ފުވައްމުލައް ސިޓީގެ މަގެއް: އެ ރަށުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ވަނީ މަރުވެފައި
12 ސެޕްޓެމްބަރ 2023 - 11:09
ފުވައްމުލަކުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ސައިކަލް އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާ މިއަދު މަރުވެއްޖެ އެވެ.
އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް މިއަދު ހެނދުނު މަރުވީ އެ ރަށު ދެބުދާރުގެ، އިސްމާއިލް ހަސަން، 30، އެވެ.
ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓް ހިނގީ ހޮނިހިރު ދުވަހުގެ ރޭ 11 ޖަހާކަން ހާއިރު ނައިބުތުއްތު މަގުން އޭނާ ދުއްވި ސައިކަލް ބަމްޕަރަކަށް އަރައި ކަހާލައިގެންނެވެ.
އޭނާ އަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާ އަށް މާލެ ގެނައީ އާދިއްތަ ދުވަހު އެވެ.
މިދިޔަ ހޮނިހިރު ދުވަހު ލ. ގަމުގައި ކަރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ވެސް ވަނީ މަރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
12 September 2023
ވަރަށް ގިނަ މަގުތަކުގައި ބަމްޕަރ ލާންނުޖެހޭ ތަންތާގައި ލުމުގެ ސަބަބުން އެކްސިޓެންޑްތައް ހިގާފައި އެބަހުރި
ދޮން ހަސީނާ
12 September 2023
ބަމްޕަރު މިއީ މީހުން މަރަން ހަދާފަ ހުންނަ އެއްޗެއް. ބަމްޕަރު ލުމުގައި އެއްވެސް ގައުމީ ސްޓޭނޑަޑެއް ނެތް.
ސަލީމު އިދުރީސް
12 September 2023
ތިހެންވީއިރު ސައިކަލު ދުއްވުމުގެ އެއްވެސް ސްޓޭނޑަޑެއް އޮވޭތޯ ކުޑަމިނުން ލައިސަންސްނެތަސް މައްސަލަކައްނުވޭ ޖޫރިމަނާކުރިއާ އަނެއްދުވަހު މާފު ކުރާނެ