިއުސްކުރި މި ސީރީޒްގެ ޑައިރެކްޓަރަކީ މީގެ ކުރިން ފާތިމަތު ނަހުލާ އަދި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އެކު ޑައިރެކްޓު ކުރުމުގެ ތަޖުރިބާ ހޯއްދެވި އެކްޓަރު ފައިސަލެވެ. ފައިސަލް ޑައިރެކްޓުކޮށް އެކްޓު ކުރާ މިސީރީޒްގައި ދާއިރާގެ ފުންނާބު އުސް ބައެއް ތަރީންނާއިއެކު އާ މޫނުތަކެއްވެސް ފެނިގެންދިޔައެވެ.

"މީ ބަލާލަން ވަރަށް ރީތި، ދެން ވާނީ ކިހިނެއްބާއޭ އަބަދު ހިތަށްއަރާފަ ހުންނަންޖެހޭ ފުރިހަމަ ސީރީޒެއް" ކަމަށް ގިނަ ބޭފުޅުން ވަނީ ފާހަގަ ކުރައްވާފައެވެ.

ސަސްޕެންސް ތްރިލަރ މި ސީރީޒް ބައްލަވައިލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މީޑިޔާނެޓް ވީޑިއޯކްލަބަށް ސަބްސްކްރައިބް ކޮށްގެން ބަލާލެވޭނެއެވެ

Flag this post

6
images

ގދ އަތޮޅު، މާލެ 4 ނަމްބަރު ވޯޓު ފޮށްޓަށް މިހާތަނަށް ވަރަށް މަދު އަދަދެއްގެ މީހުން ވޯޓުލި ކަން ފާހަގަ ކުރަން އަދި މިސަރަހައްދުގައި ވެސް ޖުމްލަ ގޮތެއްގައި މީހުން މަދުކަން ފާހަގަ ކުރެވޭ އިރު ވޯޓުލުމަށްޓަކާ އެއްވެސް ވަރަކަށް ކީއޫ ހަދާފައި ނުވާކަން ފާހަގަ ކުރެވޭ.

Flag this post

0
images

ދިވެހި ޕްރިމިއާ ލީގުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ވެލެންސިއާއަށް ކުޅޭ މުހައްމަދު އިލާން އިމްރާން މުގުރާލައިފި.

އުމުރުން 14 އަހަރާ ހަތް މަހާ ހަތް ދުވަހުގައި އިލާން ރެކޯޑް މުގުރާލީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް މިހާރު ކުޅޭ މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ޕެނަލްޓީއަކުން. މި ގޯލުން ނަތީޖާ ވަނީ 2-2 އިން އެއްވަރު ވެފަ.

މީގެ ކުރިން ރެކޯޑް އޮންނަނީ އެންމެ ފަހުން ޔޫވީއާ ދެކޮޅަށް ކުޅުނު މެޗުގައި، ގޯލު ޖެހި އީތަން އިބްރާހިމް ޒަކީ އަތުގައި. އިލާންގެ އެހީތެރިކަމާއެކު އީތަން އެ ގޯލު ޖެހީ 14 އަހަރާއި ނުވަ މަހާއި ދެ ދުވަހުގައި.

14 އަހަރާއި ހަ މަހާއި 22 ދުވަހުގައި އީތަން ގޯލު ޖަހަން އެހީވި އިލާން އަކީ ލީގުގައި ގޯލެއް އެސިސްޓް ކުރި އެންމެ ހަގު ކުޅުންތެރިޔާ ވެސް މެ.

ފޮޓޯ: އެފްއޭއެމް

Flag this post

9

2
images
images
images

"އުފާވެރި އަމާންރާއްޖެ" ކެންޕެއިނުގެ ތެރެއިން މިރޭ މާލޭ ސޯސަލް ސެންޓަރުގައި ބޭއްވި ބޮޑު ޖަލްސާ. މި ޖަލްސާގައި ބައިވެރި ވުމަށްޓަކައި މާލެއަާއި މާލޭ ކައިރި ސަރަހައްދު ތަކުން އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއީދުކުރާ ވަރަށް ގިނަ ބަޔަކު ބައިވެރިވޭ.

Flag this post

18
images

ރިޔާސީ އިންތިހާބު 2023 ގެ ކެމްޕެއިން ބެނަރތައް މާލޭގެ ބޮޑުތަކުރުފާނުމަގުގައި އިންދާފައި ހުރި ކަދުރު ރުއްތަކަށް ވައު ޖަހައި، ދަމަމުން ގެންދާތީ، އެކަމާއި ކަންބޮޑުކޮށް ފާޅުކޮށް މާލޭ ސިޓީ ކައުންސިލުން މިއަދު އާއްމު އެންގުމެއް ނެރެފިއެވެ.

މިއެންގުމުގައި ކެންޕޭނުގައި ބޭނުންކުރެވޭ ދިދަ، ބެނާ ނޫނީ އެހެނިހެން ލިޔުމެއްވެސް ހޮޅިދަނޑި ނޫނީ މަގުމަތީގައި ހަރުކުރެވޭނީ ކަނޑައެޅިގައިވާ އުސޫލުގެ ތެރެއިން ހުއްދަ ނަގައިގެންނެވެ.

މިހާރުވެސް ވަރަށް ގިނަ އަދަދެއްގެ ބެނާތައް ކަދުރު ރުއްތަކުގައި ދަމާފައި އެބަހުއްޓެވެ.

Flag this post

22