ރައީސް އޮފީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް
02 އޮކްޓޯބަރ 2023 - 13:10
އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވާފައިވާ މެސެޖާއި ބަރުލަމާނީ ނިޒާމަށް ވެރިކަން ފުރޮޅާލުމާ ގުޅޭ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ ރޫހް ހުރި ގޮތަށް ބަލާއިރު 99 ޕަސެންޓް މީހުން މިހާތަނަށް ބުނަނީ ނޫނެކޭ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް ބޭއްވި ނިއުސް ކޮންފަރެންސްގައި ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމާ ގުޅޭ ގޮތުން ނޫސްވެރިން ތަކުރާރުކޮށް ކުރި ސުވާލުތަކާ ގުޅިގެން ރައީސް ވިދާޅުވީ އެމަނިކުފާނަށް ވެސް ނަޝީދުގެ މެސެޖެއް ލިބިވަޑައިގަތް ކަމަށެވެ. އެކަމަކު "ވަކި މީހަކު ޕާޓީއަށް ގެނައުން މިވަގު މުހިއްމެއް ނޫން" ކަމަށް ރައީސް ވިދާޅުވި އެވެ.
"ގާތްގަނޑަކަށް، އަޅުގަނޑަށް ދެންނެވިދާނެ 99 ޕަސެންޓް މިހާތަނަށް ހަމަ ނޫނެކޭ ބުނަމުން އަންނަނީ. ބަރުލަމާނީއަށް ވެސް ހަަމަ ނޫނެކޭ ބުނަމުން އަންނަނީ. އެކަމަކު އެއީ ދެން މަޝްވަރާގެ ތެރެއިން ކުރެވޭނެ ކަންތައްތައް. މިހާތަނަށް ޝުއޫރު ހުރި ގޮތް މި ދަންނަވާލީ. އަޅުގަނޑު އެއަކު އެއްޗެއް ނުދަންނަވަން،" ރައީސް
ރައީސް ވިދާޅުވި ގޮތުގައި ވަކި މީހަކު އެމްޑީޕީގައި ދެމިހުންނެވުން ވެސް އެހާ މުހިއްމެއް ނޫނެވެ. އެމްޑީޕީ އެއަށް ވުރެން ވަރުގަދަ ކަމަށާއި ވޭތުވެދިޔަ ތަނުގައި އެތަން އޮންނާނީ ފެނިފައި ކަމަށް ވިދާޅުވި އެވެ.
"ވަކި މީހަކު ޕާޓީން ވަކިވެގެން ގޮސް، ވަކި މީހަކު ޕާޓީއަށް އެނބުރި އައިސްގެން ވާ ކަމެއް ނޫން އެމްޑީޕީއަކީ. އެއަށް ވުރެން މާ ވަރުގަދަ ހަމަތަކަކާ އުސޫލްތަކެއް މަތީގައި ތަރުތީބުވެގެން ހިނގާ ޕާޓީއެއް. އަޅުގަނޑު ނެތަސް ޕާޓީ ހިނގާނެ،" ރައީސް ވިދާޅުވި އެވެ.
ގައުމީ މަޖިލީހުގައި އިންނަވާތީ، ނަޝީދުގެ ހުށަހެޅުއްވުމާއި ބަރުލަމާނީއާ ގުޅޭ ގޮތުން ގައުމީ މަޖިލީހުގެ ރޫހް ހުރި ގޮތް ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް
"ގާތްގަނޑަކަށް، އަޅުގަނޑަށް ދެންނެވިދާނެ 99 ޕަސެންޓް މިހާތަނަށް ހަމަ ނޫނެކޭ ބުނަމުން އަންނަނީ. ބަރުލަމާނީއަށް ވެސް ހަަމަ ނޫނެކޭ ބުނަމުން އަންނަނީ. އެކަމަކު އެއީ ދެން މަޝްވަރާގެ ތެރެއިން ކުރެވޭނެ ކަންތައްތައް. މިހާތަނަށް ޝުއޫރު ހުރި ގޮތް މި ދަންނަވާލީ. އަޅުގަނޑު އެއަކު އެއްޗެއް ނުދަންނަވަން،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ކޮންމެހެން ރައީސް ނަޝީދަށް ތާއީދުކުރުން އެއީ މިހާރު ދެން އަޅުގަނޑު ނިންމާފައި އޮތް ކަމެއްތޯ ނޫންތޯ އެއީ އަޅުގަނޑު ނިންމާފައި އޮތް ކަމެއް ނޫން. އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާނީ އެމްޑީޕީއަށް ފައިދާ ހުރި ގޮތަށް. އެމްޑީޕީގެ މުސްތަގުބަލަށް އެންމެ ފައިދާހުރި ގޮތަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށެވެ. ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން ގާނޫނުއަސާސީއަށް ގެންނަ އެއްވެސް ބަދަލެއް އެމަނިކުފާނު ތަސްދީގު ކުރައްވާނީ ރައްޔިތުންގެ ވޯޓަކަށް ފަހު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
02 October 2023
މުހިންމީ ނިޒާމެއް ނޫން. މުހިންމީ ގާނޫނު ތަންފީޒުވުން. މި ރާއްޖޭގައި ތަންފީޒު ނުވާ މޮޅެތި އެތަކެއް ގާނޫނު އެބަހުރި. މިސާލަކަށް ދުންފަތު އިސްތިއުމާލު ކުރުމުގެ ގާނޫނު، ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނު މިހެން ގޮސް ގާނޫނުތަކާއި މުއައްސަސާތައް އެބަހުރި. ބޭނުންވަނީ އެތަންތަނަށް ބޭނުންވާ ފަންނީ މީހުންނާއި ވަސީލަތްތައް ހަމަކޮށް އޮޓޮނޮމީ ދިނުން
ކެންމަދު
02 October 2023
ގައުމީ މަޖުލިސް ކޮންމެ ގޮތަކަށް ނިންމިއަސް ޕާޓީގެ ގްރާސް ރޫޓުގެ ގިނަމެމެބްރު ބޭނުމްވަނީ ކޯލިޝަން ނުހަދާ ޕާޓީގެ ބާރުވެރިކަން އޮންނާނެ ނިޒާ.މެކެވެ. ރައީސް އޮފީހުގައި ވެސް މިފަހަރު ގޭސް އެބުރީ ކުޑަ އަދާލަތު ޕާޓީއެވެ. އެމްޑީޕީގެ ހިންގާލަ ޓީމުން ކެމްޕޭން ކުރީ ޒާތީ ކެމްޕޭނެކެވެ. އަދި ސިޔާސީ ގޮތުން އެއްވެސް ތަޖްރިބާނެތް ޑާޓާ ސީޓް ބެލެހެއްޓި މީހުންގެ ވޯޓު އަންދާޒާ ކުރަންވެސް ނޭގްނީއެވެ. %65 ޅިބޭނެ ކަމަށް ބުނެ ދޮގު މައުލޫމާތު ހާމަކުރުމަކީ ބަލިވުމުމެވެ.
ސިމްޕަލް
02 October 2023
އަޅުގަނޑުމެން ކުޑައިރު ވަރަށް ގިނައިން އިވޭ ލަވައެއްގައި ކިޔާނެ. "ރޫހް ވަނީ ތިނަދޫގައޭ" އޭރު އެހެން ރޫހް އޮތަސް މިހާރު ވިލިނގިލީގައި ވެސް ރޫހް އެބަ އޮތް. ކުޅުދުއްފުށީގައި ވެސް ހަމަ އެބަ އޮތް. މިވަގުތު ގައުމީ މަޖިލިސް ރޫހް ހުރީ ބަރުލަމާނީ ނުގެންނަން ކަމަށް ވިޔަސް ހަމަ ތިޔަ ގައުމީ މަޖިލިސް ގެ ރޫހް ބަރުލަމާނީ ގެންނަން މާދަމާ ވެސް އެނބުރި ދާނެ.
މިއޮތީ
02 October 2023
އަންނިގެ ވިސްނުން މިވަގުތު ހުރީ ހަމައެކަނި އެމް.ޑީ.ޕީ ފުނޑާލާކަށް ނޫން. އެކަން ކޮށް ނިންމާފަ މިހާރު އެއުޅެނީ ބަރުލަމާނީ ގެނެސް ދައުލަތްވެސް ފުނޑާލަން. މުޅި ދައުލަތުގެ ހަމަޖެހުން ނަގާލަން. އެއްގޮތަކަށްވެސް އެއްވެސް ރައްޔިތަކު ދިވެހި ދައުލަތަށް ހެޔޮ އެދޭނަމަ މި ފުރުޞަތު އަންނިއަށް ނުދީ. މިއީ މިއަދު ޤައުމުގެ ދުލުން ގޮވާ ގޮވުން.
އަހައްމަދޫ
02 October 2023
ބަރުލަމާޏީ ބޮޑުވަޒީރައް ރޮވޭނެ ތިހެން ވިދާޅުވަންޏާ
އަސްލު...
02 October 2023
ނަޝީދު އެމްޑީޕީ އަށް ވަންނާނެ......
ބަބސ
02 October 2023
ބޭނުންވިގޮތަށް ޕާޓީ ރޫޅިގެން ނުދިޔަދޯ. ފޫވަކޭ. މެދުވަކޭ.
ކާޅުހިފި ޔަހުޔާ
04 October 2023
ދެން ނެތެއްނު އެހެންގޮތެއް، އެހެރީ ތާކުންތާކު ލައްވާނުލާފަ. އެމްޑީޕީ ގްރާސްރޫޓްވެސް ހިޔެއްނުވޭ ދެން އަންނި ބަލައިގަންނާނެހެނެއް. ޕްރައިމަރީން ފެއިލްކޮއްލީ ވެސް ގްރާސްރޫޓް.
އެދުރުކަލޭގެފާނު
02 October 2023
ފައްޔާޒު އިސްމާޢީލް ރޮޒެއިނާ، އަދި އެމްޑީޕީން ކެނޑިގެން ގޮސް އެމްޑީޕީގެ ވެރިކަން ފުނޑަން ބައިވެރިވީ އެކަކަށްވެސް ދެން ދިވެހިންގެ ތާއީދެެއްނެތެވެ. ފައްޔާޒު ޖެހެނީ އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުން މިހާރުން މިހާރަށް ބޭރުކުރާށެވެ. ރައީސް ނަޝީދު ރުޅިއަރުވާއި ނަފުރަތާއި ހަސަދަ މިހާ މައްޗަށް ގެންދިއުމުގެ މޭސްތިރިއަކީ ފައްޔާޒެވެ. ރައީސް ނަޝީދުވެސް ހުރީ ވެރިކަމާއި ހެދި މޮޔަވެފައެވެ. ތިމަންނަވެރިކަން ބޭނުންނޫނޭ ކިޔަނީ ކޮންބަޔަކު ގުނބޯހައްދަންތޯއެވެ؟
ހަސީނާގެ ހިތާމަ
02 October 2023
އަންނި ނޫންގޮތެއް!!!
އޮނަރަބްލް އަފީފު ދީދީ
02 October 2023
މިވަގުތު ބޭޅާ ލަފާ އައްސަވައިފިނަމަ ތިޔަވިދާޅުވާ "ޤައުމީ މަޖިލިސް" ބޭޅާއަށް ލަފާ ދެއްވާނެ ލާމަރުކަޒީ ޤާނޫނުވެސް ބަދަލުކޮށް އެއްރަށްދައުލަތް ނިޒާމް ރަނގަޅު ކަމަށްވެސް. # އެހެންވީމަ ނޫންތޯ ވެރިކަން ހޯދަން 2018 ގައި ވެވަޑައިގަތް ވައުދު ތަކާއި އެމްޑީޕީ (ރަުޅުމުގެ ކުރިން އޮތް ޑިމޮކްރެޓިކް އެމްޑީޕީ ވާހަކަ) ގެ ޖަޒީރާ ވައުދުތައް ބަހައްޓާފައި ކު
ދަ ޑިމޮކްރެޓްސް.
02 October 2023
ވެރިކަމަށްނާދެވުނީމާ މިހާރު ވާހަކަ ބަދަލުވީ. މިދިޔަ ހަފްތާގައި ވާހަކަހުރީ ތިގޮތަކަށްނޫން. ވެރިކަން. ވެރިކަން. ވެރިކަން... ކޯލިޝަން. ކޯލިޝަން. ކޯލިޝަން... ރައްޔިތުންނެއް ބޭނުމެއްނޫން ކޯލިޝަނެއް ދަމަހައްޓާ އެމީހުުންގެ އެކައުންޓްތައް ފުރާލާކަށް. މަނިކިފާނުގެ ފުރަތަމަ ފެއިލިއަރ އަކީ އެއީ.