ނ. ކުޑަފަރީ 1 ނަމްބަރ ވޯޓްފޮއްޓަށް ( D-01-04-1)12 ޖެހުމާހަމައަށް 171 މީހުން ވަނީ ވޯޓް ލައިފައެވެ. އެއީ ވޯޓްލާ ނިސްބަތުން %39 ޓެވެ. މި ފޮއްޓަށް ވޯޓް ލުމަށް 434 މީހުން ރަޖިސްޓަރީ ކޮއްފައިވެއެވެ. މިހާތަނަށް 112 ފިރިހެނުންނާއި 59 އަންހެނުން ވޯޓް ލައިފައިވެއެވެ.
ނ. ކުޑަފަރީގައި ރިޔާސި އިންތިޚާބު-2023 ދެވަނަ ބުރުގެ ވޯޓުލުން ފެށިއްޖެއެވެ. ވޯޓުލުން ފެށިފައިވަނީ 8 ޖެހިއިރުއެވެ. ވޯޓުލުމަށް ޓަކައި ކުޑަފަރީގައި ބަހައްޓާފައި ވަނީ 1 ފޮއްޓެވެ. މިފޮށި ބަހައްޓާފައިވަނީ ކުޑަފަރީ އިޖުތިމާއީ މަރުކަޒުގައެވެ. މި ފޮއްޓަށް ނ. ކުޑަފަރީގެ 389 މީހުން ވޯޓް ލުމަށް ރަޖިސްޓިރީ ކޮށްފައިވެއެވެ. އަދި އެހެނިހެން ރަށްރަށުން 45 މީހުން ވޯޓް ލުމަށް ރަޖިސްޓުރީ ކޮށްފައިވެއެވެ. މުޅި ޖުމުލަ 434 މީހުން ވޯޓުލުމަށް ރަޖިސްޓިރީ ކޮށްފައިވެއެވެ.
އެމްޑީޕީއާއި ގުޅިފައިވާ އިއްތިހާދުން އާހިތްވަރަކާއެކު ކެމްޕޭން ހަރަކާތްތައް ނ. ކުޑަފަރީގައި ފަށައިފިއެވެ.
ރައީސް އިބުރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ހޮވުމަށް އެމްޑީޕީ އަދި އެމްޑީއޭއާއި ގުޅިގެން ގިނަހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. "ވޯޓްލާ ދުވަހާޖެހެންދެން ކޮންމެ ދުވަހަކު ހެނދުނު 6 ކުން ފެށިގެ ރޭގަނޑު 12 ޖަހަންދެން، ހުއްޓުމެއްނެތި ކޮންމެދުވަހަކު ކެމްޕޭން ހަރަކާތްތައް ކުރިއަށްގެންދެވޭނެ" ކެމްޕޭނުގައި އިސްކޮން އުޅެފަރާތެއް މައުލޫމާތު ދިނެވެ. ރޭ ވަނީ ދެޕާޓީ ގުޅިގެން ކެމްޕެއިން ވޯކްސޮޕެއް ހިންގާފައެވެ. މި ވޯކްސޮޕްގައި ކެމްޕޭން ޓީމުގައި ހިމެނޭ ގިނައަދަދެއްގެ މެމްބަރުން ބައިވެރިވިއެވެ.
ޤައުމީދުވަހުގެ ދިދަ ނެގުމުގެ ރަސްމިޔާތު މިއަދު ހެނދުނު 6 ޖެހިއިރު، ނ.ކުޑަފަރީ އަނބާގޭ ސަރަހައްދުގައި ކުރިއަށް ގެންގޮއްސިއެވެ. ޤައުމީ ދިދަ ނަންގަވައިދެއްވީ ނ. ކުޑަފަރީ ކައުންސިލްގެ ނައިބުރައީސާ ހުމާމް އަބުދުއްރަހީމެވެ. ރަސްމިއްޔާގުގެ ބައިވެރިންނާއި މުޚާތަބުކުރައްވާ ކައުންސިލްގެ ރައީސާ އިލްތިމާސް ކުރެއްވީ ކޮންމެ ކަމެކައްގައިވެސް އަހަރެމެންގެ ޤައުމާއި އަހަރެމެންގެ ދީން އިސްކުރުމަށެވެ. މި ރަސްމިއްޔާގުގައި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ސުކޫލު ދަރިވަނުންނާއި އަދި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
ނ. ކުޑަފަރީގައި ބެހެއްޓި ވޯޓް ފޮށީގެ ނަތީޖާ:
1- އުމަރު ނަސީރު – 16 ވޯޓް / %4.65 އިންސައްތަ
2- ހަސަން ޒަމީލް – 0 ވޯޓް / %0 އިންސައްތަ
3- އިބުރާހީމް މުހައްމަދު ޟާލިހް – 198 ވޯޓް / %57.56 އިންސައްތަ
4- ޑރ. މުހައްމަދު މުއިޒް – 90 ވޯޓް / %26.16 އިންސައްތަ
5- ގާސިމް އިބުރާހީމް – 1 ވޯޓް / %0.29 އިންސައްތަ
6- އަހުމަދު ފާރިސް މައުމޫނު- 1 ވޯޓް / %0.29 އިންސައްތަ
7- އިލިޔާސް ލަބީބް – 35 ވޯޓް / %10.17 އިންސައްތަ
8- މުހައްމަދު ނާޒިމް – 3 ވޯޓް / %0.87 އިންސައްތަ
ބާތިލް ވޯޓް: 10 ވޯޓް
ޖުމުލަ ވޯޓް: 354 ވޯޓް
ވޯޓްލުމުގެ ހައްގު ލިބިފައިވަނީ: 424
ވޯޓްލީ ނިސްބަތް: %83.5 އިންސައްތަ
ވޯޓް ނުލާ: 70 މީހުން
ރިޔާސީ އިންތިޚާބުގައި އިއްޔެ (9 ސެޕްޓެމްބަރ) ގައި ނެގުނު ވޯޓުން ނ. އަތޮޅުން އެންމެ ބޮޑު ކާމީޔާބެއް ރައީސް ސާލިހް އަށް ލިބުނީ ނ. ކުޑަފަރިންނެވެ. ކުޑަފަރީ ފޮށިން ރައީސް ސާލިހުއަށް %57.6 އިންސައްތަ ވޯޓު ލިބުނެވެ. ޑރ. މުއިޒު އަށް ލިބުނީ %26.2 އިންސައްތައެވެ. ނ. އަތޮޅުން ދެވަނަ އަށް އެންމެ ބޮޑު ކާމިޔާބީއެއް ރައީސް ސޯލިހުއަށް ހޯދުނީ ނ. މަގޫދޫ ފޮށިންނެވެ. މަގޫދޫ ފޮށިން ރައީސް ސޯލިހު އަށް %56.7 އިންސައްތަ ލިބުނުއިރު ޑރ. މުއިޒުއަށް ލިބުނީ %41.4 އިންސައްތައެވެ. ނ. އަތޮޅުގެ 22 ވޯޓުފޮށީގެ ތެރެއިން ރައީސް ސޯލިހުއަށް ކާމިޔާބު ކުރެވުނީ 9 ފޮޓެވެ. 13 ފޮށިން ކާމިޔާބު ހޯދީ ޑރ. މުއީޒެވެ. ރައީސް ސޯލިހު ކާމިޔާބު ކުރެވުނީ ފޮއްދޫ،ހެނބަދޫ،މާޅެންދޫ،މިލަދޫ،ލަންދޫ،މަނަދޫ، ކެނދިކުޅުދޫ-2، މަގޫދޫ އަދި ކުޑަފަރި ފޮށިންނެވެ.