ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ފައްޔާޒް ވާހަކަ ދައްކަވަނީ: ނަޝީދު އަލުން ގުޅިވަޑައިގަތުމަށް ބޭނުންވިޔަސް ބަރުލަމާނީ ނުގެނެވޭނެ ކަމަށް ފައްޔާޒް ވިދާޅުވި.
01 އޮކްޓޯބަރ 2023 - 15:57
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުހައްމަދު މުއިއްޒު ރައީސަކަށް ހޮވަން ރައްޔިތުން ނިންމީ ފަސް އަހަރުގެ ދައުރަކަށް ކަަމަށާއި އެ ނިންމުން ބޮލާލައި ޖަހައި، ބަރުލަމާނީ ނިޒާމް ގެންނަން ތާއީދު ނުކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވުމުން މެމްބަރުން ފާޅުކުރެއްވި ހިޔާލުތަކަށް ތާއީދު ކުރައްވަމުންނެވެ. ބައެއް މެމްބަރުން ވިދާޅުވީ އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފެއްދެވި ނަޝީދު އަލުން އެމްޑީޕީއާ ގުޅެން ބޭނުން ނުވާ ކަަމަށާއި "ބަރުލަމާނީއަށް ނޯ" ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާ ފައްޔާޒް ވަނީ، ބަރުލަމާނީ މިވަގުތު ގެނައުމަށް ތާއީދު ނުކުރައްވާ ކަން ހާމަކުރައްވައިފަ އެވެ.
"ޑިމޮކްރަސީގެ ރިވެތި ހަމަތަކުގެ މަތިން ދިވެހިން ވަނީ އެ މީހުންގެ ވެރިއެއް ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބުކޮށްފައި. އެމްޑީޕީ ވެގެން ނުވާނެ ރައްޔިތުންގެ ނިންމުން އަނބުރާލާ ބަޔަކަށް. ބަރުލަމާނީ ނިޒާމޭ ކިޔައިގެން ރައްޔިތުންގެ ނިންމުން ބޮލާލައި ނުޖެހޭނެ، ޑރ. މުއިއްޒަށް ފުރުސަތު ލިބެން ޖެހޭނެ. ބަރުލަމާނީ ނޯ،" ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން ދެން ކުރަން ޖެހޭ ކަމަކީ ޑިމޮކްރެޓިކް ހަމަތައް އާ ސަރުކާރު ހިފަހައްޓާތޯ މަސައްކަތް ކުރުމެވެ.
"އަދި މުސްތަގުބަލުގައި ރައްޔިތުންނަށް ވެރިއަކު އިހްތިޔާރުކުރުމުގެ މިނިވަންކަން ލިބުން ކަށަވަރު ކުރަން ކުރަން ޖެހޭ މަސައްކަތް ކުރުން،" ފައްޔާޒް ވިދާޅުވި އެވެ.
ނަޝީދު އަބަދުވެސް ވަކާލާތުކުރައްވާ ބަރުލަމާނީ ނިޒާމުގެ ވޯޓު ނެގުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުއްވީ ދެވަނަ ބުރުގައި ތާއީދުކުރަން ޝަރުތެއްގެ ގޮތުގަ އެވެ. ޕީޕީއެމަށް ވެސް ހަމަ މި ޝަރުތު ހުށަހެޅި އެވެ. އެކަމަކު ޑިމޮކްރެޓްސް އިން ބޭނުންވި ގޮތަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން، އެ ވޯޓަށް ދެ ޕާޓީއަށް ވެސް އެއްބަސް ނުވެވުނީ އެވެ.
އޭގެ ފަހުން ބަރުލަމާނީ ނިޒާމުގެ ވޯޓާ ގުޅޭ ގަރާރު މަޖިލީހުން ފާސްކޮށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ އިރު އެ ކޮމިޝަނުގެ ނިންމުމަކީ އަންނަ މަހުގެ 29 ގައި ބަރުލަމާނީ ވޯޓު ނެގުމެވެ.
އެކަމަކު މި އިންތިހާބުން ބަލިވުމުން އެމްޑީޕީގެ ބައެއް ސަޕޯޓަރުން ވެސް އަންނަނީ ބަރުލަމާނީ އަށް ތާއީދު ނުކުރާނެ ކަަމަށް ބުނަމުންނެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި، ނަޝީދު އިސްވެ އުފެއްދެވި ޕާޓީ، ޑިމޮކްރެޓްސް އިން ރައީސްއާ ދެކޮޅަށް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވާދަކުރެއްވި އެވެ. ޑިމޮކްރެޓްސް އިން 15،000 ވޯޓާ އެކު ތިން ވަނައަށް ދިޔަ ނަމަވެސް ދެވަނަ ބުރަށް ނިންމީ، އެމްޑީޕީ އާއި ޕީޕީއެމްގެ ތެރެއިން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނޭރުމަށެވެ.
ގާނޫނުއަސާސީ އެކުލަވާލިއިރު ރައްޖޭގައި ބާއްވާނެ ނިޒާމެއް ކަނޑައަޅަން ނެގި ވޯޓުގައި ރައްޔިތުން އިޚްތިޔާރުކުރީ ރިޔާސީ ނިޒާމެވެ. އޮގަސްޓް، 18، 2007 ގައި ނެގި އެ ވޯޓުގައި ބައިވެރިވި 149،380 މީހުންގެ ތެރެއިން 62 ޕަސެންޓް މީހުން ތާއީދުކުރީ ރިޔާސީ ނިޒާމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Gold
02 October 2023
ރައްޔިތުންގެ ނިންމުން ބޮލާލާނުވެސްޖެހޭނެ، އެކަންކުރެވިދާނެކަމަށްވިސްނާނީ ބޮޑުމޮޔައެއް!
ނިކް24
02 October 2023
އެހެން ހިތުލައިގެން ބަރުލަމާނީ ގެންނަން އުޅެނީ ނަޝީދު.. އޭރުން މުުއިޒުގެ ހުރިގާ ބާރެއް ބޮޑު ވަޒީރު ނަގާނެ.. ރައީސް ހުންނާނީ ރަމްޒީ މީހެއްގެ ގޮތުގައި.. އެކަން ނުވާނެއޭ ފައްޔާޒު އެ ބުނަނީ..
އިބްރާހިމްފިކުރު
02 October 2023
އަދި ކިރިޔާ ފައްޔާޒް އަށް މޮޅު އެއްޗެއް ތިޔަ ވިދާޅުވެވުނީ.. ތިގޮތަށް ކަންތަކާ ވިސްނަވާ ގެންނެވޭނެ ޤާބިލް ބޭފުޅެކޭ ތިޔައީ...ކުރިޔަށް ފައްޔާޒް
ކެރޭ ކުޅަދާނަ މީހަކު ނެތި ނުވާނޭ އެއްކަމެއްވެސް!
02 October 2023
އަމިއްލައައް އަނގަމަތީގަ ތަފާވަރެއް ޖެހީ ދެއްތޯ؟ ހަގީގަތަކީ މޑޕ އުފެދި އަދި ބާރު ސްޕީޑުގަ ކާމިޔާބު ވީވެސް އަންނި ގެ ބުރަ މަސައްކަތުން. އަންނި ދެދުވަހަކައް ދުރައްޖެހިލީ މޑޕ ބޮލާލާ އެ ވެއްޓުނީ! އެކަމާ ރުޅިފުޅު ދުރުވީ ދެއްތޯ؟ އަންނި ދެކެތޯ ހިތްނުތަނަވަސްވެ ދެބުމަ ގޮއްޖެހުނީ؟
ކަވަރު
02 October 2023
2013ގަ އެމްޑީޕީ ބަލިވިއިރު އަންނި ހުރީ ކޮންތާކުޔޯ. އަންނި އަކީ މިހާރު މާޒި
ތަމަންނާ
02 October 2023
2013 ގައި އެމްޑީޕީ ބަލިވީ އަންނި ކޮންތާކު ހުއްޓަތަ. އަންނި އަކީ މިހާރު ހައްޕުނޑު
ޑަންޑަނާ
02 October 2023
އަޅުގަނޑަކީ އިބްރަހިމަކަށް އަދި ކިއެއްތަ މުހައްމަދަކަށްވެސް ތާއިދު ކުރާ މީހަކީމެއްނޫން. ނަމަވެސް ބަރުލަމާނީ އަކީ ކޮބައިކަން ރަނގަޅަށް އެނގެނީ ކިތައް ފަރުދުންނަށްތޯ؟ އެ ނިޒާމެއްގަ ހުންނާނެ ސިފަތައް ރަނގަޅަށް އޮޅުފިލާ ރައްޔިތުން އެވެއާ ކޮށްދެވިފައިވާނަމަ ބަރުލަމާނީއަށް އޮތް ތާއިދު ބޮޑުވާނެ ކަމީ ޝައްކެއްއޮތް ކަމެއްނޫން. ނިޒާމު ފުރޮޅާލިޔަސް މުއިއްޒުގެ ވެރިކަން ކުރިޔަށް ގެންދެވޭނެ. ރައްޔިތުންނަށް އިތުރަށް އޮޅުވައި ނުލައްވާ. ފައްޔާޒު އައުޓް!!
ބޭންޑް އުވިފައި
02 October 2023
ބަލަ އޭރުން މުއިއްޒުއަށް ވެރިކަން ކުރާކަށް ނުލިބޭނެ. ދައުލަތުން މުސާރަ ލިބިގެން ޝަރަފްވެރި މަގާމެއްގައި ހުރެވިދާނެ. ސަރުކާރު ހިންގުން އޮންނާނީ ބޮޑުވަޒީރަށް، މުޢިއްޒު ރައްޔިތުންނަށް ވީ ވައުދުތައް ނުއެއް ފުއްދޭނެ. އަދި ސަރުކާރު ހިންުގުމުގެ އެއްވެސް ކަމަކާއި ގުޅޭގޮތުން ނިންމުމެއް ނުނިންމޭނެ. ރައްޔިތުން ވޯޓުން ނިންމީ އެގޮތަކަށްް ނޫންކަން ނޭގެ
އާދުރޭ
01 October 2023
ގޮޅިއާ ކައިރިވާ ވަރަކަށް ތައުރީފު ކުރުން އިތުރުވާނެ!
ކްރޫސް
01 October 2023
މަގޭ ހަނދާން ބަލިނޫން ކަމުގައިވާނަމަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވި ދުވަހު ނޫސްވެރިޔަކު ފައްޔާޒުކުރެން އެހި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކުު ނެރޭނެކަމަށް ގަބޫލުކުރޭތޯ. އެސުވާލުގެ ޖަވާބުގައި ފަައްޔާޒު ނޫސްވެރިޔާއާ ސުވާލުކުރީ ޕީޕީއެމް ވުޖޫދުގަ އެބަައޮތްޯ. އޭރު ފައްޔާޒުމެން ތިބީ ހިތުން ޕީޕީއެމް ކަފުންކޮށް ވަޅުލައިގެން. މިއަދު ފައްޔާޒަށް އެއްޗެއް ވިސްނިއްޖެހެން ހީވަނީ.
އިބުރޭ23434ދދ
02 October 2023
ތިހެން އަދުރޭވެސް ބުނި 36 ޕަސެންޓޭ ދެންވެސް އިބޫ އައް ލިބޭނީ .. އިބޫވެސް އެއޮތީ އެއްލައްކަ ވޯޓު ހޯދާފައި ގިނިކަންޔާ އެހެންވީމަ ރަގަޅު ނޫންތާ !
އަލީ މުސްތަފާ
02 October 2023
އެދުވަހު ފަޔާޒު ބުނިއެތިހަމަރަގަޅަށްވެސް ދިމާވޭ . ޕީޕީ އެމް ނެތޭ .
ނަށީދު
01 October 2023
ފައްޔާޒުއަށް ހީވީ ކަންނޭގެ އޮޕޮޒިޝަން ބޮޑު ޕާޓީގެ ޗެއަރޕާސަންއަށް ހުރީމަ މުއިއްޒުއަށް ލިބުންހެން ރައީސްކަން ލިބިދާނެއޭ. ހީހީ ހަލާކު. ބަލަ ރައްޔިތުންގެ ވޯޓަކުން ގޮތެއް ނިންމުމަކީ ރައްޔިތުންގެ ނިންމުން ބޮލާލާ ޖެހުމެއް ނޫން. ރައްޔިތުންގެ ނިންމުން ބަދަލު ކުރަނީ އެހެން ބަޔެއް ނަމަ ތިހެން ބުނެވިދާނެ. އަނެއްކާވެސް ރައްޔިތުން ވޯޓުން ކަމެއް ނިންމަންޔާ އެހެން ނުބުނެވޭނެ.
ތެޅެބޭލުމާ ތެޅެއެރުބުން
02 October 2023
ބަރުލަމާނީއަކީ މަޖިލިސްގެ ރުހުން އެވެގެން ވޯޓު ނަގަން ބޭނުންވެގެން އުޅޭ ކަމެއްނޫން. ރައްޔިރުން ގޮތެއް ނިންމީ އަންނި ތިޔަގޮތަށް ތެޅެން ފެށުމުން ރައީސް މައުމޫނު. އޭނާ ރުއްސަން. އެކަމަށް ރައްޔިތުން ނޫނެކޭ ބުނީމާ އަނެއްކާ އަންނި ހަމަ އެއެއްގައި ހިފައިދެމުމަކީ ރައޔިތުން ފަހައި ދުވުން. އެކަމަށް އަލުން ވޯޓަށް އަހާކަށް ނުޖެހޭނެ. ރައްޔިތުން އޮތީ ޖަވާބުދީފައި. މަޖިލީހުން އެކަން ކުރަނީވެސް ނުފޫޒާ ބާރުގެ ބޭނުން ކޮށްގެން.
ކިޔާލަބަލަ
02 October 2023
ކަލެއް މި ވާނުުވާ ގެޓު ވޭ އެބަތަ؟؟ ފައްޔާޒު ބުނި އެއްޗެއް އެނގޭތަ؟؟ ހަބަރު ކިޔާވެސް ނުލަން ދޯ؟؟
އަބުރި
01 October 2023
އެއްބުރު ނިންމާލިނަމަ ތިވާހަކަ ދައްކާކަށް ނުޖެހުނީނުންތޯއެވެ. %64 ވޯޓު ޔަގީން ކޮއްފައި ޑާޓާ ބެލެހެއްޓިމީހާ ޒިންމާ ނަގާކަށް ނުޖެހޭ ތޯއެވެ. ބޮޑު ކޯލިޝަން ހަދައިގެން އަންނިއަށް ވަރުބާލަނީ ފޭލްވީމާ ވެސް ބަލި ގަބޫލު ކުރަށް ނުކެރޭތީއެވެ. މަގާމު ގެއްލޫނީއެވެ. ތިޔަކު މާބޮޑު އުރައްޕެތްނެތެވެ.
އައުޓް
01 October 2023
ބަރުލަމާނީ އައުޓް ރިޔާސީ އިން އޯއް އޯއް އޯއް ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ބަރު ބަރު ބަރު ބަރުލަމާނީ އައުޓް އައުޓް އައުޓް ޑާންސް ޑާންސް ޑާންސް ޑާންސް...
ބިންރާމާ
01 October 2023
މިހާރު ނޫހުން މިބޯގޯސް މީހާގެ ކޮމެންޓުތައް ޝެއަރ ނުކުރުން އެދެން. މިއީ 2012 އިން 2018 އަށް މުޅި މިޕޭޖު ހިސޯރުކޮށްގެން އުޅުނު “ފޭކު މައިކަލް ޖެކްސަން” 2019 - 2023 އަށް ނިދާފަ އޮވެފަ އެހިއްލާލީ ޔާމީނު ގެއަށް ބަދަލުކުރީމާ.
ސިލްމާ ޒާހިރު
01 October 2023
އަންނި ދެން އެމްޑީޕީއަށް އަންނަންވާނީ ޕީއެންސީއަށް ވަދެ، ވަރިވެ ފަށްކަނޑައިގެން!
ޕީ އެން ސީ
02 October 2023
ނޯ ނޯ.. އަހަރުމެން ކައިވެނި ކުރަނީ ހަލާލުކޮށް. ފަށް ކަނޑާކަށް ނީންނާނަން. އަނެއްކާ މަށާ ތި އަޅުވާ ކިޔަނީ ހިންދު ކަނޑުގަ ހުރި އެންމެ ބޮޑު ފަންޏާތަ؟ އައްޗި!