ދުވާފަރުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު އެ ރަށުގެ ބައެއް ސަޕޯޓަރުންނާ އެކު ފޮޓޯއެއް ނަންގަވަނީ.
30 އޯގަސްޓް 2023 - 13:52
އެކަނިވެރިމައިންނަށް ދޭ އެލަވަންސް ބޮޑު ކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.
އެ މެނިފެސްޓޯގައި ވަނީ، އެކަނިވެރިމައިންނަށް އެލަވަންސް ދިނުމުގައި ދަރިން ތިބޭ ނިސްބަތަކުން ކޮންމެ ކުއްޖަކަށް 3،000ރ. ގެ މަގުން އެލަވަންސް ބޮޑު ކުރާނެ ކަމަށެވެ.
އެކަނިވެރިމައިންނަށް މިހާރު އެލަވަންސް ދެނީ ކުދިންގެ ނިސްބަތުން ކޮންމެ ކުއްޖަކަށް 1،000ރ. ގެ މަގުންނެވެ. ދަރިން އިތުރުވާ ވަރަކުން އެންމެ ބޮޑު އަދަދެއްގެ ގޮތުގައި 10،000ރ. އާ ހަމައަށް މި އެލަވަންސް ލިބޭ ގޮތަށް 2019 ވަނަ އަހަރު ބަދަލު ގެނެސްފައިވެ އެވެ. އެކަނިވެރިމައިންނަށް 10،000ރ. ލިބޭނީ 10 ކުދިން ބަލާ ނަމަ އެވެ.
މުއިއްޒުގެ މެނިފެސްޓޯގައިވާ ގޮތަށް ކޮންމެ ކުއްޖަކަށް ދޭ އެލަވަންސް 3،000ރ. އަށް ބޮޑު ކުރުމުން ހަތަރު ކުދިންނަށް ވުރެ ގިނައިން ދަރިން ތިބި މީހުންނަށް 12،000ރ. އެކަނިވެރިމައިންގެ އެލަވަންސްގެ ގޮތުގައި ލިބޭނެ އެވެ.
އެކަނިވެރިމައިންނަށް ދޭ އެލަވަންސްގެ އިތުރުން، އެކަނިވެރިމައިންނަށް ހާއްސަކޮށް ހައުސިން ސްކީމެއް ވެސް ފެށުމަށް މެނިފެސްޓޯގައި ހިމަނާފައި ވެ އެވެ. ދެ ކޮޓަރީގެ 1،000 އެޕާޓްމެންޓް އެކަނިވެރިމައިންނަށް ހާއްސަ ކުރަން މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ހިމަނައިފަ އެވެ.
- އަންހެނުންގެ ވިޔަފާރިތަކަށް ހާއްސަކޮށް 100 މިލިއަން ރުފިޔާގެ ސްޓާޓް-އަޕް ސްކީމެއް.
- ސިވިލް ސާވިސްގެ ސީނިއާ މެނޭޖްމެންޓުގައި އަންހެންނުން އިތުރު ކުރުން.
- ދެ ޖިންސުގެ ހަމަހަމަކަން އޮންނަ މަސައްކަތުގެ މާހައުލުތައް ފާހަގަކުރުމުގެ ގޮތުން އެފަދަ އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ އިދާރާތައް ސެޓިފައި ކުރުން.
- ބައިގެންދާ އަންހެނުނަށް ޕެއިޑް- ލީވް ދިނުން.
- ނެޝަނަލް މެޓާނިޓީ އެންޑް ޗަލްޑް ކެއާ ހޮސްޕިޓަލެއް ހެދުން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޭންޖަރ00
31 August 2023
ތިވާ ގޮތުން ދެތިން ކުދިން ލިބުމަށްފަހު ވަރިވުން ނުވަތަ ވަރިކުރުން މާރަނގަޅު. ފައިނޭންޝަލް ޓެންޝަން އެހާ ބޮޑުއިރު، ވަރިވެގެން އެކަމަކު އެކުގަ އުޅުން ގިނަވެދާނެ ތިވާގޮތުން. ވަރިވިޔަސް ހަމަ ސުލްޙައިގަ ރީތިކޮށް އެއްކޮށް އުޅެވިދާނެތާ ދޯ.
ދަލޭކަ ދައިތަ
31 August 2023
އަހަރެމެން ތިބޭނީ އެކަނިވެރިކޮށް، 65 ގެ އެލަވަންސް ފެށެންދެން. ކިހާ ކޫލް ފުލު ފުލުން އެލަވަންސް. ފިރިހެންވެރިން ޖޭ ވާނެ ކަމެއްނެތް .
ގާދިރު
30 August 2023
ވަރީގެ ތޫފާނެއްގެ ފެށުން މިހާރުވެސް މުޅި ދުނިޔޭގެ އެންމެ ވަރިގިނަ ޤައުމު ދެން ވާނެ އެއްޗެއް ވާނެ ގޮތެއް ވިސްނާލެވުނުބާ؟
ގެދޮރު ނެތް މާލޭމީހާ
30 August 2023
މި ވެދާނެ ބައެއް މީހުންނަށް ނުރައްކަލުގެ ސިގްނަލަކަށް. އެހެނީ އިޅްލާޞްތެރި ކަމާއިއެކު މަސައްކަތްކޮށް އުޅޭ ފިރިންނަށް ލިބޭ ވަރު މަދުވެ ގަދަކަމުން ވަރިވާ އަންހެނުން ގިނަވެދާނެ. މަސައްކަތްކޮށްގެން ލިބޭ މުސާރައަށްވުރެ މަސައްކަތް ނުކޮށް ހުރީމަ ލިބޭ ވަރު އިތުރު ވީމަ މަސައްކަތް ކުރަން ބޭނުން ނުވުން ކަހަލަ ކަމެއް މީ. ތެދެއްމެ, ވަރަށް ގިނަ ކަނބަލުން ވަރަށް ނިކަމެތި ޙާލުގަ އުޅޭ ދަރިންނަށް އެކުދިންގެ ބަފައިން ޚަރަދު ނުދޭތީ. އެފަދަ ފަރާތްތަކަށް މީ އުފާވެރި ޚަބަރަކަށް ވާނެ
މަޖުދުﷲ
30 August 2023
އެކަނި ވެރި ބަފައިންނަކަށް ނެތްތަ އެއްޗެއް؟
އެކަނިވެރިބަފައިން
30 August 2023
އެކަނިވެރި މައިންނޭ ކިޔައިގެން ބޮޑެތި ތަފާތުކުރުންތަކެއް އަންހެނުންނާ ފިރިހެނުންނާ ދެމެދު ގެންގުޅެނީ. އެކަނިވެރި ބަފައިންވެސް އެބަ އުޅޭ. ދަރިންކޮޅު ގޮވައިގެން ހާލުގައި ޖެހިފަ ތިބި. އެމީހުންގެ ހައްގުމިންވަރަކީ ކޮބާ. މައްސަލައަކީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން މަސައްކަތްކޮށްގެން ނުވަތަ މީހަކާ އިދެންގެން ރިވެތި ދިރިއުޅުމެއް އުޅެން ހިތްވަރު ދިނުމުގެ ބަދަލުގައި ވޯޓު ހޯދަން ރައްޔިތުންގެ ލާރިގަނޑު ބަހާނެ މޮޅެތި ގޮތްގޮތް ހޯދާތީ. ބޯހަލާކު
އެކްސިް
30 August 2023
ވަރި އިތުރުކުރަން ދޯ ތި އުޅެނީ.
ގަދަ
30 August 2023
އެކަނިވެރިމައިންނަށް އިންނާނެ ރަނގަޅު ފިރިހެނަކު ހޯދައިދިނުމަށް ވަޢުދުވިއްޔާ މާރަނގަޅު ވާނެ
ފޫޅު އަލިބޭބެ
30 August 2023
ވެރިކަމާ ކުރިމަތިލައިގެން އުޅޭ މީސްމީހުންގެ ވައުދުތަކަށް ބަލާލީމާ ހީވަނީ ގަތަރު މޮނާކޯ ކަހަލަ ގައުމެއްގަ އޭ ބޭބެއަށް މި އުޅެވެނީ. އާނ އެހެންޏަ ސަރުކާރުން ފައިސާ ޚަރަދު ކުރާނެހާ ގޮތް ފޮތް ހޯދައިގެން އެބަ ކިޔާ. އަނެއްކޮޅުން އަނެއްކާ ހަމަ ބަނގުރޫޓުވަނީ އޭ ވެސް އެބަ ގޮވާ. މިއިން އެކަކުވެސް ނުދައްކާ ފައިސާ ވައްދާނެ ގޮތެއްގެ ވާހަކަ. ހުސް އެއަރޕޯޓާ ބުރިޖާ އެކަހަލަ މިކަހަލަ ވާހަކަ. ސާބަހޭ ކުދިންނޭ ހޭޖެހޭ މީހުން ގިނަތަނެއްގައި ބޭބެއަކީ މޮޔައަކީމު
ނޫން، ބައްލަވާ
30 August 2023
ޢުމަރު ނަޟީރު މުޅިން ތަފާތު. އާއްމުދަނީ ހޯދާނެގޮތްތައް ވިދާޅުވޭ. ހިލޭ ނުބަހާނެކަމަށް ވިދާޅުވޭ.
ޔޫޓޫބް
30 August 2023
ބަލަގަ ރާޖޭން މަހަކު ބަންގްޅަޑޭޝް އަށް ވެސް މިލިއަނުން ޑޯލަރު ބޭރުވޭ. އޭތިކޮޅު މައިތިރި ކުރެވުނަސް. އެކަނިވެރިމައިންނަށް ދޭ އެލަވަންސްގެ ވަރަށް ބޮޑު ބައެއް ޗަލާނެހެން ހީވަނީ.
އަލްމުދިޝް
30 August 2023
އެކަނިވެރި ބަފައިންނަށްވެސް ލިބޭނެތޯޢެވެ؟ ތިކަން އިތުރުވުމާއި އެކު ވީ ވައުދުތަކަށް އަސަރުކޮށްފާނެއެވެ. އެއީ މިހާރުވެސް އެކަނިވެރި ވާންބޭނުން ވާ ކުދިން އެބައުޅެއެވެ.