ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގެއްގެ މަތި: ހުޅުމާލޭގައި ދުވަން ނުކުމެ އުޅުނު މީހަކު މަރުވެފައި އޮއްވާ ވަނީ ފެނިފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
16 ސެޕްޓެމްބަރ 2023 - 10:24
ހުޅުމާލޭގައި ދުވަން ނުކުމެ އުޅުނު މީހަކު މަރުވެގެން މަގުމައްޗަށް ވެއްޓިފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި، އެއީ 68 އަހަރުގެ ސިންގަޕޫރު ފިރިހެނެކެވެ.
އެ މީހާ އަކީ ހެނދުނު ދުވަން ނުކުމެ އުޅުނު މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހާ ވެއްޓިފައި އޮއްވާ ފެނުނީ ހުޅުމާލެ އުނިގަސް މަގުން ކަމަށެވެ. އަދި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޫފވނ
17 September 2023
އުނިގަސް މަގު އެއީ ފުރަތަމަ ފިޔަވަހި. ކީކޭ ދެން ބުނާނީ ވެސް. ޗޮސް ޗޮސް