30 އޯގަސްޓް 2023 - 06:59
ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރު ހާންގެ އާ ފިލްމެއް އަންނަ އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން ނިންމައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އާމިރުގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން ގެނެސްދޭ އެ ފިލްމުގައި ލީޑު ރޯލު ވެސް ކުޅޭނީ އޭނާ އެވެ. އެ ފިލްމުގެ ނަމާއި ކާސްޓު އަދި ފައިނަލް ނުވެ އެވެ.
އެ ފިލްމު ޑައިރެކްޓް ކުރަނީ މީގެ 30 އަހަރު ކުރިން ނުކުތް އާމިރުގެ ފިލްމު "އަންދާޒް އަޕްނާ އަޕްނާ" ޑައިރެކްޓް ކުރި ރާޖުކުމާރު ސަންތޯޝީ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެ ފިލްމުގެ ފަހުން އާމިރު އާއި ސަންތޯޝީ އެކުގައި އަދި މަސައްކަތެއް ނުކުރެ އެވެ.
ފިލްމުގެ މަސައްކަތް މިހާރު އޮތީ ޕްރީ ޕްރޮޑަކްޝަން ސްޓޭޖުގައި ކަމަށް ވެ އެވެ.
އާމިރު އެންމެ ފަހުން ފެނުނީ މިދިޔަ އަހަރު ނުކުތް "ލާލް ސިންގް ޗައްޑާ" އިންނެވެ. ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު އެ ފިލްމަށް ކްރިޓިކުން ތައުރީފު ލިބުނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްމުދިޝް
30 August 2023
މީނަނޫނީ ހައްޖުގެ އަޅުކަމެއްގައި އުޅު ޚަނެއްނުފެނެއެވެ. މީތަފާތު ޚާނެކެވެ. މީނަގެ ކެރިއަރުގައި ބަރަކާތް ލައްވާށިއެވެ.