ރާއްޖެއަށް އައި ޓޫރިސްޓުންގެ ތެރެއިން ބަޔަކު ޖުމްހޫރީ މައިދާނު ސަރަހައްދުގައި-- ފޮޓޯ: މިހާރު
02 ސެޕްޓެމްބަރ 2023 - 16:22
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން ޓޫރިސްޓުން އައިސް، ސަރުކާރުން ކަނޑައެޅި އަމާޒަށް ދާން ބާކީ ހަތް ލައްކަ ޓޫރިސްޓުންނަށް ވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އާއި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ 14 ޕަސެންޓު އިތުރުވެފަ އެވެ. މިދޔަ އަހަރުގެ މިހާތަނަށް ރާއްޖެއަށް އައީ އެއް މިލިއަން ޓޫރިސްޓުންނެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. އެގައުމުން 144،000 ޓޫރިސްޓުން އައިސްފައިވެ އެވެ. ރަޝިޔާގެ އިތުރުން އިންޑިއާ އާއި ޗައިނާ އާއި ވަނީ ލައްކައަށް ވުރެ ޓޫރިސްޓުން އައިސްފަ އެވެ.
މިއަހަރުގެ ބަޖެޓުގައި 1.8 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެހެން ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިއަހަރު ރާއްޖެއަށް 1.9 މިލިއަން ޓޫރިސްޓުން އައުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ.
މިއަހަރު ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން ހަމަވީ، ޖުލައި މަހު އެވެ. މިދިޔަ އަހަރު އެއް މިލިއަން ޓޫރިސްޓުން ހަމަވީ އޮގަސްޓް މަހު އެވެ.
މިއަހަރުގެ ބާކީ އޮތް ހަތަރު މަހު 180،000 ޓޫރިސްޓުން އައިސްފި ނަމަ، އަހަރު ނިމޭ އިރު ދެ މިލިއަން ޓޫރިސްޓުން ހަމަވުމުގެ ފުރުސަތު އެބަ އޮތެވެ. ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 5،000 ޓޫރިސްޓުން އާދެ އެވެ. ދެ މިލިއަން ހަމަވުމުގެ ފުރުސަތު އޮތީ އެ އަދަދު 6،500 އަށް އިތުރު ކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެނޯ
03 September 2023
ފަތުރުވެރިންގެ އަދަދު ގުނަގުނާފަ ކޮން ހަވައެއްތަ އަރުވަންވީ؟ އެ އަންނަ އަދަދާ ގާތަށްވެސް ޑޮލަރު ގައުމަށް ނުވަންނަނަމަ ކޮން ފައިދާއެއް؟
މިވާގޮތެއްގޯ
02 September 2023
ޑޮލަރު ދަނީ މައްޗައް...ނަގާ ދަރަނި ވަނީ އިތުރު... ތަކެތީގެ އަގު ވަނީ ބޮޑު..ބަލިވާ މީހުން ވަނީ ގިނަ..
އޮނަރަބްލް އަފީފު ދީދީ
02 September 2023
ދިވެހި ދައުލަތް ހިންގާން އޮންނަ މާލޭސަރުކާރުން ކުރާ ހުރިހާކަމެއް ކުރަނީ ސީދާގޮތުންނާއި ނުސީދާކޮށްވެސް ކ.އަތޮޅު މާލޭ މީހާއަށާއި އެރަށަށް މަންފާއާއި ލާބަ ލިބޭގޮތަށް. # ބޯފެން، ނަރުދަމާ، ތެލާއި ކާޑްގެ ބާވަތްތަކާއި ބޭސް އަދި މަސްވެރިކަމާއި ޓްއަރިޒަމް ފަދަ އިޤްތިސޯދީ ކަންކަންވެސް އޮތީ މިގޮތަށް. # މުޅިރާއްޖޭގައި ޑޮމެސްޓިކް އެއަރޕޯޓް އަޅާއިރުވެސް އައްޑޫގައި ހުންނަމީހާ ހުވަދޫ ނުވަތަ ލާމަށް ދާންޖެހެނީވެސް މުޤައްދަސް ރަށްކޮޅުގައި ފައި ބީއްސާލާ ކުލި ދީފައި.
ބަނދަރުން
02 September 2023
އެބުނާ އިންޓަނޭޝަނަލް ބަނދަރު 90 ގައި އެޅި ނަމަ މިތަނަށް އަންނަ ޓޫރިސްޓުން ގުނަން ނުޖެހުނީސް. މާލެ ނޫން ވީމަ އެކަން ނުކުރީ!
މިއައު
02 September 2023
އަދަދުތައް ހަމަވެގެން ރާއްޖޭގެ ފައިސާ ދައުރު ނުވެ ވާހާވެސް ކަމަކީ ރާއްޖޭގެ ނެޗުރަލް ރިސޯސްތަކައް ބާރު ބޮޑުވުން. ދެން؟ ވެރިންގެ އޮފްޝޯ އެކައުންޓުތައް ފުރިދާނެ. އަހަރުންނަށް ވާނުވާ ނޭނގުނަސް، އަސްލު ގައުމުގެ ކަންކަމާ ނުވިސްނާ ހުރެވޭތޯ މިބަލަނީ. މިކަންކަން ވ ގާތުން ފެންނާތީ އެކަމު ހިތައް އުނދަގޫ. ގައުމުދެކެ ލޯބިވުމަކީ ކުޅަދާނަ ކަމެއްނޫން މިރާއްޖޭގަ.