ލ. މާވަށުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ--ފޮޓޯ: އެމްޑީޕީ
29 އޯގަސްޓް 2023 - 13:16
މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ކުށް މަދު ކުރެވުން ވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަފާސްހިސާބުތަކުން މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކެމްޕެއިނަށް ލ. މާވަށަށް މިއަދު ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ފަސް އަހަރަކީ ފަހުގެ ތާރީހެއްގައި އެންމެ އަމާން ހަމަޖެހޭ ފަސް އަހަރު ކަން ފުލުހުންގެ ރެކޯޑުތަކަށް ބަލާލުމުން ސާފު ވާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި 2013 އިން ފެށިގެން 2018 އާ ހަމައަށް މާރަމާރީ ހިންގައިގެން 5،602 މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވެ އެވެ. އެކަމަކު، މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ އަދަދު 2،500 އަށް މަދު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އޮތް އިރު ފޭރުމުގެ 3،810 މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށާއި މިހާރު އެ އަދަދު 1،700 އަށް މަދު ކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ވައްކަމުގެ 26،176 މައްސަލައެއް 2013 އިން 2018 އަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި ނަމަވެސް މި ފަސް އަހަރުގެ ތެރޭގައި 1،800 އަށް އެ ދަށް ވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ކޮންމެވެސް ކަމެއް ހަމަޖެހުމަށް ކުރެވިއްޖެ ކަން ތަފާސްހިސާބުތަކުން އެބަފެނޭ،" ނަމްބަރުތަކުގެ ތަފާތު ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެކަން ހާސިލް ކުރެވުނީ ސަރުކާރު ހިންގަން ތިބި މީހުން ސިޔާސީ ކަންކަމުގެ ތެރެއަށް ނުވަދެ ރަށްރަށުގެ ތަރައްގީ އަށް މަސައްކަތް ކުރުމުން ކަމަށެވެ.
- ފުޓްސަލް ދަނޑު އެޅުން.
- ވޮލީ ކޯޓު އެޅުން.
- ރޯ ހައުސް އެޅުން.
- ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުން.
- ބިން ހިއްކުން.
- ތާރު އެޅުން.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމެންޓްކުރާމީހާ
29 August 2023
60 ބިލިއަންގެ ލޯނު ހަމައެކަނި މި ސަރުކާރުން ނެގި ކަމަށް ވާއިރު ތަރައްޤީއޭ ކިޔައިގެން ދެކެވޭ ވާހަކަ ހުއްޓާލާ... 60 ހާސް މިލިއަނުން އިޚްލާސްތެރިވެރިއަކަށް ހާދަހާވާ ގިނަ ކަންކަމެއް ރައްޔިތުންނަށް ކޮށްދެވޭނެއެވެ...
ދިވެހިބިން
29 August 2023
މިވެރިކަމުގެ ފަސްއަހަރުގެތެރޭގަ ޤާނޫނުގެ ތެރެއިން ހައްޔަރުކޮށް ކަނޑައެޅިފަވާ އަދަބުދެވުނު ހަމަ އެންމެ މުޖުރިމެއްގެ ނަން ބުނެބަލަ؟
ތަފާސް ހިސާބު
29 August 2023
ފުރަ މާލޭގައި މިސްކިތްތަކަށް ވުރެ ނާސިގެ ތައް ގިނަ ވެއްޖެ.
އެޑްމުންޑޯ
29 August 2023
މަރާލި މީހުން އަދަދު ކީއްވެ ނުބުނި ، ރޭޕްކުރުމާއި ފޭރުނު މީހުންގެ އަދަދު ވެސް ނުކެރުނު ބުނާކަށް އެއީ ގިނަވާނެތީ ، ތިކިޔާދިން އަދަދުތައްވެސް ތިހިރީ އޮޅުވާލައިފައި !!!
ބައިތާރު
29 August 2023
މައްސަލައެއް ރިޕޯޓްކުރާނީ ކިހިނެތްތޯ. މި 5 އަހަރުތެރޭ ނެތޭ ފޯނަށް ޖަވާބުދޭ ސަރުކާރުގެ އިދާރާއެއް. ހޮޓްލައިންއަށް ގުޅިއަސް ކިޔަނީ ޔޫ އަރ އިން އަ ކިޔު ނަންބަރ...... ހަތަރު ދުވަސްވިޔަސް އެހެޔޮ ލާހިކެއްނޫން ފޯނަކުން ޖަވާބެއްލިބޭކަށް. ދެންވީ ރައްޓެއްސެއްގެ ރައްޓެއްސެއް އެއޮފީހުގައުޅޭތޯ ބަލައި އެމީހަކަށްގުޅަން.
ވަސް
29 August 2023
ކުރީގަ ގުޅާލާ އިރަށްް ސީދާ ޔާމީނު ދޯ ފޯނު ނަގަނީ. ވަކި ތަފާތެއް ނެތް ހަމަ ސޭމް
ރތމހ
29 August 2023
މަޖިލިސް މެމްބަރ ބޮލަށް މަރިޔެޔޮ މިގައުމުގަ އާއްމު މީހާ އަށް އޮތް ރައްކާތެރިކަން ވިސްނާ. މީ ފޭކް ގާނޫނާ ހިލާފް ސަރުކާރެއް، ރައްފުށު ވީމާ 3000 މީހުނަށް ސްކޫލް، ބަނދަރު ހުރިހާ އަސާސީ ކަމަކަށް 100މލ އެކަމަކު މާލެ އިފަން ވީމާ ކޮންމެ މީހަކަށް ދައުލަތުގެ ބަޖެޓުން 20 މލ އަމިއްލަ މުދަލުގެ ގޮތުގައި. ޟިއީ އެމްޑީޕީ ގެ ހަމަ ހަމަ ސިޔާސަތު.
ނަވާނެ
29 August 2023
ގައުމު ނާމާންކުރާ ޕާޓީއެއް ވެރިކަމުގެ އޮތިއްޔާ ގައުމު އޮންނާނީ އަމާންކޮށް. ކުށްވެރިންދެކެ ބިރުގަންނަ މީހުން ތަންތަނުގެ މައްސަލަ ބަލަން ތިބިއްޔާ ކުށް ރިޕޯޓްކުރާލެއް މަދުވާނެ. ކުށް ރިޕޯޓްކޮށްގެން ކަމެއްނުވާކަން އެންމެން ދަންނަން ފެށީމަ ރިޕޯޓްކުރާލެއް މަދުވާނެ. ކުށްކުރާ މީހުންނަށް މެޓާ ބެހީމަ އެކުދިން ދުވަސްކޮޅަކަށް އުފަލުގަ ތިބޭނެ. ވަކި ބައެއްގެ މައްސަލަތައް ނުބެލޭކަން އެނގެންފެށީމަ އެބަޔަކާ ދެކޮޅަށް މައްސަލައެއް ނުޖައްސާނެ.
އޖުޔުޔބުެދ
29 August 2023
ސުކޭމު ޖައްސައިގެން މީހުންގެ އެކައުންޓު ދޮވެލާ މީހުން އަތުނުވަނީ ކީއްވެތޯ؟؟؟ އަމާން ކަން ބޮޑު ކަމުންތޯ؟
ސކޮއެކސޮކޮޖދޖދޖދ
29 August 2023
ބޮޑެތި ސްކޭމް ތައް ހިންގި މީހުން ނުހޯދިި އެޔޮތީ ކީއްވެތޯ؟؟؟ (ޕޮލިސް، ބެންކު ، އުރީދޫ ދިރާގު ފަދަ ތަންތަނުން މައުލޫމާތު ހޯދޭން އޮތް އިރުވެސް)
ހޯހޯ
29 August 2023
މުއިއްޒަކީ އަދުރޭދެކެވެސް ބިރުން ހުންނަ މީހެއް. އަދުރޭ ގެންގޮސްގެން ގަންނަންޖެހެނީ ލަދު. އަނެއްކާ ޝަހީމު އާދޭސްކޮށްގެން ގެންދިޔައިމަވެސް ލަދު ގަންނަންޖެހެނީ. ދައްކާ ދިއުޅިއެއްނުވާ ވާހަކައިން.