ޚަބަރު / މަގުމަތީގެ އެކްސިޑެންޓް

ޓެކްސީއެއް ކޮންޓްރޯލް ނުވެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ސޯލާ ޕެނަލްތަކަށް ގެއްލުންވެއްޖެ

ހުޅުމާލެއިން މާލެއަށް ދަތުރުކުރި ޓެކްސީއެއް ކޮންޓްރޯލް ނުވެ ގޮސް ސޯލާ ޕެނަލްތަކުގައި ޖެހިފައި.--- ފޮޓޯ: އާމިނަތު ނަދާ

16 ސެޕްޓެމްބަރ 2023 - 10:40

31 comments

މާލެ-ހުޅުމާލެ ހައިވޭގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓެއްގައި އެތަނުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތަކަށް މިއަދު ގެއްލުންވެއްޖެ އެވެ.

އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ފުލުހުން ބުނީ ހައިވޭގެ ހަތަރު ލޭނުން ހުޅުމާލެއިން މާލެއަށް ދަތުރުކުރި ޓެކްސީއެއް ކޮންޓްރޯލް ނުވެ ގޮސް ސޯލާ ޕެނަލްތަކުގައި ޖެހިފައިވާ ކަމަށް މިއަދު ހެނދުނު ހަތެއް ޖަހާކަށް ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

"މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވޭ. ނަމަވެސް ޓެކްސީ އަށާއި ސޯލާ ޕެނަލްތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވޭ" ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގީ ޓެކްސީ ދުއްވަން އިން ޑްރައިވަރަށް ނިދި ޖެހިގެންނެވެ.

ހުޅުމާލެއިން މާލެއަށް ދަތުރުކުރި ޓެކްސީއެއް ކޮންޓްރޯލް ނުވެ ގޮސް ސޯލާ ޕެނަލްތަކުގައި ޖެހިފައި.---ފޮޓޯ: އާމިނަތު ނަދާ

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މި އެކްސިޑެންޓުގައި ސްޓްރަކްޗާގެ ބަޔަކަށާއި އޭގައި ހަރުކޮށްފައި ހުރި ހަތަރު ސޯލާ ޕެނަލަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މި އެކްސިޑެންޓް ހިނގީ، މި ކަހަލަ ކަމެއް ހިނގާފާނެ ކަމަށް ބަލައި ސޯލާ ޕެނަލްތައް ހުންނަ ސަރަހައްދުގައި ޕެންސް ޖެހުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައި ވަނިކޮށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހައިވޭގައި ހަރުކޮށްފައިވާ ހުރިހާ ސޯލާ ޕެނަލްތަކެއް ހުރީ އިންޝުއަރެންސް ވެސް ކޮށްފަ އެވެ.

މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑު ނުވަތަ ހައިވޭގައި 5.6 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމު ގާއިމު ކުރަނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ ނޮވެމްބަރު 2020 ގަ އެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު ޑިސެމްބަރުގަ އެވެ.

އެ މަސައްކަތް އަދި އެއްކޮށް ނުނިމެ އެވެ.

31 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 27%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހަރެންގެ ސަރުކާރު

18 September 2023

އަހަރެންގް ސަރުކާރުގައި ތިޔަ ފަދަ އެކްސިޑެންޓް ހުއްޓުވާނަން

The name is already taken The name is available. Register?

Gold

18 September 2023

ނިދިޖެހޭމީހުން އެއްޗެހިދުއްވުމަކީ ގައުމީސަލާމަތަށް (ރައްޔިތުންގެ ސަލާމަތަށް) ނުރައްކާވާކަމެއް، ވަގުތުން ލައިސަންސް ބާތިލުކުރަންޖެހޭކަމަށް އަޅުގަނޑު ގަބޫލުކުރަނީ! މިފަހަރު ސޯލާޕެނަލްތައް، ދެންފަހަރަކުން ބައެއްގެފުރާނަ ދެންވެސް ބުނާނީ އެއީ ނިދިޖެހިލީޔޭ، އުމުރުދުވަހަށް ލައިސަންސް ބާތިލުކުރުން ވަރަށްމުހިންމު ކަމަށް އަޅުގަޑު ގަބޫލުކުރަނީ މިއީ އަޅުގަނޑުގެ ހިޔާލު، މިޔަށްވުރެ ރަނގަޅުހިޔާލެއް އޮތީޔާ ހަމަދޭންވީ މައްސަލައާ ނުގުޅޭ ރިޕުލޭއެއްނޫން ކުރަންވީ!!

The name is already taken The name is available. Register?

އައްޑޫކުއްޖާ

17 September 2023

ޓެކްސީ ޑްރައިވަރުން ހޭވައްޓާފަ ލާރި ހޯދުމުގަ

The name is already taken The name is available. Register?

ކާރުބޭބެ

16 September 2023

ކޮބާ ކާރަކަށް ގެއްލުމެއް ނުވޭތަ؟ ދެން ބަޔަކު ކަމެއް ކުރީމޭ ކުރަންދޯ؟ އެހީ ގޮތުގަ ލިބޭ ލާރިތައް އެއްވެސް ޕްލޭނެއް ޑިޒައިން އެއް ނެތި ހަމަ ކުރަނީ. ތިތާ ވަށައިގެން ފާރު ކޮޅެއްލާ ރަގަޅަށް ހަދަން ޖެހޭ، ބޮޑު ހައިވޭ އެއްގަ ހުރި ތަނެއް އެބަޖެހޭ ރަގަޅުވާން. ބައުންޑަރީ ސައިޑް އޮންނަން ޖެހޭ، ދެން ކީކޭ ބުނާނީ މި ސަރުކާރުގަ ހުރިހާ ކަމެއްވެސް ހުރީ މިހެން، ލާރިތައް މަޅާލަނީ ހަމަ.

The name is already taken The name is available. Register?

އަސްތާ

16 September 2023

ތި އަދި ފެށުން… އަދި ކުރިޔައް އަށް އޮތީ… ފުރަތަމަ ކުރަންވާކަންތައް ނުކޮށް ތިޔަބނިންމީ… ސޭދްޓީ ފަސްޓް…އާރެްް ބާރެއް ނެއް ޕޮލިހުން އުޅޭ ގައުމެއްގަ…

The name is already taken The name is available. Register?

މަޒް

16 September 2023

މީ މިތަން ހަދަމުން ދިޔަ އިރުވެސް މަގޭ ހިތަށް އެރި އެއްޗެއް.. މިހެން ވާ އެކްސިޑެންޑުތަކުގައި މި ތަކެއްޗަށް ލިބޭ ގެއްލުން ކުޑަ ކުރާނީ ކިހިނެއްބާވައޭ

The name is already taken The name is available. Register?

ކަޑަބޮއް ސައީދު

16 September 2023

ތިޔަ ކަން ފެށުމުގެ ކުރިން އަޅުގަނޑު ހުރިހާ ރައްޓެހިން ގާތު ބުނިން ދިވެހިންނަކީ ވަރަށް ގިނަ އިން ކާރުގައި ގޮސް ތަންތާ ތެރެއަށް ޕާކު ކުރާ ބައެކޭ އެހެންވެ ތިޔަތަން ވަށާގެން ކޮންކުރީޓު ނުކުރާހާ ހިނދަކު ތިތަނުގައި ސަލާމަތުން ސޯލާޕެނަލް ނުހުންނާނެ ސަބަބަކީ ދިވެހިން ޕާކު ކުރަން ފަށާނެ ތިޔަ އެޗިސްތައް ތެރެއަށް.

The name is already taken The name is available. Register?

ހުސްނުހީނާ

16 September 2023

ނިދިޖެހުނީއޭ ކިޔައިގެން ބޯދަމައިގަންނަނީ. އެކަން އެނިމުނީނުން. ކިހާބޮޑު ގެއްލުމެއް އެވީ؟ ޒިއްމާ ނަގަންޖެހޭ ގޮތެއް ހަދަންޖެހޭ!

The name is already taken The name is available. Register?

އަލީ!

16 September 2023

މައްސަލައަކީ ނިދިޖެހޭތީ.. ނަސީބެއް މީހެއްގެ ފުރާނައަށް ނުރައްކާނުވިކަން. ނިދިޖެހެނީ ކީއްވެތޯބަލަންޖެހޭ.. އަދި މިގޮތަށް ނިދިޖެހޭމީހުންގެ ލައިސަންސްބާތިލްކުރަންވެސްޖެހޭ..

The name is already taken The name is available. Register?

މޭރާ ޚެޔާލް

16 September 2023

ހުރިހާވެސް މައްސަލައަކީ ޒިއްމާދާރު ޓްރެފިކް ޕޮލިހެއް ނެތުން، އެވެރިން ތިބެނީ ފިނި ކޮޓަރީގަ ނިދިޖެހިފަ

The name is already taken The name is available. Register?

އުސްމާނުބެ

16 September 2023

ދުއްވާ މީހާގެވެސް ކޮންމެވެސް ޒިންމާއެއް އޮންނަންވާނެތާ ، އަދި ތިޔަބުނާ ބަޔަކު ފިނި ކޮޓަރީގަ ތިިއްބަސް

The name is already taken The name is available. Register?

ބަރަބޯ ފާތުމަ4

16 September 2023

ޢެވެރިން ގެ މުސާރަ ދެ ގުނައަށް މުއިއްޒު އެބަ ބޮޑު ކޮށްދެއެއްނު....ސަޅިއެއްނު.....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454