24 އޯގަސްޓް 2023 - 16:38
ބަދަލު ކުޅުންތެރިން އަރުވައިގެން މޮޅެއް ނުވާނެ ކަމަށާއި އެމްޑީޕީ ނުކުމެ ތިބީ ފުލް ޓީމާ އެކު ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ބާއްވާ އިންތިހާބުގެ ކެމްޕެއިނަށް ރ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، މި އަތޮޅުގެ އެންމެ ފަހު ރަށް، ހުޅުދުއްފާރުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމްޑީޕީގެ އެތެރެއަށް އައި ލޮޅުމުގެ އަސަރު މި ރަށަށް ކޮންމެ ވެސް ވަރަކަށް ކޮށްފައިވާ ކަމަށެވެ.
އެ މަނިކުފާނު އެ އިޝާރާތް ކުރެއްވީ، ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތުމަށެވެ.
އެކަމަކު އިންތިހާބާ މެދު ގޮތެއް ނިންމުމުގައި އެމްޑީޕީ ދޫކޮށް ދިޔަ މީހުން އަލުން ވިސްނުމަށް ރައީސް އެދިވަޑައިގަތެވެ.
މިހާރު މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ ވެރިކަމަށް މީހަކު ގެންނަން ކަމަށާއި މިއީ ކުޅޭ ކުޅިވަރެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. ރައްޔިތުންނަށް ހިދުމަތް ކުރާނެ ސަރުކާރެއް ހޮވަން ކަމަށާއި މިއީ އެތެރޭގެ އިންތިހާބެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.
އެ އިން ކޮންމެ ރަށެއްގެ މީހަކަށް ވެސް ވޯޓުގެ އަސަރު ކުރާތީ، ވިސްނުންތެރިކަމާ އެކު މިކަން ނުކޮށްފި ނަމަ ނުކުންނާނެ ނަތީޖާ ވަރަށް ދެރަކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިންތިހާބުގެ ނަތީޖާގެ މިސްރާބު އޮތްގޮތް ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ. ގަދަ 2،1 އަދި 3 ވަނައިގައި 4 ވަނަ އަށް އަންނާނެ މީހުން ވެސް އެނގޭ ކަމަށް ވިދާޅުވި އެވެ. އެހެންވެ، ކޮންމެ މީހަކަށް ވެސް ގާނޫނީ ގޮތުން ލިބިފައިވާ އެންމެ ބޮޑު ޒިންމާ، ޒިންމާދާރު ގޮތުގައި ހޭދަކުރުމަށް އިލްތިމާސްކުރެއްވި އެވެ.
"ތި ބޭފުޅުންގެ ވޯޓެއް ބާކީއެއް ނުކުރައްވައްޗޭ. އަޅުގަނޑުމެންގެ ތރެެއިން ނުކުމެގެން އެ ވާދަކުރައްވާ ބޭފުޅުންނާ ދޭތެރޭގައި ރާއްޖޭގެ އެކި ރަށްރަށުގައި މީހުންގެ ވިސްނުން ހުރި ގޮތް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ. އެކެއް، ދޭއް، ތިނެއް މި ހިސާބަށް ވެސް އަދި ކިޔާނެ ކަމެއް. މިއިން ހިސާބަކަށް ވެސް އަޅުގަނޑު ހިތެއް ނުބުނޭ އަދިއެއް އެ ބޭފުޅުންނަކަށް މި ފަހަރަކު އާދެވޭނެކަމަކަށް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"ރަނގަޅަށް ވާދަކޮށްލަން ބޭނުންވަންޏާ ހަގީގަތުގައި. މި އުޅެނީ އޭ ޑިވިޝަންގެ މެޗެއް. އިނގިރޭސިވިލާތުގައި ވިއްޔާ ޕްރިމިއާ ލީގު މި ކުޅެނީ. ބަދަލު ކުޅުންތެރިން އަރުވައިގެން ކާމިޔާބެއް ނުވާނެ ފުލް ޓިމް ކުޅެން އަރަންވާނެ. އަޅުގަނޑުމެން މި ތިބީ ފުލްޓީމާއެކީގައި."
އެ މަނިކުފާނު ވިދާޅުވި ރިޔާސީ އިންތިހާބު ކުރާނީ ބޮޑު ތަފާތަކުން ފުރަތަމަ ބުރުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު.
25 August 2023
ބަދަލު ކުޅުންތެރިން އަރުވައިގެން މޮޅުނުވާނެކަން އިންގިއްޖެ އެކަމުގެ ހިތި ފެނިއްޖެ
ނަށީދު
25 August 2023
އެހެން ނަމަ ތިބޭޅާއަށް ވެރިކަން ނުލިބުނީހެއްނު؟ ތީ ބަދަލު ކުޅުންތެރިޔެއްނު ހުރިހާ ވެރިން ރާއްޖޭން ބޭރުގަ ތިބެން ޖެހުމުން އެރުވި
ތުއްތުކޮއި
25 August 2023
އެޒަމާން ފަސްދީ ހިނގައްޖެ. މިއީ ބަދަލު ކުޅުންތެރިން އަރުވައިގެން ވެސް މޮޅުވާ ޒަމާން
ސޖއިޖސިއ
25 August 2023
ފުލްޓީމުގަ އަރުވާފަ ތިބީ ކުޅެން ނޭނގުނަސް ކޯޗު ނުވަތަ މެނޭޖުމެންޓަށް ސައިދީ އެކި ކަހަލަ ހަދިޔާ ދޭ ކުޅުންތެރިން. އެމީހުން ލައިގެން ޓީމަށް ކިހިނެއްތަ ވާނީ...؟؟؟
ސަސު.
24 August 2023
ބޮޑެތި މެޗުތަކުގައި ބަދަލު ކުޅުންތެރިން ލަނޑުޖަހައިގެންވެސް މެޗުން މޮޅުވެ ޗެމްޕިއަންކަން ހޯދާފަ އެބަހުރި.
ގައުމީ ދޫ
24 August 2023
މުސްކުޅިވެ ބުރަހެލިވެފައިވާ ކުޅުންތެރިން ބަދަލަކޮށް ބެންޗުގައި ތިބި ބުންވަރު ހުރި ޓެލެންޓުހުތި ޒުވާނުން އަރުވައިގެން ނޫނީ މޮޅެއް ނުވާނެ !
ޑިސްއޮނަރަބަލް ޑީޑީ
24 August 2023
މަނިކުފާނަކީ ޚުދު ބަދަލުކުޅުންތެރިއެއްނޫންތޯ؟ ނަޝީދަށް ރަތްކާޑު ދައްކާފާހުރީމާ އޭނާގެ ބަދަލަށް މަނިކުފާނު އަރުވާފާތިހުރީ. މަނިކުފާނަށް އެބަ ހަމަލާ ފޮނުވާލެވޭ ބައިކޮޅަށްވެސް. ބައެއްފަހަރު ވަދެފާވެސް އެބަހުރި އެފަދަ ބޯޅަތައް.
1828
24 August 2023
ނޫނޭ. ފުރެޝް އެނަރޖީ ހުރި ކުޅުންތެރިން ދަނޑުމައްޗަށް އެރުވީމައި ޓީމުން ތަފާތުފެންނާނެ.
އަލީ
24 August 2023
ވަރަށް ސަޅި ވާހަކަކޮޅެއް
1828
24 August 2023
އެއްވެސް ސަޅިއެއްނޫން
2818
24 August 2023
ހަމަ ސަޅި. އަސަރެއްކުރާނީ
ަސުހުެޔއުޔ
25 August 2023
އަލީއަށް 10 ޕޮއިންޓު
އަލްމުދިޝް
24 August 2023
ނައިބްރައީސް ފައިސަލް ގެ ބަދަލު މިހާރު އެހުންނެވީ އަރުވާފަ ބަދަލު ކުޅުންތެރި އެއްނޫންތޯއެވެ.؟ ހަޤީގަތުގަވެސް އަމިއްލަފުޅަށް ބަލިގަބޫލު ކުރެއްވީ ނޫންތޯޢެވެ!