އެމްޑީޕީއާއި ގުޅިފައިވާ އިއްތިހާދުން އާހިތްވަރަކާއެކު ކެމްޕޭން ހަރަކާތްތައް ނ. ކުޑަފަރީގައި ފަށައިފިއެވެ.
ރައީސް އިބުރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ހޮވުމަށް އެމްޑީޕީ އަދި އެމްޑީއޭއާއި ގުޅިގެން ގިނަހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. "ވޯޓްލާ ދުވަހާޖެހެންދެން ކޮންމެ ދުވަހަކު ހެނދުނު 6 ކުން ފެށިގެ ރޭގަނޑު 12 ޖަހަންދެން، ހުއްޓުމެއްނެތި ކޮންމެދުވަހަކު ކެމްޕޭން ހަރަކާތްތައް ކުރިއަށްގެންދެވޭނެ" ކެމްޕޭނުގައި އިސްކޮން އުޅެފަރާތެއް މައުލޫމާތު ދިނެވެ. ރޭ ވަނީ ދެޕާޓީ ގުޅިގެން ކެމްޕެއިން ވޯކްސޮޕެއް ހިންގާފައެވެ. މި ވޯކްސޮޕްގައި ކެމްޕޭން ޓީމުގައި ހިމެނޭ ގިނައަދަދެއްގެ މެމްބަރުން ބައިވެރިވިއެވެ.
ޤައުމީދުވަހުގެ ދިދަ ނެގުމުގެ ރަސްމިޔާތު މިއަދު ހެނދުނު 6 ޖެހިއިރު، ނ.ކުޑަފަރީ އަނބާގޭ ސަރަހައްދުގައި ކުރިއަށް ގެންގޮއްސިއެވެ. ޤައުމީ ދިދަ ނަންގަވައިދެއްވީ ނ. ކުޑަފަރީ ކައުންސިލްގެ ނައިބުރައީސާ ހުމާމް އަބުދުއްރަހީމެވެ. ރަސްމިއްޔާގުގެ ބައިވެރިންނާއި މުޚާތަބުކުރައްވާ ކައުންސިލްގެ ރައީސާ އިލްތިމާސް ކުރެއްވީ ކޮންމެ ކަމެކައްގައިވެސް އަހަރެމެންގެ ޤައުމާއި އަހަރެމެންގެ ދީން އިސްކުރުމަށެވެ. މި ރަސްމިއްޔާގުގައި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ސުކޫލު ދަރިވަނުންނާއި އަދި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
ޖޯޝާއި ފޯރިއާއެކު ރިޔާސީ އިންތިޚާބުގެ ހަރަކާތްތައް ނ. ކުޑަފަރިން ނިންމާލާފިއެވެ. އުފާވެރި އަމާންރާއްޖެ ކެމްޕެއިން ނިމާލުމަށް ބޭއްވި ހިނގާލުމުގައި އެމްޑީޕީ އާއި ގުޅިފައިވާ އިއްތިހާދުގެ ގިނައަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. މި ހިނގާލުމުގައި ބައިވެރިވި ރައްޔިތުން ބުނަމުން ގެންދިޔައީ، މާދަމާ 9 ސެޕްޓެމްބަރ 2023 ގައި ބާއްވާ އިންތިޚާބު ރައީސް އިބުރާހީމް މުހައްމަދު ސާލިހް އެއްބުރުން ކާމިޔާބު ކުރާނެ ކަމަށެވެ. "ރައީސް އިބޫގެ ކުޑަރަށެއް ބޮޑު ރަށެއް ނުބަލާ ތަރައްޤީ ގެންނަ ސިޔާސަތަށް ވަރަށް ބޮޑަށް ތާއީދު ކުރަން، މިހާރު ފަށާފައިވާ ގިނަ ތަރައްޤީގެ މަސްރޫޢޫތަށް ނިންމުމަށް ރައީސް އިބޫއަށް ދެވަނަ ދައުރެއް ދޭންޖެހޭ" ކެންޕެއިން ހަރަކާތުގެ ބައިވެރިއަކު ބުންޏެވެ.
ނ. ކުޑަފަރީގައި ރިޔާސި އިންތިޚާބުގެ ވޯޓުލުން ފެށިޖެއެވެ. ވޯޓުލުން ފެށިފައިވަނީ 8 ޖެހިއިރުއެވެ. ވޯޓުލުމަށް ޓަކައި ކުޑަފަރީގައި ބަހައްޓާފައި ވަނީ 1 ފޮއްޓެވެ. މިފޮށި ބަހައްޓާފައިވަނީ ކުޑަފަރީ އިޖުތިމާއީ މަރުކަޒުގައެވެ. މި ފޮއްޓަށް މުޅި ޖުމުލަ 424 މީހުން ވޯޓުލުމަށް ރަޖިސްޓިރީ ކޮއްފައިވެއެވެ.
ނ. ކުޑަފަރީ 1 ނަމްބަރ ވޯޓްފޮއްޓަށް ( D-01-04-1) މެންދުރު 1 ޖެހުމާހަމައަށް ޖުމުލް 210 މީހުން ވޯޓް ވަނީ ލައިފައެވެ. އެއީ ވޯޓްލާ ނިސްބަތުން %49 ޓެވެ. މި ފޮއްޓަށް ވޯޓް ލުމަށް 424 މީހުން ރަޖިސްޓަރީ ކޮއްފައިވެއެވެ. އެއީ ނ. ކުޑަފަރީ 414 މީހުންނާއި ބޭރު ރަށްރަށުން މި ފޮއްޓަށް ރަޖިސްޓުރީ ކޮއްފައިވާ 10 މީހުންނެވެ. މުޅި ޖުމުލަ މިފޮއްޓަށް ވޯޓު ލުމަށް ރަޖިސްޓުރީ ކޮއްފައިވަނީ 236 ފިރިހެނުންނާއި 188 އަންހެނުންނެވެ.
ނ. ކުޑަފަރީ 1 ނަމްބަރ ވޯޓްފޮއްޓަށް ( D-01-04-1)12 ޖެހުމާހަމައަށް 171 މީހުން ވަނީ ވޯޓް ލައިފައެވެ. އެއީ ވޯޓްލާ ނިސްބަތުން %39 ޓެވެ. މި ފޮއްޓަށް ވޯޓް ލުމަށް 434 މީހުން ރަޖިސްޓަރީ ކޮއްފައިވެއެވެ. މިހާތަނަށް 112 ފިރިހެނުންނާއި 59 އަންހެނުން ވޯޓް ލައިފައިވެއެވެ.